ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ. އޭނާ ތުހުމަތު ކުރެއްވީ ލައިސަންސް ދިނުން ލަސްކުރަން ބާ ކައުންސިލުން މަސައްކަތް ކުރާ ކަމަށް.
10 ޖޫން 2020 - 11:10
ވަކީލުންނަށް ލައިސަންސް ދިނުން ލަސްކުރަން ބާކައުންސިލުން މަސައްކަތްކުރާ ކަމަށާއި އެ ކައުންސިލްގެ މެމްބަރުން މަސައްކަތް ކުރައްވަނީ ގާނޫނީ ދާއިރާ އަށް އާ ބަަޔަނު ނުކުމެދާނެތީ އެކަމަށް ހުރަސް އަޅަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ތުހުމަތު ކުރައްވައިފި އެވެ.
އޭނާ ވިދާޅުވީ ބާކައުންސިލްގެ މެމްބަރުންގެ ގޮތުގައި މިހާރު ތިއްބެވި ބޭފުޅުންނަކީ އެ ކައުންސިލަށް އިންތިހާބުވެވަޑައިގަންނަވަން ވަރަށް ޝައުގުވެރިކަމާ އެކު މަސައްކަތް ކުރެއްވި ބޭފުޅުން ކަމަށެވެ. ނަމަވެސް ބާކައުންސިލަަށް އިންތިހާބުވުމުން އެ ބޭފުޅުންގެ ޚަބަރެއް ހިލަމެއް ވެސް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް މީގެން މީގެން މި އެނގެނީ އޭރު އެ ބޭފުޅުން އެވަރަށް މަސައްކަތް ކުރެއްވީ މިދާއިރާ، މި ޕްރޮފެޝަން ވަކި ބައެއްގެ އަތުގައި ވަކި ގޮތަަކަށް ކޮންޓްރޯލްކޮށްފައި ބޭއްވުމަށް ކަން. އަދި މިދާއިރާ އަށް އަލަށް ކިޔަވައިގެން ނުކުންނަން ބޭނުންވާ ކުދިންނަށް އެ ފުރުސަތު ދިނުމަކީ އެ ބޭފުޅުން އެހާ ގަޔާވާ ކަމެއް ނޫންކަން،" ޔައުގޫބް ވިދާޅުވި އެވެ.
ޔައުގޫބް މި މޭރުމުން ވާހަކަ ދެއްކެވީ ވަކީލުންނަށް ލައިސަންސް ދިނުމުގެ ކުރިން ހަދަން ލާޒިމްކުރާ ތަމްރީނާއި އިމްތިހާނުގެ ޝަރުތަށް އަމަލުކުރުން ލަސްކުރުމަށް ގާނޫނީ ފަންނުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބަހުސްގަ އެވެ. ކޮވިޑް-19 ފެތުރޭ މިހާލަތުގައި ބާ އިމްތިހާނު ބޭއްވުން ލަސްވާނެ ކަމުގެ ކަންބޮޑުވުމާ އެކު އެ އިސްލާހު ހުށަހެޅުއްވީ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމެވެ.
ޔައުގޫބް ވިދާޅުވީ ބާ އިމްތިހާނު ބޭއްވުން ލަސްކޮށްފައިވާ ކަމަށް ދެކެވަޑައިގަންނަވާ ކަަމަށާއި އެއީ ގާނޫނީ ދާއިރާއަށް އާ ބަޔަކު ނުކުމެ، ކުރީގެ ނުފޫޒު ގަދަ ބޭފުޅުންގެ ނުފޫޒު އެކަމުގެ ސަބަބުން ގެއްލިދާނެތީ ކަަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
"އެ ބޭފުޅުންގެ އެ މާކެޓް، އެ ޑޮމިނޭޝަން އެހެން ބަޔަކަށް ބެހިގެން ނޫނީ އެހެން ބަޔަކު އައިސްފައި ކޮންޓްރޯލްކޮށްފާނެ ކަމުގެ ބިރަށްޓަކައި މިކަން ނުކުރާ މަންޒަރު އަޅުގަނޑަށް ފެންނަނީ،" އޭނާ ވިދާޅުވި އެވެ.
