ވިޔަފާރި / ޓޫރިޒަމް

އަމިއްލަ ފުށީގެ ބައެއް ވިލާތައް ވިއްކާލަނީ

އަމިއްލަ ފުށީގެ އަށް ކޮޓަރީގެ ވިލާއެއް: އަށް ވިލާއެއް ވިއްކާލަން އެ ރިސޯޓުން ވަނީ ނިންމާފައި- ފޮޓޯ: އަމިއްލަ ފުށި

ބ. އަތޮޅުގައި ތަރައްގީ ކޮށްފައިވާ ފަތީ ފެންވަރުގެ އަމިއްލަ ފުށި ރިސޯޓުގެ ބައެއް ވިލާތައް ގަނެ އެއިން މަންފާ ހޯދުމުގެ ފުރުސަތު ބޭރުގެ އިންވެސްޓަރުންނަށް އެ ރިސޯޓުން ހުޅުވާލައިފި އެވެ.

އެ ރިސޯޓުގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި އިންވެސްޓަރުން ގަންނަ ކޮންމެ ވިލާއެއް އެމީހަކަށް ފުރަތަމަ ލިބޭނީ ލީސް އެގްރީމަންޓުގެ ދަށުން ގިނަވެގެން 50 އަހަރާ ހަމައަށެވެ. އެއަށް ފަހު އިތުރު 50 އަހަރާ ހަމައަށް އެ އެގްރީމަންޓްގެ މުއްދަތު އިތުރު ކުރުމުގެ ފުރުސަތު އޮވެ އެވެ.

މީގެ ކުރިން ވެސް ބޭރުގެ ބައެއް މަހުޖަނުންނަށް ސޮނެވާފުށި ކަހަލަ މަތީ ފެންވަރުގެ ބައެއް ރިސޯޓްތަކުން ވިލާ ގަނެފައި އެބަ ހުއްޓެވެ. އެ ތަންތަނުގައި އެމީހުން ޗުއްޓީ ހޭދަނުކުރާ ދުވަސްވަރު، އެހެން މީހުންނަށް ކުއްޔަށް ދެ އެވެ. އަދި ލިބޭ ފައިދާ، ވިލާ ގަތް މަހުޖަނުންނާ ރިސޯޓުން ހިއްސާކުރެ އެވެ.

އަމިއްލަފުށީގައި ވެސް ހަދަނީ އެހެންނެވެ. ލީޒްގެ މުއްދަތުގައި އެ ވިލާތައް މެނޭޖްކޮށް ހިންގާނީ ރިސޯޓުގެ މެނޭޖްމަންޓުންނެވެ. ނަމަވެސް ވިލާގެ ވެރިފަރާތް ނުވަތަ އާއިލާގެ މީހަކު އެ ވިލާގައި ޗުއްޓީ ހޭދަކުރަން ބޭނުންވާ ނަމަ އެ ފުރުސަތު ލިބޭނެ އެވެ.

އަމިއްލަ ފުށިން ވިއްކާ ވިލާއެއްގެ ޕޫލް އޭރިއާ-- ފޮޓޯ: އަމިއްލަ ފުށި

ވިލާ ހިންގުމުގެ ހަރަދުގެ ގޮތުގައި އެ ވިލާއަށް ލިބޭ އާމްދަނީގެ 10 ޕަސެންޓު ރިސޯޓުން ނަގާނެ އެވެ. އަދި ބާކީ އާމްދަނީ ވެރިފަރާތަށާއި ރިސޯޓަށް ހަމަހަމައަށް ބަހާނެ އެވެ. އެއީ މަތީ ފަންތީގެ ޓޫރިސްޓުން ދާ ރިސޯޓަކަށް ވާތީ ކޮންމެ ވިލާއަކަށް ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ވެސް ރިސޯޓުން ލަފާކުރެ އެވެ.

އަމިއްލަ ފުށީގެ ވިލާއެއްގެ އެތެރެ: ހުރިހާ ވިލާއެއް ވެސް ފުރިހަމަ-- ފޮޓޯ: އަމިއްލަ ފުށި

އަމިއްލަ ފުށި ރިސޯޓަކީ ދުނިޔޭގެ މަޝްހޫރު ފިލްމީ ތަރިންނާއި ޓީވީ ޕާސަނާލިިޓީތަކާއި ކުޅިވަރުގެ މަޝްހޫރު ފަންނާނުންގެ މަގުބޫލުކަން އޮތް ރިސޯޓެކެވެ. މި ރިސޯޓުގެ ވިލާތައް ހަދާފައި ހުންނަނީ ވެސް އެފަދަ މީހުންގެ ބޭނުންތަކަށް ބަލައިގެންނެވެ.

