25 ޖޫން 2020 - 17:23
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަށް ސީއީއޯއަކު ހޯދަން އާންމުކޮށް އިއުލާންކޮށް، ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެ އޮފީހުން ނެރުނު އިއުލާނެއްގައި ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 16 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ.
ސީއީއޯގެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ގުޅުން ހުރި ދާއިރާއަކުން ބެޗެލާސް ޑިގްރީ ހާސިލުކޮށްފައިވުމާއި އެ ފެންވަރުގެ މަގާމެއްގައި މަދުވެގެން ފަސް އަހަރުގެ ތަޖުރިބާ ލިބިފައިވުން ހިމެނެ އެވެ.
ޕެންޝަން އޮފީހުން ބުނީ މަގާމަށް ކުރިމަތިލާ މީހުންގެ ތެރެއިން އިންޓަވިއު އަށް ޝޯޓްލިސްޓްކުރާނީ ފައިނޭންޝަލާއި ޕެންޝަނާ ގުޅުން ހުރި ދާއިރާއިން ތަޖުރިބާ ހޯއްދަވާފައިވާ މީހުންނާއި އެފަދަ އިންސްޓިޓިއުޝަންސްތަކުގައި އެގްޒެކެޓިވް މަގާމެއް އަދާކޮށްފައިވާ މީހުންނަށް އިސްކަންދޭ ގޮތަށް ކަމަށެވެ. މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާނީ ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިފަ އެވެ.
ވަޒީފާގެ މުއްދަތަކީ ތިން އަހަރެވެ. އެކަމަކު މަސައްކަތުގެ ފެންވަރަށް ބަލައި މުއްދަތު އިތުރު ވެސް ކުރެވޭނެ ކަމަށް ޕެންޝަން އޮފީހުން ބުންޏެވެ.
މަގާމަށް ޝައުގުވެރިވާ މީހުންނަށް އެޕްލިކޭޝަން ފޯމާއި ފިޓް އެންޑް ޕްރޮޕަ ޑެކްލަރޭޝަން ފޯމް ޕެންޝަން އޮފީހުގެ ވެބްސައިޓް www.pension.gov.mv އިން ޑައުންލޯޑްކުރެވޭނެ އެވެ. ފޯމް ފޮނުވާނީ [email protected] އަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިޓުފާޒިލް
26 June 2020
މީ ތިޔަ ސީއީއޯ އިއުލާން ކުރަން ޖެހި 3 ވަަނަ ފަހަރު. ތަޖުރިބާ އެންމެ 5 އަހަރު! މިހާ ލާރި ގިނަ ތަންތަނަށް ވައްދަން މިވަރުގެ ދަށް ފެންވަރުގެ މީހުން ނެގުމަކީ ބޮޑު ޖޯކެއް. ކޮރަޕްޝަނަށް ހުޅުވާލެވޭ ބޮޑު ދޮރެއް! މިފަދަ ތަންތަން އޭސީސީން ބަލަން އެބަޖެހޭ!
ވަހީދުއްދީން
26 June 2020
އެމީހަކަށް އެނގެންވާނެ ބަނބުކެޔޮ ގަހަށް ޖެހޭ ބަލި ވަރަށް ރަނގަޅަށް.
