30 ޖޫން 2020 - 14:05
މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ މަގާމަށް އައްޔަންކުރެއްވި މުހައްމަދު އަސްލަމަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން އެ ޕާޓީގެ މެމްބަރު، އަސްލަމަށް ރުހުން ދޭން މިއަދު ފާސް ކުރީ ވޯޓްގައި ބައިވެރިވި 65 މެމްބަރުންގެ އިއްތިފާގުންނެވެ.
އަސްލަމް އެ މަގާމަށް އައްޔަން ކުރެއްވުމާ ގުޅޭގޮތުން ބަހުސް ކުރެއްވި ހުރިހާ މެމްބަރުން ވެސް ވިދާޅުވީ އޭނާއަކީ އެ މަގާމަށް ގާބިލް ބޭފުޅެއް ކަމަށެވެ. އޭގެ ތެރޭގައި އެމްޑީޕީގެ މެމްބަރުންގެ އިތުރުން ޖުމްހޫރީ ޕާޓީގެ މެމްބަރު މުހައްމަދު ނާޒިމާއި ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހިމެނެ އެވެ.
Minister Aslam, alun magaamuge huvaakuravvaifi
The most trusted news source in the Maldives
Mihaaru
މިނިސްޓަރު އަސްލަމް މަގާމުގެ ހުވާ ކުރެއްވުން
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާގެ ނަން "މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ" އަށް ބަދަލު ކުރުމުގެ ހުއްދަ ދޭން ވެސް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެ މިނިސްޓްރީގެ މަސައްކަތުގެ ދާއިރާތައް ކަނޑައެޅުމާ ގުޅޭ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށް ވެސް މިއަދު ވަނީ ފާސްކޮށްފަ އެވެ.
އެގޮތަށް ފާސްކުރީ ވޯޓްގައި ބައިވެރިވި 66 މެމްބަރުންގެ އިއްތިފާގުންނެވެ.
ހައުސިން މިނިސްޓްރީ އުވާލައްވައި، ޕްލޭނިން މިނިސްޓްރީގެ ދަށަށް މަސައްކަތްތައް ބަދަލު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވީ ހައުސިން މިނިސްޓަރަކަށް ހުންނެވި އައިމިނަތު އާތިފާ އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އާތިފާ އިސްތިއުފާ ދެއްވީ ސިއްހީ ސަބަބުތަކަށްޓަކަ އެވެ.
އެ ބަދަލު ގެނައުމާ އެކު، ޕްލޭނިން މިނިސްޓްރީއަކީ މި ސަރުކާރުގައި މިހާރު އެންމެ ބޮޑު މަސްއޫލިއްޔަތު ހަވާލު ވެފައިވާ މިނިސްޓްރީ އަށް ވަނީ ވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗަރުކޭސް
01 July 2020
ޕާޓީގެ މިނިސްޓަރަށް ޕާޓީ މެޖޯރިޓީއޮތް މަޖްލިހުން ރުހުން ދީފަ ޕާޓީއަށް ނިސްބަތްވާ ރޖ ކުރިމަތީ ހުވާކުރިއިރު ޕާޓީ މީހުން ރުހޭ ފަނޑިޔާރު ހުވާލައިދިނުން.
1828
30 June 2020
އަސްލަމްއަކީ 2008 ގެ އެމްޑަޕީގެ ސަރުކާރުގްެިވެސް ހަމަ ހައުސިން މިނިސްޓަރ. ތިއީ ބޮޑު ފެއިލިއަރއެއް
އާދަމުގެދަރި
30 June 2020
ލަކުޑިގަނޑު މާވަޑިޔާ ހިތެކެވެ. ކިތަންމެ ނަލަވެފައި ފެހިކަން ގަދަވެފައި ފަތްބޮޑުނަމަވެސް އަދި ކިތަންމެ ބިޔަ ނަމަވެސް ޅޮސްވާނީ ޅޮހަށެވެ.
1828
01 July 2020
ވަރަށް ވާހަކަ
ނިރު
30 June 2020
އަވަހަށް ގުޅީފަޅުން ގޯއްޗާ ހުޅުމާލޭ ފުލެޓްތަށް ޕާޓީ ކުދިން ކޮއްޅަށް ދީ ނިންމާލާ...
ޝެމެކްޝް
30 June 2020
ކަމަކު ނުދޭ ، އެމްޑީޕީ ވެރިކަމަށް ގެންނަން މަސައްކަތް ކުރި އެތައް ކުދިންގެ ބުރަމަސައްކަތުގެ ފޮނި މީރުކަން ލިބި، މިއަދު އޭގެ އެއްވެސް ކުއްޖަކު ގުޅާލުމުން ވެސް ފޯނު ނުނަގާކަމަށް ވައިބާގްރޫޕްތަކުގައި ރުޅިވެރިކަމުގެ ހުޅުވަނީ ރޯވެފައިއެވެ. އަދި ސަރުކާރުގެ ބައެއް ކުންފުނިތަކުގެ މަސައްކަތް ކުރިއަށް ނުދާކަން ވެސް އެކި ގޮތްގޮތުން ވަނީ ޕާޓީގެ ކުިދންގެ ފަރާތުން ހާމަވެފައިއެވެ. އަދި ހުރިހާ މިނިސްޓްރީ ގެ ހިނގުން މުށުތެރެއްށް ލައިގެން ސަރުކާރު ގެ ހިނގުން ސްލޯ
ފަހުދު
30 June 2020
ހުވާތަ؟ ސަކަރާތް ނުޖަހާ.
ބަބުރުލް ސަލީމް
30 June 2020
ތީދެން ވެ ނިމިފައިއޮތްކަމެއްނު.