ތައިލެންޑަށް އަނބުރާ ދާން ތައްޔާރުވެފައި ހުރި ތައިލެންޑް މީހުންތަކެއް -- ރާއްޖޭގައި ހުންނަ ހޮނަރަރީ ތައި ކޮންސިއުލޭޓް
17 މެއި 2020 - 12:53
ރާއްޖޭގައި އުޅޭ ތައިލެންޑް މީހުންގެ ތެރެއިން އެ ގައުމަށް އެނބުރި ދާން ބޭނުންވާ 148 މީހަކު މިއަދު ފުރުވާލައިފި އެވެ.
ރާއްޖޭގައި ހުންނަ ތައިލެންޑްގެ އޮނަރަރީ ކޮންސިއުލޭޓުން ބުނީ، އެ މީހުން ގައުމަށް ގެންދިޔައީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެއް ޗާޓާކޮށްގެން ކަމަށެވެ. މިއީ، ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގައި ތާށިވެފައި ތިިބި ތައިލެންޑް މީހުން ގެންދަން މިހާތަނަށް ކުރި ތިން ވަނަ ދަތުރެވެ.
Today we return another 148 Thais in a chartered @MaldivianAero flight, our third flight for voluntary repatriation of Thai nationals in Maldives. Deadline for registration for repatriation is end of 17 May. Register from link https://t.co/miKRbxZZGx pic.twitter.com/YKm8moIcKU
— Royal Thai Honorary Consulate in the Maldives (@ThaiConsulateMV) May 17, 2020
ރާއްޖޭގައި ހުންނަ ރޯޔަލް ތައި ހޮނަރަރީ ކޮންސިއުލޭޓް އިން މިއަދު ކުރި ޓްވީޓެއް
ރާއްޖޭގައި އުޅޭ ތައިލެންޑް މީހުން އެ ގައުމަށް އެންމެ ފުރަތަމަ ގެންދިޔައީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އެވެ. ކޮންމެހެން ބޭނުންވާ މުދަލާއި ތަކެތި ގެންނަން ތައިލެންޑަށް ކުރި ދަތުރެއްގައި އެ ދުވަހު 55 މީހަކު ގެންދިޔަ އެވެ. އޭގެ ފަހުން މި މަހުގެ ހަތަރު ވަނަ ދުވަހު، އިތުރު ޗާޓާ ފްލައިޓެއްގައި 131 މީހަކު ފޮނުވާލި އެވެ. މިހާތަނަށް 364 މީހަކު ވަނީ ގެންގޮސްފަ އެވެ.
ތައިލެންޑަށް ދާން ބޭނުންވާ އެ ގައުމުގެ މީހުން، އެކަމަށް އެދި ރަޖިސްޓްރީވެވޭނެ އެންމެ ފަހު ދުވަހަކީ މިއަދެވެ.
ތައިލެންޑްގެ އިތުރުން އެހެން ގައުމުތަކުން ވެސް، އެ ގައުމުގެ ރައްޔިތުން އަނބުރާ ގެންދިއުމަށްޓަކައި ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އިންޑިއާ އިން ވެސް ވަނީ ރާއްޖޭގައި އުޅޭ އެ ގައުމުގެ ގާތްގަނޑަކަށް މީހުންގެ ތެރެއިން މިހާތަނަށް 1،448 މީހަކު ގެންގޮސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވޮޗްޑޮގް
17 May 2020
އަލުން ރާއްޖޭ ޓޫރިޒަމް އަށް ހުޅުވާލާއިރު ތައިލޭންޑް، އިންޑޮނޭޝިއާ، ޓައިވާން، ޕިލިޕީންސް، މެލޭޝިޔާ މިފަދަ ގައުމުތަކުން އެންބުރި ދިޔަ ރިސޯޓު އިންޑަސްޓްރީގެ މުވައްޒަފުންގެ ވިސާ ބާތިލްކޮށް، މިގައުމުތަކުން ރާއްޖެއަށް ވަޒީފާއަށް މީހުން ނެގުން ދެ ތިން ވަރަކަށް އަހަރަށް ސަސްޕެންޑްކޮށްލަން ޖެހޭ. އަދި ދވެހިންނަށް ހާއްސަކޮށް އަންހެނުންނަށް އިސްކަންދީ ވަޒީފާ ހަމަޖެއްސުން އެދެން. ދިވެހިން އެވަޒީފާ ބޭނުން ނެތީޔާ ބޭނުންވާ ވަރުގެ މުސާރައެއް ހުށަހަޅަންވާނެ.
ައަހުމަދު
17 May 2020
ތައިލެންޑްގެ އިތުރުން އެހެން ގައުމުތަކުން ވެސް، އެ ގައުމުގެ ރައްޔިތުން އަނބުރާ ގެންދިއުމަށްޓަކައި ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. ކޮންތާކު ، އިންޑިއާ ތި ގެންދިޔައޭ މަސައްކަތެއްކޮށްގެން މިވަރުން ވެސް ޤަވާއިދާ ޚިލާފަށް އުޅޭ ބޮންދުން މަދެއް ނުވޭ