ރިޕޯޓް / ޖުޑީޝަރީ

އިސްތިއުނާފް މުއްދަތު ކުރު، ދަތުރުކުރަން ޖެހޭ މަގު ދިގު

ހައި ކޯޓު: އިސްތިއުނާފަށް ހުށަހަޅަން ބޭނުން ނަމަ ޖެހެނީ އެކަމުގެ ލިޔުންތައް ނިންމި ކޯޓަކަށް ހުށަހަޅަން --މިހާރު ފޮޓޯ

މިދިޔަ އަހަރު ސުޕްރީމް ކޯޓުން ވަނީ އިސްތިއުނާފް ކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އިސްތިއުނާފަށް ހުށަހަޅަން ލިބޭ މުއްދަތު ކުރުކޮށްފަ އެވެ. އެއީ އިސްތިއުނާފްގެ މުއްދަތު ދިގުވުމުން، މައްސަލަތަކުގައި ހިމެނޭ ފަރާތްތަކުގެ ހައްގު ކަށަވަރު ނުކުރެވި އޮތް އޮތުމަށް ނިމުމެއް ގެނައުމަށާއި އަވަހަށް އިންސާފު ލިބޭކަން ކަށަވަރުކުރަން ގެނައި ބަދަލެއް ކަމަށް ސުޕްރީމް ކޯޓުން ބުނެ އެވެ.

އިސްތިއުނާފަށް ހުށަހަޅަން ޖެހޭ މުއްދަތަކީ 90 ދުވަސް ކަމަށް ކޯޓުތަކުގެ ގާނޫނުގައި އޮއްވާ ސުޕްރީމް ކޯޓުން މިދިޔަ އަހަރު ނެރުނު ސާކިއުލާއަކުން ވަނީ، ދަށު ކޯޓުގެ ނިންމުންތައް އިސްތިއުނާފް ކުރުމުގެ މުއްދަތު 10 ދުވަހަށް ކުރުކޮށްފަ އެވެ. އަދި އިސްތިއުނާފަށް ހުށަހަޅަން ބޭނުން ނަމަ އަމަލުކުރަން ޖެހޭ އާ އުސޫލެއް ވެސް އެ ސާކިއުލާގައި ކަނޑައެޅި އެވެ.

ކުރިން ކޯޓުތަކުގެ ނިންމުންތައް އިސްތިއުނާފް ކުރަން އެ މީހަކު ހުށަހަޅަން ޖެހެނީ ސީދާ އިސްތިއުނާފް ކޯޓަށެވެ. އެކަމަކު ސުޕްރީމް ކޯޓުން ހަމަޖެއްސީ އިސްތިއުނާފް ކުރަން ބޭނުން ނަމަ އެ މައްސަލައެއް ނިންމި ކޯޓަކަށް ހުށަހެޅުމަށެވެ. އޭރުން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) މެދުވެރިކޮށް އެ މައްސަލައެއްގެ ލިޔުންތައް އިސްތިއުނާފް ކޯޓަށް ފޮނުވާނީ މައްސަލަ ނިންމި ކޯޓުން ކަމަށް އެ އުސޫލުގައި ވަނީ ހަމަޖައްސައިފަ އެވެ.

އެ އުސޫލަށް އަމަލުކުރާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވީއިރު އޭގެ ސަބަބުން ކުރިމަތިވާ ދަތިިތަކެއް ވެސް އެބަ ހުއްޓެވެ. އިސްތިއުނާފް ކުރުމާ މެދު 10 ދުވަސް ތެރޭގައި ގޮތެއް ނިންމައި، ލިޔުންތައް ހުށަހަޅަން ޖެހުމަކީ ގިނަ މީހުންނަށް އުނދަގޫ ކަމެކެވެ. ޚާއްސަކޮށް ރަށްރަށުގައި އުޅޭ މީހުންނަށް އޮތް ހުރަސްތައް ގިނަ އެވެ. ރަށްރަށުގައި ވަކީލުންގެ އެހީތެރިކަން ލިބުން އުނދަގޫ އިރު ވަކީލުންގެ ގާނޫނީ ލަފާ ހޯދައިގެން އެހާ ކުރު މުއްދަތެއްގައި އިސްތިއުނާފާ މެދު ގޮތެއް ނިންމަން ޖެހުމަކީ ތަކުލީފެކެވެ.

