އޭޑީކޭގައި ޓެސްޓު ހަދަން ފެށުމުގެ ތައްޔާރީތައް ކުރިއަށްދަނީ-- ފޮޓޯ: އޭޑީކޭ
25 މެއި 2020 - 12:16
އޭޑީކޭ ހޮސްޕިޓަލްގައި ކޮވިޑް-19 އަށް ޓެސްޓު ކުރުމުގެ މަސައްކަތް މިއަދު ފަށަން ތައްޔާރުވަމުން އަންނައިރު ،އެކަން ކުރިއަށް ގެންދާނީ ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
ރާއްޖޭގެ ފުރަތަމަ އަމިއްލަ ހޮސްޕިޓަލް އޭޑީކޭގައި ކޮވިޑް-19 ގެ ޓެސްޓު ހަދަނީ އަމިއްލަ ފައިދާ އަށް، ބޮޑު އަގު ނަގައިގެން ކަމަށް ބުނެ ބައެއް މީހުން ދަނީ ފާޑުކިޔަމުންނެވެ.
ނަމަވެސް އެ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް "މިހާރު"އަށް މިއަދު ވިދާޅުވީ، ބޭނުންވާ ކޮންމެކޮންމެ މީހަކަށް ޓެސްޓު ހެދުމުގެ ފުރުސަތު ނުލިބޭނެ ކަމަށެވެ. އޭގެ ބަދަލުގައި ކޮވިޑް-19 އަށް އޭޑީކޭގައި ޓެސްޓު ކުރެވޭނީ ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުން ވެސް އެކަން ކުރާ އުސޫލުން ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާރު ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހުންގެ ސާމްޕަލް ނަގަނީ އެ ބަލީގެ އަލާމަތްތައް ފެންނަ މީހުންނާއި ބަލި ޖެހިފައިވާ މީހާއާ ބައްދަލުވެފައިވާ މީހުންގެ އެވެ.
"ސާމްޕަލް ނަގާނީ މިހާރު ވެސް [އައިޖީއެމްއެޗުން] ސާމްޕަލް ނަގާ އުސޫލުގެ ތެރެއިން. މީގެ އިތުރުން ބޮޑެތި ސާޖަރީ ހަދަންޏާ ވެސް [ކޮވިޑް] ޓެސްޓު ހައްދާނެ. މިއީ ހުރިހާ ތަނަކުން ވެސް ގެންގުޅޭ އުސޫލު،" އަފްއާލް ވިދާޅުވި އެވެ.
ކޮވިޑް-19 އަށް ޓެސްޓު ހަދަން އޭޑީކޭ އިން ބޮޑު ފީއެއް ނަގާ ކަމަށް ދެއްކެވޭ ވާހަކަތައް ވެސް އަފްއާލް ދޮގުކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ ބަލި ހުރިތޯ ދެނެގަތުމުގެ ޓެސްޓަށް އެ ހޮސްޕިޓަލުން ނަގާނެ ފީއާ ގުޅޭ މަޝްވަރާ އަދިވެސް ދަނީ ކުރިއަށެވެ.
ސަރުކާރުން ބުނެފައި ވަނީ އޭޑީކޭގައި ހަދާ ކޮވިޑް-19 ގެ ޓެސްޓުތަކަށް، ދައުލަތުގެ ޚަރަދުގައި ހިލޭ ބޭސްކުރެވޭ ނިޒާމު އާސަންދައިން ކަވަރު ކުރާނެ ކަމަށެވެ. އެ ހޮސްޕިޓަލްގައި ޓެސްޓު ހެދުމަށް ވެސް ސާމްޕަލްތައް ނަގާނީ މިހާރު ވެސް ހަރަކާތްތެރިވާ ރެޕިޑް ރެސްޕޮންސް ޓީމްތަކުން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ރާއްޖޭން މިހާތަނަށް 1،371 މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު ޓެސްޓު ހަދާ މިންވަރު އިތުރު ކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭޑީކޭގައި ޓެސްޓު ހަދަން ފެށުމާ އެކު މިހާރު ޓެސްޓު ހަދާ މިންވަރު އިތުރުވާނެ އެވެ.
