21 މެއި 2020 - 09:59
އިންސާނާ ދުނިޔެ އަށް އައިގޮތާއި މި ކައުނު އުފެދުނު ގޮތާއި ދިރިއުޅުމުގެ ހަޔާތުގެ ބޭނުމާއި މަރުވުމަށް ފަހު ކަންހިނގާނެ ގޮތާ މެދު އުފެދޭ ސުވާލު ތަކަކީ އިންސާނާ އޭގެ ޖަވާބު ބޭނުންވާ ސުވާލު ތަކެކެވެ. މާއްދިއްޔަތަށް ލެނބި ހަވާނަފްސު އެދޭ ގޮތަށް ދިރިއުޅުން އެންމެ ބޮޑަށް ދީލާލައިގެން އުޅޭ މީހާއަށް ވެސް މިފަދަ ސުވާލުތަކުގެ ޖަވާބަކަށް އޭނާގެ ފިޠުރަތު އެދެމުންދާނެ އެވެ. ޝައްކާއި ވަހުމާއި ހައިރާންކަން ފިލުވާލެވޭ ވަރުގެ ޔަގީންކަން ލިބެނިވި ޖަވާބުތަކެއް މިފަދަ ސުވާލުތަކަށް ނުލިބޭ ނަމަ ނަފްސަށް ހަމަޖެހުމެއް ނާންނާނެ އެވެ. މިކަމަށް އޮތް ހައްލަކީ ކޮބައިބާ އެވެ؟ އަދި މި ޝައްކުތަކުން ސަލާމަތްވެވެން އޮތް މަގަކީ ކޮބައިބާ އެވެ؟
މިކަމުން ސަލާމަތް ވެވެން އޮތީ އެމަގަކަށް ﷲ ހިދާޔަތު ދެއްވާ ސީދާމަގު ދެނެގަނެގެންނެވެ. މި މަގު ދެނެގަތުމަށް އިންސާނާގެ ބުއްދި އާއި ހިއްސުތައް އެކަނިން ނުފުދެ އެވެ. ސަބަބަކީ ބުއްދި އާއި ހިއްސުތަކުގައި ވަކި ހައްދެއް އޮތުމެވެ. ވީމާ އަދި އިތުރު އެހެން ވަސީލަތެއް އެބަ ބޭނުންވެ އެވެ. ޝައްކެތްނެތް ގޮތުގައި އެއީ އިންސާނީ ފިޠުރަތާއި ބުއްދީގެ ހަމަތަކާ ފުށުއެރުމެއް ނުވާ އިލާހީ ވަޙީ އެވެ. ކައުނާއި އިންސާނާއާއި ހަޔާތާ މެދު ހިތުގައި އުފެދޭ ސުވާލުތަކަށް އެންމެ ހިތްހަމަ ޖެހޭ ފުރިހަމަ ޖަވާބެއް ލިބޭނީ އެއްކައުވަންތަ ﷲ މީސްތަކުންނަށް ހިދާޔަތެއްގެ ގޮތުގައި ބާވާލައްވާ ރިސާލަތު ތަކުންނެވެ.
އިންސާނާ އުފައްދަވައި އެއުފެއްދެވުން ފުރިހަމަ ކުރައްވައި އޭނާ މާތް ކުރައްވައި ބިމުގެ ޚަލީފާއެއް ކަމުގައި ލައްވައި އެންމެހާ ރިޒުގުތައް ދެއްވައި އުޑުތަކާއި ބިމުގައިވާހާ އެއްޗެއް އޭނާއަށްޓަކައި ކިޔަމަންކޮށްދެއްވި އެއްކައުވަންތަ ކަލެއް ވާކަން އިންސާނާ އަށް އަންގައިދެ އެވެ. މިކަންކަން ގަބޫލު ކުރާ މީހަކީ ކުރިން ދެންނެވި ޝައްކުތަކާއި ވަހުމްތަކާއި ހައިރާންކަމުގެ ނަފްސާނީ ނުތަނަވަސްކަމުން ސަލާމަތްވެގެންވާނެ މީހެކެވެ.
