ސީއެސްސީގެ މެމްބަރު އާމިރާ: އޭނާ ވަކިކުރުމުގެ މައްސަލަ ކޮމެޓީއަށް ވަނީ ފޮނުވާފައި
08 ޖޫން 2020 - 10:42
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެމްބަރު ފާތިމަތު އާމިރާ އެ މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް މިއަދު ފޮނުވައިފި އެވެ.
ސީއެސްސީގެ މެމްބަރު ކަމުން އާމިރާ ވަކިކުރުމުގެ މަސައްކަތް ފެށުމަށް ނިންމީ ވެސް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީންނެވެ. މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން ކޮމެޓީން އެ މަސައްކަތް ފެށުމުގެ ކުރިން މަޖިލީހުގެ ރައީސަށް އެކަން ހުށަހަޅައި، މަޖިލީހުގެ ޖަލްސާއެއްގައި އެކަން އިއުލާން ކުރަން ޖެހޭނެ އެވެ.
އާމިރާ ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއުލާން ކުރުމަށް ފަހު އެ މައްސަލަ ދިރާސާ ކުރުމަށްޓަކައި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ވަނީ ފޮނުވައިފަ އެވެ.
އާމިރާ ވަކިކުރުމުގެ މަސައްކަތް ފަށަން ކޮމެޓީން ނިންމީ ސީއެސްސީން ސަރުކާރުގެ މިނިސްޓްރީތަކަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ އެ މައްސަލަ ކޮމެޓީން ބެލުމަށް ފަހު އެވެ. އާމިރާ ވަކިކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން، ސީއެސްސީގައި ބާކީ ދެން ތިބި މެމްބަރުން ކަމަށްވާ އެ ކޮމިޝަންގެ ރައީސް އަލީ ޝަމީމާއި ނައިބު ރައީސް ޝަހީދު މުހައްމަދާއި މެމްބަރު ޒަކަރިއްޔާ ހުސައިންގެ އިތުރުން މެމްބަރު އިބްރާހިމް ޝަހީގު ވަކިކުރަން ވެސް އެ ކޮމެޓީން ކުރިން އޮތީ ފާސްކޮށްފަ އެވެ.
އެ ހަތަރު މެމްބަރުން ވަކިކުރުމަށް ކޮމެޓީން ކުރިން ތަޅުމަށް ވެސް ފޮނުވި އެވެ. އެކަމަކު އޭރު ކޮމެޓީން އެގޮތަށް ނިންމާފައިވަނީ ކޮމެޓީގައި މަދު މެމްބަރުންތަކެއް ތިއްބެވި ބައްދަލުވުމެއްގައި ކަމަށްވާތީ އެ މައްސަލަ ކޮމެޓީއަށް އަނބުރާ އޮތީ ފޮނުވާލައިފަ އެވެ. އެހެންވެ، ކޮމެޓީން މިހާރު ނިންމާފައިވަނީ އާމިރާ ވެސް ހިިމެނޭގޮތުން ސީއެސްސީގެ ފަސް މެމްބަރުން ވަކިކުރުމުގެ މައްސަލަ އެއްކޮށް ކޮމެޓީން ކުރިއަށް ގެންގޮސް، ތަޅުމަށް ފޮނުވުމަށެވެ.
އާމިރާ އަކީ މި ސަރުކާރު އައި ފަހުން 2018 ވަނަ އަހަރުގެ ފަހުކޮޅު އެ މަގާމަށް އައްޔަން ކުރި މެންބަރެކެވެ. އެ ކޮމިޝަންގައި ދެން ތިބި މެމްބަރުންނަކީ ކުރީގެ ސަރުކާރުގެ ދުވަސްވަރު އައްޔަންކުރި މެމްބަރުންނެވެ.
ސީއެސްސީގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ހުރިހާ މެމްބަރުން ވަކި ކުރުމުގެ މައްސަލައެއް ވެސް މަޖިލީހުގައި މިހާރު އެބައޮތެވެ. އެ މައްސަލަ މިހާރު އޮތީ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝައުޤީ
08 June 2020
ޝިދާތާ ވެސް ޒިންމާ އަދާ ނުކޮށް ނުކޮށް، އެތައް ކަމެއް ގައުމުގަ ހިނގިފަހުން ވަކިކުރީ. ކިތައް ކުޑަކުދިން ގެ ހައްޤު ތޯ ؟ ޒަހާ ވެސް އެހެން.
ބޮޑުމީހާ
08 June 2020
އޭނަގެ ދައުރު ހަމަވާއިރުވެސް ތިކަން ވާނެތަ!
