13 ޖުލައި 2020 - 14:58
ޒަކާތް ހައްގުވާ ފަގީރުންގެ ލިސްޓްގައި ޖެހެން މި އަހަރު ހުޅުވާނުލައި ޒަކާތް ބަހާފައިވަނީ އެންމެ އިންސާފުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ.
އެގޮތަށް މަޖިލީހުން ފާސްކުރީ މި އަހަރު ޒަކާތް ބެހުމުގައި އިސްލާމިކް މިނިސްޓްރީން އަމަލުކޮށްފައިވާ ގޮތް އިޖްތިމާއީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ފާސްކޮށްގެންނެވެ. އެ ރިޕޯޓް ފާސްކުރީ ވޯޓްގައި ބައިވެރިވި 58 މެމްބަރުންގެ އިއްތިފާގުންނެވެ.
އިސްލާމިކް މިނިސްޓްރީން މި އަހަރުގެ ފިތުރު ޒަކާތް ބަހާފައިވަނީ މިދިޔަ އަހަރު އެކުލަވައިލި ފަގީރުންގެ ލިސްޓަށެވެ. އެ މައްސަލާގައި އޭރުވެސް ގިނަ ބަޔަކު ދިޔައީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ޝިޔާން ހުށަހަޅުއްވައިގެން އިޖުތިމާއީ ކޮމެޓީން ބެލި މައްސަލާގައި ބުނެފައި ވަނީ ފިތުރު ޒަކާތަކީ ވަކި މުއްދަތެއްގައި އޭގެ ހައްގުވެރިންނާ ހަވާލުކުރަންޖެހޭ އެއްޗަކަށްވާއިރު، މި އަހަރު ލިސްޓަށް ބަދަލުގެނައުމަކާ ނުލައި، ޒަކާތް ބެހުމުން ހަމަހަމަ ފުރުސަތު ލިބިފައި ނުވާ ކަމަށެވެ.
"ކޮވިޑް-19 ގެ ހާލަތުގައި ސަރުކާރުގެ އެހެނިހެން ވުޒާރާތަކުން އޮންލައިން ޕޯޓަލް މެދުވެރިކޮށް ފައިސާގެ މުއާމަލާތުތައް އަދި އެ ނޫން އިދާރީކަންކަން ކުރިއަށް ގެންގޮސްފައިވީއިރު، އިސްލާމިކް މިނިސްޓްރީން ވެސް ފިތުރު ޒަކާތް ބަލައިގަތުމާއި، ފިތުރު ޒަކާތް ބެހުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ،" ކޮމެޓީގެ ނިންމުމުގައިވެ އެވެ.
މި އަހަރު ޒަކާތް ބެހުމުގައި އިސްލާމިކް މިނިސްޓްރީން އަމަލުކޮށްފައިވާ ގޮތް އިސްލާހު ކުރުމަށް ވެސް ކޮމެޓީގެ ރިޕޯޓްގައި ހިމަނާފައިވެ އެވެ. އެގޮތުން ފިތުރު ޒަކާތް ބެހުމުގައި ރައްޔިތުންނަށް ހަމަހަމަ ފުރުސަތު ލިބޭނެ ގޮތަކަށް އިންތިޒާމުތައް ހަމަޖެއްސުމަށާއި، ކޮންމެ އަހަރަކު ވެސް ފަގީރުންނާއި މިސްކީނުންގެ ލިސްޓު މުރާޖައާކުރުން މުހިންމުކަމަށް ވެސް ކޮމެޓީން ބުނެފައިވެ އެވެ.