އިސްތިއުނާފް މުއްދަތުގެ ގޮތުގައި ކޯޓުތަކުގެ ގާނޫނުގައި އޮތް 90 ދުވަހަކީ ދިގު މުއްދަތެއް ކަމަށް އެންމެންހެން އެއްބަސްވެ އެވެ. އެކަމަކު މިހާރު ހަމަޖައްސާފައި އޮންނަ 10 ދުވަހަކީ މާ ކުރު މުއްދަތެއް ކަމަށް ވަކީލުން ދެކެ އެވެ.

"އިސްތިއުނާފް މުއްދަތު ކުރު ކުރުން އެންމެ ރަނގަޅު. އެކަމަކު އެންމެ މަދުވެގެން 30 ދުވަސް ދޭން އެބަ ޖެހޭ އެކަމަށް. އެއީ ވެސް މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ދޫކޮށްފައި،" ވަކީލް އިބްރާހިމް ޝަމީލް ވިިދާޅުވި އެވެ.

މީގެ އިތުރުން އިސްތިއުނާފް ކުރަން ބޭނުން ނަމަ އެ މައްސަލައެއް ނިންމި ކޯޓަކަށް ލިޔުންތައް ހުށަހަޅަން ޖެހުމަކީ ވެސް ބައެއް ފަރާތްތަކުގެ ކަންބޮޑުވުމެކެވެ. އޭގެ ސަބަބުން ކޮންމެވެސް ވަރެއްގެ ލަސްތަކެއް އަންނަ ކަމަށްވެ އެވެ. މާލެ ނުވަތަ ހައި ކޯޓުގެ ގޮތްޕެއް ހުރި ރަށެއްގައި ނަމަ ސީދާ ހައި ކޯޓަށް އިސްތިއުނާފަށް ހުށަހެޅޭ ގޮތަށް އޮތުން މުހިންމު ކަމަށް ބައެއް ވަކީލުން ދެކެ އެވެ.

"ކުރިން ނަމަ ސީދާ ހައި ކޯޓަށް ހުށަހަޅަން ޖެހެނީ. މިހާރު ދަށު ކޯޓަށް ހުށަހަޅަން ޖެހޭތީ އެއް ދުވަސް ނުވަތަ ދެ ދުވަސް ވަރު އެކަމަށް އެބަ ގެއްލޭ. އެއީ ވަރަށް އުނދަގޫވާ ކަމެއް. ހައި ކޯޓު ހުންނަ ރަށެއްގައި ނަމަ ސީދާ ހައި ކޯޓަށް ހުށަހެޅޭ ގޮތަށް ފުރުސަތު ދީފައި އޮންނަ ނަމަ ރަނގަޅު. އޭރުން ހައި ކޯޓު ނުހުންނަ ރަށްރަށުގައި ތިބޭ މީހުންނަށް ދަށު ކޯޓުތައް މެދުވެރިކޮށް ހަައި ކޯޓަށް ހުށަހެޅޭނެ،" ޝަމީލް ވިދާޅުވި އެވެ.

ސީދާ އިސްތިއުނާފް ކޯޓަށް މައްސަލަ ހުށަހެޅޭ ގޮތަށް ކުރިން އޮއްވާ މައްސަލަ ނިންމި ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ޑީޖޭއޭ އަށް ފޮނުވައި، ޑީޖޭއޭ އިން އެ ލިޔުންތައް އިސްތިއުނާފް ކޯޓަށް ފޮނުވަން ޖެހޭ ގޮތަށް އުސޫލު ބަދަލު ކުރުމަކީ ކޯޓުތަކާއި ޑީޖޭއޭ އަށް ވެސް އިތުރު ބުރައެކެވެ. އެކަމަށް ވަކި މުވައްޒަފުންތަކެއް ހުސްކުރަން ޖެހި، ކުރަން ޖެހޭ މަސައްކަތްތަކާއި ޚަރަދު ވެސް އެބަ ބޮޑުވެ އެވެ. މިއީ ވެސް ވިސްނާލުން މުހިންމު ކަމެކެވެ.

އިސްތިއުނާފް މުއްދަތު ކުރުވެފައި، ދަތުރު ކުރަން ޖެހޭ މަގު ދިގު ވާއިރު އިސްތިއުނާފަށް މައްސަލަ ތައްޔާރު ކުރަން ދިމާވާ ދަތިތައް ވެސް ވަކި ކުޑައެއް ނޫނެވެ. ކޯޓުތަކުން ކުރަން ޖެހޭ އިދާރީ ކަންކަން ނުނިމި އޮއްވާ އިސްތިއުނާފް މުއްދަތު ފަހަނައަޅައި ދިއުން އާންމެވެ.