އަމިއްލަ ފުށިން ވިއްކާ ވިލާއެއްގެ ޕޫލް އޭރިއާ-- ފޮޓޯ: އަމިއްލަ ފުށި

އަމިއްލަފުށިން ވިއްކަން ހަމަޖެހިފައިވާ ވިލާތަކުގެ ތެރޭގައި ހަތަރު ކޮޓަރީގެ ހަ ވިލާ އާއި ހަ ކޮޓަރީގެ ވިލާއަކާއި އަށް ކޮޓަރީގެ ވިލާއެއް ހިމެނެ އެވެ. މި ހުންނަނީ ނިސްބަތުން ބަލާ ނަމަ އެންމެ ފުރިހަމަ ބޮޑެތި ގެތަކެވެ.

14 ކޮމެންޓް, 30 ރިއެކްޝަންސް

icon happy icon happy 37%
icon sad icon sad 50%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައި އާރު އެސް

01 June 2020

މީ އަސްލަމު ބުނި ރައްވެހިކަން ރާއްޖެއިން ބޭރު މުއްސަދިންނަށް ދޭންބުނި ވާހަކާގެ ފޭށުން، މިތަނުން ވިލާއެއް ގަތީމަ ކޮންމެހެން ޖެހޭނެ އެމީހަކަ ރައްވެހިކަންދޭން އޮޅުވާލަންވެސް ތަންކޮލެއްބޮޑުވަރު، ގައުމު ހަލާކުގެ ތެރެއަށްވަދެ ނިމިއްޖެ، ރައްޔިތުން ވިސްނަންވީ އަސްލަމު އަށް ސާބަސް ރައްޔިތުން ގުބޯ ހައްދާފަ ބޭރުގެ ފަރަންޖީ މީހުންނަށް އަވަހަށް އައިޑީ ކާޑު ހަދާދީ!!!! ވިސްނާ ވިސްނާ ރައްޔިތުން ވިސްނާ

The name is already taken The name is available. Register?

ޕޮލު

02 June 2020

ހހހ، ފެށުމޭ؟ މި ކަންތައް ހިނގާތާ ކިތަށް އަހަރު ވެއްޖެ. ހާދަ ފަހަތެއްގައޭ..

The name is already taken The name is available. Register?

ދެރަ

01 June 2020

ދެރަވޭ. ބޭރު މީހުންނަށްށޯ ވިއްކަނީ. ޢަދި އެވެސް 50 އހަރަށް. އެއަށްފަހު ވެސް އެގްރިމެން 49 އަހަރަށް ދަންމާލުމުގެ ފުރުސަތު. ތިއިން ދެން ދިވެހިންނަށް އޮތީ ކޮންފައިދާއެއް. ކުޑަމިނުން ޖީ އެސްޓީ ވެސް ނުލިބޭނެ. ދެން މިހާ ނިކަމެތިކޮށް ކޮން ފަތުރުވެރިކަމެއް. ރާއްޖޭގެ ރުސޯޓެކޭ ބުނީތީ ލިބޭ މޮޅެއް އޮތީ. ޔޫއޭއީ ތަންތަނުން މިގޮތަށް ތަންތަން ވިއްކަނީ ދައުލަތުން. މިކަން ގާނޫނަކުން އިސްލާހުކޮށް 25 އަހަރަށްވުރެ ދިގުމުއްދަތަކަށް ނުވިއްކޭގޮތް ހަދާ.

The name is already taken The name is available. Register?

ބިއްޖެހި

24 April 2023

ކަލޭ ވެސް މަސައްކަތް ކޮއްފަ ލާރި އެއްކޮއްގެން ގައްނަންވީ. ކަންނެތް ކަންމަތީ އަބަދު ނިދަން ނޯވެ

The name is already taken The name is available. Register?

ketoplus shampoo

01 June 2020

ކަމުން މުއްސަދި. ނަމުން ފަގީރު ގައުމު: ގައުމުގެ ގިނަ މީހުން 6 ފޫޓް 6 ފޫޓު ގޮޅީގަ ގަނަ ތެޅެނީ. މުއްސަދިންނަށް ޕެރަޑައިސް. ލަދު ކޮބާ ބާ ވެރިކަންކުރިހާ ބައެއްގެ. ދިވެހިން ވޯޓް ވިއްކާނެ އަދިވެސް.