ގާނޫނީ ފަންނުގެ ބިލަށް އިސްލާހު ހުށަހަޅުއްވަމުން ދަނގެތީ ދާއިރާގެ މެމްބަރު ނާޒިމް ވިދާޅުވީ ބާކައުންސިލުން ބާއްވަން ޖެހޭ އިމްތިހާނު ނުބޭއްވި ލަސްވާތީ ގާނޫނީ މަސައްކަތަށް ނުނުކުމެވިފައި ތިބި 300 އެއްހާ ދަރިވަރުން އެބަތިބި ކަމަށާއި އެ އެންމެން ތިބީ މަގުމަތިވެފައި ކަމަށެވެ. ގާނޫނު އިސްލާހުކޮށް، އިމްތިހާނުގެ ޝަރުތު މިހާލަތުގައި ލަސް ނުކުރާ ނަމަ އެ އެންމެންނަށް ވަރަަށް ބޮޑު ނިކަމެތިކަމެއް ލިބޭނެ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާއްޖޭގަ
10 June 2020
ޖުމުލަ ގޮތެއްގަ ރާއްޖޭގެ "ސީނިއަރ" ވަކީލުންގެ ވިސްނުން ހުރީ ތިކަހަލަ ގޮތަކަށް. ޚާއްޞަކޮށް މަޖިލީހުގަ ތިބި ވަކީލުން. ރާއްޖޭގެ ވަކީލުންގެ ތެރެއިން އެއްބަޔަކު ދެކޭ ގޮތުގަ ލޯކަލް ގްރެޖުއޭޓުންނަކީ ފެންވަރު ދަށް ބައެއް. އަނެއް ބަޔަކު ދެކޭ ގޮތުގަ، ބޭރުން ކިޔަވައިގެން އަންނަ ކުދިންނަށް ޝަރުޢީ އުޞޫލުތައް ނޭނގޭ. ޙަޤީޤަތަކީ ކޮންމެ ތާކުން ކިޔެވިޔަސް މޮޅު ވަކީލުން މޮޅު. ވަރަށް ސަލާން.
ނަސީދުގެ
10 June 2020
ފޮނި ކަނޑާފަ ހޮވުނީމަ ބާ ކައުންސިލުން ކުރާ ކަމަކީ މޮޅު އަނގަ ތެޅުން ކަމަކަށްވާ އެއްވެސް ކަމެއް ނެތް ކޮށްފަ. އަދި މީހުންނަށް ދަތި ކުރުން އިންތިހާއަށް އެބައޮތް. މިއޮތް ބޮޑު ލޮކް ޑައުންގަވެސް ލޯޔަރަކަށް ކޮށްދެވުނު ކަމެއް ހަރާމުން ހަރާމް
އެޓޮމް
10 June 2020
ޢޮޑިޓް ކުރުންވެސް އޮތީ އެގޮތައް. ގުދޯ ގުދޯ ނުގޮވާ ލައިސަންސް ނުދީ ބަހަނާދެއްކުން
ައަފުރާސިޔާބު
10 June 2020
ބާ ކައުންސިލުން ހައްދަން އުޅޭ އިމްތިހާނަކީ އެމެރިކާގެ ނެޝަނަލް ސެންޓަރ ފޯ ބާ އެގްޒަމިނާރސްގެ އިމްތިޙާނު. މިއީ ދިވެހިރާއްޖޭން ބޭރުގެ ގައުމުތަކަށް ފައިސާދޭން ކުރާކަމެއް. ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރަނީ ދިވެހިބަހުން އަދި ދިވެހިބަހުން ލިޔެފައިވާ ގާނޫނު ތަކެއްގެ މައްޗަށް. ދެން އެމެރިކާއަކީ އަދުލު އިންސާފުގެ ގޮތުން ފޭލްވެފައިވާ ގައުމެއް. އެގައުމުގެ ގާނޫނުތަކަކީވެސް އިންސާފުގެ ކަންފުޅެއް ނެތްއެއްޗެއް. ޔައުގޫބު ތިކަމާތެދުވެބަލަ.
ބާއެޓް
10 June 2020
ބޭރު ގައުމުތަކުން ކިޔަވައިގެން އަންނަ ލޯޔަރުންނަށް ވަކި ހާއްސަ އެގްޒާމް އެއް ދީގެން ވަރަށް މަތިން ފާސްވީމަ ނޫނީ ރާއްޖޭގަ ޕްރެކްޓިސް ނުކުރެވޭ ގޮތަށް ހަދާ. އެއީ ހުރިހާ ގައުމެއްގައި ވެސް އެކަން އޮންނަ ގޮތް.
