މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ: މަޖިލީހުގެ ޖަލްސާތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާތީ އިދިކޮޅު މެމްބަރުން ކަންބޮޑުވޭ. - ފޮޓޯ: މަޖިލިސް
17 އޮކްޓޯބަރ 2016 - 12:17
ރައްޔިތުންގެ މަޖިލީހުގެ ފަހު ދައުރުގެ ޖަލްސާތައް ކުރިއަށް ނުގެންދާތީ މަޖިލީހުގެ ބައެއް މެމްބަރުންގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް މިއަދު ބޭއްވި ޖަލްސާ ފެށިތާ ހައެއްކަ މިނެޓް ތެރޭގައި ނިންމާލައިފި އެވެ.
އެޖެންޑާގައި ހުރި ކަންކަން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އިއުލާން ކުރެއްވުމަށް ފަހު، މިއަދުގެ ޖަލްސާ ނިންމަވާލެއްވިކަމާއި މާދަމާ ޖަލްސާއެއް އޮންނާނެ ކަން ވަނީ އަންގަވައިފަ އެވެ.
މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި އޮތީ ސިންގަޕޫރުގައި ހުންނަވާ ނޮން ރެސިޑެންޓް ސަފީރަކަށް ހަމްދޫން އަބްދުﷲ ހަމީދު އައްޔަންކުރުމުގެ މައްސަލަ އާއި ތައިލެންޑުގައި ހުންނަވާ ނޮން ރެސިޑެންޓް ސަފީރަކަށް ފާތުމަތު އިނާޔާ، މއ. ރެސްޓިންހައުސް، އައްޔަން ކުރެއްވުމުގެ މައްސަލަ ކޮމެޓީއަށް ފޮނުވުމެވެ.
އޭގެ އިތުރުން ދެން އޮތީ ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީ މެމްބަރު ފައިސަލް ނަސީމް، ބިދޭސީންގެ ބޭންކް އެކައުންޓް ހުޅުވަން އިތުރު މުއްދަތު ދޭން ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހާއި ރިސޯޓް އަދި ޓޫރިސްޓް ހޮޓާތަކުގެ މެނޭޖްމަންޓް ދާއިރާތަކުގައި މަދުވެގެން 50 ޕަސެންޓް ވަޒީފާގެ ފުރުސަތު ދިވެހިންނަށް ދޭން ޖެހޭ ގޮތަށް ޓޫރިޒަމް ގާނޫނަށް ހުށަހެޅި އިސްލާހުގެ ފުރަތަމަ ކިޔުން އިއްވުމެވެ.
މަޖިލީހުގެ ފަހު ދައުރުގެ ޖަލްސާތައް މިދިޔަ މަހުގެ ހައެއްގައި ފެށި ފަހުން މިހާތަނަށް ބޭއްވީ އެންމެ ދެ ޖަލްސާ އެވެ. މި ދެ ޖަލްސާގައި މާ ބޮޑު މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ. އެކަމަކު ކޮމެޓީތަކުގެ މަސައްކަތްތައް ކުރިއަށް އެބަ ދެ އެވެ.
މިދިޔަ ހަފްތާގައި މަޖިލީހުގެ އެއްވެސް ޖަލްސާއެއް ބާއްވާފައެއް ނުވެ އެވެ. އޭގެ ބަދަލުގައި މަޖިލީހުގެ ރައީސް އާއި ޕީޕީއެމްގެ ބައެއް މެމްބަރުން ރައީސް އަބްދުﷲ ޔާމީނާ އެކު ދަތުރުކުރެއްވީ ފުވައްމުލަކުގައި ފެނާ ނަރުދަމާގެ ނިޒާމު ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށަން ބޭއްވި ހަފުލާ އަށެވެ.