The name is already taken The name is available. Register?

މަޒް

01 June 2020

ކީއްވެތަ ބޭރުގެ އިންވެސްޓަރުން.. މިކަމަށްވެސް އެބަ ޖެހޭ ގާނޫނެއް ހަދަން.. ދިވެހިންނަށް މިތަންތަން ގަނެވޭނެ ގޮތް ހަދަން ފެނޭ.. ގާނޫނު ހުއްދަ ކުރާ ވިޔަފާރިއަކަށް ވާން ޖެހޭ.. ދިވެހިންނަށް ފައދަވާނެ ގޮތްތަކަެއް ހަދާފަ ހުންނަން ޖެހޭ

The name is already taken The name is available. Register?

ދިވެހިދިވެހިދިވެހިދިވެހިދިވެހި

01 June 2020

ދިވެހީން ވެސް ގަންނަންވީ އެ ބުނާ އަދަދެއް ދީފަ.

The name is already taken The name is available. Register?

މަޒްބީތާ

24 April 2023

ލާރި އެބަހުރިތަ ކަލޭ އަތުގަ ގައްނަ ވަރައް

The name is already taken The name is available. Register?

ގަޓް ބްރޯ

01 June 2020

ގަންނަން ގުޅާނެ ނަމްބަރެއް ވެސް ހިމަނާލިނަމަ ރާއްޖޭގަވެސް މިދުވަސްވަރު އުޅޭނެ އެކި ކަހަލަ ބޮޑެތި ކަޓު ލިބޭ މީހުން، ތިޔަ ތަނުން ދެތިން ވިލާވެސް އެއްފަހަރާ އަގުދީފަ އެމީހުންގަނެލަފާނެ. ކޮންމެހެން ބޭރުގެ މަހުޖަނުން ނުހޯދިޔަސް ވާނެ.

The name is already taken The name is available. Register?

އައްޑޫތަކުރު

01 June 2020

"މިއީ ރާއްޖޭގެ ރިސޯޓަކުން މިފަދަ ފުރުސަތެއް އާންމުކޮށް ހުޅުވާލި ފުރަތަމަ ފަހަރެވެ" މިއީ ދޮގެއް! ހަބަރު ލިޔާއިރު ކުޑަކޮށްނަމަވެސް ކަމުގެ އެކޮޅުމިކޮޅު ބަލާލުން ރަނގަޅު! ސޮނޭވާއިން ސޯނޫ މިގޮތަށް ވިލާތައް ވިއްކާތާ 9 އަހަރު ވެެއްޖެ! https://sonevavillaownership.com

The name is already taken The name is available. Register?

ޖަމަލު

01 June 2020

އެކަމު ސޯނޫއަށް ލާރިއެއް އެއްކުރެވިފައެއް ނެތް

The name is already taken The name is available. Register?

މަކުނުދޫ ޢަލީ

01 September 2020

"މީގެ ކުރިން ވެސް ބޭރުގެ ބައެއް މަހުޖަނުންނަށް ސޮނެވާފުށި ކަހަލަ މަތީ ފެންވަރުގެ ބައެއް ރިސޯޓްތަކުން ވިލާ ގަނެފައި އެބަ ހުއްޓެވެ." ޚަބަރު ލިޔެފައޮތީ ރަނގަޅަށް. މައްސަލައަކީ ލޯމަރައިގެން ކިޔުން

The name is already taken The name is available. Register?

ސާޑު

01 June 2020

މިހަބަރު ކިޔާފާ %100 މީހުން ކީއްވެބާ ދެރަވީ.

The name is already taken The name is available. Register?

އުމަރުބެ

01 June 2020

ތިޔައީ ރާއްޖޭގެ އާކަމެއްނޫން، ސޮނެވާގައި ގިނަވާނީ މަހުޖަނުންގެ ވިލާތަށް، އެއަށް ކިޔާއުޅޭ ޓައިމްޝެއާވެސް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454