ދީފް
25 June 2020
އަދިވެސް މީހުންނަގަނީތަ އަހަރެމެންނައް ދޭންޖެހޭ ރުފިޔާކޮޅު ދީފަ ތިތަންއުވާލަންވީ
ޛދޖސބ
25 June 2020
ސިވިލް ސާވިސްގެ ޑިރެކްޓަރ ގެ ވަޒީފާ ސަރުތު މާސްޓާސް އާއި 2 އަހަރު..އޮފީހުގެ އެމެ އިސް މީހާގެ ސަރުތު ފުރަތަމަ ޑިގްރީ މީ ކުރާ މަލާމާތެއްތަ. ޔަގީން އެތެރެގައި ހުރި މީހަކަށް ދީނިމިފަ އޮތް ވަޒީފާ އެއް މީ.އޭސީސީ މި ކަން ބަލަން ޖެހޭ.މީ ގައުމުގެ އެންމެ ބޮޑު ފަންޑް. ޤަެުމުގެ ބޮންޑް ގަނެ ރައްޔިތުންގެ މުސްތަޤުބަލް
އޮނަރަބްލް އަފީފު ދީދީ
25 June 2020
ތިއޮފީހުގެ ކުއްޖަކު ބުނީ އެންމެ ފަހުން އިއުލާން ކުރި ފަހަރު ވެސް ރާއްޖޭގެ މާލީ ދާއިރާގެ އެންމެ އުހުގައި އެތައް ޒަމާނެއް ވަންދެން މަސައްކަތް ކުރެއްވެވި އިޙްލާސްތެރި އަބުރުވެރި މަޤާމްގެ ނާޖާއިޒު ފައިދާއެއް ނުނަގާނެ ރާއްޖެއިން އެފަދަ ދެވަނަ މީހަކު ނުލިބޭނެ ފަދަ ބޭފުޅަކު ކުރިމަތި ލެއްވި ކަމަށް. # ނަމަވެސް ކޮންމެވެސް ސަބަބަކާއި ހެދި އޭނާއަށް މަޤާމް ދިނުމަށް ސަރުކާރުގެ ތެރޭގައިތިބި ބަޔަކު ނުރުހޭތީ އަލުން އިއުލާން ކުރީ ކަމަށް. މިއީ ވަރަށް ދެރަކޮށް ހިގާ ކަންކަން.
ފިޓުށަރުމީލާ
26 June 2020
ޥަރައް އޮމާން މަލަމައްޗެއް ދައްކައި، މިހާރަކައްއައިސް ވީޓީޓީވީ އައް އަރުއްވާ އިންވާ ބޭފުލެއްތޯ؟
ނަސޭހަތް
25 June 2020
ތި އޮފީހަށް މުއައްޒަފުން ބޭނު މެއް ނުވާނެ. ތިއީ ފިނޭންސް މިނިސްޓްރީގެ ތެރެއަށް ގެންދަންވީ ތަނެއް.
ޕޮސިޓިވް ވިޝަން
25 June 2020
އަޅުގަނޑު ސީމާ، އަދި ޑަބަލް މާސްޓަރ ހަދައި ފައިނޭންސް އަދި މެނޭޖްމެންޓަ ދާއިރާއިން 12 އަހަރުގެ ތަޖުރިބާހުރެމެ... ތިތަނުގެ "މެނޭޖަރަކަށް" އެޕަލައި ކުރީމަ އިންޓަވީއުގަ 3 މިނިޓް އެހީ ކޯޗެއްތޯ މިކުންފުންޏާއި މެދު އިގެނީ..؟ ދެން އެކަކު އަނެކަކަށް ސުވާލެއް އެބައޮތްތޯ އަހާފަ.. ނެތޭ.. ކިޔައި ނިންމާލީ.. އަންގާލާނަމޭ.. ކިޔާފަ ފޮނުވާލީ..! މީ ވަކި ބަޔަކަށް ފަހާ ކޯޓު.. ކޮންމެހެން އިއުލާންކުރަން ޖެހޭތީ ކޮށްލަނީ..!
ޓްރީޕ
25 June 2020
ތި މަގާމަށް ރާއްޖެއިން ޝަރުތުހަމަވާނީ ހަމައެކަނި އެސް ޓީ އޯ މަނިކް .އޭނައަކީ ޕެންޝަންދާއިރާއިން މަތީތަޢުލީމާއި ދުނިޔޭގެ ނެތްފެންވަރުގެ ތަޖްރިބާ ހުރިބޭފުޅެއްވިއްޔާ.. ޕެންޝަން އޮފީހުން ހީކުރަނީ މީ ވަރުގަދަ ކަންތައްތަކެއް ކުރެވޭނެ ފައިނޭންޝަލް މާކެޓެެއް އޮތްގަމުމެއްކަމަށް.
ފަޔާޒް.
25 June 2020
ހުސްވެފަ އޮތް ޑަބިޔަލެއްގެ ސީއީއޯއެއް ހޯދަން އިއުލާން ކުރަމޭ ބުނިއްޔާ މާތާހިރުވާނެ.
ތިރިބެ
25 June 2020
ހަމައެކަނި ތައުލީމެއްނޫ ބޭނުންވަނީ އިހުލާތެރި ވިސްނުންތެރި ކަމައްކަމޭހިތާ ވަފާތެރިން