ރާއްޖޭން ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ހަތަރު މީހަކު މަރުވެފައިވާއިރު 144 މީހުން ވަނީ ރަނގަޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައް ފަ
25 May 2020
އައްފާލާ ނާޝިދު ގެ ދަހިކަމުންތާ އަދިވެސް ފީ ތަކާ މަޝަވަރާކުރަނީ. ޚިއްތަ ވާނީ މިކަމުން ޤައުމު އަރައިގަންނަންދެން ތިޔަ މެޝިންގެ ޚިދުމަތް ހިލޭދޭނަމަ. ތިތަނަށް ލިބޭ ފައިދާ އާއި ބަލާފަ ތިޔަ މެޝިނަކީ އަނގުބޮޑު އެއްޗެއްނޫން. ތިޔަ މަޝަވަރާ އަދިވެސް ނުނިމޭނީ ކަލޭމެން ބޭނުންވާ ބޮޑު އަގާ ދޭތެރޭ ސަރުކާރުން އަދި އެއްބަސް ނުވާތީ ކަމަށް ތިވާނީ.
ރާއްޖެ ތެރެ
25 May 2020
ވިޓަމިން ސީ ގުޅައެއް 60 އަށް ވިއްކި އުސޫލު
ހޭކެނޑޭ
25 May 2020
މާލޭގަ ހުރި އަމިއްލަ ހޮސްޕިޓަލް ތަކަށްވެސް ރައްޔިތުން ގޮވާލަނމު ، ތިބޭފުލުންވެސް ކޮވިޑް އަށް ޓެސްޓް ކުތެވޭނެ އިންތިޒާމު ތިތަން ތަނުގައި ޤާއިމު ކުރާށޭ. ރައްޔިތުންގެ ތިޖޫެީ ހުރީ ހުލުވިފައޭ. މިސާލަކަށް އައިކެއަރ ހޮސްޕިޓަލް، އޭ.އެމް.ޑީ.ސީ ހޮސްޕިޓަލް، ފަދަ ތަންތަން އަދި މިނޫންވެސް އަމިއްލަ ހޮސްޕިޓަލް ތައް. އޭރުން ދަޢުލަތުގެ އިސްވެރިން ތިބެދާނ ރާކަނިމަސް ކައިގެން. ގޭސް ގަޑު އަނބުރަން އެއްބަޔަކަށް ފުރުޝަތު ދީގެން ނުވާނެ.
ބަބުރުކުއްޖާ
25 May 2020
ކުދިންނޭ ރައްޔިތުންގެ ރައުސުލްމާލު ކައި ހުސްކުރި ކަމުގެ ނަންވާނީ ޔާމީނާއި އަދީބު! މިތިބީ ހަމަ ޙުދު ކާފޫރުން. ﷲގެ ވާގިފުލާއި އެކު މި ހިންގާ ޖަރީމާތައްވެސް ބަލާ މިކަން ކުރި ބަޔަކަށް ޙައްގު އަދަބު ދޭނެ ވެރިއަކުވެސް މި ޤައުމުގައި ވެރިކަން ކުރާނެ ކަމަށް އުއްމީދު ކުރަނމު.
ބޮޑުމީހާ
25 May 2020
ތީ ސަރުކާރާއި އަމިއްލަ ހޮސްޕިޓަލްތައް ގުޅިގެން ހިންގާ މެޑިކަލް މާފިޔާއެއް. އާސަންދަ ހަމަޖައްސާފަ ސަރުކާރުގެ ހޮސްޕުޓަލަކުން ހިދުމަތެއް ނުލިބޭ. ހުރިހާ ފައިސާއެއް އަމިއްލަ މީހުންނަށް. އާސަންދަ ނެތް އިރު ޑޮކްޓަރަށް ދެއްކުން 200 ރުފިޔާ. މިހާރު 500 ރުފިޔާ. 200 ވެންޓިލޭޓަރ ގެނައިބަޔަކަށް ކޮންމެ ރީޖަނަލް ހޮސްޕިޓަލަކަށް ޕީސީއާރު މެޝިނެއް ނުގަނެވޭ އެއްވެސް ސަބަބެއް ނެތް.
