ސީއެސްސީގެ މެމްބަރު އާމިރާ މަޖިލީހުގެ ކޮމިޓީ އަށް ޖަވާބުދާރީވެވަޑައިގަންނަވަނީ. އޭނާ ވަކިކުރުމުގެ މައްސަލާގައި ޖަވާބުދާރީވާން ފަސް ދުވަހުގެ މުއްދަތެއް ދޭން ވަނީ ނިންމާފައި
10 ޖޫން 2020 - 16:03
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެމްބަރު ފާތިމަތު އާމިރާ ވަކިކުރުމުގެ މައްސަލާގައި ޖަވާބުދާރީވުމަށް ފަސް ދުވަހުގެ މުއްދަތެއް އޭނާ އަށް ދޭން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން މިއަދު ނިންމައިފި އެވެ.
ސީއެސްސީގެ މެމްބަރުކަމުން އާމިރާ ވަކި ކުރުމުގެ މަސައްކަތް ފަށަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން މަޖިލީހުގެ ތަޅުމަށް ފޮނުވައި، ތަޅުމުގައި އެކަން އިއުލާން ކުރުމަށް ފަހު އެ މައްސަލަ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން އަންނަނީ ދިރާސާ ކުރަމުންނެވެ.
މިއަދު ބޭއްވި އެ ކޮމެޓީގެ ބައްދަލުވުމުގައި ނިންމީ ބަންދު ދުވަސްތައް ނުހިމެނޭ ގޮތަށް ފަސް ދުވަހުގެ މުއްދަތެއް ލިޔުމުން ޖަވާބުދާރީވުމަށް އާމިރާ އަށް ދިނުމަށެވެ.
އާމިރާގެ އިތުރުން ސީއެސްސީގެ ދެން ތިއްބެވި މެމްބަރުން ކަމަށްވާ އެ ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއި ނައިބު ރައީސް ޝަހީދު މުހައްމަދާއި މެމްބަރު ޒަކަރިއްޔާ މުހައްމަދުގެ އިތުރުން އިބްރާހިމް ޝަހީގް ވެސް ވަކިކުރަން އެ ކޮމެޓީން އޮތީ ކުރިން ނިންމައިފަ އެވެ. އެ ހަތަރު މެމްބަރުން ވަކިކުރުމުގެ މައްސަލަ ކުރިން ތަޅުމަށް ފޮނުވިޔަސް، އެ މައްސަލަ އޭރު ކޮމެޓީން ނިންމީ ކޮމެޓީގައި މަދު މެމްބަރުންތަކެއް ބައިވެރިވި ބައްދަލުވުމެއްގައި ކަމަށްވާތީ އެ މައްސަލަ އަނބުރާ ކޮމެޓީ އަށް އޮތީ ފޮނުވާލައިފަ އެވެ.
އެހެންވެ، ކޮމެޓީން މިހާރު ނިންމާފައިވަނީ އާމިރާ ވެސް ހިމެނޭ ގޮތުން ފަސް މެމްބަރުން ވަކި ކުރުމުގެ މައްސަލަ އެއްކޮށް ކޮމެޓީގައި ކުރިއަށް ގެންދިއުމަށެވެ. އެ މެމްބަރުން ވަކިކުރަން ކޮމެޓީން ނިންމީ ސީއެސްސީގެ އެއްބާރުލުން މިނިސްޓްރީތަކަށް ނުލިބޭ ކަމަށް ވަޒީރުން އެ ކޮމެޓީގައި ވިދާޅުވި މައްސަލަ ބެލުމަށް ފަހު އެވެ.
ސީއެސްސީގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީން ވެސް މިހާރު ދަނީ ބަލަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދުއްދީން
11 June 2020
ބޮޑޫވަޒީރުގެ ޕާޓީގެ ބޮޑުން ކަމެއް ކުރަން ނިންމާފައި ކުޑަބޭކަލުންނަށް އަންގާލީމަ އެކަމަކާއި ގުޅޭ ކޮމެންޓް ކުރުމާއި އެނޫންވެސް ޒުވާބުތައް ހިންގާނެ.
ސީއެޗްއެސްސީ
10 June 2020
ޓޫޓޫގެ އަންހެނުން އާމިރާ ކަހަލަ ހުރިހާ ސަރުކާރަކަށް ބަލަދު އަރާފަ ތިބި ރަންތިރީސް އަހަރުގެ އާރާއި ބާރާއި ނުފޫޒުން ނާޖާއިޒު ފައިދާ ނަގާފަތިބި އަނިޔާވެރިންގެ ކިބައިން މި ރާއްޖެ ސަލާމަތްވާނީ ކޮންދުވަހަކުންބާއޭ ހިތައް އަރާ
ޭައެސްޖީ
10 June 2020
މީނާ ވަކިކުރުން މާބޮޑަށްވެސް ލަސްވެއްޖެ. މުޅި ކޮމިޝަނުގެ ފިތުނަ ފަސާދަ އުފައްދައިފި. މުވައްޒަފުންނަށް ވަރބަލީ އެބިއުޒް ކޮށް ބުލީ ކުރާ އަންހެނެއް މިއީ. މީނަގެ އަމަލުތައް ހުންނަގޮތުން މުވައްޒަފުން ތިބީ ބިރުވެރި ކަމެއްގެ ތެރޭގައި
އަޅއެލީޝް
10 June 2020
އާމިރާ ވަނީ މަޖިލީހުގެ ކޮމިޓީއަށް ދޮގު ހަދައި އޮޅުވާލާފަ. އޭނާގެ ބާރާއި ނުފޫޒު ބޭނުން ކޮށްގެން ސީއެސްސީގެ މެންބަރުން ވަކިކުރަން މަސައްކަތްކުރިކަން ސާބިތުވާ ފޯންކޯލެއްގެ އޯޑިއޯ ވެސް ވަނީ ލީކުވެފަ.
