އެންއީއޯސީގައި މީގެ ކުރިން ބޭއްވި ނިއުސް ކޮންފަރެންސްގައި ފިނޭންސް މިނިސްޓަރު އަމީރު ވާހަކަދައްކަވަނީ.- ފޮޓޯ: އެންއީއޯސީ
21 މެއި 2020 - 01:57
އެހެން އަހަރުތަކޭ ވެސް އެއް އުސޫލުން މި ރޯދަ މަހުގެ އިތުރު ގަޑީގެ ފައިސާ ދޭނެ ކަމަށް ފިނޭންސް މިނިސްޓްރީން މިރޭ ބުނެފި އެވެ.
ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ ހަރަދުތައް ކުޑަކުރަން އަޅާފައިވާ ފިޔަވަޅުގެ ދަށުން، ސިވިލް ސާވެންޓުންގެ އިތުރު ގަޑީގެ ފައިސާ ދިނުމުގެ އުސޫލަށް ބޮޑު ބަދަލެއް ގެނެސްފައި ވެ އެވެ. ފިނޭންސް މިނިސްޓްރީން މިދިޔަ އާދިއްތަ ދުވަހު ނެރުނު ސާކިއުލާގައި ބުނެފައިވާ ގޮތުގައި، މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ދެން ލިބޭނީ 48 ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތް ކުރުމުންނެވެ.
ފިނޭންސްގެ މި ނިންމުން ވީ، ކޮވިޑް-19 އާ ދެކޮޅަށް ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ސިއްހީ ޚިދުމަތްތެރިންގެ ކަންބޮޑުވުމަކަށެވެ. އެއީ ބޭއިންސާފު ނިންމުމަކަށް ވާތީ، އެ ނިންމުން މުރާޖައާކޮށް، ކުރީގެ އުސޫލުން އިތުރު ގަޑީގެ ފައިސާ ދިނުމަށް މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ވެސް ވަނީ ގޮވާލާފައިފަ އެވެ.
ހަރަދު ކުޑަކުރުމުގެ ގޮތުން މުވައްޒަފުންނާއި އެކި އިނާޔަތްތަކަށް ބަދަލު ގެނައުމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން މިދިޔަ ހޮނިހިރު ދުވަހު ނެރުނު ސާކިއުލާ މެދު ސިއްހީ ހިދުމަތްތެރިން ކަންބޮޑުވުންފާޅުކޮށްފައި ވަނިކޮށް، އެ ސާކިއުލާ ތަފްސީލްކޮށްދީ ފިނޭންސް މިނިސްޓްރީން މިރޭ ވަނީ އާ ސާކިއުލާއެއް ނެރެފަ އެވެ.
އާ ސާކިއުލާގައި ބުނީ ރަމަޟާން މަހަކީ ހާއްސަ މަސައްކަތު ގަޑިތަކެއް ކަނޑައަޅާފައިވާ މަހަކަށް ވާތީ، އިތުރު ގަޑީގެ ފައިސާ ދިނުމުގެ އެ އުސޫލަށް އަމަލުކުރާނީ ރޯދަ މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހަށް ފަހުގައި ކަމަށެވެ. އެހެންވެ ޝައްވާލް މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް އަމަލުކުރާނީ ކުރީ އަހަރުތަކުގައި އަމަލުކުރަމުން އައި އުސޫލުން ކަމަށް ބުންޏެވެ.
"ވުމާއެކު، ޝައްވާލް 7، 1441 ގެ ނިޔަލަށް އިތުރުގަޑީގެ ފައިސާ ކަނޑައެޅުމުގައި އަމަލުކުރާނީ މީގެ ކުރިން ވެސް އަމަލުކުރަމުންދާ އުސޫލަށް ކަމަށާއި ޝައްވާލް 8، 1441 އިން ފެށިގެން އަމަލުކުރާނީ ހަވާލާދީފައިވާ ސާކިއުލާގައި ބަޔާންކޮށްފައިވާ ގޮތަށް ކަމުގައި ދަންނަވަމެވެ،" ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި ނެރުއްވި ސާކިއުލާގައި ވެ އެވެ.