ދެ ކޯޓެއް ހިންގާ ޖަސްޓިސް ބިލްޑިން: މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ނުލިބެނީސް ބައެއް ފަހަރު އިސްތިއުނާފް މުއްދަތު ހަމަވޭ --މިހާރު ފޮޓޯ/ނިޝާން އަލީ

އިސްތިއުނާފަށް ހުށަހަޅަން ދައުވާ ފޯމް ތައްޔާރު ކުރެވެން އަންނަނީ އެ މައްސަލައެއް ދަށު ކޯޓުން ނިންމި ގޮތުގެ ރިޕޯޓް ދޫކުރުމުންނެވެ. މައްސަލަ ނިންމާތާ 14 ދުވަސް ތެރޭގައި އެ ރިޕޯޓް ދޫކުރަން ޖެހެ އެވެ. އެކަމަކު ބައެއް ފަހަރު އެ މުއްދަތު ފާއިތުވެގެން ދާއިރު ވެސް ރިޕޯޓެއް ނުލިބެ އެވެ. އެހެންކަމުން ރިޕޯޓް ދޫކުރަން އޮންނަ މުއްދަތު ހަމަވުމުގެ ކުރިން އިސްތިއުނާފް ފޯމް ހުށަހަޅަން ޖެހުމަކީ ވަކީލުންގެ ކަންބޮޑުވުމެކެވެ.

"ކޯޓުތައް ތައްޔާރެއް ނޫން މި ކަމަކަށް. މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް، އެ ބުނާ މުއްދަތުގެ ތެރޭގައި ދުލެއް ނުކުރެވޭ ގިނަ ފަހަރު. އިސްތިއުނާފަށް ރަނގަޅަށް ތައްޔާރު ވެވޭނީ އެ ރިޕޯޓް ލިބިގެން. މިހާރު މިޖެހެނީ މުބާރާތެއް ބާއްވާހެން މިކަން ކުރަން. ހަމަޖެހިލައިގެން ދިރާސާކޮށްގެން އިސްތިއުނާފަށް ހުށަހެޅޭކަށް ނެތް. އެއީކީ މުވައްކިލުންނަށް އެންމެ މަސްލަހަތު ހުރި ގޮތެއް ނޫން،" ނަން ނުޖަހަން އެދި ވާހަކަ ދެއްކެވި އެހެން ވަކީލަކު ވިދާޅުވި އެވެ.

މައްސަލަ ނިމުނު ގޮތުގެ "ތަފްސީލު ރިޕޯޓް" ކޯޓުތަކުން ދޫކުރުން ލަސްވާތީ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ސުޕްރީމް ކޯޓުން ކުރިން ވަނީ އެ ރިޕޯޓް ނެތަސް މައްސަލަ ނިމުނު ގޮތުގެ "ޚުލާސާ ރިޕޯޓާ" އެކު އިސްތިއުނާފަށް ހުށަހެޅޭ ގޮތް ހަމަޖައްސައިފަ އެވެ. ޚުލާސާ ރިޕޯޓަކީ ކޮންމެ މައްސަލައެއްގެ ވެސް ހުކުމްކުރާ ދުވަހު ދޭން ޖެހޭ ރިޕޯޓެއް ނަމަވެސް ބައެއް ފަހަރު އެ ރިޕޯޓު ލިބެން ވެސް އެތައް ދުވަހެއް ހޭދަވާ ކަމަށް ބައެއް ވަކީލުން ބުނެ އެވެ.

"ހުކުމް ކުރާ ދުވަހު ޚުލާސާ ރިޕޯޓް ދޭން އެންގިޔަސް ގިނަ ފަހަރަކު ނުލިބޭ. ހަމައެކަނި ހުކުމުގެ އިބާރާތާ އެކު އިސްތިއުނާފަށް ލާން ދެން މި ޖެހެނީ. ޖިނާއީ މައްސަލައެއް ނަމަ ކުށްވެރިޔާގެ މައްޗަށް ކުށް ސާބިތުވީ ކީއްވެގެން ކަން ވެސް ނޭނގި އިސްތިއުނާފަށް ހުށަހަޅަން މިޖެހެނީ. މިއީ ހަމަޖެހޭ ކަމެއް ނޫން،" ޝަމީލް ވިދާޅުވި އެވެ.

މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ދޫކުރުން ލަސްވެގެން އިސްތިއުނާފް މުއްދަތު ހަމަވާ ހާލަތްތަކުގައި އެއީ މަގުބޫލު އުޒުރެއް ކަމަށް ބަލައި، އެ މުއްދަތަށް ވުރެ ފަހުން ހުށަހެޅިޔަސް އިސްތިއުނާފް ކޯޓުތަކުން ބައެއް މައްސަލަތައް ބަލައިގަނެ އެވެ. އެކަމަކު އެއީ ވެސް ލިޔެފައި އޮންނަ އުސޫލެއް ކަމަށް ނުވާތީ "އެއްޗަކަށް އެއްޗެއް" ހެދުމަށް ފަހު 10 ދުވަސް ހަމަވުމުގެ ކުރިން މައްސަލަ ހުށަހަޅަނީ ކަމަށް ބައެއް ވަކީލުން ބުނެ އެވެ.

"އޭގައި އަމަލުކުރާނެ ވަކި ގޮތެއް ލިޔެފައެއް ނެތް. އެކި ފަހަރު އެކި ގޮތަށް އޮންނަނީ. އާންމުކޮށް މިހެން ހަދަން މިޖެހެނީ. އިތުރު ގޮތެއް ނެތް. އެކަމަކު އޭރުން ބޭނުންވާ އެންމެ ރަނގަޅަކަށް އެކަމެއް ނުވޭ،" ކުރިން ވާހަކަ ދެއްކެވި ވަކީލް ވިދާޅުވި އެވެ.

އިސްތިއުނާފް އުސޫލަށް ގެނައި ބަދަލުން ދަތިތަކެއް ކުރިމަތިވެ އެވެ. އެހެންވެ މިއީ ހައްލު ހޯދަން ޖެހިފައިވާ މައްސަލައެކެވެ. އެއްގޮތަކީ އިސްތިއުނާފް މުއްދަތު ކޮންމެވެސް ވަރަކަށް ދިގުކޮށްލުމެވެ. އަނެއް ގޮތަކީ މައްސަލައިގެ ލިޔުންތައް ދޫކުރުމުގައި ކޯޓުތަކުން ދިމާވާ އިދާރީ ކަންކަން ހައްލުކޮށް، ވަގުތުން ވަގުތަށް ލިޔުންތައް ލިބޭނެ ގޮތް ހެދުމެވެ. އަދި ހައި ކޯޓު ހުންނަ ރަށްރަށުގައި އިސްތިއުނާފް ލިޔުންތައް ސީދާ ހައި ކޯޓަށް ހުށަހެޅޭ ގޮތް ހެދުން ވެސް މުހިންމެވެ.

12 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 6%
icon angry icon angry 19%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދަފްތަރު/ރެފިއުޖީ

19 October 2016

ގިނަަފަހަރަށް އިސްތިއުނާފް މައްސަލަ ފެށޭއިރު މިއޮންނަނީ ހުކުމް ތަންފީޒުވެ ނިމިފަ. މިސާލަކަށް އަހްމަދު މަހުލޫފްގެ މައްލައަށް ބައްލަވާ! މިއޮތީ ވާ ޖުޑިޝަރީއެއް.

The name is already taken The name is available. Register?

އަހްމަދު

19 October 2016

މިއީ ނަމެއްޤައި ޤައުމެއްނޫނޭ. މިއީ ނުފޯރާފުލުން ފޫގަޅަން އިގޭ ފިސާރި ޤައުމެކޭ މިއީ ހުރިހާ ރޮގަކުން އިކޮނޮމިކް ޤައުމެއް.

The name is already taken The name is available. Register?