ބޮޑުމީހާ
10 June 2020
ޕާޓީގެ އެކްޓިވިސްޓަކަށް އެ ވަޒީފާ ލިބޭނީ!
ހާއިރު
10 June 2020
ޢާމިރާ ވަކި ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް. ޔާމީން ވެރިކަމުގައި ސީޢެސް ސީ އިން ހިންގި ޖަރީމާ ތަކާ ދެކޮޅަށް މިހާރުވެސް ބަސްބުނަނީ އޭނާ. އެޑަމް މިކަމާ އެއްބަސް ވިޔަސް ނުވިއަސް ވަރިހަމަ. ތިއީ ރޮޒޭ. މަޖްލީހުގައި އިންސާފުން ވާހަކަ ދައްކާަތީ ދައްކާ ބިރެއް ހެން ހީވަނީ
އިޒޫ
10 June 2020
އާމިރާ އަކީ އޭނާގެ ބާރާއި ނުފޫޒުން ކަންކަން ކުރުމަށް ކޮމިޝަނުގެ މުވައްޒަފުންނަށް ބިރުދައްކަމުންދާ މީހެއް. ފޮރިން މިނިސްޓްރީގެ ޕީއެސްގެ މަޤާމަށް އައްޑޫ މީދޫ މީހަކު ހަމަޖައްސަން އެމައްސަލަ 4 މަހަށްވުރެ ގިނަދުވަސްވަންދެން ހިފަހައްޓާލީ އޭނާގެ ނުފޫޒުން. މިފަދަ މުޑުދާރު އަމަލުތަކަށް ޖަވާބުދާރީ ކުރުވަންޖެހޭ
ސިފާނާޒް
10 June 2020
ޖަވާބުދާރީ ވުމުގެ ބޭނުމެއްނެތް..ހިތްޕުޅާ ނުވާމީހަކު ދުއްވާލާނެ..ކިތައް މީހުން ޖަވާބުދާރީ ވެއްޖެ. ވީކަމެއްނެތް ބޭކާރު ވާހަކަތަކެއް ދެއްކިދާނެ..
ޝައްފަ
10 June 2020
އިންސާފު ދޭނަމޭ ކިޔައިގެން ވެރިކަމަށް އެމްޑިޕީ އައީ. ލޭ ނާރު ތޮރުފާލާ، ފޫދުއްވާލި ޒަހާ އަދި ވެސް ހުރީ. ދެރަ މީހާ ޝިދާތާ ދޯ ވަކިކުރަން އިނގުނީ ؟ ޒަހާ ގެ ކިބައިން ފައިސާ އިން ގުނައިފި ނަމަ އަދަދު ނުކުރެވޭހާ ގެއްލުން ލިބިއްޖެ !!!
ކޮސްގޮވާ
10 June 2020
ވަކިކުރާވާހަކަ ދައްކާތާ އެތެއްދުވަހެއް ވެއްޖެއް. އަވަހަށް ވަކިކުރޭ ކުރިން އެމަގާމްތަކުގައި ތިބ މީހުން. އާމިރާ ވަކިކުރާކަށް ނުފެނޭ.
ޒުބް
10 June 2020
މިފަހަރު އެނގިދާނެތާ އެމްޑީޕީ އެބުނާ ހަމަހަމަ ކަމާއެކު ކަމެއް ކުރަން ކެރިދާނެކަން. މީގެކުރިން އިވުނީ އާމިރާ ބަހައްޓާފަ ދެންތިބި މީހުން ވަކިކުރާ ވާހަކަ. ހަމަ ހިޔެއްނުވޭ މިނިވަން މުއައްސަސާ ކޮމެޓީގެ މުގައްރިރު ރޮޒޭނާގެ ބޮޑުދައިތަ ވަކިކުރަން މިނިވަން މުއައްސަސާ ކޮމިޓީން ނިންމާނެހެނެއް.
ހިސާން
10 June 2020
މިފަހަރު ރައްޔިތުންނަށް ފެނިގެންދާނެ ރޮޒޭނާ އާއި ނާޝިޒުގެ ބާރާއި ނުފޫޒު މަޖިލިސް މެންބަރުންނަށް އޮތްވަރެއް. ބަލަން ތިބެމާ