ބާޖަމާލުއްދީން: ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އީސީގެ މައިމަރުކަޒަކީ މި އިމާރާތް
19 އޮކްޓޯބަރ 2016 - 11:03
ކުރިއަށް އޮތް ލޯކަލް ކައުންސިިލް އިންތިހާބުގެ ހުރިހާ ކަމެއް، އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓާނީ ޖަމާލުއްދީން ސްކޫލު ކުރިން ހިންގި އިމާރާތުގައި ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
އީސީގެ މެމްބަރު އަހުމަދު އަކުރަމް މިއަދު ވިދާޅުވީ އިންތިހާބުގެ ކަންކަން އެ ކޮމިޝަނުން ކުރިއަށް ގެންދާނެ ތަނެއް ހަމަޖެއްސުމަށް، ހައުސިން މިނިސްޓްރީއާ އެކު ބޭއްވި ބައްދަލުވުމުގައި ކަނޑައެޅީ، ގައުމީ ޔުނިވަސިޓީގެ ބައެއް ފެކަލްޓީތައް ވެސް ކުރިން ހިންގި އެ އިމާރާތް ކަމަށެވެ.
ކުރީ އިންތިހާބުތަކުގައި އިލެކްޝަންސްގެ މައި އިދާރާގެ ގޮތުގައި ހަމަޖައްސާފައިވަނީ ދަރުބާރުގެ އެވެ.
އަކުރަމް ވިދާޅުވީ މި ފަހަރު ދަރުބާރުގެ ހޯދަން އެ ކޮމިޝަނުން ނޭދޭ ކަމަށާއި ބާ ޖަމާލުއްދީން ހިޔާރު ކުރީ އެ ތަން ބޮޑުވުމުގެ ސަބަބުން ކަމަށެވެ.
"ހައުސިން މިނިސްޓްރީން އަޅުގަނޑުމެން ބޭނުން ތަނެއް ހިޔާރު ކުރުމުގެ ފުރުސަތު ދިން. އެހެންވެ، ބާ ޖަމާލުއްދީން ބޮޑުވީމަ އަޅުގަނޑުމެންނަށް ކަންކަން ކުރިއަށް ގެންދަން ފަސޭހަވާނެތީ އެތަން ހިޔާރުކުރީ،" އަކުރަމް ވިދާޅުވި އެވެ.
އަންނަ ޖެނުއަރީ 14ގައި ބާއްވާ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަން ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހު އެވެ.
އިންތިހާބާ ގުޅޭ ހުރިހާ ކަމެއް ކުރިއަށް ގެންދަން ރަށްރަށުގައި ފޯކަލް ޕޮއިންޓްތައް މީގެ ކުރިން ކަނޑައަޅަނީ އީސީން ނަމަވެސް އެ ބާރު މި ފަހަރު ވަނީ ކައުންސިލްތަކަށް ދީފަ އެވެ.
ރަށު ކައުންސިލާއި އަތޮޅު ކައުންސިލްތަކުގެ މެމްބަރުންގެ އަދަދު މަދުކުރަން ފާސްކުރުމާ ގުޅިގެން ދެން އޮންނަ އިންތިހާބެއްގައި ރަށު އަދި އަތޮޅު ކައުންސިލްތަކަށް އިންތިހާބު ކުރަން ޖެހޭނީ 655 ކައުންސިލަރުންނެވެ. މިހާރު ތިބެނީ 1077 ކައުންސިލަރުންނެވެ،
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕެތްރޯން
19 October 2016
ވޯޓު ގުނަން ތިއްބާ ތަން ބޮލައް ވެއްޓިދާނެ... ބައު ޖަމާލުއްދީނޭ ވީޔަ ތިބުނީ...