ހައުަޅި

19 October 2016

ސްޕްރޯމްކޯޓުން ވިދާޅުވާނީ ރަގަނޅަށް ވާނުވާ ނޭގެނީ ރައްޔިތުމީހާއަށް ބައްލަވާ ދަށު ކޯޓަކުން ނިންމާ މައްސަލަ އަސްތިޢުނާފަށް ހުށައަޅަށް ޖެހެނީ މައްސަލަ ނިންމާތާ 10 ދުވަހުގެ ( ދިހަ ދުވަހުގެ) ތެރޭގައި ދެން ވިސްނަވާ މައްސަލާގައި އަސްތިޢުނާ ފޯމް ފުރުމަށް ޤަޒިއްޔާ ނިންމިގޮތުގެ ރިޕޯޓު ލިބެނީ 14 ( ސާދަ ދުވަހުގެ) ފަހުން ވީމަ ހޯމަ ދުވަސް އެއީ ހުކުރު ދުވަސް ކަމަށް ސްޕްރީމް ކޯޓުން ނިންމައިފިނަމަ އެވާނީ ހަމަ އެއްމެން އެއަށްތަބާވުންލާޒޮމްކުތެވޭ އެއމެފަހުބަސްކަމުގައި. ޙަބޭސް މަގޭ ސްޕްރީމް.

The name is already taken The name is available. Register?

GAN Island

19 October 2016

މިފަދަ މައްސަލައަށް އޮތް ހަމަ އެކަނި ހައްލަކީ ''ވެރިކަމުގެ ނިޒާމް'' ކަމުގައި ދެންނެވިދާނެ. . . ކުރިއަރާފައިވާ ޤައުމު ތަކުގައި ވެރިކަން ހިންގުމުގެ ބާރާއި ' ޤާނޫނު ހެދުމުގެ ބާރު އަދި ''އަދުލު އިންސާފުގެ ބާރު'' ވަކިވަކި ބާރުތަކެއްގެ ގޮތުގައި ހަމަޖެއްސީ ހަމަ ކުއްލިއަކަށް ތިބެފަ ކުރިކަމެއްގެ ގޮތުގައެއްނޫން. . . ތެދެއް ''ދިވެހި ދައުލަތުގެ ޤާނޫނު އަސާސީ ގައި ވެސް އޮތީ މިދެންނެވި ބާރުތައް ވަކިކޮށްފައި'' އެހެން ނަމަވެސް އެއީ މައުނަވީ ގޮތެއްގައި ކޮށްފައިވާ ވަކިކުރުން ތަކެއްނޫން. . . ހައްލު ހޯދުމަށް ޤާނޫނު ހަދާ މަޖިލިސް މެންބަރުން ''ކަދުރު އޮށަކަށް'' ވިކުމުން އެއްކިބާވާން ޖެހޭ. . . ހައްލު ހޯދުމަށް ރައީސުލް ޖުމްހޫއްރީއްޔާ އަކީ ''ދައުލަތުގެ ތިޖޫރީގެ ވެރިޔާ ނޫންކަން'' ކަޑައަޅާ އެކަން އެމަނިކުފާނަށް ވެސް އަންގާންޖެހޭ. . . ހައްލު ހޯދަން ބަންޑާރަ ބަންޑާރަ ފަނޑިޔާރާއި ބަންޑާރަ ނައިބް ޤާނޫނުގެ ''ދަށަށް'' އަންނާން ޖެހޭ. . . ޖޫޑިޝަރީ އަކީ ދިރިއޮތް ގުނަވަނެއް ކަމުގައި ހަދައިގެން މެނުވީ ދަށުކޯޓް ތަކުގެ ހުކުމްތައް އިންސާފުވެރު ނުކުރެވޭނެ. . . ދަށުކޯޓުން އިއްވާ ހުކުމް ''އިންސާފުވެރިތޯ ކަޑައެޅުމަށް'' އޮންނަ ހައިކޯޓް އާއި ސްޕްރީމް ކޯޓް ގެ ބާރުވެރިކަމުގެ ދަށުގައި ދަށުކޯޓް ތަކުގެ ޤާޒީން ތިބެއްޖެނަމަ ދެން ކަންވާނެގޮތް ''ރާއްޖެއިން މިދަނީ ދައްކަމުން'' ކަމުގައި ބުނެވިދާނެ

The name is already taken The name is available. Register?

