އެމްޓީސީސީން ބޭއްވި ޕްރެސް ކޮންފަރެންސެއްގެ ތެރެއިން-- ފޮޓޯ: މިހާރު
20 މެއި 2020 - 13:14
މި އަހަރުގެ ފުރަތަމަ ކުއާޓާގައި މޯލްޑީވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް ފައިދާގެ ގޮތުގައި 62.34 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
އެމްޓީސީސީން އާންމުކޮށްފައިވާ ކުއާޓަލީ ރިޕޯޓުގައިވާ ގޮތުން މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލައި އިރު 310 ޕަސެންޓުގެ ކުރި އެރުމެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި އެކުންފުންޏަށް ވަނީ 29 މިލިއަން ރުފިޔާގެ ގެއްލުމާ ކުރިމަތިލާން ޖެހިފަ އެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެކުންފުންޏަށް ވަނީ 353 މިލިއަން ރުފިޔާގެ އާމްދަނީ ލިބިފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި ލިބުނީ 210 މިލިއަން ރުފިޔާ އެވެ.
ފުރަތަމަ ކުއާޓާގައި ލިބުނު ފައިދާއާ އެކު ހިއްސާއަކަށް ޖެހޭ މިންވަރު ވަނީ 3.83ރ. އިން 6.58ރ. އަށް އިތުރުވެފަ އެވެ.
މިހާ ބޮޑު ކުރިއެރުމެއް އެކުންފުންޏަށް ލިބިފައިވަނީ، ރާއްޖޭގެ އެކި ސަރަހައްދުގައި ގިނަ އަދަދެއްގެ އުމްރާނީ ތަރައްގީގެ ޕްރޮޖެކްޓްތައް ހިންގުމެވެ. އެގޮތުން 53 ޕްރޮޖެކްޓެއްގެ މަސައްކަތް ކުރަމުން އަންނަ އިރު ހަތަރު ޕްރޮޖެކްޓެއްގެ މަސައްކަތް އެއްކޮށް ނިންމާފައިވެ އެވެ. މި ޕްރޮޖެކްޓްތަކުގެ ތެރެއިން 11 ރަށެއްގެ ޕްރޮޖެކްޓުގެ މަސައްކަތުގެ އަމަލީ މަސައްކަތްތައް ވަނީ ފަށައިފަ އެވެ.
ރަށްރަށުގައި ހިންގާ އުމްރާނީ ޕްރޮޖެކްޓްތަކުގެ އިތުރުން އެކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ރަށްރަށަށް ބޮޑެތި އެހީތެރިކަމެއް އެކުންފުނިން ވެދީފައިވެ އެވެ.
އެމްޓީސީސީން ބުނީ، ފުރަތަމަ ކުއާޓާގައި ކުންފުންޏަށް ބޮޑު ކާމިޔާބެއް ލިބުނު ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ކުންފުނީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. މިހާލާތުގައި ވެސް މަސައްކަތް ކުރަނީ، ކުންފުނީގެ ހިންގުން ހުއްޓުމަކަށް ނުގެނެސް، ކުރިއަށްގެންދާނެ ގޮތްތައް ބަލައިގެން ކަމަށާއި، އެގޮތުން އެކަން ކުރުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބުރާ2023
21 May 2020
މިއީ ގަސްތުގަ ރަތްޔިތުންނަށް އޮޅުވާލި ބޮޑު އޮޅުވާލުމެއް މިމަހުވެސް މުސާރަ ދެވޭނެ ގޮތެއްނެތް ދެން ކުންފުނީގަތިބި ތަންދޮރު ނޭގޭ ކުދިންކޮޅަކަށް ޖީއެމް ކަންދީގެން މުޅި ކުންފުނި ލޫޓުވަމުންދާތަން އެބަފެނޭ، ޝުކުރިއްޔާ ޝާހް
މުމު މުހަން މަދު
20 May 2020
ހަހަހަ..ޖޯކް އޮފް ދަ ސެންޗަރީ.. މިއީ ކޮ މްޕެޓިޓިވް ބިޑެއްނެތި ސަރުކާރުން މަސައްކަތް ހަވާލުކުރީ މަ މަސައްކަތެއްކޮއްލާފަ ލާރިވެސް ސަރުކާރުގަ ތާށިވެފަ ތިބޭ ބަޔެއް. މިހާރު ކުރިން ފެރީ ތަކުން ލިބުނުވަރުގެ އާ މްދަނީއެއް ނުލިބޭތާގަ.. އިންޖީނުގެ ވިޔަފާރިވެސް ފީކަޅާ ސާވިސްގެ ސަބަބުން ވެއްޓިފައިވާ ބަޔެއް. ތިކަހަލަ ޚިޔާލީ ފައިދާގެ ވާހަކަ ދެއްކީ މަ އަންނަނީ ހިނި.
