19 ޖުލައި 2020 - 08:00
އެއް ޕެކެޓްގައި އެއް ޗޮކްލެޓަށް ވުރެ ގިނައިން ހުންނަ ގޮތަށް ކެޑްބަރީން ނެރޭ ޗޮކްލެޓްތަކުގެ އަގަށް ބަދަލު ނުގެނެސް އޭގެ ސައިޒު ކުޑަކުރަން ނިންމާފައިވާތީ އާންމުންގެ ފަރާތުން ފާޑުކިޔުންތައް އަމާޒުވާން ފަށައިފި އެވެ.
ކެޑްބަރީ ޗޮކްލެޓް ނެރޭ އެމެރިކާގެ ކުންފުނި މޮންޑެލޭޒިން ބުނި ގޮތުގައި މި ބަދަލު އަންނަ އަހަރު ނިމުމުގެ ކުރިން ގެންނާނެ އެވެ. މި ގެންނަ ބަދަލާ އެކު އެއް ޕެކެއްގައި ހަތަރު ޗޮކްލެޓް އޮންނަ ކެޑްބަރީގެ "ކްރަންޗީ" އާއި "ޓްވާލް" އަދި "ވިސްޕާ" ފަދަ އުފެއްދުންތަކުގެ ބަރުދަން މިހާރު ވިއްކާ އެ ބާތުގެ ޗޮކްލެޓް ޕެކްތަކަށް ވުރެ ލުއިވާނެ އެވެ. މޮންޑެލޭޒުން ބުނިގޮތުގައި މި ބަދަލާ އެކު އެ ބާވަތުގެ ޕެކްތަކުގައި ވިއްކާ ޗޮކްލެޓްގައި އެކުލެވޭ ކެލަރީގެ ނިސްބަތް 200 އަށް ވުރެ އިތުރެއް ނުވާނެ އެވެ.
އަދި ބަދަލު ގެންނަން ސަބަބަކީ ޗޮކްލެޓުން ކައިގެން ދިމާވާ ފަލަވުމުގެ މައްސަލަ ކުޑަކުރުން ކަމަށް ބުންޏެވެ.
Cadbury's strategy of shrinking the size of some of its most popular chocolate bars whilst charging the same price doesn't sound like a crusade against obesity to me.
— Katy (@KatyJayne101) July 17, 2020
"މިއީ ފަލަ ބައްޔާ ދެކޮޅަށް އަހަރެމެން ކުރާ މަސައްކަތުގެ ބައެއް. އެހެންވީމާ ވިޔަފާރީގެ ތެރެއިން ކަސްޓަމަރުންގެ ސިއްހަތު ކޮމްޕްރަމައިޒްކުރުމެއް ނޯންނާނެ،" މޮންޑެލޭޒްގެ އިންޓަނެޝަނަލް ޔޫކޭ މެނެޖިން ޑިރެކްޓަރު ލުއީ ސްޓިޖަންޓް ވިދާޅުވި އެވެ.
They are all at it, the double decker is barely a minibus these days 😂
— kev (@splootman) July 17, 2020
އެ ކުންފުނިން ބުނި ގޮތުގައި އެއް ޕެކެއްގައި ގިނަ ޗޮކްލެޓް ހިމެނޭ ޕެކްތަކުގެ ބަރުދަން ލުއިކުރި ނަމަވެސް ވަކިވަކިން ވިއްކާ ޗޮކްލެޓްތަކުގެ ބަރުދަނާއި އަގުތަކަށް އެއްވެސް ބަދަލެއް ނުގެންނާނެ އެވެ. އަދި އެކަން ނުކުރާނެ ސަބަބަކީ ޗޮކްލެޓް ކާ މީހުންނަށް "އެކި ސައިޒް ޕޯޝަން ސާވްކުރުން" ކަމަށް ބުނެފައިވެ އެވެ.
“The list price for these products will not be changing at this time”... Cadbury trying to say that the change is for health reasons when it seems painfully obvious it’s for profit margins. https://t.co/XlY5LjAo60
— Ian Guffogg (@ianguffogg) July 17, 2020
އަގަށް ބަދަލު ނުގެނެސް ސައިޒްކުޑަކުރާތީ މިކަމަށް ފާޑުކިޔާ ބައެއް މީހުން ކެޑްބަރީގެ މި ނިންމުން ސިފަކުރަނީ "ޝްރިންކްފްލޭޝަން" ގެ ގޮތުގަ އެވެ. އަދި މިއީ ސިއްހަތަށް ވުރެ ބޮޑަށް ވިޔަފާރީގެ ފައިދާ އަށް ބަލައިގެން ނިންމާފައިވާ ކަމެއް ކަމަށް ބުނެފައިވެ އެވެ. ގިނަ މީހުން ފާހަގަކޮށްގައިވާ ގޮތުގައި މިއީ ހަމަޖެހޭ އުސޫލެއް ވެސް ނޫނެވެ.
Has it crossed anyones minds that Cadbury's costs have gone up? Wages go up, manufacturing costs go up, ingredient costs go up, that only leaves one way to keep the list price the same. The list price is also, usually, set by the Big 4, not the manufacturer.
— Tony Taylor (@TeaceeHQ) July 17, 2020
ޓްވިޓާގައި ހިޔާލުފާޅުކުރި ގިނަ މީހުން ބުނާގޮތުގައި ޗޮކްލެޓްތަކުގެ ސައިޒް ކުޑަކުރާ ނަމަ އަގު ވެސް ކުޑަކުރަން ޖެހޭނެ އެވެ. އަދި އެކަން ނުކުރާ ނަމަ ގެންނަ ބަދަލު ސިފަވާ ގޮތަށް ޗޮކްލެޓްގެ ނަން ވެސް ބަދަލުކުރަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ. އެގޮތުން ކެޑްބަރީގެ "ޑަބަލް ޑެކާ ބާ" އަށް ދެން ކިޔަންވީ "މިނީ ބަސް" ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.
މޮންޑެލޭޒުން މީގެ ކުރިން ވެސް ޗޮކްލެޓްގެ ސައިޒަށް ބަދަލު ގެނެސްފައިވެ އެވެ. އެގޮތުން 2016 ގައި ޓޮބްލެރޯންގެ 200 ގްރާމްގެ ޗޮކްލެޓް 150 ގްރާމަށް ބަދަލުކޮށްފައިވެ އެވެ. އެކަމަކު ފަހުން ކުރީގެ ސައިޒް އިޔާދަކޮށްފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy