ދުނިޔެ / މަތިންދާބޯޓު ވެއްޓުން

އަހަންނަށް ފެނުނު އެއްޗަކީ ހަމައެކަނި އަލިފާން: ވެއްޓުނު ބޯޓުން ސަލާމަތްވި މީހެއް

ކަރާޗީ އަށް ޕީއައިއޭގެ ބޯޓު ވެއްޓުނު ތަނުން މީހުން ހޯދުމުގެ މަސައްކަތް ސަލާމަތީ ފަރާތްތަކުން ކުރަނީ. --ފޮޓޯ:އޭއެފްޕީ

ކަރާޗީ (މެއި 23) - ކަރާޗީ އަށް ޖައްސަނިކޮށް އިއްޔެ ވެއްޓުނު ޕާކިސްތާނުގެ ގައުމީ އެއާލައިނުގެ ބޯޓުން ސަލާމަތްވި ދެ މީހުންގެ ތެރޭން އެކަކު ބުނި ގޮތުގައި އޭނާ އަށް ފެނުނު ހަމައެކަނި އެއްޗަކީ އަލިފާނެވެ.

ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ) ގެ އެއާބަސް އޭ320 ގެ ބޯޓު ވެއްޓިފައި ވަނީ ކަރާޗީގެ އެއާޕޯޓާ ކައިރީގައިވާ ގެތަކެއްގެ މައްޗަށެވެ. އެ ހާދިސާގައި ވަނީ 97 މީހުން މަރުވެފަ އެވެ. ބިންމަތިން މަރުވީ ކިތައް މީހުން ކަމެއް ނޭނގެ އެވެ. ނަވާރަ މީހެއްގެ ހަށިގަނޑު މިހާރު ވަނީ ދެނެގަނެވިފަ އެވެ. ބޯޓު ޖައްސަން ދިޔަ އިރު ޕައިލެޓް ވަނީ ޓެކްނިކަލް މައްސަލައެއް ރިޕޯޓްކޮށްފަ އެވެ. އޭގެ ފަހުން ޕައިލެޓް ވަނީ އިމަޖެންސީގައި މޭޑޭ ކޯލް އިއުލާންކޮށްފަ އެވެ.

ބޯޓުން ސަލާމަތްވި މީހުންގެ ތެރޭން އެކަކީ 24 އަހަރުގެ މުހައްމަދު ޒުބޭރު ކިޔާ މީހެކެވެ. އަނެއް މީހަކީ ބޭންކް އޮފް ޕަންޖާބުގެ ރައީސް ޒަފަރު މައްސޫދެވެ. އެ ދެ މީހުން ވެސް ތިބީ ބޯޓުގެ ކުރީކޮޅުގަ އެވެ.

ޒުބޭރު ސަލާމަތްވީ ކިހިނެއް؟

ފްލައިޓް ޕީކޭ8303 އިން 91 ފަސިންޖަރުންނާއި އަށް ކްރޫ އިން ދަތުރުކުރި އެވެ. އޭގެ ތެރޭގައި އާދިއްތަ ދުވަހު ފާހަގަ ކުރާ އީދަށް އަމިއްލަ ސިޓީ އަށް ދިޔަ އެއް އާއިލާއެއްގެ އެތައް ބަޔަކު ވެސް ހިމެނެ އެވެ. ލާހޯރުން ފުރައިގެން ކަރާޗީ އަށް ދަތުރު ކުރި ބޯޓު ޖިނާހު އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސަން މަސައްކަތް ކުރީ ޕާކިސްތާން ގަޑިން އިއްޔެ މެންދުރު ފަހު 2:30 ގަ އެވެ. ބޯޓު ވެއްޓުނީ ވެސް ޖައްސަން އުޅެނިކޮށެވެ. ބޯޓު ޖައްސަން ދިޔަ އިރު ބޯޓުގެ އިންޖީނުގައި އަލިފާން ރޯވެ ދުން އަރަމުން ދިޔަ މަންޒަރުގެ ވީޑިއޯތައް ވަނީ ދައުރުވެފަ އެވެ.

