ޚަބަރު / ސިވިލް ސާވިސް ކޮމިޝަން

އާމިރާ ނޫން ހުރިހާ މެމްބަރުން ވަކިކުރަން ކޮމިޓީން ފާސްކޮށްފި

ސީއެސްސީގެ މެމްބަރު ފާތިމަތު އާމިރާ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ޖަވާބުދާރީ ވެވަޑައިގަންނަވަަަނީ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެމްބަރުކަމުން ފާތިމަތު އާމިރާ ނޫން އެހެން ހުރިހާ މެމްބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދެންމެ ފާސްކޮށްފި އެވެ. ނަމަވެސް މިކަމުގައި އެންމެ ފަހުގެ ނިންމުން ނިންމާނީ މަޖިލީހުގެ ތަޅުމުންނެވެ.

ސިވިލް ސާވަންޓުންގެ ކަންކަން ބަލަހައްޓާ މިނިވަން މުއައްސަސާގެ މެމްބަރުންގެ ގޮތުގައި މިހާރު ތިއްބަވަނީ އާމިރާގެ އިތުރުން އެ ކޮމިޝަންގެ ރައީސް އަލީ ޝަމީމް (އެލިޝް) އާއި ނައިބު ރައީސް ޝަހީދު މުހައްމަދާއި ޒަކަރިއްޔާ ހުސައިން އަދި އިބްރާހިމް ޝަހީގު އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް ކަމާއި ސީއެޗްއެސްއީގެ ޕްރިންސިޕަލްކަން ކުރެއްވި އާމިރާ ސީއެސްސީގެ މެމްބަރުގެ ގޮތުގައި ބަހައްޓަން ކޮމިޓީން ނިންމިއިރު، އާމިރާ އަކީ އެ ކޮމިޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ ބޮޑު ދައިތަ އެވެ. އެކަމަކު، ކޮމިޓީގައި މި މައްސަލައިގައި ނެގި އެއްވެސް ވޯޓެއްގައި ރޮޒައިނާ ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. ރިޔާސަތުގައި ވެސް އިންނެވީ ނައިބު މުގައްރިރު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމެވެ.

އާމިރާ ފިޔަވައި، ސީއެސްސީގެ އެހެން ހުރިހާ މެމްބަރުން ވަކިކުރަން ކޮމިޓީން ފާސްކުރިއިރު، އެކަމާ ހިޔާލު ތަފާތުވި ހަމައެކަނި ދެ މެމްބަރުންނަކީ ވެލިދޫ ދާއިރާގެ މުހައްމަދު އަބްދުﷲ ޝަފީގު (ފިޔެސް މޯޑު) އާއި ވިލިމާލެ ދާއިރާގެ އަހުމަދު އުޝާމެވެ. އެ ދެބޭފުޅުން ވަކާލާތު ކުރެއްވީ، ކޮމިޝަނުން މެމްބަރުން ވަކިކުރާ ނަމަ ހުރިހާ ބޭފުޅުންނާ މެދު ވެސް އެގޮތަށް އަމަލު ކުރުމަށެވެ.

މޯޑު އާއި އުޝާމްގެ ހިޔާލު ތަފާތުވުމުން، މެމްބަރުން ވަކިކުރުމަށް އެ ދެބޭފުޅުން ވޯޓެއް ވެސް ނުދެއްވަ އެވެ.

"..އަޅުގަނޑު ދަންނަވާނީ މި ކޮމެޓީގެ ރިކޯޑުގައި ނެތޭ އެކަމަނާ އެގޮތަށް އެކަން ކުރައްވާފައި [ޝަކުވާ ހުށަހަޅުއްވާފައި]. އެހެންވެ އަޅުގަނޑު ދެކޭގޮތުގައި ސިވިލް ސާވިސް ކޮމިޝަންގެ ފަސް މެމްބަރުން ވެސް ވަކިކުރަން ޖެހޭނީ އެކީގައި. އެ ބޭފުޅުން ވަނީ އެ ބޭފުޅުން ޒިންމާތަކަށް އިހުމާލުވެވަޑައިގެންފައި،" ---މޯޑު