އަލިދީދީއައްޑޫސިޓީ
19 October 2016
މިތަނުގައި "ސިއްރުން" ކަންކަން ކުރަން ފަސޭހަވާނެތާ! ކުޑަ ކުޑަ ގޮޅި ތަކެއް ގައި މީހުން ބައިތިއްބައިގެން ކޮންމެ ފަދަ ގަނޑެއްވެސް ގަނެވޭނެތާ! އޮބްޒާވް ކޮށް މޮނީޓަރ ކުރުން އުނދަގޫވާނެ ކަން ކަށަވަރު. ދަރުބާރުގޭގެ ބޮޑު 3 ހޯލެއްގައި ހިންގާ މަސައްކަތް ހައެއްކަ މީހުނަށް ވަރަށް ރަނގަޅަށް މޮނީޓަރ ކުރެވޭނެ. މިތާ 4 ބުރިއެއްގެ އެތައް ކްލާސް ރޫމެއްގައި ހިންގާ ކަންކަން މޮނީޓަރ ކުރަން ކޮންމެ ސިޔާސީ ޕާޓި އަކަށް ކިތައް ބޭފުޅުންގެ ހުއްދަތޯ ދެއްވާނީ؟
ޢަބްދުﷲ ނާފިޒު
19 October 2016
ދަރުބާރުގޭގޭގައި ބޭއްވޭނެގޮތެއްހަދާބަލަ އޭރުން ޕީޕީ ވައިފެކުސަނާކައިރި ވާނެ މައްސަލަޖެހުން ކުޑަވާނެ ނުފޫޒެއްނުފޯރުވޭނެ
މުގާބޭ ބިންތު ކިމްޖޮންއިލް
19 October 2016
ކީއްކުރަންލާ ވޯޓެއް ދަށުކޯޓުން އަމުރެއް ނެރެލާފަބުނޭ ޕޕމ ގެޓިކެޓުގަ ކުރިމަތިލާ މީހުން އެއީ ދާއިރާތަކުގެ ކައުންސިލަރުންނޭ
ސައިސަމުސާ ޔޫސުފް ހދ. މާވައިދޫ
19 October 2016
ހީ ހީ ހަލާކު ވެދާނެ ! އެހާ ބާތަނަކަށް މީހަކު ވޯޓެއް ލާން ދާނެތަ!
އަހްމަދު
19 October 2016
ވާހަކ ރީއްޗެއްނު. ތިޔަނޫނަސް އެހެން ތަންތަންވެސް ނގޫފިތިބާރުވެފައި. އިތުރަށްބާރުވެ ދެލޮލުން ފެނަކަޅިވެފައި. ވ. ސަލާމް.
ސަޑަން ފޯލް
19 October 2016
އަސްތާ... ކޮބާ އިންޖިނޭރުންގެ ލަފާ؟ ކޮބާ ހައުސިންގެ ހުއްދަ؟ ކޮބާތަ ކޮބާތަ؟
ސާދާސީދާ
19 October 2016
ބޮލަށްވެއްޓޭނެކަމަށް މުއިއްޒު ވިދާޅުވި ބާ ޢިމާރާތް؟ ކޮމިޝަން މެމްބަރުންގެ ފުރާނަ އަގުހެވީތޯ؟
މެންޓަލިސްޓް
19 October 2016
ބާޖަމާއްލުއްދީންއަކީ މީހުން އުޅޭން ނޫނީ ބޭނުންކުރަން ކަމުނުދާ ތަނެއްކަމަށް ސިވިލް އިންޖިނޭރުން ބުނެފައިވާ ތަނެއްނޫންބާ ؟ ހަމައަހާލީ ތަންކޮޅެއްކުރީން އެކަހަލަ ވާހަކައެއް ދައްކާފައިވާތީވެ ،،،
އިބްރާހިމް
19 October 2016
ޔުނިވަސިޓީ ބާ ޖަމާލުއްދީނުގަ ހިންގިއިރު މުއިއްޒު ހީވީ ހަމަ ދެންމެ ދެންމެ އެތަން ބޮލަށް ވެއްޓިދާނެހެން. މިހާރު އެތަން ރައްކާތެރިވީތޯ އީސީ އެތަނަށް ތި ވައްދަނީ.