އެސްބީއައިގެ މާލޭ ބްރާންޗް: ޕާމް ބީޗް ރިސޯޓް ވިއްކާލަން އަނެއްކާވެސް ވަނީ އިއުލާން ކޮށްފައި -- ފޮޓޯ/މިހާރު
17 ޖުލައި 2020 - 14:35
ޕާމް ބީޗް ރިސޯޓު ނީލަމުގައި ވިއްކައިލަން ސްޓޭޓް އޮފް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން އަނެއްކާވެސް އިއުލާންކޮށްފި އެވެ.
ޅ. މަދިރިގުރައިދޫގައި ހިންގާ ޕާމް ބީޗް ވިއްކާލަން އެސްބީއައި އިން އިއުލާން ކުރީ މޮނާޒާ ކޮންސްޓްރަކްޝަން އާއި ގާޑިއަން އޭޖެންސީ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން އެ ރިސޯޓް ރަހުނު ކޮށްގެން ނެގި ލޯނަކަށް ފައިިސާ ނުދެއްކުމުން، ވިއްކައިލުމުގެ ހުއްދަ ސިވިލް ކޯޓުން ބޭންކަށް ދިނުމުންނެވެ. އެހެންވެ، މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން އެ ރިސޯޓް ނީލަމުގައި ވިއްކައިލަން އިއުލާންކުރި އެވެ.
ޕާމް ބީޗު ރިސޯޓު ވިއްކައިލަން މީގެ ކުރިން، ނީލަން ފެށޭ އަގެއްގެ ގޮތުގައި ކަނޑައަޅާފައި އޮތީ 26 މިލިއަން ޑޮލަރު ކަމަށް ވިޔަސް މި ފަހަރުގެ އަގަކީ 20 މިލިއަން ޑޮލަރު (308 މިލިއަން ރުފިޔާ) އެވެ. އަންނަ މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށް އެތަން ވިއްކައިލެވޭނެ ކަމަށް އިއުލާނުގައި ވެ އެވެ.
ނީލަން ކާމިޔާބު ކުރާތާ 15 ދުވަސް ތެރޭގައި އެއް މިލިއަން ޑޮލަރު ދެއްކުމަށް ފަހު ބާކީ ފައިސާ 60 ދުވަސް ތެރޭގައި ދައްކަން ޖެހޭނެ ކަމަށް ވެސް އެސްބީއައި އިން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޠުސްރާ1
18 July 2020
ބައެއް މީހުން އަދިވެސް ކުރީ ސަރުކާރޭ، އަދުރޭ އެބަ ކިޔާ، ސަދުކާރު މަޖިލިސް ހަވާލުކުރީމަވެސް ޤައުމު މިހިރަދާ މިސްރާބަކާއިމެދު ކަންބޮޑު ނުވެ ކުރީގެ ވަހަކަ ކީއަކިރަންތަ ތި ދައްކަނީ....
މިލިއަން
18 July 2020
ތިބޭފުޅާގެ ހިސާބުން ނަމަ 20 ރުފިޔާ
އޮނަރަބްލް އަފީފު ދީދީ
18 July 2020
މިހެން މިކަންކަން ދިމާވަނީ ރާއްޖޭގެ އިޤްތިސޯދު ހިމާޔަތްކޮށް ރައްޖާތެރިކުރެވޭނެ ޤާނޫނު ނެތުމާއި، މާލީ ޤާނޫނުތައް ފުރިހަމަކޮށް ވިޔަފާރި ހިމާޔަތްކޮށްދީފައި ނުވާތީ. # ކުންފުނިތަކަށާއި ވިޔަފާރި ތަކަށް ދަރަނީގެ ގޮތުގައި ނެގޭނެ މިންވަރު ޤާނޫނަކުން ކަޑައަޅާފައި ނެތުމުން "ދަރަންޏަށް މުދާ ނެގުން" އާންމުވެ މިފަދަ ރިސޯޓްތަކުގެ ސަބަބުން އެތައް ވިޔަފާރިވެރިން ބަޤުރޫޓްވެގެން ހިގައްޖެ. # ދަރަނީގެ ޤާނޫނެއް ރާއްޖެއަށް ބޭނުންވޭ. ސަރުކާރުން މިކަން އަވަސްކުރާންޖެހޭ.
ހަކީމް
18 July 2020
ހުރިހާ ކަމަކަށް ޤާނޫނު ހެދުމަކީ ވާނެ ކަމެއް ނޫން އަދި ކޮއްގެން ވާނެ ކަމެއްވެސް ނޫން.
ބޯގަޅި
18 July 2020
މިހެން މިކަންކަން ދިމާވަނީ ތިކަހަލަ ރޯނު އެދުރުން ގިނަ ވީމަ
ނަޝީދު.
17 July 2020
ކިހާވަރަކަށް؟
ޢަ ހާ
17 July 2020
7000 ހައުސިން ޔުނިޓް އެޅުމަށް ގެއްލުނު 70 މިލިއަަން ޑޮލަރު އޮންނާނެއެއްނު ރިސޯރޓް ގަންނަން
މަޒް
17 July 2020
އަޅެ ތިޔަަތަން ގަނެލާނެ މީހަކު ނެތީތަ؟ ބާވެ ކައްޕަޅިވެފަ އޮތީމައި ތި އަގު ބޮޑުކަމަށް ކަންކަން އިނގޭ މީހުން ބުނަނީ..
ގާގާ
17 July 2020
ކުރިން އެންގުން ނަމަ، އިއްޔި 26 މިލިޔަނައް ދީފަ މި ގަތީ ކެރެބިއަން އިން ރަށެއް
ރިބާ
17 July 2020
26 މިލިޔަން ޑޮލަރު ނެތް ރިޒޯޓް އޯނަރު.
ސަމަރުބުލޫ
17 July 2020
ކަލޭ ތިހެނ1 ބުނާ އިރު އެންމެ 1މިލިަން ރުފިޔާ ވެސް އަތުގަ އެބަހުރިތަ؟ 26 މިލިއަން ޑޮލަރު އެއީ ކިހާ ވަރެއްކަން ވެސް އެގޭތަ؟
ރެހެންދި ދެ ފްލެޓްގެ ވެރިޔާ
17 July 2020
"އަދުރޭގެ އަނގޮޓި" އަށް ވުރެވެސް އަގު ހެޔޮ ރިޒޯޓެެއް ތާއެވެ؟ "އަދުރޭގެ އަގޮޓި" ގަނެވޭ ވަރުގެ މީހަކު އިނދި ކޮޅުގައި ނުހުންނާނެ ކަމަށް އެސޮރު ބުނި އަޑު އެހީމެވެ.
ބޮޑު މުހައްމަދު
17 July 2020
އަދުރޭ އެހެން ބުނީ ކަލޭމެން ރީނދޫ ކޮހުންގެ ކަމެއް ކުރުމުގެ ގާބިލިއްޔަތުކަން ނެތް ކަން ބުނެދޭން. ތިކޮހުންނަށް ވެރިކަން ކުރަން ނޭނގި މުޅި ގައުމު އިނދަ ޖެހުނީމާ އަދުރޭއޭ ކަސިމޭ ކިޔާނެކަމެއް ނެތް.
ދެބަން ދިހާރަ ބީތާ
17 July 2020
އަދުރޭ ރެހެންދި ފްލެޓްގެ ދެފްލެޓް އެއްފަހަރާ އަގުދީފައި ގަތީ އެހެން މީހުން ކޮސްކަމުން ތަ؟ ބަލަ "އަނދުރޭގެ އަނގޮޓީގެ" ވާހަކައަކީ އޭނާ ބޭޒާރު ކުރައްވާން ވެގެން އޭނާގެ ދޫމައްޗަށް ލެއްވި ބަހެއް ކަމެއް ނުދެނަ ހުރީމު ތޯއެވެ؟
ޝްރީމަތީ މޯޑީ
17 July 2020
ހޫނ. މަގޭ ފިރިމީހާ ގެ ގަންޖުފަރާސް ވެސް ތިޔަށް ވުރެ އަގުބޮޑުވާނެ. ބޮޑުލާރީގަ ހުނިޖަހައިގެން-ދޯ ތިޔަ އުޅެނީ ؟