މޯޑު ވިދާޅުވި ގޮތުގައި، ސީއެސްސީގައި މެމްބަރުންނަށް ތުހުމަތު ކުރެވޭ ހުރިހާ ކަމެއްގައި އެ ކޮމިޝަންގެ ފަސް މެމްބަރުން ވެސް ހިމެނެ އެވެ. އޭނާ ވިދާޅުވީ، ސީއެސްސީގެ މެމްބަރުކަމަށް އާމިރާ ހަމަޖެއްސީ މި ސަރުކާރުން ކަމަށް ވިޔަސް އެ ކޮމިޝަންގައި ބޭއިންސާފުން ކުރި އެއްވެސް ކަމެއް ސަރުކާރާއި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ސަމާލުކަމަށް އާމިރާ ގެނެސްފައި ނެތް ކަމަށެވެ.

އާމިރާ ސަލާމަތްވީ، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވަޑައިގެންނެވި މެމްބަރުންގެ ތެރެއިން ފަސް ބޭފުޅެއްގެ ވޯޓާއެކުގަ އެވެ. އޭނާ ފިޔަވައި ސީއެސްސީގައި ދެން ތިއްބެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އައްޔަން ކުރެއްވި މެމްބަރުންނެވެ. އެ ކޮމިޝަނަށް އާމިރާ އައްޔަން ކުރެއްވީ ޑިސެމްބަރު 2، 2018 ގައި މި ސަރުކާރުންނެވެ. މޯޑު ވިދާޅުވި ގޮތުގައި، އާމިރާއާ ގުޅޭގޮތުން އެ ކޮމިޓީން އެކި ގޮތްގޮތަށް ކުރިން ނިންމާފައިވާ ކަމަށެވެ. ކުރިން ފަސް މެމްބަރުން ވަކިކުރަން ކޮމިޓީން ނިންމި ކަމުގައި ވިޔަސް ފަހުން އާމިރާއާ ގުޅޭ މައްސަލައިގެ އޯޑިއޯއެއްގެ ސައްހަކަމާ މެދު ސުވާލު އުފެދުމުން އެ އުނިކުރަން ނިންމި ކަމަށް އޭނާ ވިދާޅުވި އެވެ.

ސިވިލް ސާވިސްގެ ބައެއް މުވައްޒަފުން ވަކިކުރުން ފަދަ މައްސަލަތައް ހިމެނޭއިރު، އާމިރާ ހުންނަވައިގެން ވެސް އޭގެ ތެރެއިން ބައެއް މީހުން ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް މޯޑު ވިދާޅުވި އެވެ. އެކަމަކު، އެކަމާ ގުޅޭގޮތުން އެއްވެސް ފަރާތަކާ އާމިރާ ޝަކުވާއެއް ކޮށްފައި ނުވާ ކަމަށް މޯޑު ވިދާޅުވި އެވެ.

އާމިރާ ފިޔަވައި، ސީއެސްސީގެ އެހެން ހުރިހާ މެމްބަރުން ވަކިކުރަން ކޮމިޓީން ފާސްކުރިއިރު، އެކަމާ ހިޔާލު ތަފާތުވި ހަމައެކަނި ދެ މެމްބަރުންނަކީ ވެލިދޫ ދާއިރާގެ މުހައްމަދު އަބްދުﷲ ޝަފީގު (ފިޔެސް މޯޑު) އާއި ވިލިމާލެ ދާއިރާގެ އަހުމަދު އުޝާމެވެ. އެ ދެބޭފުޅުން ވަކާލާތު ކުރެއްވީ، ކޮމިޝަނުން މެމްބަރުން ވަކިކުރާ ނަމަ ހުރިހާ ބޭފުޅުންނާ މެދު ވެސް އެގޮތަށް އަމަލު ކުރުމަށެވެ.

"..އަޅުގަނޑު ދަންނަވާނީ މި ކޮމެޓީގެ ރިކޯޑުގައި ނެތޭ އެކަމަނާ އެގޮތަށް އެކަން ކުރައްވާފައި [ޝަކުވާ ހުށަހަޅުއްވާފައި]. އެހެންވެ އަޅުގަނޑު ދެކޭގޮތުގައި ސިވިލް ސާވިސް ކޮމިޝަންގެ ފަސް މެމްބަރުން ވެސް ވަކިކުރަން ޖެހޭނީ އެކީގައި. އެ ބޭފުޅުން ވަނީ އެ ބޭފުޅުން ޒިންމާތަކަށް އިހުމާލުވެވަޑައިގެންފައި،" މޯޑު ވިދާޅުވި އެވެ.

