ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭއާ ބައްދަލު ކުރައްވައި ސަލީމް ކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް
07 ޖޫން 2020 - 16:47
ޖަމާނުންސުރެ އެކި ދާއިރާތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށް ދެމުން އަންނަ ޖަޕާން، ސަރުކާރުން ރާއްޖެ އަށް 86.4 މިލިއަން ރުފިޔާގެ އެހީ މިއަދު ދީފި އެވެ.
މިއަދު މެންދުރު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެހީގެ އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ޖަޕާނުގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު ކެއިކޯ ޔަނާއީ އެވެ.
ފޮރިން މިނިސްޓްރީން ބުނީ އެ އެހީގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް، 10 ބެޑް ސައިޑް އެކްސްރޭ މެޝިނާއި 65 ބެޑްސައިޑް މޮނީޓަރާއި 19 ޕޯޓަބަލް އަލްޓްރާ ސައުންޑް އިމޭޖް ސިސްޓަމާއި، 200 އޮޓޮމޭޓެޑް އެކްސްޓާނަލް ޑިފިބްރިލޭޓާސް އަދި 160 ސިރިން ޕަމްޕް ލިބޭނެ ކަމަށެވެ.
Japan in Raajje ah MVR 21.7 million ge hiley ehee dheefi
The most trusted news source in the Maldives
Mihaaru
ޖަޕާނުން މިދިޔަ މަހު 21 މިލިއަން ރުފިޔާގެ އެހީ ރާއްޖެއަށް ދިނުން
އެ އެހީތައް ދެއްވުމުން ފޮރިން މިނިސްޓަރު ޝާހިދު ވަނީ ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން މަސައްކަތް ކުރަމުންދާ މިދަނޑިވަޅުގައި ޖަޕާނުން ރާއްޖެއަށް ދިން އެހީތެރިކަމަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.
ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ ވިދާޅުވީ ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ޖަޕާނުގެ އެއްބާރުލުން ރާއްޖެ އަށް ލިބޭނެ ކަމަށެވެ.
މިދިޔަ މަހު ވެސް ޖަޕާނުން ވަނީ ޔުނިސެފް މެދުވެރިކޮށް 5.6 މިލިއަން ރުފިޔާ އަދި މޯލްޑިވްސް ރެޑް ކްރެސެންޓް މެދުވެރިކޮށް 2.9 މިލިއަން ރުފިޔާގެ އެހީ ރާއްޖެ އަށް ދީފަ އެވެ. އަދި ޔޫއެންޑީޕީ މެދުވެރިކޮށް، ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް، ކުދި ވިޔަފާރިތަކަށް އެހީވުމަށް 21.5 މިލިއަން ރުފިޔާގެ އެހީ ވެސް އެ ގައުމުން ވަނީ ރާއްޖެ އަށް ދީފަ އެވެ.
ރާއްޖެ އާއި ޖަޕާނަކީ ބައިނަލްއަގުވާމީ އެކިއެކި ކަންކަމުގައި ގުޅިގެން މަސައްކަތްކުރަމުން އަންނަ ރަހުމަތްތެރި ދެ ގައުމެވެ. ޖަޕާނާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރީ ނޮވެންބަރު 14، 1967 ގަ އެވެ.
ރާއްޖޭގެ ތަރައްގީގެ ގިނަ ކުރިއެރުންތަކުގައި ޖަޕާނުގެ ހިއްސާ ވަރަށް ބޮޑެވެ. ރާއްޖޭގެ އުމްރާނީ، އިޖުތިމާއީ އަދި އިންސާނީ ވަސީލަތްތައް ބިނާ ކުރުމަށް ޖަޕާނުން ގިނަ އެހީތަކެއްވެފައިވެ އެވެ. ގިނަ ސްކޫލުތަކަކާއި ބަނދަރުތަކެއް އެ ގައުމުގެ ހިލޭ އެހީގެ ދަށުން ވަނީ ހަދައިފަ އެވެ. އަދި މަސްވެރިކަމަށް ޒަމާނީ ބަދަލުތަކެއް ގެނައުމުގައި ވެސް ޖަޕާނުގެ ހިއްސާ ބޮޑެވެ.
މުޅި ދުނިޔެ އަށް ފެތުރިފައިވާ މި ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި، އެކި ގައުމުތަކުންނާއި ޖަމިއްޔާތަކުން އަންނަނީ ރާއްޖެ އަށް އެހީ ފޯރުކޮށްދެމުންނެވެ. ތައިލެންޑާއި ސިންގަޕޫރުގެ ކުންފުނިތަކަކުން ވަނީ މެޑިކަލް ސާމާނުތަކެއް ރާއްޖެއަށް ހަދިޔާކޮށްފަ އެވެ. އަދި އިންޑިއާ ސަރުކާރުންނާއި ބަންގްލަދޭޝް ސަރުކާރުގެ އިތުރުން ޗައިނާ އިން ވެސް ވަނީ މެޑިކަލް ސާމާނު ރާއްޖެ އަށް ފޮނުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދުރު1
08 June 2020
މާލެ ވަށައިގެން ދުއްވާލުމުން ފެންނާނީ ޖަޕާބުގެ ދީލަތި އެހީތަކުގެ ރަމްޒު ތަކެވެ. މާލޭގެ އެއްގަމު ތޮށްޓާއި ބޭރު ތޮއްޓެވެ. ތިން ހަތަރު ސުކޫލެވެ. ސޯސަލް ސެންޓަރެވެ. މި ތަންތަނަކީ އެއިރަށް ބަލާއިރު ރާއްޖޭގެ ބަޖެޓް ކުރެވޭވަރުގެ ކަންކަމެއް ނޫނެވެ. ރާއްޖޭގެ ކޮންމެ އަތޮޅެއް ސުކޫލެއް ވަނީ އަޅާދީފައެވެ. ރާއްޖޭގެ އުމުރާނީ ތަރައްގީގެ އެންމެ މުހިއްމު ބައިވެރިޔަކީ ޖަޕާނެވެ މިއީ މުޅިންވެސް ހިލޭ ކޮށްދީފައިވާ ކަންކަމެވެ.
ހާދަ ދެރަޔޭ
07 June 2020
ހިލޭ ކާޑު ދިނަސް އެސްޓީއޯއަށް ލައިގެން ވިއްކަނީ. މާސްކު ދިނަސް ވިއްކަނީ. ފޮތިން މާސްކު ފަހަން ބުނަނީ. ރާއްޖެތެރޭ ހޮސްޕިޓަލް ތަކުގައި މާސްކު އަންގި ވަރަށް ނެތް. ދެން ތިޔަ ލިބޭ ފައިސާތަކަށް ކީއް ތިކުރަނީ. ކަރަންޓީން ވާން ޖެހެނީ ގޭގަ. ޓްރާންސިޓް ފެސިލިޓީއެއް ނެތް.
ސިއްކަ
07 June 2020
މަގޭ އެކި އެކި ވިޔަފާރި ޕާޓްނަރސް އަށް ބަހާލަދީ ތި ލާރިކޮޅު. އެމީހުން ލޯންޑާކޮށްލާފަ ލަންކާއަށް ފޮނުވަދޭނެ. ދެން އަހަރެން ސްޓޮކްމާކެޓްގަ އިންވެސްޓްކޮށްލާނަން އޭރުން. އަހަރުމެންގެ ޕާޓީގެ ހަގީގީ ލާރި އޮތީ އެމެރިކަން ސްޓޮކްމާކެޓްގައެއްނު.
ބޮޑުމީހާ
07 June 2020
ޖަޕާނުން ލިބޭ ހިލޭއެހީއާއިއެކު ދުވަހަކުވެސް މިތާގެ ދާޚިލީ ކަމަކާ ނުބެހޭ. ސިފައިން ނުފޮނުވާ. ޖަޕާނަކީ ރިވެތި އަޚުލާގުގެ ލާމަސީލު މިސާލެއް
ޑޮޓް
07 June 2020
ޖަޕާން ވަރެއް ނެތޭދޯ ހަމަ!!!
ޢަހުމަދު ބެ ، ބޯގަންވިލާ
07 June 2020
މުޅި ދިވެހި ޜާއްޖެ އެހެން ގައު މުތަކުގެ އަޅުން ނައް ހަދާފި ،މުޅިން ނިކަ މެތި ވެއްޖެ
ޏަ މް ޏަ މް ބޭބޭ 20
07 June 2020
ކަލޯ ގަޔާ ، ލޮކްޑައުން އުވާލާކައް ނުފެނެ އަބަދުވެސް ލޮކްޑައުން ގަ ، ގައު މުބާއްވަންވީ
އިބިރިހިންބެއްޔާ
07 June 2020
ޝުކުރިއްޔާ ޖަޕާން. ސަފީރަށް އަދި ޖަޕާނު ސަރުކާރަށް ރާއްޖެ ވަރަަށް ރަގަޅަށް އެގޭކަން ސާބިތުވެއްޖެ. .Thank you Japan. We love you
މިވަރެއްނެތް
07 June 2020
މާތް ﷲ މި ލޮބުވެތި ގައުމު ސަލާންޖެހުމުގެ ނިކަމެތި ޢަމަލުންނާއި އަދި ސަލާންޖެހުމަކީ ދީނުގައި އެދެވިގެންނުވާ ކަމެއްކަން ނޭގޭ ނުވަތަ އެކަމަށް އިންކާރުކުރާ ވެރިންގެ ކިބައިން ތާއަބަދަށް މިންޖުކުރައްވާި! އާމީން
ކައުންސެލަރު
07 June 2020
ދަތުރުފަތުރަށް ކަނޑައަޅާ ބަޖެޓް ހުސްވެ އިތުރަށް ނަގައިގެން ތަންތަނުގެ ވެރިންގެ ފައިބުޑަށް ވެއްޓެންޏާ އެއްޗެއް ލިބެންވާނެ. މިހެން ދަމަކުން ޖަހާ ބަޑިއެއްހެން ލިބޭ އެއްޗަކަށް ވާގޮތެކޭ މިނޭނގެނީ؟! އެއީއޭ އަހުން މިދައްކާ ވާހަކައަކީ. ނަމުން ތިތަހުރިހާ އެހީއެއް ލިބޭއިރުވެސް އަދިވެސް ރައްޔިތުން މިތިބީ ގުއިފެނުން ފެންވަރައިގެން. އެހީ ލިބުމުން ރައްޔިތުންނަށް ވީރަނގަޅެއް ދައްކަބަލަ! ހުރިހާ ޑޮލަރެއް ޖީބަކަންނު ތިޔަދަނީ!؟