ޚަބަރު / ވަޒީފާއާބެހޭ ޓްރައިބިއުނަލް

އައްޔަން ކުރިތާ ހަތަރު މަސް ފަހުން ޓްރައިބިއުނަލްގެ ރައީސް އިސްތިއުފާ ދެއްވައިފި

ނޫސްވެރިންގެ ބައްދަލުވުމުގައި އަމްޖަދު ވާހަކަ ދައްކަވަނީ --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްގެ މަގާމަށް، މާޗް މަހު އައްޔަން ކުރެއްވި، އަމްޖަދު މުސްތަފާ، ބުރާސްފަތި ދުވަހު އިސްތިއުފާ ދެއްވައިފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ނައިބު ރައީސްކަން ކުރެއްވި އަމްޖަދު އިސްތިއުފާ ދެއްވި ސަބަބެއް ކަމަށް "މިހާރު" އަށް ވިދާޅުވީ ޓްރައިބިއުނަލްގައި ޕްރޮފެޝަނަލްކޮށް މަސައްކަތް ކުރެވޭނެ ފުރުސަތު ނެތުމެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

Tribunal ge raeesakah EC ge kureege naibu raees Amjad

Tribunal ge raeesakah EC ge kureege naibu raees Amjad

The most trusted news source in the Maldives

Mihaaru

ޓްރެބިއުނަލްގެ ރައީސްއަކަށް އަމްޖަދު އައްޔަން ކުރެއްވުން

ސްރީ ލަންކާގެ ޔުނިވަސިޓީއަކުން މާސްޓާސް ޑިގްރީ އަދި އިސްލާމިކް ޔުނިވަސިޓީން ވަކީލުކަން ވެސް ކިޔަވާ ވިދާޅުވެފައިވާ އަމްޖަދު، ޓްރައިބިއުނަލްގެ ރައީސް ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޔަން ކުރެއްވީ މާޗް 16 ވަނަ ދުވަހު އެވެ.

އަމްޖަދު އީސީން ވަކިވެވަޑައިގެންނެވީ އޭނާގެ މެމްބަރުކަމުގެ ދައުރު މިދިޔަ އަހަރު ހަމަވުމުންނެވެ.

13 ކޮމެންޓް, 35 ރިއެކްޝަންސް

icon happy icon happy 80%
icon sad icon sad 11%
icon angry icon angry 9%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޝުއައިބު

19 July 2020

މިސޮރާއިއެކު އިލެކްޝަންގައި އުޅުނު ގޭންގް ކޮބާ؟؟ ޢަދި ވެސް އޭގެ ތެރެއިން 1 އިލެކްޝަންގައި އަނެކަކު އެޑިއުކޭޝަންގައި... ހަމަ ސިޔާސީ މަގާމްތަކުގައި

The name is already taken The name is available. Register?

ޢަހްމަދު123

19 July 2020

އިލެކްޝަންގައި އުޅުނުގޮތަށް ނޫޅެވުނީ... ޓްރައިބިއުނަލް މީހުން ޕްރޮފެޝަނަލްވީމާ އުޅެން ނޭގުނީ ތިމާއަށް

The name is already taken The name is available. Register?

ކަޓް

18 July 2020

ރަގަޅައް ތަފްސީލްކޮށް ސަބަބު ބުނެދޭން ރަގަޅު. ދެން ކީއްވެ މަގާމާ ހަވާލުވީ. އިތުރު އެއްޗެއް ލިބޭތަނަކަށް ނުވަނީތަ?

The name is already taken The name is available. Register?

ޢައިޝާ

18 July 2020

ޖިންސީ ފުރައްސާރައިގެ ވާހަކަ މާބޮޑަށް ދެކެވޭތީ އަވަހަށް ބިރުން ދަނީ ދޯ؟

The name is already taken The name is available. Register?

ޖުލައި

19 July 2020

އިލެކްސަންސްގެ މުވައްޒަފުންނަށް ވަރަށް ރަގަޅަށް ތިކަންއިގޭނެ އަދި ވަގުތު އަންނާނެ ފިލައިގެން ނުދެވޭނެ.

The name is already taken The name is available. Register?

ލައިޓް

18 July 2020

މިއީ ރާއްޖޭގައި އައު ކަމެއް. ހިތްވަރަށް ސާބަސް. ތިއީ ހަޤީޤީ ލީޑަރުން.

The name is already taken The name is available. Register?

އިދުހާމު

18 July 2020

މި ސަރުކާރު އައިފަހުން އޮންނަނީ އިސްތިއުފާ މުޅިން. ތިހެން ދަމުން ގޮސް، ރައީސް ވެސް ކީރިތި ކުރައްވާފަ އިސްތިއުފާ ކަންނޭނގެ ދޭނީ.

The name is already taken The name is available. Register?

ސިއުރާ

18 July 2020

ބޭކާރު ތަނެއް. ތިތަނުން ނިންމާ މައްސަލަވެސް ތަންފީޒުކުރަން ދާން ޖެހެނީ ކޯޓަށް. މާރަނގަޅުވާނެ ސީދާ ވަޒީފާއާ ބެހޭ މައްސަލަވެސް ކޯޓަށް ހުށަހެޅިއްޔާ! ބޭކާރު ޚަރަދުތައް ކުޑަވާނެ.

The name is already taken The name is available. Register?

އައްޕިއާ

18 July 2020

ޕްރެޝަރ ހޭންޑްލް ނުކުރެވިގެން ދޯ މި ދިޔައީ؟

The name is already taken The name is available. Register?

ޢަފީފް

18 July 2020

އައްޔަނުކުރިތާ 4 މަސް! ލޮކްޑައުންގެ 3 މަސް! މަސައްކަތްކުރީ 1 މަސް! ދެން ކޮން މާހައުލެއް؟

The name is already taken The name is available. Register?

ދޮންކެޔޮ

18 July 2020

ލޮކްޑައުންގތެރޭގަ ވޯކް ފްރަމްހޯމް ވީމަ ގޭތެރޭގެ މާހައުލް ވާހަކަކަންނޭގެ...!

The name is already taken The name is available. Register?

އިކްރާމް23

19 July 2020

ކިޔާތީ އިވޭ ކުދިންނަށް ވަރަށް މެސެޖް ކުރެއޭ، ތެދެއް ދޮގެއް ނޭނގެ.

The name is already taken The name is available. Register?

ހަކީމް

18 July 2020

ރަށްޔިތުންނަށް ޙިދުމަތް ކުރަން ލީމަ ކެނޑިގެން ދަމުން މެދެނީ ވަރަށް ރުންކުރު ޖަވާބެއް. ތަފްސީލް ކޮށް ނޫސްތަކަށް ކިޔާދިނީމަދޯ އެނގޭނީ ތިތަނަށް ބަޔަކު ނުވަތަ މީހަކު އަތްބާނާ ކަމެއްވެސް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454