މާފުށީގައި އަލަށް ހިއްކި ސަރަހައްދު-- ފޮޓޯ:އެމްޓީސީސީ
23 ޖޫން 2020 - 11:48
ކ. މާފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފި އެވެ.
މި ޕްރޮޖެކްޓުގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު އެ ބިމަކީ މާފުއްޓާ ކައިރީގައި ވަކި ރަށެއްގެ ގޮތުގައި ހިއްކާފައިވާ ބިމެކެވެ. އަލަށް ހިއްކި ބަޔާއި މާފުއްޓާ ކޯޒްވޭއަކުން ގުޅުވާލެވޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
މި ބިމަކީ މާފުއްޓަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލު ކުރުމަށް ހިއްކާފައިވާ ބިމެކެވެ. މާފުއްޓަކީ ލޯކަލް ޓޫރިޒަމް އެންމެ ފުޅާ ދާއިރާއެއްގައި ކުރިއަރަމުން އަންނަ ރަށަށް ވާއިރު އަލަށް ހިއްކި ބައިން ވިޔަފާރިތަކަށް ބިން ދޫކުރުމަށް ވަނީ ނިންމައިފަ އެެވެ.
މާފުށިީގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ:އެމްޓީސީސީ
އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާފައި ވަނީ މި މަހުގެ 14 ވަނަ ދުވަހު އެވެ. އެ ބައިގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް އަންނަ ބުރާސްފަތި ދުވަހު ފަށާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މާފުށީގެ ބިން ހިއްކުމުގެ ޕްރޮޖެކްޓު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް، 27ގަ އެވެ. މި ޕްރޮޖެކްޓަށް 99.98 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެމްޓީސީސީން ލަފާ ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
23 June 2020
ރާއްޖޭގައި ބިމާއި ބެހޭ ގާނޫނެއް ހަދާ ދިވެހި ކޮންމެ ރައްޔިތަކަށްވެސް ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ގޯތްޗަށް ކުރިމަތިލެވޭ ގޮތް ހަދައި އަދި އެއްގޯތްޗަށް ވުރެ އިތުރަށް ބަންޑާރަ ބިމުގެ ގޮތުގައި އެއްވެސް ރައްޔިތަކަށް ނުލިބޭ ގޮތް ހަދާބަލަ. މުޅި އުމުރު ހުސްމިވަނީ ދިވެހި ބިމުން އަކަ އިންޗިއެއްވެސް ނުލިބި، ދަރިންވެސް މިހާލެއްގަ ކަންނޭގެ އުޅެންޖެހޭނީ
ޕޫބެއަރ
23 June 2020
މާލޭގެ ގެދޮރު ނެތް މީހުންނަށް ވެސް ލިބޭނެތަ؟ މާލެ ރަށްވެއްސަކަށް ވީތީ މިހާރު ގޯއްޗެއް ފްލެޓެއް ހޯދަން އުޅެފިއްޔާ އަހަންނާ ދިމާލަށް ނުގޮވާކަށް އެއްޗެއް ނޯވޭ.
ހަކީމް
23 June 2020
މާފުށި މަންޓާ އައިލެންޑް ...
ލ. ހިތަދޫ
23 June 2020
ހާދަ އިންސާފެއް ނެތް ގޮތް ގިތަށް ހިގާ ކަންކަމެވެ. މާލެ އަތޮޅުގެ ރަށް ތަށް މުއްސަދި ކޮށްދީ ނިމިއްޖެއެވެ. އަހަރެމެން ބޯފެން ވެސް ނުލިބި ފާޚާނާ ވެސް ނުކުރެވި އެވެ.
ތެދު ޚަބަރު ލިއުއްވުމަށް އެދޭ
23 June 2020
މާފުށި ބިންހިއްކާފައި އެވަނީ ޒުވާނުން ބިންވެރިކުރުވާ ގެދޮރުވެރި ކުރުވުމަށް، އެއްވެސް މުއަށްސަސާއަކުން މާފުށީ ހިއްކިބިން ވިޔަފާރިވެރިންނަށް ދޫކުރުމަށް ނިންމާފައެއްނުވޭ
ނިކަމެތި މާލޭ މީހާ
23 June 2020
މިތަނުން ހަމައެކަނި މަފުށީ މީހުނަށް ގެސްޓުހައުސް އަޅަން ގޯތި ދިނުމަކީ އިންސާފެއްނޫން
ގޯސް
23 June 2020
މާފުއްޓާ ވަކިން ހިއްކީވެސް މާލޭ މުއްސަދިންނަށް ބިންދޭންވެގެން. އަނެއްކާ އެއޮށްބޮޑު ފަޅުން 25 ހެކްޓަރު. ޜަށްކައިރު އޮންނަ ފަޅުރަށާ ރަށު ފަޅުން ބޮޑުބައިވެސް މާލޭ ބޭފުޅުންނަށް. އެވަރުންވެސް އުޅެނީ މާލޭ މީހުންގެ ހައްގުނެތިގެން.
ޗައިނާގެ ރައީސް
23 June 2020
ކުރީގެ ސަރުކާރު ވެއްޓުނު އިރު ހިއްކާލެވުނު ބިމަށް ވުރެ މިހާރުވެސް ހިއްކި ބިން އިތުރުވެއްޖެ. ޝުކުރިއްޔާ ހިސް އެކްސެލެންސީ އޮނޮރަބަލް އިބްރާހިމް މުހަންމަދު ސޯލިހް.
ރާއްޖެ
23 June 2020
ހިއްކާފަ އޭ ކިޔާފަ ކޮއްފަ އޮތް ޖެއްސުމެއްތަ ތީ؟
އިކުތިސާދީ ޗޯރު
23 June 2020
މަނަތާއެކޭ އެއީ.. އެތަނަށްކިޔަނީ މަންތާފުށި..
ފަޅޯ ދަނޑު އައިޝާ
23 June 2020
ދެން ބިންތައް މުއްސަނދިންނަށް ބަހާލާ އަވަހަށް! ރައްޔިތުން ދިރިއުޅެން ތަންކޮޅެއް ދޭނެކަމެއްނެތް!
އާންސީ
23 June 2020
ވިއްކާ އެއްޗެއް ގަނެވޭނީ ލާރި ހުންނަ މީހުންނަށް