ބޯގޯސް ބޮޑުމީހާ
25 May 2020
އެހެންވިއްޔާ ކަލޭ ގެނެސް ދީބަލަ.. މަ ދޭނަން ލާރި.. މުޅި ދުނިޔޭގެ ބާޒާރުގައިވެސް ނެތް އެއްޗެއް ކަލޭ ހޯދައިގެން ގެނެސްފިނަމަ މަދޭނަން ޝަރަފުގެ މެޑަލްވެސް
އެންދެރި
25 May 2020
އުސޫލް އެނގެ އެވެ. ހަރަދު ވާ ވަރު ނޭނގެނީ އެވެ.
އެޑްމުންޑޯ
25 May 2020
ތިޔައީ އުސޫލުގެ ތެރެއިން 60 ރުފިޔާ އަށް ވިޓަމިންސީ ވިއްކި މީހުން ، އެހެން ވީމާ އުސޫލުގެތެރެއިން މިފަހަރު އާސަންދަ ނުކަތަވަރު ކޮއްލީމަ އޯކޭ ވާނެ
ހަސަންފުޅު
25 May 2020
އޭޑީކޭ އިން ތައިރޮއިޑް ޓެސްޓުވެސް ހަދަނީ އުސޫލާ އެއްގޮތަށް .. އަބަދުވެސް ޕޮޒިޓިވް ރިޒަލްޓްސް ލިބޭނީ.. ހަމަ އެމީހާ އައިޖީ އެމް ހޮސްޕިޓަނުން ޓެސްޓް ހެއްދީމަ ނެގަޓިވް......!
ވައަތުފުއްކިނބަ
25 May 2020
ދަޢުލަތަށް ގޮވާލަން. މިހާރުން މިހާރަށް ތިޔަ ޓެސްޓް ތަކުގެ އަގު ރައްޔިތުންނަށް އެގެން ބޭނުމޭ! ބޭނުމޭ! ބޭނުމޭ! ސަބަބަކީ މަމެން ދަޭުލަތައް ދައްކާ ޓެކްސް ފައިސާއިން ޙަރަދު ކުރާއިރު ރައްޔިތުންނަށް އެކުރެވޭ ޙަރަދު އެގެން ބޭނުމޭ ބޭނުމޭ ބޭނުމޭ! ކޮވިޑޭ ކޮޔާފައި ދެން ރައްޔިތުން ފެލަން ތިޔަ ދިނީ ފުރުޝަތު. ކީއްވެހޭ އައިޖީ އެމް އެޗުން ތިޔަ ޓެސްޓް ނެހެދެންވީ! މިކަމަކީ ބަޔަކު އަޑީގައި ތިބެގެން ހިންގާ ޖަރީމާއެކޭ މަމެން ބުނާނީ ބުނާނީ ބުނާނީ!
ދަތްނެތްކުއްޖާ
25 May 2020
ކޮވިޑްއަށް ޓެސްޓް ނުކުރާ ބަލި މީހަކު މީގެފަހުން ތިޔަ ހޮސްޕިޓަލަކަށް ނުވަންނާނެކަން ޔަޤީން. މިދެން ބޮޑުވަރު. ރައްޔިތުންގެފައިސާ ދަޢުލަތުންވެސް ބޭކާރުގޮތުގައި އިސްރާފު ކުރާކަށް ހެޔޮނުވާނެ. މިކަމަކީ ދުރާލާ ރޭވިގެން ހިންގަން އުލޭ ޖަރީމާ އެއްގެ ގޮތުގައި ސިފަ ކުރެވެނީ! ވެރިކަން ބަދަލުވެއްޖެ ނަމަ މި ޖަރީމާގެ ކަންތައް ގަޑުވެސް ފަލާ އަރާނެކަމަށް އުއްމީދުކުރަން. ޜައީސް އަށް ގޮވާލަން މިޒާތުގެ އިސްރާފު ކުރުވުން ހުއްޓުވުމަށް. އައިޖީއެމްއެޗް ކުރެވެން ޖެހޭނެ.