ޚަބަރު / ރާއްޖެ-ބަންގްލަދޭޝް

ގަވައިދާ ހިލާފަށް އުޅެމުން ދިޔަ 3،300 އަށް ވުރެ ގިނަ މީހުން ވަނީ ފޮނުވާލާފައި

ބަންގްލަދޭޝްގެ ބަޔަކު، އަނބުރާ ގައުމަށް ދިއުމަށް ވެލާނާ އެއާޕޯޓުގައި.- ފޮޓޯ: މޯލްޑިވިއަން

ޑޮކިއުމެންޓެއް ނެތި، ގަވައިދާ ހިލާފަށް އުޅެމުން ދިޔަ ބަންގްލަދޭޝްގެ 3،300 އަށް ވުރެ ގިނަ މީހުން އަނބުރާ ގައުމަށް ފޮނުވާލައިފި އެވެ.

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު މިއަދު ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އަޅަމުން އަންނަ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން 3،369 މީހުން ބަންގްލަދޭޝް އަށް ފޮނުވާލާފައިވާ ކަމަށެވެ.

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެއްގައި މިއަދު ވެސް 200 މީހުން ފޮނުވައިލި އެވެ. އޭގެ ތެރޭގައި ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ 100 މީހުން ހިމެނެ އެވެ. އެހެންވެ، ގާނޫނާ އެއްގޮތަށް އުޅެމުން ދިޔަސް އަމިއްލަ އަށް ބޭނުންވެގެން ގައުމަށް ދިޔަ މީހުންނާ އެކު، މި މުއްދަތުގެ ތެރޭގައި ރާއްޖެ އިން ބަންގްލަދޭޝް އަށް ފޮނުވައިލި މީހުންގެ އަދަދު އެ އަށް ވުރެ އިތުރުވާނެ އެވެ.

ކޮވިޑް-19 އަށް ރާއްޖެ އިން 2،468 މީހުން ޕޮޒިޓިވްވިއިރު އޭގެ ތެރޭގައި 1،278 ބަންގްލަދޭޝް މީހުން ހިމެނެ އެވެ.

ކޮވިޑް ބަލީގައި 11 މީހަކު މަރުވެފައިވާއިރު ބަންގްލަދޭޝްގެ ފަސް ފިރިހެނަކު ހިމެނެ އެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު 60،000 އަށް އަރާއިރު އޭގެ ތެރޭގައި ވެސް އެންމެ ގިނައީ ބަންގްލަދޭޝްގެ މަސައްކަތު މީހުންނެވެ. ސަރުކާރުން ވަނީ ގަވައިދުގެ ތެރެއަށް ވަނުމަށް އެ ބިދޭސީންނަށް ފުރުސަތު ވެސް ދީފަ އެވެ. އެ ފުރުސަތުގައި 40،000 ބިދޭސީން ރަޖިސްޓްރީވި އެވެ.

30 ކޮމެންޓް, 39 ރިއެކްޝަންސް

icon happy icon happy 82%
icon sad icon sad 3%
icon angry icon angry 15%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފޫހި

07 July 2020

ފުރަތަމަ ސަރުކާރުގައި އުޅޭ ބޮންދު ބޭފުޅުން ފޮނުވާލަބަލަ. ހުވާމިބުނީ ހާދަ އިނާޔަތެއް އެމީހުންނަށް ދެޔޭ. މަސައްކަތު މީހަކަށް ގެނެސްގެން ގެންގުޅޭ މީހުންނަށް ވިސާވީ+ކެއުން+ ހުރުން (އެޕާޓްމަންޓް)+ކަރަންޓް ބިލް+ ފެންބިލް+ މުސާރަ+މިނެއްނެތް އޯޓީ+ ބަލިވީމަ ބޭސްކުރުން+ދުއްވާނެ ސައިކަލް+ޗުއްޓީގަ ރަށަށްދާން ދެކޮޅު ޓިކެޓް (މަހަކު 15 ހާސް ވަރުވާނެ). ދިވެހި މީހާއަށް މުސާރަ + އޯޓީ ނިމުނީ. އަމިއްލަ ގައުމުގައި ނިކަމެތިކަން އިހްސާސެއްނުވޭތަ. މިއީ ދިވެހިން ހައްގުހޯދަންވީކަމެއް

The name is already taken The name is available. Register?

ދޮން މަނިކު

07 July 2020

ދިވެހިރާއްޖޭގައި ވިޔަފާރި ކުރު މުގެ (ބޭރު މީހަކައް) ހުއްދައެއްދޭންވާނީ (ރީޓެއިލް) މަދުވެގެން 100000 އެއްލަކަ ރުފިޔާ ޓެކްސް ދައްކާފަރާތްތަކައް އެވެސް ދިވެއްސެއް ޒިން މާ ނަގާގޮތައް......

The name is already taken The name is available. Register?