ކަރާޗީ އަށް ބޯޓު ވެއްޓުނު ތަނުން މީހުން ހޯދުމުގެ މަސައްކަތް ސަލާމަތީ ފަރާތްތަކުން ކުރަނީ. --ފޮޓޯ:އޭއެފްޕީ

ޒުބޭރު ބުނީ ބޯޓު ޖައްސަން އެއް ފަހަރު މަސައްކަތް ކުރި ކަމަށެވެ. އަދި ބޯޓު ވެއްޓުނީ އޭގެ 10-15 މިނިޓް ފަހުން ކަމަށް އޭނާ ބުންޏެވެ.

"ބޯޓު ދަތުރުކޮށްފައި ދިޔައީ ވަރަށް އަމާންކޮށް. އެއްވެސް މީހަކު ހިއެއް ނުކުރޭ ބޯޓު ވެއްޓެނީ ކަމަށް ވެސް،" ހޮސްޕިޓަލުގައި އޮވެ ވީޑިއޯ މެދުވެރިކޮށް ޒުބޭރު ބުންޏެވެ.

ޒުބޭރަށް މާބޮޑެތި އަނިޔާތަކެއް ލިބި، ބޭރު ފުށުން ފެންނާކަށް ނެތެވެ. ބޯޓު ވެއްޓުމާ އެކު ހޭނެތުނު ކަމަށް އޭނާ ބުންޏެވެ. ހޭވެރިކަންވީ އިރު އެކި ދިމާލުން ރުއިމާއި ހަޅޭކުގެ އަޑު އިވުނު ކަމަށް ބުންޏެވެ.

"އެއްވެސް މީހަކު ނުފެނޭ. އަހަންނަށް ފެނުނުހާ ވެސް އެއްޗަކީ އަލިފާން،" ޒުބޭރު ބުންޏެވެ. "ސީޓްބެލްޓް ނައްޓާލުމަށް ފަހު އަލިވާހެން ހީވާ ދިމާލަކަށް ދިޔައިން. އޭގެ ފަހުން އަހަރެން 10 ފޫޓް (3 މީޓަރު) މަތިން ތިރިއަށް ފުންމާލީ."

ބޯޓު ވެއްޓުނީ ކީއްވެ؟

ބޯޓު ވެއްޓެން ދިމާވި ސީދާ ސަބަބެއް އަދި ނޭނގެ އެވެ. އެކަކު ބޯޓު ވެއްޓުނީ ރަންވޭގެ ޕެރިމީޓަރާ ވަރަށް ކައިރިވެފައި ވަނިކޮށެވެ. މަންޒަރުތަކުން ފެންނަ ގޮތުގައި ވެއްޓިފައި ވަނީ ކަރާޗީގެ މޮޑެލް ކޮލޮނީގައި އާއްމުން ދިރިއުޅޭ ގެތަކެއްގެ މައްޗަށެވެ. ބިން މަތިން ވެސް އެތައް ބަޔަކު ޒަޚަމްވެ ކާރުތަކުގައި ވަނީ ރޯވެފަ އެވެ.

މަންޒަރު ދުށް މީހެއް ކަމަށްވާ މުހައްމަދު އުޒައިރު ޚާން ބުނީ އޭނާ ބޭރަށް ނުކުތީ ވަރަށް ބާރު އަޑެއް އިވެގެން ކަމަށެވެ.

ކަރާޗީ އަށް ޕީއައިއޭގެ ބޯޓު ވެއްޓު ވެއްޓުނު ސަރަހައްދު. --ފޮޓޯ:އޭއެފްޕީ

"އޭރު ހަތަރު ގެއެއް ވަނީ އެއްކޮށް ހަލާކުވެފައި. މުޅި ތަނުގައި އޮތީ އަލިފާން ރޯވެފައި. އެ އެންމެންނަކީ ވެސް އަހަރެންގެ އަވަށްޓެރިން. އެ ހާދިސާ ކިޔައިދޭން ވެސް ނޭނގޭ،" ޚާން ބުންޏެވެ.

ޕައިލެޓާއި އެއާ ޓްރެފިކް ކޮންޓްރޯލްއާ ދެމެދު ދެއްކި ވާހަކަތައް ކަމަށް ޕާކިސްތާނުގެ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި "އިންޖީނު ހުއްޓިއްޖެ" ކަމަށް ޕައިލެޓް ބުންޏެވެ. ބޯޓު ދަނީ "ބެލީ ލޭންޑިންއަކަށް" ތޯ އެއާ ޓްރެފިކް ކޮންޓްރޯލާ ސުވާލު ކުރި އެވެ. ޕައިލެޓުގެ ޖަވާބަކަށްވީ "މޭޑޭ، މޭޑޭ، މޭޑޭ" އެވެ.