އިދިކޮޅު މެމްބަރުން ގަބޫލުކުރައްވާ ގޮތުގައި މަޖިިލީހުގެ ޖަލްސާތައް ނުބޭއްވުމުގެ ހުރިހާ ޒިންމާއެއް އުފުއްލަވަން ޖެހޭނީ މަޖިލީހުގެ ރައީސް މަސީހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޯނުއެދުރުގެ ދަރި
18 October 2016
މުސާރަޔާ އެއްވަރަށް ކަންނޭގެ އެ މަސައްކަތް ކުރަނީ. މުސާރަ އަދި ބޮޑުކޮށްލައިގެން ކަންނޭގެ ރަނގަޅަށް މަސައްކަތް ކުރެވޭނީ. އަދި ބޮޑުކޮށްލާ! ޤައުމުގެ ބަޖެޓު ތާށި. ޤަައުމު އޮތީ ދަރަނީގައި. މި މީހުން އެންމެ ފެންވަރުގައި. ބަލާލަ އެހަރަ މިޖިލީސް ގެޔެއްވެސް. އެންމެ ފެންވަރު ރަނގަޅު. އެހެރަ އަޅާ އިމރާތެއްވެސް. އެވަރެއް ނެތް. މިއިން ކަމަކާ މުޒާހާރާއެއް ކޮށް އަޑު އުފުލާނެ މީހަކު ނުވާނެ. އެކަމަކު މިހާރު އެމީހަކު ގަބޫލު ކުރާ "ލީޑަރެއް" ބުނެފިއްޔާ މަގުތަކަށް ނުކުންނާނެ ހާހުން. ޤައުމުގެ މައްސަލަތަކުގެ އެންމެ ބޮޑު ކަންތަކާ މެދު ވިސްނާނެ ބަޔަކު ނޫޅޭ
ފަގީރުކޮޔެ
18 October 2016
ރައީސް ވިދާޅުވީތަ؟
މުގާބޭ
17 October 2016
ކަމެއް ނެތިއްޔާ ދޭބަލަ މަހަށް.
އަލިފުބާގަ
17 October 2016
ކަމެއްނެތް ބޭކާރު ތަނެއް. ޢަންނަ ސަރުކާރުތަކަށް ހިންދަމާނުލެވިގެން މި އުޅެނީ ބަންޑާރަ ކޮއްތު ހައްދެއްނެތި ކާންދޭންޖެހޭތީ.މުޅިދައުލަތް ހުސްަނީ.
ސާ
17 October 2016
ތި މަޖިލިސް ބާއްވާނެ ކަމެއް ނެތް
ގަޅިބެ
17 October 2016
ގައުމު ވިއްކާލަން ވޯޓްދިނަސް، ބަރާބަރަށް މުސާރަފުޅާ އިނާޔަތް ނަންގަވާތި. އަނބިދަރިންނަށް ކާންދޭން ހަލާލުވާނެ. ތިބޭފުޅުން ކުރައްވާ ކޮންމެ ކަމެއް ވާނީ ގައުމާ ރައްޔިތުންނަށް ފައިދާހުރި ކަންކަމަށް.
އަހްމަދު
17 October 2016
ކިއެއްކުރަން ބައްވާ ޖަލްސައެއްތަ. ކޮމިޓީތަކެއްތަ. މަސްހުސްވީމާ މުސާރައާްި އިނާޔަތްތައް ބަލާދިއައީމަ ނިމުނީ. ޢޭ މިހާރު ދާކށްވެސް ނުޖެހޭނެ އެކއުންޓް ޗެކްކޮށްލެއްވީމާ ނިމުނީ. އެއްނު.
ކެނެޑީ
17 October 2016
ކަމެއް ނެތިއްޔާ މުސާރަ 85000. ކަމެއް އޮތިއްތާ މުސާރަ ކިހާވަރެއް ވާނެބާ.
ގގ
17 October 2016
ކުވެތު އަމީރު ހެއްދެވިގޮތަށް ރައީސު ޖެހެނީ ރާއްޖޭގެ ޕާރލިމެންޓުވެސް އުވާލަން!
ހަނޑޫ ހަކުރު ފުށް
17 October 2016
ކުރާނެ ކަމެއް ނެތިއްޔާ މެންބަރުން ދެޓީމަކަށް ބަހާލުމަށްފަހު، ފީކޮއި ކުޅެންވީ ނޫންތޯ؟