ރޯދަ މަހު، ސިވިލް ސާވެންޓުންނާ އެއްގޮތަށް ސިއްހީ ހިދުމަތްތެރިން ވެސް ރަސްމީ މަސައްކަތު ގަޑިއަކީ ހަތަރު ގަޑިއިރެވެ. އެކަމަކު ހަ ގަޑިއިރު މަސައްކަތް ކުރަންޖެހެ އެވެ. އެ ވަގުތު ކަނޑައަޅާފައިވަނީ އޯޓީގެ ގޮތުގަ އެވެ. ނަމަވެސް ކުރިން ހަމަޖެއްސި އުސޫލުގެ ދަށުން އެ ދެ ގަޑިއިރުގެ އޯޓީ ސިއްހީ ދާއިރާގެ މުވައްޒަފުންނަށް ނުލިބޭނެ އެވެ. ރޯދަ ނޫން މަސް މަހުގައި، މަސައްކަތު ގަޑިއަކީ ހަފުތާގެ ހަ ދުވަހު، ދުވާލަކު ހަ ގަޑިއިރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަންނާޑި
21 May 2020
ދައުލަތުން ފައިސާ ދެއްކި 75 ވެނތިލޭޓަރު އަދިވެސް ނުލިބޭތޯ؟
ދަރަނި ދަންތުރަ
21 May 2020
މިނޫންވަރެއް މިވެރިކަމުގައި ނުވާނެ ހުރިހާ ކަމެއްވެސް އިހުތިޔާރުން ބޭރުގައި ބަޔަކު ކެކިއަރައިގަތީމައި ނުނޭ ނޫނެ ކުރިއެކޭ އެއްގޮތަށް....
މިވަރެއްނެތް
21 May 2020
ގައުމު ބަނގުރޫޓުވިއިރުވެސް ރައްޔިތުންގެ ޓެކްސް ފައިސާ ވަލުދޮރޯށިންނާއި މައިދޮރޯށިން ވަދެ އެކިއެކި ނަންނަމުގައި ތަޅާބުރުއްސުން ހުއްޓާލަންނުވޭތަ؟ ކޮން އިތުރުގަޑިއެއްގެ ފައިސާއެއްތަ ދޭންޖެހޭނީ؟ ސަރުކާރުގެ ހުރިހާ އޮފީހެއް ބަންދުކޮށްފަހުންނަތާ ދެމަސްދުވަސް ވެއްޖެ. ގޭގެ ތިބެގެން ޚިދްމަތެއް ނުދޭއިރު އިތުރުގަޑީގެ އެލަވަންްސް ނަގަނީ! ތީ ރޯމާދުވާލު ފޭރުންނޫންތަ؟ ތިބޭފުޅުންގެ ޕްރައިވެޓް ވިޔަފާރީގައި ވެސް މުވައްޒަފުންނަށް ހަމަ ތިއުސޫލުން މުސާރަދޭނަންތަ؟
ސަރަންފީ
21 May 2020
ފޮތެއް އޮތަކަސް އެދުރު ވާކަމެއް ނޫން. އަމީރުމެންނަށް މޮޅަށް ކުރެވުނު އެއްކަމެއް ނުފެނޭ. ތަޖުރިބާހުރި ކަންކުރެވޭ މީހުން ނުލާ ސަރުކާރެއް ނުހިންގޭނެ.