ޗިއަރސް

19 October 2016

އިސްތިއުނާފު މުއްދަތު ކުރު ކުރަން ޖެހޭ ދަތުރު ދިގު ނަމަ މިހާރު ތިބި ވަކީލުންގެ ލޭޒީ ސްޓައިލް ފިލުވާލާ ތަންކޮޅެއް ހީވާގި ކަމާއި އެކު މަސައްކަތް ކުރަންވީ އެވެ. އަދި މީގެއިތުރުން ކޯޓްތަކުން ވެސް މިކަން ކަން އެކްސްޕެޑައިޓް ކުރެވޭތޯ ބައްްލަވަންވީ އެވެ. ސްޕީޑް އަޕް ސްޕީޑް އަޕް. މަމެންގެ ބިއުޓިފުލް ސަރުކާރުން ރާއްޖެ ލިޓިލް ސިންގަޕޯރ އަށް ބަދަލު ކުރަން ބޭނުން ކުރާ ސައިލެންޓް ޑްރީމް ގައި އެބައޮތް ކޯޓް ތަކުގެ މަސައްކަތް އެކްސްޕެޑައިޓް ކުރާނެ ގޮތުގެ ޕްރޮސީޖަރ އެވެ. ފޯލޯ އިޓް ފޯލޯ އިޓް އެން ކޮމްޕްލައި އިޓް. ދިސް އިޒް އިޓް. ލިޓިލް ސިންގަޕޯރ ސައިލެންޓް ޑްރީމް އިޒް އެމޭޒިންގް އެން ވޮންޑަރފުލް އެން ސްޕްލެންޑިޑް އެން ޗާރމިންގް. ޗިއަރސް..

The name is already taken The name is available. Register?

ޖޯޖޯ

19 October 2016

މީ ހަމަ ރަގަޅޫ ވާހަކަތައް. ކުރިން އޮންނަ އުޞޫލުގެ ދަށުން ބަންދު އަމުރުވެސް ނެރޭ ދުވަހު ނޫނީ އަނެއް ދުވަހުވެސް އިސްތިޢުނާފަށް ހައިކޯޓަށް ލެވިދާނެ. މިހާރު އޮންނަ އުޞޫލުން ފުރަތަމަ އެ މައްސަލަ ނިންމި ކޯޓަކަށް އިސްތިޢުނާފް ފޯމް ލާންޖެހެނީ. ދެން އެ ކޯޓުން މައްސަލަ ހައިކޯޓަށް ފޮނުވަން އެންމެ މަދުވެގެން 2 ނޫނީ 3 ދުވަސް އެބަހޭދަވޭ. އާޚިރުގައި މައްސަލަ ހައިކޯޓުގައި ރަޖިސްޓްރީވެ ބަންދު މައްސަލަ ހިންގަން ފަށާއިރު ބަންދު އަމުރުގެ މުއްދަތު ހަމަވެ އިތުރު މުއްދަތެއް އިތުރުކޮށްފައި އޮންނަނީ. އެހެންވީމަ އިސްތިއުނާފުގެ ބޭނުން ގެއްލިދަނީ. ސުޕްރީމް ކޯޓުން ހަދަންވީ އެމީހަކު ބޭނުންނަމަ ސީދާ ހައިކޯޓަށް ފޯމު ލެވޭގޮތަށް ހަދަން. އޭރުން ނުލެވޭ މީހާ ފޯމު ލާންވީ ރަށު ކޯޓަށް ނޫނީ އެ މައްސަލަ ނިންމި ކޯޓަށް. ސިމްޕަލް. ސުޕްރީމް ކޯޓުން މިކަން ކޮށްދެއްވާނެކަން ޔަޤީން.

The name is already taken The name is available. Register?

މޫސާފުތު

19 October 2016

ރަގަޅު އެއްވެސް ގޮތެއް އިންސާނުންނަކަށް ނޮއޮންނާނެ. އަހަރެން ނުޖެހޭނެ ދުވަހަކުވެސް އިރާދަ ކުރެއްވީޔާ އިސްތިއުނާފު ކުރާކަށް . މިއުޅެނީ ފަސްވަގުތު ނަމާދު ކޮށްލައިގެން ހަލާލުގޮތުގައި މަސައްކަތް ކޮށްގެން ލިބުނު އެއްޗަކަށް ކަލާންގެއަށް ހަމްދުކޮށގެން . މީހެއްގެ ހައްގަކަށް އަރައިނުގަނެ ސިޔާސީ ކަންތައްވާނުވާ ނުބަލައި މަޑުމައި ތިރި ދިރިއުޅުމެއް. އިރާދަ ކުރެއްވީޔާ ދުވަހަކުވެސް ކުއްވެރިވެގެން ފުލުހުންގެ ގެއަށް ނޫނީ ކޯޓަކަށް ގެންގޮސްފައި ނުހުންނާނެ. މިގައުމުގައި ތިބި އެންމެން މިގޮތަށް އުޅެން ދަސްކޮށްފީޔާ ގައުމުގައި އޮންނާނެ އަމާންކަން ހިތައްގެނެބަލ

The name is already taken The name is available. Register?