ކައުނުގެ ފެށުމާއި ނިމުމާއި ދިރިއުޅުމުގައި އިންސާނާގެ އަމާޒާއި އޭނާގެ ދައުރާއި އޭނާގެ ނިމުން އޮތްގޮތުގެ ފުރިހަމަ ތަސައްވުރެއް މި ރިސާލަތު ތަކުން އިންސާނާއަށް ދަސްކޮށްދެ އެވެ. މިގޮތުން އިންސާނާ އުފައްދަވައި އެއުފެއްދެވުން ފުރިހަމަ ކުރައްވައި އޭނާ މާތް ކުރައްވައި ބިމުގެ ޚަލީފާއެއް ކަމުގައި ލައްވައި އެންމެހާ ރިޒުގުތައް ދެއްވައި އުޑުތަކާއި ބިމުގައިވާހާ އެއްޗެއް އޭނާއަށްޓަކައި ކިޔަމަންކޮށްދެއްވި އެއްކައުވަންތަ ކަލެއް ވާކަން އިންސާނާ އަށް އަންގައިދެ އެވެ. މިކަންކަން ގަބޫލު ކުރާ މީހަކީ ކުރިން ދެންނެވި ޝައްކުތަކާއި ވަހުމްތަކާއި ހައިރާންކަމުގެ ނަފްސާނީ ނުތަނަވަސްކަމުން ސަލާމަތްވެގެންވާނެ މީހެކެވެ.
ސަބަބަކީ މިފަދަ މުއުމިނަކު ނަމަ އެންމެ ފުރަތަމަ ކަމަކަށް ކައުނުގައިވާ ﷲ ގެ ނިޔާއާ މެދު ހިތްހަމަޖެހި ރުހެ އެވެ. މިގޮތުން ދިރިއުޅުމުގެ މި ކުރު ހަޔާތަކީ އޭގައި ހެވާއި ނުބައި، އަދާލަތާއި އަނިޔާ، ހައްގާއި ބާތިލު، ލައްޒަތާއި ވޭން، އެކުލެވޭ ހަޔާތެއް ކަމަށް ގަބޫލު ކުރާނެ އެވެ. ދިރިއުޅުމުގެ މި ހަޔާތަކީ އިންސާނާގެ މުޅި އަމާޒު ނޫން ކަމަށާއި މިއީ ހަމައެކަނި ހަގީގީ އަމާޒަށް ވާސިލުވާން އޮތް މަގެއް ކަމަށް ގަބޫލު ކުރާނެ އެވެ. މި މަގުގައި ކޮންމެ އިންސާނަކުވެސް ދަތުރު ކުރަމުންދާއިރު އެންމެ މުހިންމު ކަމަކީ އަބަދަށް ދެމިގެންވާ އުޚްރަވީ ހެޔޮ ހަޔާތް ކާމިޔާބު ކުރުމަށް މަސައްކަތް ކުރުން ކަން ދަންނާނެ އެވެ. އަދި ﷲ ގެ އަމުރުފުޅާ އެއްގޮތަށް ހެޔޮގޮތުގައި މި ހަޔާތް ވޭތުކޮށްފި ނަމަ އުޚުރަވީ ހަޔާތުގައި އުފަލާއި އަރާމާއި ހިތްހަމަޖެހުމުގައި އަބަދުގެ އަބަދަށް އުޅެވޭނެ ކަމަށް ގަބޫލު ކުރާނެ އެވެ. މިގޮތުން ހިތުގައި އުފެދޭ ވަރަށް ގިނަ ޝައްކުތަކެއް ފިލައިދެ އެވެ. ނަތީޖާ އަކަށް ވާނީ ނަފްސަށް ހަމަޖެހުން ލިބުމެވެ.
މައްކާގެ މުޝްރިކުން ޚުބައިބު ބުނު ޢަދިއްޔު ސަލީބަށް އަރުވައި އެކަލޭގެފާނަށް މަލާމާތް ކުރި އެވެ. އެހިނދު ޚުބައިބު ޅެންބަހުން ވިދާޅުވީ "މުސްލިމެއްގެ ގޮތުގައި މަރުވެގެންދާ ކަމަށް ވާނަމަ ކޮންމެ ގޮތަކަށް މަރުވިއަސް ވަރިހަމަ އެވެ. އެހެނީ މިއީ ﷲ އަށްޓަކައިވާ މަރެކެވެ. އެކަލާނގެ އިރާދަ ކުރައްވައިފި ނަމަ ވަކިވަކިވެ ކުނޑިކުނޑި ވެފައިވާ ގުނަވަންތަކަށް ވެސް ބަރަކާތް ލައްވާނެ އެވެ."
މިއާ ޚިލާފަށް ﷲ އިންކާރު ކުރާ ނަމަ، ނުވަތަ އެކަލާނގެ ވޮޑިގެންވާ ކަމާއި އާޚިރަތުގައި އެކަލާނގެއާ ބައްދަލު ކުރަން ޖެހޭނެ ކަމާ މެދު ޝައްކު ކުރާ ނަމަ އެފަދަ މީހަކީ އަބަދުވެސް އެ ޝައްކާއި ވަހުމުގެ މަތީ ހުންނަން ޖެހޭނެ މީހެކެވެ. ދިރިއުޅުމުގެ މާއްދިއްޔަތުން އުފަލާއި އަރާމާއި ލައްޒަތު ހާސިލުކޮށް ހަވާ ނަފްސުގެ އެދުންތައް ވަގުތީ ގޮތުން ފުއްދަމުން ދިޔަ ނަމަވެސް ނަފްސާނީ ގޮތުން ބަލާއިރު ޝައްކާއި ވަހުމްތަކުން ސަލާމަތެއް ނުވެވޭނެ އެވެ. ސާބިތުކަމާ އެކު ވަކި ފިކުރެއްގެ މަތީ ދެމިހުރުމުގެ ފުރުސަތު ގެއްލިގެން ދާނެ އެވެ. މިއީ ނަފްސަށް ވަރަށް ދަތި އުދަނގޫވާނެ ކަމެކެވެ. ދިރިއުޅުމާ މެދު މާޔޫސް ކަމުގެ ނަޒަރަކުން ބަލަން މެދުވެރިވާނެ ކަމެކެވެ. ކީރިތި ޤުރުއާނުގައި ސިފަކުރައްވާފައިވާ ފަދައިން މިފަދަ މީހަކު އުޅެން ޖެހޭނީ ދަތި ދިރިއުޅުމެކެވެ (ޠާހާ 124).
ސީދާ މަގަށް ހިދާޔަތު ލިބުމުން ޝައްކުތަކާއި ވަހުމުތަކުން ސަލާމަތް ވުމުގެ އިތުރަށް ދިރިއުޅުމުގައި ދާންވީ މަގު ސާފުކޮށް އެނގޭނެ އެވެ. ސަވާރީއެއް ނުވަތަ އުޅަދެއްގައި ދަތުރު ކުރާއިރު ދާންވީ އަމާޒު ނޭނގުމަކީ ނުވަތަ އެ އަމާޒަށް ދާންވީ މަގު ސާފުކޮށް ނޭނގުމަކީ ނުތަނަވަސް ކަމުގައި މުޅި ދަތުރު ހޭދަކުރަން ޖެހޭނެ ކަމެކެވެ. ހަމައެއާ އެކު ނުރައްކާތެރި ހާދިސާތައް ހިނގުމަށް ވެސް މަގުފަހިވާ ކަމެކެވެ. ހަމަ މި މޭމުރުން ދިރިއުޅުމުގެ ހަޔާތުގައި ވެސް ދާންވީ މަގު ނޭނގޭ މީހާ އުޅެން ޖެހޭނީ އޭނާގެ އެދުންތަކާއި ޣަރީޒާތަކުގެ މެދުގައި އެއްފަހަރު އެއް އަތަށް އަނެއް ފަހަރު އަނެއް އަތަށް ޖެހިލަޖެހިލައި ފުއްދާނީ ކޮން އެދުމެއްކަން ނޭނގި އެވެ. ނުވަތަ މި އެދުންތައް އެއްކޮޅުން އޮންނަ އިރު މީހުން ރުއްސުމަށްޓަކައި އުޅެން ހަދައިގެން އެކަކުވެސް ނުރުއްސިގެންނެވެ. މިއީ ޔަގީނުންވެސް ނުތަނަވަސްކަން ލިބޭނެ ކަމެކެވެ.
