ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު ކެއިކޯ ޔަނާއި ސަލާންކުރައްވަނީ -- ފޮޓޯ: ފޮރިން މިނިސްޓްރީ
21 މެއި 2020 - 12:52
ޖަޕާނުން ރާއްޖެއަށް 21.7 މިލިއަން ރުފިޔާގެ ހިލޭ އެހީ މިއަދު ދީފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ ދަތިކަމުން އަރައިގަތުމުގައި އެހީތެރިކަން ދޭން ޖަޕާނުން ނިންމާފައިވާ ކަމަށެވެ. އޭގެ ތެރެއިން މިއަދު ހަދިޔާކުރި 21.7 މިލިއަން ރުފިޔާގެ ފައިދާ ދިވެހި ސަރުކާރަށާއި ރާއްޖޭގެ އިގުތިސާދު އަލުން ހުޅުވާލުމަށް މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅުގައި ވިޔަފާރިވެރިންނަށް ވެސް ކުރާނެ ކަމަށް ބުންޏެވެ.
އެކަންކަމުގެ އިތުރުން އާމްދަނީ ހޯދޭނެ އާ ގޮތްތައް ބަލައި، ދިގު މުއްދަތެއްގައި އިގުތިސާދު ކުރިއެރުވުމުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް ވެސް ބުންޏެވެ.
ސަރުކާރުން ނިންމާފައިވަނީ ކޮވިޑް-19 ފެތުރޭތީ މިހާރު އަޅާފައިވާ ފިޔަވަޅުތައް ރައްޔިތުންގެ އެއްބާރުލުމާއެކު ރަނގަޅަށް ތަންފީޒު ކުރެވޭ ނަމަ މި މަހުގެ 28 ގެ ފަހުން ލުއިތަކެއް ދިނުމަށެވެ. އެކަމުގެ ތައްޔާރީތައް ވަމުން އަންނަކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވަނީ ވިދާޅުވެފަ އެވެ.
ޖަޕާނުގެ އެހީ ހަމަޖެހިފައިވަނީ ޔޫއެންޑީޕީގެ އެހީތެރިކަމާއެކުގަ އެވެ. އެހެންވެ ފޮރިން މިނިސްޓްރީން ވަނީ އެ ޖަމާއަތަށް ވެސް ޝުކުރު އަދާކޮށްފަ އެވެ.
ފޮރިން މިނިސްޓްރީން ބުނީ ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތް ކުރުމަށް ސިއްހީ ހިދުމަތްތެރިންގެ އަދަދު އިތުރުކުރުމުގައި ރާއްޖެއަށް އެހީ ދިނުމާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރަމުން އަންނަކަމަށެވެ.
މި މަހުގެ ކުރީކޮޅު ވެސް ޖަޕާނުން ވަނީ އަށް މިލިއަން ރުފިޔާގެ އެހީދީފަ އެވެ. އެ އެހީ އޭރު ދީފައިވަނީ ޔުނިސެފާއި މޯލްޑިވްސް ރެޑް ކްރެސެންޓަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަސްލުމީހާާ
21 May 2020
މަޖުލީހުގެ ނައިބު ރައީސްއަށް މުސާރަ ކުޑަކުރުމަށްފަހުވެސް 80000ރ .މިއީ ގޭގަ އިނދެގެން ވީޑިޔޯ ކޮންފަރެންސް އަކުން ސަކަރާތް ޖަހާލާގެން ލިބޭވަރު. ޢަހުރެމެން ބޮޑުރިސްކެއްގަ ޑިޔުޓީއަށް ނެރެފަ އިތުރުގަޑި ހަދުވާފަ އިތުރުގަޑީގެ ލާރިކޮޅުވެސް މިދިޔަމަހު ނުދިން.