އާމިރާ ނޫން ހަތަރު މެމްބަރުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ކުރިން މަޖިލީހުގެ ތަޅުމަށް ވެސް ފޮނުވި އެވެ. އެކަމަކު އޭރު ކޮމިޓީން އެގޮތަށް ނިންމާފައިވަނީ ކޮމިޓީގައި މަދު މެމްބަރުންތަކެއް ތިއްބެވި ބައްދަލުވުމެއްގައި ކަމަށް ވާތީ އެ މައްސަލަ އަނބުރާ އޮތީ ފޮނުވާލައިފަ އެވެ. އެހެންވެ، ކޮމިޓީން ކުރިން ނިންމާފައިވަނީ އާމިރާ ވެސް ހިިމެނޭ ގޮތުން ސީއެސްސީގެ ފަސް މެމްބަރުން ވަކިކުރުމުގެ މައްސަލަ އެއްކޮށް ކޮމިޓީން ކުރިއަށް ގެންގޮސް، ތަޅުމަށް ފޮނުވުމަށެވެ.

47 ކޮމެންޓް, 130 ރިއެކްޝަންސް

icon happy icon happy 26%
icon sad icon sad 1%
icon angry icon angry 73%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަނާނާ

30 June 2020

ތީއޮންނަން ޖެހޭ ކޮ މިޝަނެއް ނޫން. ހިއު މަން ރައިޓާ ވަޒީފާ ޓްރިބިއުނަލްއާ ލޭބަރރިލޭޝަން އޮތޯރިޓީ އިން ވަޒީފާއަދާ ކުރާ މީހުންގެ ހައްގުތައް ކަވަރު ނުކުރެވެން ވާނެ.

The name is already taken The name is available. Register?

20000

30 June 2020

ތިޔަ ކޮމިޝަންނަށް ލާން އެންމެ ފައްކާ މީހަކީ ކުރީގެ ރައިސް މަޖިލީހުގެ ރައީސް. އެއިރުން ސަޅިވާނެ އެއި. ވަރަށް އޯލް އިން ވަން. ކުދިންނޭ ޤާނުނު ބަދަލް ކޮށްގެން ނަމަވެސް މަޖިލީހުގެ ރައީސް އަކީ ސިވިލްގެ ރައިސް ކަމަށް ހަދާބަލަ.

The name is already taken The name is available. Register?

ވަތުބަތާނަ

30 June 2020

ރޮޒޭ މީ ދެން ފުކެއް ބޮޑުވަރު؟

The name is already taken The name is available. Register?

މަރިއަބު

30 June 2020

އެ ކޮމިޝަނުގެ މަސައްކަތްތައް އެނގޭނަމަ ތިޔަހެން ނުބުނާނެ.. 4 މީހުންގެ ކޯލިޝަން ގޮތަށް ހިންގަނީ.. ވަރަށް ޕްލޭންކޮށްގެން.. ވަކިކުރުން ލަސްވެއްޖެ

The name is already taken The name is available. Register?

އަޅިއަނބާ

30 June 2020

މަރިޔަނބު ހާދަ ވަރެކޭ ތިވަނީ. އެއޮތީ ވަކިކޮށްފަނު؟ ދެން ބަޔަކު އެއްޗެކޭ ކިޔާފާނެތީ ކިތަންމެ ވަރެއްވިއަސް މީހުން އެއްޗެހި ކިޔާނެ.

The name is already taken The name is available. Register?

އަމީތާބު

01 July 2020

ރޮޒޭސަޅި.

The name is already taken The name is available. Register?