މި މަގަށް ހިދާޔަތު ދެއްވުމަށް އެދި ﷲ ގެ ޙަޟްރަތުގައި ކޮންމެ ދުވަހަކު މަދުވެގެން 17 ފަހަރު އެދެނީވެސް އެހެންވެގެންނެވެ. (އަލްފާތިހާ 6). މޫނުވަތަށް ވެއްޓެމުން ހިނގައިދާ މީހާ އާއި ސީދާވެގެންވާ މަގެއްގައި ތެދަށް ހިނގައިދާ މީހާ ކުރެން ތެދުމަގު ލިބުން ހައްގީ ތެދަށް ހިނގައިދާ މީހާކަން ކަށަވަރެވެ (އަލްމުލްކު 22).
މުއުމިނު އިންސާނާ އަކީ ހަމައެކަނި ﷲ ގެ ރުއްސެވުމަށް މަސައްކަތް ކުރާނެ މީހެކެވެ. ވީމާ އެހެން މީހަކު ނުރުހުނަސް ނުވަތަ ހަވާނަފްސުގެ އެދުމެއް ނުފުދުނަސް ކޮންބޮޑުވުމެއް ނޯންނާނެ އެވެ. އަބަދުވެސް މަސައްކަތް ކުރާނީ ﷲ ގެ ރުހިވޮޑިގަތުން ލިބޭ ސީދާވެގެންވާ ތެދުމަގުން ދަތުރު ކުރާށެވެ. މި މަގަށް ހިދާޔަތު ދެއްވުމަށް އެދި ﷲ ގެ ޙަޟްރަތުގައި ކޮންމެ ދުވަހަކު މަދުވެގެން 17 ފަހަރު އެދެނީވެސް އެހެންވެގެންނެވެ. (އަލްފާތިހާ 6). މޫނުވަތަށް ވެއްޓެމުން ހިނގައިދާ މީހާ އާއި ސީދާވެގެންވާ މަގެއްގައި ތެދަށް ހިނގައިދާ މީހާ ކުރެން ތެދުމަގު ލިބުން ހައްގީ ތެދަށް ހިނގައިދާ މީހާކަން ކަށަވަރެވެ (އަލްމުލްކު 22).
ސީދާ މަގު އެނގި އެ މަގުގައި ހިނގާ މީހަކީ އެމަގުން އެއްކިބާ ނުވުމަށްޓަކައި ކިތަންމެ ބޮޑު އުދަގުލެއް ވިއަސް އަދި ކިތަންމެ ވަރުގަދަ ވޭނެއް ވިއަސް ރުހުމާއި ހިތްހަމަ ޖެހުމުގައި ތަހައްމަލު ކުރާނެ މީހެކެވެ. މައްކާގެ މުޝްރިކުން ޚުބައިބު ބުނު ޢަދިއްޔު ސަލީބަށް އަރުވައި އެކަލޭގެފާނަށް މަލާމާތް ކުރި އެވެ. އެހިނދު ޚުބައިބު ޅެންބަހުން ވިދާޅުވީ "މުސްލިމެއްގެ ގޮތުގައި މަރުވެގެންދާ ކަމަށް ވާނަމަ ކޮންމެ ގޮތަކަށް މަރުވިއަސް ވަރިހަމަ އެވެ. އެހެނީ މިއީ ﷲ އަށްޓަކައިވާ މަރެކެވެ. އެކަލާނގެ އިރާދަ ކުރައްވައިފި ނަމަ ވަކިވަކިވެ ކުނޑިކުނޑި ވެފައިވާ ގުނަވަންތަކަށް ވެސް ބަރަކާތް ލައްވާނެ އެވެ."