ޑރ. ރާމީ ހަސަން ނިއުޔޯކް/އެމެރިކާ
21 May 2020
ބަތް ތައްޓަށް އަތްބާނާ ދަރަޖަ އަށް އިބޫ ސަރުކާރު ގެ ކަންކަން ދިއުމަކީ ދެރަވަރު ކަމެއް. ނުހަނު ހިތާމަ ހުރިކަމެއް. ބޭކާރު ހަރަދު ކޮރޯނާ ގެ ކަންކަމުގައި ގިނައިން ކުރައްވާފައި، އެބައި މިހާލުގައި ތިއްބާ ރައްޔިތުންގެ ބަތްތަށިން ކެނޑީމާ އެވީ ކޯޗަކަށް ތޯ ؟ ނޫސްވެރިން ނަށް މަޢުލޫމާތު ދޭށޭ ކިޔައިގެން ތިކުރާ ކަމެއްވެސް މިހާރަށް ވުރެ ދޭތެރެދުރު ކުރެވިދާނެ !
ޝައްފަ
21 May 2020
ތެދުފުޅެއް.މީހަކުއެއެއް ނުވެސްބަލާމިހާރަކު.
ހެލްތު ޔުނިއަން
21 May 2020
ފިނޭންސް މިނިސްޓަރު މާލިއްޔަތު ސަރކިއުލަރުތައް ނެރުއްވާއިރު ސީއެސްސީ އާއި ކަމާގުޅޭ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ރިއާޔަތް ކޮށް މަޝްވަރާކުރައްވާނަމަ މިކަހަލަ ދެ އުޅިއެއެއް ނުވާކަންތައްތައް ކުރައްވާކަން ނުޖެހުނީސް
ދިވެސް ނަރުސް ކުއްޖާ
21 May 2020
"ރޯދަ ނޫން މަސް މަހުގައި، މަސައްކަތު ގަޑިއަކީ ހަފުތާގެ ހަ ދުވަހު، ދުވާލަކު ހަ ގަޑިއިރެވެ.''' ނަަަަަަަރުހުން 8 ގަޑިއިރު ހަމަކުރަންޖެހޭ..އޭގެ ފަހުގަ އޯ ޓީ ލިބެނީ..2 ގަޑިއިރު ހިލޭ ސާބަހައް....
ވަތަނަބޭ
21 May 2020
އެންމެން ގޭގަ ބައިތިއްބާފަ ކޮން އިތުގަޑިއެއް؟ ކަލޭހަމަތަ އަލޭ؟ އިތުރުގަޑިވެސް މިސަރުކާރުން ކަނޑައެއްނުލަމޭބުނަން ދެއްތޯ ތިހެންތިހަދާލީ..
އާރީ
21 May 2020
sމި ފަހަރު ހާދަ ރުފިޔާއެއް ލިބޭނޭ ދޯ ސިއްހީ ހިދުމަތް ތެރިންނަށް. އަޅުގަނޑް ގެ އެއްވެސް މަންސަލައެއް ނެތް އެބޭފުޅުން އެވާ ގުރުބާނީ އަކީ ފައިސާއަކުން މިނެކިރޭނެ އެއްޗެއް ނޫން. ފުރާނަ އަތް މަށްޗަށް ލައިގެން އަބިދަރިންނާ ދުރުގަ ރެޔާ ދުވާލު އެ ކުރާ މަސައްކަތަށް އަންސަރި ބަހާ ސާބަސް ރައްދުކުރަށް
ލޮލް
21 May 2020
ރޯދަމަހުގެ ފަހުދިހައެއްގަ ވެސް ތި ހެއްދެވީ އިތުރުފުޅެއް. މެއި 16 ސަރކިއުލަރގައި އޮތީ މެއި ޕީރިއަޑުން ފެށިގެން އެ ސަރކިއުލަރގައިވާ ގޮތަށް އަމަލުކުރުމަށް. ވަކި ނުކުތާއަކަށް އަމަލުކުރުން ލަސްކުރާ ވާހަކައެއް ނެތް. ކަންބޮޑުވުންތަކެއް ހުރުމުން ރިވައިޒް ކުރެއްވީއޭ ވިދާޅުނުވީ ކީއްވެގެންތޯ?