ކިޔާކަށްނެތް

30 June 2020

މީހެއްގެ ބޮޑުދައިތައަށް ވިއަސް ނުވިއަސް އޮންނަނީ އެންމެ ކަމެއް. ކޮންމެ ސަރުކާރަކުން އަރާ އެސަރުކާރުގެ މައި ޕާޓީގެ މީހުން ތަންތަނަށްލީމަ ނިމުނީ. މިސަރުކާރުން ކޮމިޝަނަށް ލީ މިސަރުކާރަށް ތާއީދުކުރާ މީހެއް މިސަރުކާރުން ވަތްކެއް ނުކުރާނެ. އެއީ ގެރެންޓީކަމެއް. މިނިވަން ކޮމިޝަންތަކޭ ކިޔަނީ ނަމެއްގަ. ޕާޓީއަށް ބާރުނުފޯރުވޭ މީހުން އެއްވެސް ތަނަކަށް ނުލާނެ.

The name is already taken The name is available. Register?

ލީޒާ

30 June 2020

އޯކޭތޯ ކުރީގެ ރައީސްގެ 4 ޕަޕެޓުން ތިބެގެން އެކޮމިޝަން ސުންނާފަތިކޮށްލިއަސް.. ނެތޭ ނަތީޖާއެއް ނެރެވިފައެ... ނައިބު ރައީސް ޝަރުތެއް ހަމައެއް ނުވެއޭ.. އެވެސް އޯކޭތޯ؟؟؟؟

The name is already taken The name is available. Register?

ފީޒާ

30 June 2020

މިސަރުކާރުގެ 5 ޕަޕެޓުން ލީމަ އޯކޭވާނީ. ޝަރުތު ހަމަވާއިރު ޕާޓީކުއްޖަކަށްވުން އެއީ ލިއެވިފައި ނުއޮންނަ އެއްޗެއް.

The name is already taken The name is available. Register?

ބުއްޅަބޭ

01 July 2020

އުވާލާ

The name is already taken The name is available. Register?

ސަޖޯ

30 June 2020

ރަނގަޅު ޔާމީނުގެ މީހުންތައް ތަންތާ ތިބޭހާ ހިނދަކު ސަރުކާރު ހިންގިޔަކާ ނުދޭނެ

The name is already taken The name is available. Register?

ާާއަލިބެ

30 June 2020

ތިޔަ އޮތީ ރޮޒޭނާ ތިޔަ ކޮމެޓީގަ ބައިވެރިނުވިޔަސް ބޮޑުދައިތަ ސަލާމާތްކުރަން ނުފޫޒު ފޯރުވާފަ. ވ ސާފް

The name is already taken The name is available. Register?

ޝާޝާ

29 June 2020

ކުރީގަ މަޖްލިސް އިން މަސައްކަތްކުރީ އާމިރާ ވަކި ކުރަން މިހާރު މިވީ ކިހިނެއްބާ!

The name is already taken The name is available. Register?

އާމިރު

29 June 2020

އާމިރާ އަކީ މުޅި ކޮމިޝަނުގެ ހަލާކު. އޭނާގެ ބާރާއި ނުފޫޒު ބޭނުން ކޮށްގެން މުވައްޒަފުންނަށް ބިރުދައްކާ ހަޅޭއްލަވަމުން ދާ މީހެއް. އެއްވެސް ގަވައިދެއް އުސޫލެއް ބެލުމެއްނެތި ހިތުހުރިގޮތަކަށް ކަންކުރަމުންދަނީ. މުސްތަގިއްލު ކޮމިޝަނެއްގައި ބަހައްޓަން ހެޔޮވާވަރުގެ މީހެއްނޫން

The name is already taken The name is available. Register?

ޝިފް ނައި

29 June 2020

އާމިރާ ނޫނީ ތިތާ ނެތް ހަމަ އެކަކުވެސް ކަމުދާ.. ވަރަށް އަން ޕްރޮފެޝަނަލް 4 މީހުން.. އެމީހުން ބޭނުންވާ މީހުން މި ކޮމިޝަނަށްވެސް ލީ... އަބަދު ޝަރުތު ބަދަލުކުރަނީ.. ކޯލިޝަން ގްރޫޕެއް

The name is already taken The name is available. Register?

ލީގަލް

29 June 2020

ސާބަހޭ މަޖިލިސް... ޤައުމަޓަކަށް ތި 4 މީހުން ވަކިކޮށްދީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454