ދޮން މަނިކު

07 July 2020

40000 ސާޅީސް ހާސް ބަގުލަދޭސް މީހުން ރަޖިސްޓާކޮއް ހަވާލު ވާނެ ކުންފުޏެއް ނެތް .... ބޯގޯސް ކަންކަންނުކުރޭ .. ކޮން މެ މީހަކައްވެސް 3 މަސްދުވަސް ދީފައި ޤަވައިދުން އެތެރޭވެ ވެފައިވާކަ މައް ލިޔު މުން ސާބިތުކޮއްދީ ޒިން މާ ނަގަންޖެހޭ ފަރާތައް ފިޔަވަޅު އަޅާ....

The name is already taken The name is available. Register?

އަލިހަންޑޯ ޓޮލޭޑޯ

07 July 2020

ޤަވާއިދާ ޚިލާފަށް އުޅޭކަމަށްބުނާ ގިނަ މީހުންނަކީ މުސާރަނުދީ މަސައްކަތްކުރުވާފައި ލިޔެކިޔުންތައް އަތުލާފައި މާލެތެރެއަށް ދޫކޮށްލާފައިތިބި ބިދޭސީން. ދިވެހި ބޮޑުމީހާއަކީ ކޮންމެވެސް ވަރުގަދަ ވިޔަފާރިވެރިއެއް /މަޖިލިސް މެންބަރެއް/ސިޔާސީ ޕާޓީއެއްގެ ބޮޑެއް. އެހެންނޫނީ ސަރުކާރުތަކާއި ޕާޓީތަކުގެ ލީޑަރުންގެ ހިމާޔަތުގައި ތިބިބައެއް.

The name is already taken The name is available. Register?

އައްޑޫބެއްޔާ

07 July 2020

ރައީސްއެވެ. އެހެން ހުރިހާ ކަމެއް ހުއްޓަވާލައްވާފައި މި ބޭރުމީހުންގެ ކަންތައް ހައްލުކުރުމަށް މުޅި ސަރުކާރުގެ ފޯކަސް ވަގުތުކޮޅަކަށް ނަމަވެސް ދެއްވަންވީ ނޫންތޯ. ހައްލުކުރަން ހުރިހާ ސަރުކާރުތަކަކުން ވެސް މަސައްކަތް ކުރޭ ނަމަވެސް ހައްލެއް ނުވޭ. އެހެން ގައުމުތަކުގައި ދެ ވިސާނެތި އުޅުމަކީ ދަތި އުނދަގޫ ކަމެއް ނަމަވެސް މަމެންގެ ރާއްޖޭގައި ވިސާނެތި އުޅުމަކީ ވިސާއޮވެމެ އުޅުމަށްވުރެ ފަސޭހަކަމެއް. ހުރިހާ ކަމެއް ވަރިހަމަކޮށްލައިގެން ތާއަބަދަކުނޫޅެވޭނެ ދެއްތޯ

The name is already taken The name is available. Register?

ހާމިދު ޝާހިދު

07 July 2020

ގަވާއިދާ ހިލާފު މީހުން އެކަންޏެއްނޫން. މާލޭގައި ކުދިކުދި ވިޔަފާރިތައް ކޮށް ފިހާރަތައް ހުޅުވައިގެން އުޅޭ ބަންގާޅު މީހުންނާއި، އެމީހުން އެވިޔަފާރިއަށް ވެއްދުމަށް އެހީތެރިވެދިން ދިވެހިންނާ އެކު ގައުމުން ޑީޕޯޓް ކޮށްލަންވީ ދެން އެނބުރި ނާދެވޭގޮތައް. އޭރުން ތިކަންތައްގަނޑު ހަމައަކަށް އެޅޭނީ.

ނަން

07 July 2020

ސަރުކާރު ގުނބޯ ހައްދާފަ ސަރުކާރު ޚަރަދުގަ ރަށަށް ދިޔައީ. ލޮލްޑައުން ހަމަ ނިމުނީ އެނބުރި އަންނާނެ.

The name is already taken The name is available. Register?

ހޮޓްކިންގ

07 July 2020

ބައެއް ދިވެހިން ބަންގާޅީންނާމެދު ކަންތައް ކުރަނީ ޖަނަވާރުންނާމެދުވެސް ނުހިތާހާ ނިކަމެތިކޮށް. ހުރިހާ ބަންގާޅީން މިރާއްޖެ ދޫކޮށް ދިއުން ރަނގަޅުވާނެ. އޭރުން އެނގޭނެ ދިވެހިންގެ ހުރި މުރާލިކަމާއި އަނގަޔާއަތާ ފޯރާވަރު.

The name is already taken The name is available. Register?

ޑޯން

07 July 2020

މިއަހަރުނިމެންދެން ނުވަތަ ބިދޭސީން ހުސްވަންދެން ކޮންމެދުވަހަކު 200މީހުން ފޮނުވާލާ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަيا الله މިގައުމު ބިދޭސީންކިބައިން ސަލާމަތް ކޮއްދެއްވާފާދޭވެ...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454