ސިވިލް އޭވިއޭޝަން އޮފިޝަލަކު ބުނީ ބެލެވޭ ގޮތުގައި ޕައިލެޓަށް ބޯޓު ތިރިނުކުރެވުނީ ކަމަށެވެ. ބޯޓު ވެއްޓުނު ހާދިސާގެ ތަހުގީގަށް ބްލެކް ބޮސް ރެކޯޑަރުން ބޮޑު އެހީތެރިކަމެއް ލިބޭނެ އެވެ. ތަހުގީގު ކުރުމަށް މިހާރު ވަނީ ކޮމިޓީއެއް އުފައްދައިފަ އެވެ.

ޕީއައިއޭ އިން ބުނީ ފްލީޓަށް އެ ބޯޓު އިތުރުކޮށްފައި ވަނީ 2014 ވަނަ އަހަރު ކަމަށެވެ. އަދި އެންމެ ފަހުން އެއާވާދިނަސް ހަދާފައި ވަނީ މިދިޔަ ނޮވެމްބަރު މަހު ކަމަށް ބުންޏެވެ. ޕީއައިއޭގެ ޗީފް އެގެޒެޓިވް އަރުޝދު މަހްމޫދު މާލިކު ބުނީ އެއާބަސް އޭ320 ގެ ބޯޓުގެ ޓެކްނިކަލް އަދި އޮޕަރޭޝަނަލް ހުރިހާ ކަމެއް ފުރިހަމަ ވާނެ ކަމަށެވެ. އޭވިއޭޝަން މިނިސްޓަރު ގުލާމް ސަރްވަރު ޚާން ވިދާޅުވީ ވެއްޓުނު ބޯޓުގެ ކެޕްޓަން ސައްޖާދު ގުލް އަކީ އެއާލައިނުގެ ވަރަށް ސީނިއާ ޕައިލެޓެއް ކަމަށެވެ. އެއާބަސް އިން ބުނެފައި ވަނީ ވެއްޓުނު ބޯޓު ދަތުރުކޮށްފައި ވަނީ 47،100 ގަޑިއިރު ކަމަށެވެ.

އިސްލާމްއާބާދުގެ އެއާޕޯޓުގައި ފެބްރުއަރީ 8، 2016 ގައި ޕީއައިއޭގެ ބޯޓެއް. --އޭއެފްޕީ ފައިލް ފޮޓޯ

ޕާކިސްތާނުގެ އެއާ ސޭފްޓީ ރެކޯޑް ކިހިނެއް؟

ޕާކިސްތާނުގެ އެއާ ސޭފްޓީ ރެކޯޑާ ދެމެދު ފަހަކަށް އައިސް ވަނީ ގިނަ ސުވާލުތަކެއް އުފެދިފަ އެވެ. ޕީއައިއޭ އަކީ 1970 ގެ އަހަރުތަކާ ހަމައަށް ވަރަށް ކުރީގައި އުޅުނު އެއާލައިނެކެވެ. ނަމަވެސް ފްލައިޓް ކެންސަލްވުމާއި ޑިލޭވުވުމާއި މާލީ މައްސަލަތަކުގެ ސަބަބުން އެ އާއިލަނުގެ އަގު ވަނީ ވެއްޓިފަ އެވެ. ޔޫރަޕުގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދަށް ޕީއައިއޭގެ ބޯޓުތައް ވަނުން ވެސް ވަނީ މަނާކޮށްފަ އެވެ.