މުނާފިގުންނާއި ހިތްތަކުގައި ބަލިމަޑުކަމެއްވާ މީހުން ބުނީ "ﷲ އާއި އެކަލާނގެ ރަސޫލާ ތިމަންމެންނަށް ކެހިވެރި ވައުދަކުން މެނުވީ ވައުދެއް ނުވެއޭ" ކަމަށެވެ. މިއާ މުޅިން ޚިލާފަށް މުއުމިނުން ބުނީ "މިއީ ތިމަންމެންނަށް ﷲ އާއި އެކަލާނގެ ރަސޫލާ ވައުދު ކުރެއްވި ކަންތަކެވެ. އަދި ﷲ އާ އެކަލާނގެ ރަސޫލާ އިއްވެވީ ތެދުބަސްފުޅެވެ." މިފަދައިންނެވެ. ނަތީޖާއެއްގެ ގޮތުން މި ބައިމީހުންގެ އީމާންކަމާއި ކިޔަމަންތެރިކަން އިތުރުވެގެން ދިޔަ އެވެ. (އަލްއަޙްޒާބު 22). ހަނގުރާމައިގެ އަލިފާންގަނޑު ރޯވެރޯވެ ހުއްޓައި އަދި މަރު އަނގަތެރެއަށް ކިރިޔާ ވަދެނުވަދެ އޮތް ހިނދުގައި މި މުޖާހިދުންގެ ނަފްސުތަކަށް ހަމަޖެހުމެއް ގެނެސްދިނީ ކޮންކަމެއް ހެއްޔެވެ؟ ޝައްކެއް ނެތް ގޮތުގައި އެއީ ސީދާވެގެންވާ ތެދުމަގު އެނގުމުން ލިބިފައިވީ އީމާންކަމެވެ.
އަޙްޒާބު ހަނގުރާމައިގައި މުއުމިނުން ކުރިމަތިލާން ޖެހުނު ވަރުގަދަ އިމްތިހާނުގައި ދެފަރާތުން އަދުއްވުން އައުމުން ލޯތައް ބޮޑުވެ ކަންބޮޑުވުމުގެ ސަބަބުން ހިތްތައް ލަނގޮޑިވަޅުތަކާ ހަމައަށް އައިސް ﷲ އާ މެދު ކުށްހީތަށް ކޮށް ގަދަވެގެންވާ ގުޑުމަކުން ގުޑުން އަރައިގެން ދިޔަ އެވެ. މި ދަނޑިވަޅުގައި މުނާފިގުންނާއި ހިތްތަކުގައި ބަލިމަޑުކަމެއްވާ މީހުން ބުނީ "ﷲ އާއި އެކަލާނގެ ރަސޫލާ ތިމަންމެންނަށް ކެހިވެރި ވައުދަކުން މެނުވީ ވައުދެއް ނުވެއޭ" ކަމަށެވެ. މިއާ މުޅިން ޚިލާފަށް މުއުމިނުން ބުނީ "މިއީ ތިމަންމެންނަށް ﷲ އާއި އެކަލާނގެ ރަސޫލާ ވައުދު ކުރެއްވި ކަންތަކެވެ. އަދި ﷲ އާ އެކަލާނގެ ރަސޫލާ އިއްވެވީ ތެދުބަސްފުޅެވެ." މިފަދައިންނެވެ. ނަތީޖާއެއްގެ ގޮތުން މި ބައިމީހުންގެ އީމާންކަމާއި ކިޔަމަންތެރިކަން އިތުރުވެގެން ދިޔަ އެވެ. (އަލްއަޙްޒާބު 22). ހަނގުރާމައިގެ އަލިފާންގަނޑު ރޯވެރޯވެ ހުއްޓައި އަދި މަރު އަނގަތެރެއަށް ކިރިޔާ ވަދެނުވަދެ އޮތް ހިނދުގައި މި މުޖާހިދުންގެ ނަފްސުތަކަށް ހަމަޖެހުމެއް ގެނެސްދިނީ ކޮންކަމެއް ހެއްޔެވެ؟ ޝައްކެއް ނެތް ގޮތުގައި އެއީ ސީދާވެގެންވާ ތެދުމަގު އެނގުމުން ލިބިފައިވީ އީމާންކަމެވެ.
ވީމާ ސީދާމަގު އެނގުމަކީ އިންސާނާގެ ސުލޫކު ސާބިތުކަންމަތީ ދެގޮތެއް ނުވެ ދަމަހައްޓާނެ ކަމެކެވެ. ނަފްސުގެ އެދުންތަކާއި އެހެން ފަރާތްތަކުގެ ރުއްސުމަށް ނުބަލައި ޔަގީންކަން މަތީ ހުރެވޭނެ ކަމެކެވެ. ކައުނާއި އިންސާނާއާއި ހަޔާތާ މެދު އުފެދޭ ސުވާލުތަކަށް އެންމެ ފުރިހަމަ ޖަވާބެއް ލިބޭނެ ކަމެކެވެ. މިފަދަ މީހަކަށް ހަމަޔަގީނުންވެސް ނަފްސާނީ ގޮތުން ހަމަޖެހުން ލިބޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy