ެރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕޮލިސް ކޮމިޝަނަރު ހަމީދު.---ފޮޓޯ: ނިޝާން އަލީ/މިހާރު
14 ޖުލައި 2020 - 01:41
ރާއްޖޭގައި މަސައްކަތް ކުރާ ބައެެއް ބިދޭސީން ފަހަކަށް އައިސް ބާއްވާ މުޒާހަރާތަކާއި ހަމަނުޖެހުންތައް އިތުރުވަމުން ދާތީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ނޭޝަނަލް ސެކިއުރިޓީ ކައުންސިލް (އެންއެސްސީ) އާއި ކަމާ ގުޅޭ އިދާރާތަކުގެ އިސްބޭފުޅުންނާ އިއްޔެ ބައްދަލުކުރައްވައިފި އެވެ.
ގައުމީ ސަލާމަތާ ގުޅޭ އެންމެ އިސް ބޭފުޅުންނާ ރައީސް ބައްދަލުކުރެއްވިއިރު، ސިފައިންނާއި ފުލުހުންނަށް ޚާއްސަ ކޮށްގެން ހުޅުމާލޭގައި އިމާރާތްކުރާ ފްލެޓްތަކުގެ ކޮންޓްރެކްޓަރު ތައިލެންޑުގެ އައިލެންޑް އެކްސްޕާޓުން އެ ތަނުގެ ބިދޭސީ މުވައްޒަފުންނަށް މުސާރަ ނުދިން މައްސަލަ ހޫނުވެ، އެ މީހުން އިއްޔެ ވަނީ މުޒާހަރާ އަށް ނުކުމެ، ފުލުހުންނާއި އާންމުންގެ ތަކެއްޗަށް ގެއްލުންދީފަ އެވެ.
އެ ހަމަނުޖެހުން ކޮންޓްރޯލް ކުރަން ހުސްއަތާ ފުރަތަމަ ދިޔަ 10 ވަރަކަށް ފުލުހުންނަށް ގަލުން ހަމަލާދީ، ފުލުހުންގެ ވެހިކަލަކާއި އާންމުންގެ ތަކެއްޗަށް ވެސް ބިދޭސީން ވަނީ ގެއްލުން ދީފަ އެވެ. މުޒާހަރާގައި 300 އަށް ވުރެ ގިނަ މީހުން ތިބިއިރު، ފުރަތަމަ ސީން އަށް ދިޔަ ފުލުހުންނަށް އަނިޔާވުމުން، ފަހުން ނުކުތީ ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަންސްގެ ޓީމެވެ. އެ ޓީމުން ވަނީ ހަމަނުޖެހުން ކޮންޓްރޯލްކޮށް، 41 ބިދޭސީއަކު ހައްޔަރުކޮށްފަ އެވެ.
ހުޅުމާލޭގައި އިއްޔެ ހަމަނުޖެހުން ހިންގި ބިދޭސީން އަތުގައި ފުލުހަކު ބިޑި އަޅުވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
މި ހަމަނުޖެހުންތަކާ ގުޅިގެން، ނޭޝަނަލް ސެކިއުރިޓީ ކައުންސިލާއި ކަމާ ގުޅޭ އިދާރާތަކުގެ އިސްވެރިންނާ ރައީސް ބޭއްވެވި ބައްދަލުވުމުގެ ބައިވެރިން ވަނީ، ރާއްޖޭގައި މަސައްކަތްކުރާ ބައެއް ބިދޭސީން އެއްވުންތައް ބާއްވައި ހަމަނުޖެހުން ހިންގައި ރާއްޖޭގެ ސަލާމަތީ ޚިދުމަތްދޭ ފަރާތްތަކާ ކުރިމަތިލައި، އާންމު ރައްޔިތުންނާއި ދައުލަތުގެ މުދަލަށް ގެއްލުން ލިބޭ ގޮތަށް ހިންގަމުންދާ އަމަލުތަކަކީ ރާއްޖޭގެ ދާޚިލީ އަމްނާއި ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ރައީސަށް ލަފާއަރުވާފައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
"އެހެންކަމުން ކުރިއަށް އޮތްތަނުގައި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށާއި، އެއްވެސް ފަރާތަކަށް މިފަދަ ފުރުސަތެއް ނުދިނުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް މިބައްދަލުވުމުގައި ވަނީ ނިންމަވާފަ އެވެ،" ރައީސް އޮފީހުން ބުންޏެވެ.
އައިލެންޑު އެކްސްޕާޓުގެ ބިދޭސީ މުވައްޒަފުން ހުޅުމާލޭގައި އިއްޔެ ފުލުހުންނާ ކުރިމަތިލައި، ބޮޑު ހަމަނުޖެހުމެއް ހިންގާފައިވާއިރު، އެހެން ބައެއް ކުންފުނިތަކުގެ ބިދޭސީންނަށް މުސާރަ ނުދީގެން މިދިޔަ ތިން ހަފުތާގެ ތެރޭގައި ވަނީ އެއްވުންތައް ބާއްވައި، ފުލުހުންނާ ވެސް ކުރިމަތިލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާކު ފަންޑު ކުރީ
14 June 2021
މިއީ ރާއްޖޭގެ ސެކިއުރިޓީ ފޫވައްޓާލަން ބަޔަކު ރާވާ ކަމެއްތޯ ބަލަން ޖެހޭ ފަންޑު ކުރި ބަޔަކު އުޅޭތޯ ބަލަން ޖެހޭ
ކޮވެލި
14 July 2020
ބަލަ އިންޓެލިޖެންސާ ފާޑުފާޑުގެ ނަންތަށް ކިޔާ ތަންތަން ހަދާފައި ހުންނަނީ އެމީޙުން މަގުމައްޗަށް ނިކުމެ ގާއުކަން ދެން ދޯ. މިގައުމުގެ އާބާދީ އަށްފުރެ ގިނައިން އެމީހުން އެބައުޅޭ. ބޯޑަރ ކޮންޓްރޯލޭ ކިޔަނީ. އޭތި އޮތީ ވައްކަމުން ފޫގޮއްސަ. އިމިގްރޭޝަންގެ ވެރިން މަޖިލީހަށް ޙާޒިރުކުރަން ނުކުރިގެން އުޅެނީ ކީއްވެތޯ. ކުރީގެ ވެރިން ހިމަނައިގެން. ޕިޒާ ހަޓާ ކޭއެފްސީ ހިންގަން އެމީހުން ފައިސާ ހޯދީ ސަރުކާރުގެ ވަޒީފާއިންތޯ.
ނެތެއްނުން ސަލާމަތެއް
14 July 2020
މުސާރަނުދީ ފަރުޖައްސަން ތިބަޔަކު ޖަލަށް ލައިގެން ތިންއިރު ހަމަ ކާއެތިކޮޅު ދޭނީ ސަރުކާރުގެ މާލިއްޔާއިން . ބަލަހައް ހައްޓައް ޖެ ހޭ ރައްޔިތުން ދިރިއުޅޭމިއަދު ޖެ ހިފަވަނީ ކުލި ދައްކާ 25 ހާހ ހުން ލިމިޓް ކޮއްގެން އިތުރަށް މަސައްކަތެއް ނުލިބިފަ ފެނާކަރަންޓް ކާތަކެއްޗާ ދަރިންގެ ހަރަދު ޒަރޫރީ ބޭނުންތައް ވެސް ލިމިޓް ކޮއްގެން މިސަރުކާރަކީ އާއްމު ރައްޔިތުންނަށް 25 ހާ ހަށް ރައްޔިތުންނަށް ލިބޭ އާއްމު ދަނީ ލިމިޓްކުރި ސަރުކާރު މިވެސް އިންސާފު .
ގެދޮރު ނެތް މާލޭމީހާ
14 July 2020
ގަޓް ބްރޯ އެންޑް ޑޯން ގެ ކޮމެންޓަށް ހަމަ ވަރަށް ތާޢީދު. މުސާރަ ނުދިނުމަކީ ސަލާމަތީ ބާރުތަކާ ޢާންމުންގެ މައްސަލައެއް ނޫން. މޮނިޓަރިންގ ވަރުގަދަކޮށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ޤަބުލުކުރެވެނީ.