ޑީއެޗްއީ މުވައްޒަފެއް
08 June 2020
މީނާ ހަޔަރ އެޑިޔުކޭޝަންގެ ޑީޖީ އަކަށްހުރެ އުސޫލުތަކާ ޚިލާފަށް އަމިއްލަ ދަރިފުޅަށް ގަވައިދާ ޚިލާފަށް ގިނައިން ސްޓައިޕެންޑް ފައިސާ ދިން މައްސަލަވެސް ބަލާ ފިޔަވަޅު އަޅަންޖެހޭ. ކުރީ ސަރުކާރުގަ ޓޫޓޫގެ ނުފޫޒުން އެމައްސަލަ ނުބަލާ ފައިލްކޮށްފަވަނީ
މަޖިލިސް ކޮމިޓީ
08 June 2020
އާމިރާ އަކީ ޤާނޫނު އަސާސީގެ 99 ވަނަ މާއްދާއާ ޚިލާފަށް މަޖިލީހުގެ ކޮމިޓީއަށް ދޮގުހަދާ އޮޅުވާލާފަ ހުރި މީހެއް. މިނިވަން މުއައްސަސާއެއްގެ މެންބަރުންގެ ހުންނަންޖެހޭ އިންޓެގްރިޓީ އެއް ނެތް މީހެއް. އޭނާގެ އިތުބާރު ނެތްކަމަށް ފާސްކޮށް ވަކިކުރަންޖެހޭ
ތަހުޔާން
08 June 2020
އަދި ހުސްނުވޭދޯ މުށުތެރެއަށް ހުރިހާ މުއައްސަސާއެއް ވައްދައި..
ޝައްފަ ހ
08 June 2020
ޒަހާ ކޮބާ ؟ ޒަހާ ގެ ފަރާތުން ކިހާބޮޑެތި ގެއްލުން މުޅި ގައުމަށް !
އެކަހެރި
08 June 2020
ތި މީސް މީހުނަށް ފިޔަވަޅު އަޅަން ވަރަށް އުދަގޫ ވާނެއެވެ.ކޮންމެ ސަރުކާރެއްގައި ވެސް ތިމީހުން ތިބޭނެއެވެ.
ބޯވަތައް
08 June 2020
މިއީ މިބުނާ ހަޤީޤީ ބޯވަތަކަކީ. ކޮންމެ ވެރިކަމެއްގަވެސް މި މީހުން ވަރަށް ފަސޭހައިން އެހާމެ އަވަހަށް ކުލަ ބަދަލު ކޮށްލާނެ. މި ބައިގަނޑުގެ ކިބައިން މި ރާއްޖެ ސަލާމަތްވާނީ ކޮންދުވަހަކުންބާ ހިތައް އަރާ
ޒަމީރު
08 June 2020
އަހަރެމެން ތެރެއިން ގިނަމީހުންނަށް ހީވެފައި އޮއްނަނީ ވަކި ފިކްރެއްގެ މީހެއްވެއްޖިޔާ ރަގަޅު ވެދާނެކަމަށް . އެކަމަކު އެހެން ނުވޭ، އާމިރާމެން ފަދަ ބޭފުޅުން ސަރުކާރުން ބޭރުކޮއްފައި ވެސް ވަކި ރަގަޅުބަޔަކު މަގާމަކަށް ނުގެނެވޭ. ގިނައީ ކަންކުރަން ނުދައްނަ ހުސްއަނގަ އޮއްނަ މުނާފިގްމީހުން. މިގައުމަށް ބޭނުންވަނީ އިހްލާސްތެރިން. ސަރުކާރުގެ ހިދްމަތުގައި އަދިވެސް ބޭތިއްބޭނެ އެތެއްބަޔެއް ގެ ބޭނުންނުހިފި ކަމެއްނެތި ތިބީ.
ތުއްތުބޭ
08 June 2020
މީނާއަށް ހީވަނީ އަދިވެސް މި އުޅެވެނީ އަޅުން ގެންގުޅުނު ޒަމާނުގައޭ. ތިމަންނަ ބޭނުންވީމަ ކޮންމެ ކަމެއްވެސް ކުރެވޭނެއޭ. ކޮމިޝަނުގެ މެމްބަރުން ވަކިކުރުމަށް މީނާ ކޮށްފައިވާ ފޯން ކޯލު ލީކުވި ދުވަހު މީނާ އަމިއްލައަށް އިސްތިއުފާ ދޭންޖެހޭ. ލަދުގެ ކަންފުޅެއް ހުރިނަމަވެސް މިހާރު ހުންނާނީ އިސްތިޢުފާދީފައި.
ހަސަނުބެސީއެޗްއެސްއީ
08 June 2020
މީގެ 15 އަހަރު ކުރިން ސީ.އެޗް.އެސް.އީގެ ޕްރިންސިޕަލަކަށް މީނާއަށް ހުރެވުނީ އޭނާގެ ފިރިމީހާ ޓޫޓޫ ޒާހިރުގެ ބާރުގައި. އޭރުވެސް ވަކިއާއިލާތަކުގެ ކުދިން ސްކޫލުގެ ވަކިކުލާހަކަށް ލައިގެން އެހެން ކުދިންނަށްއިހުމާލުވުމާއި،ސްކޫލަށް ކުދިން ހޮވުމުގައި އިނތިހއަ ކޮރަޕްޓުވެ ގިނަކުދިންގެ ތައުލީމީހަޔާތް ހަލާކުކުރުންފަދަ ބޮޑެތިޖަރީމާތައް މީނައޮތީ ހިންގާފައި. ޓޫޓޫގެ ވައިފްވީމަ މީގެން އެއްވެސްމައްސަލައެއް ނުބެލޭ. މިކަމަށް ހެކިވާނޭ އެތައް ބަޔަކު ރާއްޖޭގައި އެބަތިބި.