މިދިޔަ އަހަރުގެ ލިސްޓަށް ޒަކާތް ބަހަން ނިންމި ސަބަބެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނީ ކޮވިޑް-19 ފެތުރޭތީ އަޅާފައިވާ ފިޔަވަޅުތަކާ ހެދި، ރާއްޖޭގައި މިހާރު އޮތް ހާލަތުގައި ފޯމް ފުރަން ބައެއް މީހުންނަށް އުނދަގޫވެ، ހަމަހަމަ ފުރުސަތު ނުބިދާނެތީ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން މިދިޔަ މަހު ބުނެފައިވާ ގޮތުގައި އެހާތަނަށް ފަގީރުންގެ ގޮތުގައި މުޅި ރާއްޖެ އިން ރަޖިސްޓަރީވެފައި ވަނީ 8،764 މީހުންނެވެ. ރާއްޖޭގައި ފަގީރެއްގެ ގޮތުގައި ބަލަނީ ދުވާލަކު 45ރ. އަށް ވުރެ މަދުން އާމްދަނީ ލިބޭ ނަމަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
Dhaadhey
14 July 2020
ޒަކާތުގެ ތި މައްސަލައަށް ރަނގަޅު ހައްލެއް ދެގޮތަކަށް ގެނެވިދާނޭ ކަމަށް ފެނޭ. އެއްގޮތަކީ އަލުން ލިސްޓް އެކުލަވާލައި ލިސްޓް ފާސްކޮށް މިދިޔަ އަހަރު ޒަކާތަށް ލިބުނު އަދަދާ އެއްވަރުގެ އަދަދެއް ޒަކާތަށް ދައުލަތުން ޖަމާކޮށް އައު ލިސްޓަށް އެފައިސާ ބަހާލުން. ނޫނީ ޒަކާތް ދިން އެންމެން އަތުން އަތުލާފައި އަލުން ފަހުގެ ލިސްޓަށް ބަހާލުން.
ކަބުލޮ
14 July 2020
މީ އެޖެންޑާ19 ގައި އޮތް ކަންކަމެއް ނޫން. މެމްބަރުންގެ މުސާރަ ކުޑަކުރަން އެޖެންޑާ ކުރަނީ ކޮންއިރަކުން؟
ކައުންސެލަރު
14 July 2020
ރެއްކާ ބުނަންތަ ވާހަކައެއް. މަށަކީ ދުވަހަކުވެސް މީނާއަކަށް ވޯޓްދިންމީހެއްނޫން.. ދޭނެމީހެއްވެސް ނޫން. އެހެންވެ މިހެންމިބުނީވެސް.. މިހާރު އަނެއްކާ އަނެއްފެށުން މިއައީ. މޑޕ ނޫން ހުރިހާ މިނިސްޓަރުން ބޭރުކުރުމުގެ ސިޔާސަތުގެ އަނެއްބޮޅުމީ. ކޮބާ ކިހިނެއްހީވަނީ މައުމޫނު؟ ދެން އޮތީ ޔުމްނާ؟؟!!
ހަލީމާ
14 July 2020
އިންސާފުން ކުރާ އެއްކަމެއް ވެސް ނެތް. ވަޒީފާއެއް ދިނަސް، މިސްކިތެެއް އަޅަން ދިނަސް، ކަދުރު ބެހިޔަސް، ފޮތެއް ފާސްކުރަން ދިޔަޔަސް، ދިނީދަރުސް ބާއްވަން ހުއްދަ އަކަށް އެދުނަސް، ޤުރުއާން މުބާރާތެއް ބޭއްވިޔަސް، މިހެން ގޮސް އެމިނިސްޓްރީން ކުރާ އެއްވެސް ކަމެއްގައި އިންސާފެއް ނެތް. އިސްލާމިކް މިނިސްޓްރީ އޭ ބުންޏަސް އިސްލާމުން ކަރުނަ އަޅަން ޖެހޭފަދަ ކަންކަން އެމީހުން އެތާތިބެ ކުރަނީ. ވަޒީފާގެ ބިރު އެތާގެ އެންމެންގެ ވެސް އޮންނާތީ އެހެން އެވަނީ.
ޖައުހަރީ
15 July 2020
ދޮގު
ނިރުމާ
14 July 2020
ކޮންމެކަމެއްވެސް ބަލަންޖެހެނީ މަޖިލީހުންތޯ؟ މިޔޮތީވާ ސަރުކާރެއް.
ރriއާސަތުބެ
14 July 2020
މަޖިލީހަކީ ސަރުކާރު ޒިންމާދާރު ކުރުމުގެ ޒިންމާ ނަގަންޖެހޭ ފަރާތެވެ. ސަރުކާރުގައި ގޯސް ކަމެއްވާނަމަ އެކަމެއް ބަލައި ޒިންމާ ކުރުވުމުގެ ބާރު ގާނޫނުން ލިބިދީފައި ވަނީ މަޖުލީހަށެވެ.