ލާބަދޫ
20 May 2020
މީނަގައިގަތް އެމްޑީ ޝާހުގެ މަސައްކަތް އަދި އޭނަ ހޯއްދެވި ގިނަ ޕްރޮޖެކްޓްތަކުގެ ނަތީޖާ. ޝުކުރިއްޔާ ޝާހު.
އަހްމަދ
20 May 2020
ތި ނުދައްކާތި އަމީރުއަށް. އެހެން ނޫނަސް ނަގުދު ފައިސާއެއް ނޫނެއްނު ތިއީކީ
މުހައި މި
20 May 2020
އެއީ ޚިޔާލީ ފައިދާ.. ތީ އުވާލަންވީ ކުންފުންޏެއް. ތި ކުންފުނި ނެތިއްޔާ ސަރުކާރުގެ ޕީއެސްއައިޕީ ޕުރޮޖެކްޓުތައް ރައްޔިތުންގެ އަ މިއްލަ ވިޔަފާރިތަކައް ލިބި ގިނަ ބަޔަކައް ފައިދާ ކުރާނެ. ސަރުކާރުތެރޭ އޮންނަ ކަރަޕްޝަންގައި ގެއްލިގެން ނުދާނެ.
އަބްލޯ ޝަފީއު މަހްމޫދު
20 May 2020
އެމްޓީސީސީ ކަހަލަ ބިޔަ ކުންފުންޏަކަށް ހިސާބު އަކުރުތަކުން ފާއިދާ ވާކަން ދައްކާލުމަކީ ކުރު މުއްދަތެއްގައި އެކައުންޓިނގް ޓްރިކްސް ބޭނުންކޮށްގެން ކުރެވޭ ކަމެއް. ދިގު މުއްދަތެއްގައި ގެއްލުން ބޮޑު ކަމެއް. މީގެ މިސާލެއް ކުރީ ސަރުކާރުގައި އާ މެނޭޖްމެންޓާއި އެއްކޮށަ ސަތޭކަ މިލިއަނުން ފާއިދާ ވެފައި ބާރު ސްޕީޑުގައި ގެއްލުންވާ ކުންފުޏަކަށް ބަދަލުވި ގޮތް
ހަބީބު
20 May 2020
ތީ ވަރަށް ބޮޑު އޮޅުވާލުމެއް. ހިސާބުތައް ތިވަނީ އޮޅުވާލާފަ. އެކައުންޓްސް ޑިޕާޓްމަންޓްގެ ކުދިންނަށް އެކަން އިނގޭ. މިވަގުތު ޕޮޒިޓިވް ސްޓޯރީއެއް ހަދާލީ
ގާކޮށި ހުސޭނުނު
20 May 2020
މާދަމާ ބުނާނެ 100 މިލިޔަންގެއްލުންވި ވާހަކަ
ހޯރަބޭ
20 May 2020
އާޒިމް އަކީ ވަރަށް ހިންގުންތެރި ބޭފުޅެއް އެކަމްގެ ފޮނިމީރުކަން ތި ފެންނަނި. ސުކުރިއްޔާ އެމްޑީ
ޖަމީލު
07 June 2020
މީނައަކީ އަނގައިން އުޅޭމީހެއް. އެކައުންޓެންޓެކޭ ކިޔާފައި އެކަންޓިންވެސް ހަމައަށް ނޭންގޭ. ވަޒީފާގެ ބިރުދައްކައިގެން ވެރިކަންކުރާމީހެއް.
ާދެކުނު ފެރީ
20 May 2020
ގާތްމީހުން ވަޒީފާތަކަށް ގެނައުމުގެ ވަކި އިތުރަކަށް ކަމެއް ކުރެވުނީ އެއްނޫން. ހިސާބުން ތިއަދަދު ދެއްކުމަކީ މީހާގެމޮޅުކަމެއް ނޫން. އަހަރުނިމޭ އަރު ގިނަބަޔެއްގެ ވަޒީފާ ގެއްލި ބޮޑު ތަނުން ގެއްލުން. ވައްތަރީ މާމޮޅު ކަންދެއްކުމަށް ޖެހި ސްޓަންޓެއް ކަމައް.
މަންނާނު
20 May 2020
ދެންތިޔަތާ އުޅޭއިސްފަރާތްތަކަށް ބަހާލާ