ސީއެސްސީގެ ރައީސާއި މެމްބަރުންތަކެއް: އެ ކޮމިޝަންގެ މެމްބަރުން ވަކި ކުރުމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައި -- ފޮޓޯ/މަޖިލިސް
12 ޖުލައި 2020 - 17:51
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ހަތަރު މެމްބަރުން މަގާމުން ވަކި ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުުގެ މާދަމާގެ ޖަލްސާ އަށް އެޖެންޑާ ކޮށްފި އެވެ.
ސީއެސްސީގެ ރައީސް ޑރ. އަލީ ޝަމީމާއިި ނައިބުު ރައީސް ޝަހީދު މުހައްމަދާއި މެމްބަރުން ކަމަށްވާ ޒަކަރިއްޔާ ހުސައިން އާއި އިބްރާހިމް ޝަހީގު ވަކިިކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން މިދިޔަ މަހު އޮތީ ނިންމައި، ތަޅުމަށް ފޮނުވައިފަ އެވެ.
އެ މައްސަލަ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައި ވާއިރު، މަޖިލީހުގެ ތަޅުމުން ފާސްވެއްޖެ ނަމަ އެ ބޭފުޅުން މަގާމުން ވަކިވާނެ އެވެ.
ކުރީގެ ސަރުކާރުގައި ސީއެސްސީއަށް އައްޔަން ކުރެއްވި ހަތަރު މެމްބަރުން ވަކިކުރަން ކޮމެޓީން ނިންމައި، ކުރިން ވެސް ތަޅުމަށް ފޮނުވި އެވެ. އެކަމަކު އޭރު ކޮމެޓީން އެގޮތަށް ނިންމީ މަދު މެމްބަރުންތަކެއް ހާޒިރުވި ބައްދަލުވުމެއްގައި ކަމަށްވާތީ އެ މައްސަލަ އަނބުރާ ކޮމެޓީއަށް އޮތީ ފޮނުވާލައިފަ އެވެ.
ސީއެސްސީގެ ހަތަރު މެމްބަރުންގެ އިތުރުން މި ސަރުކާރުގައި 2018 ވަނަ އަހަރު އެ ކޮމިޝަނަށް އައްޔަން ކުރެއްވި މެމްބަރު ފާތިމަތު އާމިރާ ވެސް ވަކިކުރަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ހުށަހެޅި އެވެ. އެކަމަކު އެ ހުށަހެޅުން ކޮމެޓީން ފާހެއް ނުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަތްދައްތަ
13 July 2020
އަދި ކިރިޔާ ހާދަ ސުލޮލޭ.
ބައިރޯ
12 July 2020
އާމިރާ ނުކުރަނީތަ، ދެކޮޅު ޖެހޭ ގޮތަށް ކަން ކުރޭ
ކޮސްގޮވާ
12 July 2020
ވަރަށް އުފާވެރި ކަބަރެއް. ތިޔަ މުއައްސަސާ އުވާލަންވީ އަދި އެތަނުނގެ ނަންވެސް ބަދަލުކުރަންވީ.