ހެޔޮއެދޭ

19 October 2016

މާތްﷲ އިރާދަފުޅުން މޫސާފުތު ދުވަހަކުވެސް ފުލުހުންގެ އިދާރާއަށް ނުވަތަ ކޯޓަކަށް މިހާރު އޮތް ޙާލަތުގައި ކުށެއްގެ ތުހުމަތުގައި ނުގެންދަވާތޯ ދުޢާކުރަން. ކަންކަން ނޭނގި ދުރުގަ ތިބެ ފާޑުކިޔަން ވަރަށް ފަސޭހަވާނެ. ކޮންމެ ބަޔަކުވެސް އެކަމެއް ތަޖުރިބާކުރުމުން އެކަމެއްގެ ހިތި މި ފެންނަނީ. އިރާދަކުރެއްވިއްޔާ މޫސާފުތުއަށް ވެސް އަދި ވިސްނޭނެ މިބުނާ އެއްޗެއް. ވަގުތެއް އޮވެއްޖެއްޔާ ދެ ތިން ދުވަހު ކޯޓަކަށް ވަދެލަންވީނު.

The name is already taken The name is available. Register?

ކާފަ ދަރިފުޅު

19 October 2016

ކާފަގެ ބޮޑު ގޯއްޗެއް އޮވެއެވެ. ގޯތީގެ އެއްބައިގައި ހަދާފައި ހުންނަނީ ބިޔުޓީ ސެލޫން އެކެވެ. އެ ތަނަށް ކޮންމެ ދުވަހަކުވެސް އެތައްބަޔަކު ވަދެ ނިކުމެ ހަދައެވެ. ދުވަހަކުވެސް މީހަކު މޭކަޕްކޮށް ބޯކޮށާ ހަދައިގެން ނިކުތްތަނެއް ނުދެކެމެވެ. ކާފަ އާމްދަނީ ހޯދާ މި މަސަތްކަތަކީ ބޮޑު ސިއްރެވެކެ. ކާފަގެ އަނެއް ބޮޑު ސިއްރަކީ މަސްތުވާތަކެތީގެ ވިޔަފާރިއެވެ. ކާފަގެ ދޮށީ ދަރި 25 އަހަރުގެ ޖަލު ހުކުމެއްގައިވަނީ ކާފަގެ މި ވިޔަފާރި ދޮށީ ދަރިޔާ ހިސާބަށް ހުއްޓުމުންނެވެ. ކާފަގެ ކަންތައްތަކަށް ބަސްބުނި އެންމެން އުޅެންޖެހެނީ ގެއިން ބޭރުގައެވެ. އަހަރެންނަށް އެފަދަ ހާލެއް ދުވަހަކުވެސް ނުޖެހޭނެ އެވެ. ކާފަގެ އެއްވެސް ކަމަކާ އަހަރެން ނުބެހެމެވެ. ކާފައަކީ އަހަރެމެން ވޯޓު ދީގެން ހޮވާފައި ހުރި ވެރިއެއް ނޫނެވެ.

The name is already taken The name is available. Register?

އަލީ

19 October 2016

މި ރާއްޖޭގެ ދައުލަތުގެ ހުރިހާ ތަންތަނެއްގެ ނިޒާމުތައްވެސް ބައްޓަންވެފައި އޮންނަނީ ސިޔާސީ އިދިކޮޅު ފަރާތްތަކަށް ގެއްލުންދީ ބަންދުކުރުމަށް ފަސޭހަވާނެ ހުރިހާ ގޮތްގޮތަކަށް

The name is already taken The name is available. Register?

އަޙްމަދު

19 October 2016

ސްޕްރީމް ކޯޓުން ހުކުމާ ހަމައަށް ގޮސް ނުނިންމާ ކިތައްމެ މައްސަލައެއް އެބައޮތް.ނިންމަންވީމަ އަވަސް އަރުވަލައިގެން ނިންމަނީ.

The name is already taken The name is available. Register?

ގެދާނޯމޮސް

19 October 2016

ވަކިއުމުރެއް ގެ މީހަކަށް ވެރިކަން ނުކުރެވޭ ނިންމުމަށް ނެގީ 30 މިނެޓް:

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454