އަހުމަދުބޭ
14 July 2020
ވަކި ކުންފުންޏެއް އިސްތިސްނާ ނުކޮށް މުސާރައާއި އުޖޫރަނުދެވޭ ކުންފުނިތަކަށް އަދަބެއް ދެވޭނެ ގޮތެއް ގާނޫނަކަށް ގެންނަން ޖެހިފައި މިއޮތީ، މިސާލަކަށް އެއްމަސްދުވަހުގެ މުސާރަ ނުދެވިވަނީނަމަ އެކަން އެއްވެސް މުވައްޒަފަކު ވަކި މުއައްސަސާއަކަށް ހުށައަޅައިފިނަމަ ކުންފުނި ޖޫރިމަނާކުރުން އަދި ވަކި މުއްދަތެއް ފާއިތު ވެއްޖެނަމަ ކުއްފުނި ސަސްޕެންޑް ކުރެވޭނެ ގޮތެއް ގާނޫނަކުން އެބަގެންނަންޖެހޭ، އެއީ މިފަދަ ކަންކަން ތަކުރާރު ނުކުރުމުގެ ގޮތުން
އަހުމަދުބޭ
14 July 2020
މިފެންނަމުން ދަނީ ގާނޫނާ ގަވައިދަށް ހުރުމަތް ތެރިކޮށް ނުހިތުމުގެ ރޫހައި ކުށެއްކުރުމުން ކުށަށް އަދަބު ތަންފީޡް ކުރުމުގައި ސަރުކާރުތަށް ފެއިލްވެވެފައި ކުއްވެރިންނަށް ދޭންޖެހޭ އަދަބުތަކަށް ލުއިދިނުމާ ގާނޫތަށް ކުއްވެރިންނަށް ބައްޓަންކޮށް ބަދަލް ކުރުމުގެ ނަތީޖާ، ކުއްވެރިންނަށް ހިމާޔަތްދޭން ބޭކާރު މުއައްސަސާތަށް އުފެއްދި އެކަމުގެ ނަތީޖާ، މީގެ ކުރިން މުޒާހަރާތަކުގައި ރާއްޖެއިން ނުފެންނަ މަންޒަރެއް އިއްޔެ ފެނިގެން އެދިޔައީ، ދެން ނުކުންނާނީ ދިވެހީން
އިބްރާ
14 July 2020
ނެޝެނަލް ކައުންސިލްގައި ތިއްބެވި އެމްޑީޕީގެ ބޭފުޅުން ވަނީ މުޒާހިރާތަކަށް ބަންގާޅުމީހުން ބައިވެރިކޮށް ފުލުހުންނަށް އަނިޔާކުރާނެގޮތް ކުރީގައި ދަސްކޮށްދީފާ. މިހާރު އަތަށް ގޮވީމާ ބައްދަލުވުން ބާއްވާނެކަމެއްނެތް. ފޭލިވެފަ ތިތިބީ.
ޚިޔާލު
14 July 2020
ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަމަށް ވިސްނުނީތީ ރަގަޅު. އެކަމަކު އަދިވެސް އެމީހުންގެ ކަންތައް ބަލަހައްޓަން ހުންނަ ވަޒީރު ބޭނުންފުޅުވަނީ އެމީހުން ގަވާއިދަށް ފައްތައިގެން ގެންގުޅެން. ހިއުމަން ޓްރެފިކިން ޓާސްކް ފޯހުގެ ވެރިޔާއަށް ވެސް މިވަނީ ކީއްކަން އަދިވެސް ރޭކާނުލާ. އެހެންވީމާ ގައުމީ ސަލާމަތަށް ހުރި އެންމެ ބޮޑު ބިރަކީ މިދެބޭފުޅުން ވަޒީރުކަމުގެ މަގާމުގައި ބޭތިއްބުން.
ކަނޑުރޯދި
14 July 2020
ބަންގާޅީން ޢަދަދު 80 ހާހަށް ދަށްކުރޭ އެގައުމަށް ކޯޓާ ދިނުން ހުއްޓުވާ އަންނަން ފަސޭހަ ދާން އުނަދަގޫ ކަމަކަށް މިކަން ވެއްޖެ އަދި އެމީހުންގެ މީހުން މިތަނަށް އައުމަށްފަހު ބަލައިގަތުން އުދަގޫ ވެގެން ނުވާނެ މިއޮއްފަދަ ތަދުމަޑު ކަމުގެ ތެރޭގަ ވަގަށް ވަދެ ތިބި ބަންގާލީންގެ 60 ހާސް ބަންގާޅީން މިކުދަ ކުދަ ގައުމުން ބަލަހައްޓައިދިނުން ހަސީނާއަށް ކިހާ ބޮދު ލުޔެއްތޯ އެންބަސީންވެސް ނަގަނީ މާލު މިރާއްޖޭގަ ހުރިހާ ތަރައްގީއަކަށް ލޭބަރުން ގެންނަނީ ސްރީލަންކާއިން
ކަތީބް
14 July 2020
މިކަން ހުއްޓުވޭނީ ހަރުކަށި ފިޔަވަޅު އަޅައިގެން. ގާނޫނު ތަންފީޒު ކޮއްގެން.