ވިޔަފާރި / ކޮމިއުނިޓީ ސާވިސް

ބީއެމްއެލް ކޮމިއުނިޓީ ފަންޑުން އިތުރު ފަސް ރަށަކަށް އެހީވެއްޖެ

ކޮމިއުނިޓީ ފަންޑުގެ އެހީގައި ހުޅުވި ޕާކެއްގައި ކުޑަކުދިންތަކެއް ކިޔަވަނީ-- ފޮޓޯ:ބީއެމްއެލް

ބީއެމްއެލްގެ އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުން އިތުރު ފަސް ރަށެއްގައި ކުރިއަށްގެންދާ ޕްރޮޖެކްޓުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފި އެވެ.

މި ފަސް ޕްރޮޖެކްޓަކީ މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެ ބޭންކުން ހުޅުވާލި ފުރުސަތުގައި ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން ހޮވުނު ޕްރޮޖެކްޓުތަކެވެ. މި ޕްރޮޖެކްޓުތައް ކުރިއަށް ގެންދިއުމަށް ކޮންމެ ޕްރޮޕޯަސަލަކަށް ވެސް ކޮމިއުނިޓީ ފަންޑުގެ ދަށުން 50،000ރ. ލިބޭނެ އެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަގައި ހޮވުނު ޕްރޮޖެކްޓުތަކުގެ ތެރޭގައި ށ. ކަނޑިތީމުގައި ކޮމިއުނިޓީ ޕާކެއް ތަރައްގީ ކުރުމާއި އއ. ތައުލީމީ މަރުކަޒުގެ ލައިބްރަރީއެއް ހެދުމާއި ކުރުމާއި ތ. ވޭމަންޑޫ ބީޗް ސަރަހައްދުގައި ޕިކްނިކް އޭރިއާއެއް ތައްޔާރުކުރުމާއި ގދ. ވާދޫގައި ސްކޭޓް ޕާކެއް ހެދުމާއި އިތުރުން ސ. ފޭދޫގައި އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ޕާކެއް ހެދުންް ހިމެނެ އެވެ.

ކޮމިއުނިޓީ ފަންޑުގެ އެހީއާއެކު ހުޅުވި ޕާކެއްގައި އިސްރަށްވެހިންތަކެއް އިށީދެގެން-- ފޮޓޯ:ބީއެމްއެލް

މި ހުރިހާ ޕްރޮޖެކްޓަކީ ވެސް އަމިއްލަ ފަރުދުން ނުވަތަ ޖަމިއްޔާއަކުން ކުރިއަށް ގެންދަން ބޭނުންވާ ޕްރޮޖެކްޓުތަކެވެ.

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ކޮމިއުނިޓީ ފަންޑުން އެހީތެރިކަން ފޯރުކޮށްދޭ ޕްރޮޖެކްޓުތައް ނިންމުމުގައި ދަތިތަކެއް ދިމާވަމުން އަންނަ ކަމަށެވެ. ނަމަވެސް މި އަހަރު ވެސް 20 ޕްރޮޖެކްޓަކަށް އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުގެ ދަށުން ހިންގާ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމުގައި މިވަނީ ކޮވިޑް-19 ގެ ސަބަބުން ކޮންމެވެސް ވަރެއްގެ ދަތިތަކާ ކުރިމަތިވެ، ޕްރޮޖެކްޓްތައް ނިންމުމުގައި ލަސްތަކެއް ވެސް މިވަނީ ކުރިމަތިވެފައި،" ސައީދު ވިދާޅުވި އެވެ.

"އަމާޒަކީ މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް މުޖުތަމައަށް ފައިދާކުރާނެ ވިހި ޕްރޮޖެކްޓަކަށް މި ފަންޑުގެ ދަށުން އެހީތެރިކަން ފޯރުކޮށްދިނުން."

ކޮމިއުނިޓީ ފަންޑުގެ އެހީގައި ތަރައްގީ ކުރި ކްލާސްރޫމެއްގައި ކުޑަކުއްޖަކު ކުޅެނީ-- ފޮޓޯ:މިހާރު

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން މިހާތަނަށް ރާއްޖޭގެ އެކި ހިސާބުތަކުގައި 25 ޕްރޮޖެކްޓަކަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

މި ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. އެގޮތުން މި އަހަރުގެ ޕްރޮޕޯސަލްތައް ހުށަހެޅުން ތިން ފިޔަވައްސަކަށް ބަހާލަން ވަނީ ހަމަޖެހިފަ އެވެ. ފުރަތަމަ ދެ ފިޔަވަހީގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވުމަށް ހަމަޖެހިފައިވާއިރު ތިންވަނަ ފިޔަވަހީގައި 10 ޕްރޮޕޯސަލް ހޮވާނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454