މިއީ ސީދާ ދޮގެއް
10 June 2020
މިއީ ކަނޑައެޅިގެން ދޮގެއް. ބޭރު ޤައުމުތަކުގަ ބިދޭސީ ޤައުމުތަކުން ކިޔަވާ ދަރިވަރުންނަށް ވަކި ޚާއްޞަ އެގްޒާމެއް ނޯންނާނެ.
ބޮޑުމީހާ
10 June 2020
3 އަހަރުގެ ކޯހެއް ނިންމާފަ ސެޓްފިކެޓް ހޯދައިގެން އަނެއްކާ އިތުރު ޓެސްޓެއް ހަދަންޖެހުމަކީ ޖޯކެއް. ހަޔަރ އެޑިއުކޭޝަނުން ކޯސް އެކްރިޑެޓް ކޮށްދީފަ ހުންނަނީ މިންގަޑަށް ފެތޭތީ. ތި ޓެސްޓު ކޯހުގެ މުއްދަތުގައި ނުހެދެންވީ ސަބަބެއް ނެތް!
ގޯސް
10 June 2020
ކަލޭމެން މަޖިލީހުން ތިޔައުޅެނީ ރައްޔިތުން އަޅުވެތިކިރަން.
ޙުސޭން
10 June 2020
ލޯޔަރުންގެ ފަންނަށް ވަކިން ގާނޫނު ހަދާލަް ނުފެނޭ ރާއްޖޭގަ. ހުރިހާ ޕްރޮފެޝަނަށް އެއް ގާނޫނު ހަދާ. އޭގެ ދަށުން ވަކި ގަވާއިދު ހަދާ އެ ފަންނަކަށް ވަކިން. ލޯޔަރުން އުޅެނީ ހިތުން މަތި ވެގެން. އަދި ސަރުކާރުން މި މީހުންގެ ބަޖެޓު ދީ ކޮން ސަކަރާތެއް.
ދނޒވ
10 June 2020
އަދި މި މީހުން ބާއްވާ އިންތިހާބު ވެސް ދައުލަތުގެ އިލެކްޝަން ކޮމިޝަން ބޭނުން ކޮށްގެން ނޫނީ ބޭއްވުނު ކަމަކަށް ނުވޭ. މިއި އަރަތެެއް ނޫންތަ؟؟ މި މީހުން ސައިޒް ކުރަން ޖެހޭ.
ދނވޒ
10 June 2020
އެއީ ޤާނޫނުގަ ލިޔެފަ އޮތް ގޮތޭ ދނޒވ. ފުރަތަމަ އިންތިޚާބު އިލެކްޝަން ކޮމިޝަނުން ބާއްވާ ގޮތަށް ޤާނޫނު ލިޔުނީ މަޖިލީހުން ދޯ. މަޖިލީހުގަ ކިތައް ވަކީލުންތޯ ތިބީ.
ދިއްދޫމީހާ
10 June 2020
ބިޖްނަސްގެ ބޭސިކްއަކީ، ޑިމާންޑް އެންޑް ސަޕްލައި، ޔާގޭ ވާހަކައަ ތާއީދު ކުރަން....
މިވަރެއްނެތް
10 June 2020
މުޅިން ގޯސްވާހަކައެއް ނޫން ތިޔައީ! ހުރިހާ ވަކީލުންނަށްވެސް ފުރުޞަތުއޮތީމަ ނިމުނީ. ފައިސާދީފަ އެމީހަކު ބޭނުން ފެންވަރެއްގެ ވަކީލެއްގެ ހިދުމަތް ހޯދަންވީ. ލަޓޯފަޓޯ ފަނޑިޔާރުންގެ ކުރިމައްޗަށް ދާން މާމޮޅެތި ވަކީލުންނެއް ބޭނުން ނުވާނެ. އަދި މަގުމަތީ އެދުރުން ގައުމުގެ ގާނޫނުހަދާ މަޖިލީހުގައި އާއި ސަރުކާރާއި ދައުލަތުގެ އިސްމަގާމުތަކުގައި އުޅޭއިރު ވަކީލުން ވަކިން މޮޅުފާސް ގެންގުޅެންވީ ސަބަބެއްވެސް ނެތްދޯ؟ ހުރިހާކަމަކަށްވެސް ބާޒާރުމަތީ ފެންވަރު އޯކޭ ވާނެ!