ހަޑިގިއްލާ
21 May 2020
މާތްކަލާކޯ؟ ތިޔަ ދައްކަނީ ޤައުމެއްގެ ޤާނޫންހަދާ މަޖިލީހެއްގެ ނައިބުރައީސެއްގެ ވާހަކަ. އެތައް ބުރަ މަސައްކަތަކަށްފަހު ރައްޔިތުންގެ ލޯތްބާއި އިތުބާރުހޯދައިގެން އާއްމު އިންތިހާބެއްގައި ވާދަކޮށް ރައްޔިތުންގެ ސީދާވޯޓުން މެމްބަރަކަށް އިންތިހާބު ކުރުމުން، އެގޮތައް ތައްޔެތުން އިންތިހާބުކުރި އެހެން ހުރިހާ މެންބަރުންގެ ސާފު އަގުލަބިއްޔަތުން އިންތިހާބުކުރާ މަޤާމެއްގެ ވާހަކަ.
ރަދީފު ބިން ރަފައިދާ
21 May 2020
ޖަޕާނުވަރެއް ހަމަ ނެތް. ކޮންމެ ސަރުކާރުކާރެއް އަޔަސް ދެގޮތެެއްނުވެ ދިވެހިންގެ ޚިދުމަތުގާ އެމީހުން އެތިބީ އަތުކުރި އޮޅާލައިގެން.
މޯޑޭ
21 May 2020
ތި ލިބޭ އެހީތައް ކޮންތާކަށް ތަ ތި އަޅަނި. ދިވެހި ރަށްއިތަކަށް ތީގެން ލޯ ލާރިއެއްވެސް ނުލިބޭ. ނުވިތާކަން މުސާރަ ކަނޑަނި
މަންނާނު
21 May 2020
ސިޔާސީވެރިންނަށްވީ ގެއްލުމުގެ ބަދަލަކަށް ނުފުދޭމިވަރެއް އަދި އިތުރު ލޯނެއްނަގާފަ ގެއްލުމުގެ ބަަަދަލުގެ ގޮތުގަ ބަހާލަދެއްވާ އަހަރުމެން ނިކަމެތި ރައްޔިތުން މިތިބީ ބާރަށް އަތްޖަހަންތައްޔާރަށް
މިވަރެއްނެތް
21 May 2020
މާތް ﷲ އަޅުގަނޑުމެންގެ މި ޤައުމު ސަލާންޖެހުމުންނާއި އަދި ސަލާންޖަހާ ވެރިންގެ ކިބައިން ތާއަބަދަށް ސަލާމަތްކުރައްވާށި! އާމީން
ފަތިމަ
21 May 2020
ހަމަ ދިނީ ބަހާލީ ، ޕާޓީ ކުދިނަކޮޅައް، ނިކަމެތި ރައްޔިތުމިހާ އަށް އެއްވެސް އެއްޗެއް ނެތް
ޝުކުރިއްޔާ
21 May 2020
ދިމާވާ ކޮންމެ ކަމެއްގައި އެހީ ދިނުމުގައި ޖަޕާނުން ތިޔަ ބަހައްޓަވާ އޯގާވެރިކަމަށްޓަކައި ޝުކުރު ދަންނަވަން. ރާއްޖެއަށް ފާޑުކިޔައި ޑިމޮކްރަސީ ނެތިގެން އުޅޭ ގައުމުތަކުން ދުވަހަކުވެސް ރާއްޖެއަށް ކަމެއް ޖެހޭ ހިނދެއްގައި ރަމްޒީ އެހީއެއް ދިނުމުގެ އިތުރަށް އެއްވެސް ކަމެއް ކޮށެއް ނުދޭނެ. ފެނޭތަ. ކެނެޑާއިން 1 މިލިއަން، ޖަޕާނުން 21 މިލިއަން. މިހިރީ ތަފާތު. ފާޑުކިޔަންވެއްޖެތަ އެންމެ ކުރީ ސަފުގައި ކެނެޑާ. ކޮމަންވެލްތް އޮތްތަނެއް ކަމެއްވެސް ނޭނގެ.
ބޭބެ.
21 May 2020
މާދަން ބުނާނެ ލާރިއެއްނެތޭ! އެހީތަކުގެ ތަފުސީލު ހާ މަކުރޭ!
އަހުމަދު އިސާބް
21 May 2020
މިހުރިހާ ފައިސާއެއް ވަންނަނީ ކޮންތާކަށް ހޭ!! އަހަރެމެން މިތިބީ ބިކަވެފަ. ގައިމު މިލިބޭނެ ބަޔަކުވެސް އުޅޭނެތާ ދޯ!!