ވެރިރަށް އިސްލާމްއާބާދަށް 2016 ވަނަ އަހަރު ދަތުރުކުރި ޕާކިސްތާނުގެ ގައުމީ އެއާލައިނުގެ ބޯޓެއްގެ އިންޖީނަށް މައްސަލަ ޖެހި ބޯޓުގައި ރޯވުމުގެ ސަބަބުން ވަނީ 47 މީހުން މަރުވެފަ އެވެ. އަމިއްލަ އެއާލައިނެއް ކަމަށްވާ އެއާބްލޫގެ ބޯޓެއް އިސްލާމްއާބާދާ ކައިރިއަށް 2010 ވަނަ އަހަރު ވެއްޓި 152 މީހުން މަރުވި އެވެ. އެ ހާދިސާގެ ރަސްމީ ރިޕޯޓުގައިވާ ގޮތުން ބޯޓު ވެއްޓުމުގެ ކުރިން ކޮކްޕިޓް ތެރޭގައި ޕައިލެޓުންގެ މެދުގައި ވަނީ ދެބަސްވުން އުފެދިފަ އެވެ. އަދި ބޯޖާ އެއާގެ ބޯޓެއް ރާވަލްޕިންޑީ އަށް ޖައްސަނިކޮށް 2012 ވަނަ އަހަރު ވެއްޓި 121 ފަސިންޖަރުންނާއި ހަ ކްރޫން މަރުވި އެވެ.

7 ކޮމެންޓް, 110 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 92%
icon angry icon angry 1%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސުލްތާނާ

24 May 2020

މޮޑެލް ޒާރާ އާބިދު ވެސް ވަނީ މަރުވެފައި. ސަލާމަތްވި އެކަކީ އިންޖިނިއަރެއް.

The name is already taken The name is available. Register?

އައިވޮނާނޯ

24 May 2020

މަތިންދާ ބޯޓް ތައް ކްރޭޝް ވާން ދިމާވާ ޕޮސިބިލިޓީސް ތަކަކީ ކޮބައިތޯ އެއީ ދެން ފުރަތަމަ ބަލަން ބޭނުންވާ އެއްަޗަކީ

The name is already taken The name is available. Register?

ނޭނގޭ މީހާ

23 May 2020

ކޮންހާލަތެއްގައި ބޭނުންކުރަން ހުންނައެއްޗެއްތޯ ލައިފްޖެކެޓަކީ މިކަން އެނގޭ ފަރާތަކުން ސާފުކޮށްލަދެއްވާ

The name is already taken The name is available. Register?

އަބުދުބެއްޔާ

23 May 2020

ނޭގޭ މީހާ ލައިފް ޖެކެޓް ގެ ބޭނުން ކުރެވޭނީ ކުއްލި ހާލަތުގަ ކަނޑަށް ޖައްސަން މެދުވެރިވާ ހާލަތްތަކުގަ އެކަނި. އެއްގަމުގަ ލައިފް ޖެކެޓް އިން ކެއްކޭނެ ރިހައެއް ނޮއޮންނާނެ.

The name is already taken The name is available. Register?

ޢަބްދުﷲނާފިޒް

23 May 2020

ލައިފް ޖެކެޓްއަކީ "ހިކިފަސްތާ ބަކަތަޅަން" އަޅާ އެއްޗެއް ނޫނެވެ.

The name is already taken The name is available. Register?

ހަމަ ތެދު ބަސް

23 May 2020

މަ ހިތަށް އަރާ އެއްޗަކީ ފްލައިޓް ނައްޓާލަން ވުމުން ކެބިން ކްރޫ އަކު ސެކެރިޓީ ބްރީފިން އެއް ދޭނެއެވެ. އެމެޖެންސީ ދޮރު ހުރި ތަން ވެސް ދައްކާނެއެވެ.ލައިފް ޖެކެޓް އޮތް ތަން ވެސް ބުނާނެއެވެ އެކަމަކު ފްލައިޓެއް ވެއްޓޭ ހާލަތުގައި ހަމަ އެއްމެން ވަނީ މަރެވެ.ވީމާ މަ ކުރާކަމަކީ ބޯޓަށް އަރާގޮތަށް ޝަހާދަތް ކިޔާފައި އެގުނުހާ ހެޔޮއެެއްޗެއް ކިޔާފައި ﷲ އާއި ވަކީލް ކުރަނީ އެވެ. ކެބިންގ ކްރޫ ކިޔާއެއްޗެއް އަޑެއް ނާހަމެވެ.

The name is already taken The name is available. Register?

ދިވެހިދަރިއެއް44

24 May 2020

ދެ މީހުން ސަލާމަތް ވި ވާހަކަ އެބައިން!# ތި ގޮތް ބަދަލުކުރޭ. ކެބިން ކުރޫ ބުނާ އެއްޗެހި އަޑުއަހްން ފެށުމަށް އިލްތިމާަސް ކުރަން.# އަދި ކޮބާ ދަތުރު ދުއާ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454