ހަސަން ސޯ
14 July 2020
ޕިސް ޕިސް ޕިސް މިއޮތީ ވާ މަޖުލިހެއް ބާރު ލިބުމުން އުޅެފާ ނޫޅޭނެ ގޮތެއް ނޭނގިގެން ތެޅި އރ ވަނީ. އަނެއްކާ މިގައުމުގެ މީހުން މީހުންނާ އިދެފަ ތިބީ ރަނގަޅަށް ތޯ މަޖުލިހުން ބަލާލަ ދީބަލަ ހެޔޮނުވާނެ. ތީތާ ދެން އެންމެ މީހުން ގަބޫލު ކުރާ ބަޔަކީ ނުބައޭ ބުނެފީއަ ދެން މި އެންމެން ވަރިވީ ދޯ.
މަބުނީ.
14 July 2020
ޒަކާތް ބެހީމަ އެކަމާ އެނުބައިކޮށޭބެހީ ކިޔާފަ މުޅި ސޯޝަލްމީޑިއާގަ ހީވީ އެހެންފަދަ ކަމެއްހެން. މިއަދު މަޖުލީހުން އެމައްސަލަ ބަލައި އެ ބެހީ އިންސާފުން ނޫންކަމަށް ބުނީމަ ޒަކާތްބެހިގޮތް ރަނގަޅުވެއްޖެ. ދިވެހިންނޭ
1441
13 July 2020
މަށަށް ނުބައިކޮށްތަ އެނގިފައޮތީ އަނެއްކާ.މިބުނީ ޒަކާތަށް އަހަރު ގުނަނީ ހިޖުރީގޮތަކުން ނޫންތަ.އަނެއްކާ މީލާދީގޮތުންތަ.މިހާރު އެގެންގުޅޭ ލިސްޓު ގަޑަކީ މިދިޔަ އަހަރު (އެކަމު ހިޖުރީ ގޮތުން 1441) ގަހެދި ލިސްޓެއް ނޫންތަ.މިގުނަމުންދަނީ 1441 ނޫންތަ.1441ގެ ފިތުރުބެހީ 1441ގަ ހަދާނިންމި ލިސްޓަށްނޫންތަ ބަދަލުނުގެނެސް. ދެން އޭގަކޮބަޔޯ މައްސަލައަކީ.ދެންނޭގި މަށަށްއޮޅިއްޖެ މިހާރުއަލުން ކިޔަވަންދާން މިޖެހުނީ.މަހުރިހާ އިސްލާމީކަމެއް ބަލަނީ ހިޖުރީމަހުން.
ައަފުރާސިޔާބު
13 July 2020
ޒަކާތް ބަހާންޖެހޭނީ މަޖިލީހުން ބުނާ އަހަރަކަށް. އެހެޔޮ ހިޖުރީ އަހަރަކަށްނުވިޔަސް. ޖެނުއަރީން ޒަކާތު އަހަރު ފަށައި 31 ޑިސެމްބަރަށް ނިންމާލާނީ. އަދި ޒަކާތު ލިސްޓް ހެދުމުގެ ކުރިން މަޖްލީހަށް ސިޓީ ފޮނުވައިގެން އަހަރު ބަލާނޭ ތާރީޚެއް ފާސްކުރަން ވާނެ. ބޮޑަށް ބުރަވެވޭގޮތަކީ 24 ޑިސެމްބަރުން އަހަރު ފެށުން. އަދި އީދު ފާހަގަ ކުރިގޮތްވެސް ކަމުނުގޮސް ހިނގައިދާނެ.
އަލީީީ
13 July 2020
މަޖިލީހުގެ 58 މެންބަރުން އަހަރެން އަލީ މިއީ އަންހެނެއްކަމަށް ނިންމައިފިޔާ މަވާނީ ދެން އަންހެނަކަށްދޯ
ކައުންސެލަރު
13 July 2020
މިދެންކިހާބޮޑު ބލ އެއް. މިކަލޭގެ އަތްނުބާނާ ވަކިކަމެއް މިގައުމުގައި ނޯންނަނީއޭހަމަ. މިދެންވެއްޖެއެންނު ނޮހޮރުއްޕާނަކަަށް. ރައްޔިތުން ނުނިކުމެގެންތަ ތިއުޅެނީ
ރެއްކާ ބެއްޔާ
14 July 2020
ވޯޓް ދިންއިރަކުނޭގޭދޯ އޭނަގެ ބލ ކުޑައެއްނުވާނެކަން.މިހާރު ވެރިކަމުގެ ހުރިމީހާވެސް އެއުޅެނީ އޭނަގެ ނޮހޮރައްޕާނާހެދި.