ކިންގް ސަލްމާން މިސްކިތް--. ފޮޓޯ: ނިޝާން އަލީ/މިހާރު
19 ޖުލައި 2020 - 16:32
ކިންގް ސަލްމާން މިސްކިތުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ބެލުމުގެ އިންތިޒާމު ހަމަޖައްސައި ދިނުމަށް އިދިކޮޅު ކޯލިޝަނުން ސަރުކާރުގައި މިއަދު އެދިއްޖެ އެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން، ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމަށް ފޮނުވި ސިޓީއެއްގައި ބުނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނިމުމަކާ ހަމައަށް ގޮސްފައިވާ ކިންގް ސަލްމާން މިސްކިތް ހުޅުވައި، ބޭނުންކުރުން ލަސްވާތީ ރައްޔިތުންގެ ކަންބޮޑުވުންތައް އެ ކޯލިޝަނަށް ލިބިފައިވާ ކަމަށެވެ.
އެހެންވެ، މިސްކިތުގެ މަސައްކަތް މިހާރު ކުރިއަށް ގޮސްފައިވާ ހިސާބާއި މަސައްކަތްތައް ކުރިއަށް ދާ ގޮތް ބެލުމަށް ކޯލިޝަންގެ ލީޑަޝިޕްގެ 20 ބޭފުޅަކަށް ފުރުސަތު ދިނުމަށް ސިޓީގައި އެދިފައި ވެ އެވެ.
އިސްލާމިކް މިނިސްޓްރީން ކުރިން މަސައްކަތް ކުރަމުން އައީ މި އަހަރުގެ ރޯދަ މަހަށް އެ މިސްކިތުގެ މަސައްކަތް ނިންމުމަށެވެ. އެކަމަކު މާލެ ސަރަހައްދުގައި ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން އެ މިސްކިތުގެ މަސައްކަތް ވެސް މިިދިޔަ އޭޕްރީލް ހިސާބުގައި އޮތީ ހުއްޓާލައިފަ އެވެ. މަސައްކަތް އަލުން ފެށި ކަމެއް ސާފެއް ނުވެ އެވެ.
ޔާމީންގެ ވެރިކަމުގައި އެ މަނިކުފާނުގެ ސަރުކާރާ ވަރަށް ގާތުން މަސައްކަތްޕުޅު ކުރެއްވި، ސައޫދީގެ ރަސްގެފާނު ސަލްމާން އަބްދުލްއަޒީޒްގެ ޚަރަދުގައި މާލޭގައި ޒަމާނީ ފެންވަރުގެ ބޮޑު މިސްކިތެއް އިމާރާތް ކުރަން ހަމަޖައްސައި، އެކަމާ ގުޅޭ ކަންކަން ފެށީ ސީދާ ޔާމީންގެ ބެއްލެވުމުގެ ދަށުންނެވެ. އެއީ އެ މަނިކުފާނުގެ އެދިވަޑައިގަތުމަކަށް ސައޫދީގެ ރަސްގެފާނު ދެއްވި އެހީ އެކެވެ. ކިންގް ސަލްމާން މި މިސްކިތް ހަދަން ތުރުކީގެ ޓާމެކްސް ކުންފުންޏާ ހަވާލުކުރީ ގާތްގަނޑަކަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ގެ ބަޖެޓަކާ އެކު އެވެ.
އިދިކޮޅު ކޯލިޝަންގެ ލީޑަޝިޕުން ވަނީ، ހުޅުމާލޭގައި ގާއިމްކުރާ ހިޔާ ފްލެޓަށް ވެސް މި މަހުގެ 7 ގައި ދުވަހު ޒިޔާރަތްކޮށް، އެ ތަނުގެ މަސައްކަތްތައް ހިނގާ ގޮތް ވެސް ބަލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީމުއަލިފު
20 July 2020
ކީއްވެތަ ކޯލިޝަނޭ ތިޔަ ކިޔަނީ. ޕީޕީއެމްޕީއެންސީ އަކީ ސަހުސު އޮޅިފައޮތް ކަންވާރުބޮޅެއްނު
ުވައިސޫރި
19 July 2020
އިދިކޮޅު ފަރާތްތަކުން ފަސްމިލިއަން ނުދެއްކިގެން އެދެއްކޭނެފަދަ ގޮތެއްއޮއެއްތޯ ބަލާދިނުމައް އެދިނުލައްވާގެން އުޅެނީ ކިހިނެއްވެގެންތޯ
ހުއްބުލް ގަލަން
19 July 2020
މާލޭގައި ވަރަށް ބައިވަރު މިސްކިތްތައް އެބަހުރި. ނަމާދުކުރަން ބޭނުންވާ މީހެއްވިއްޔާ މިސްކިތަށް އަރާ ނަމާދުކުރެވޭނެ. ކޮންމެހެން ކިންގް ސަލްމާން ކިޔާމިސްކިތަކަށް އަރައިގެންނޫނީ ނަމާދު ނުކުރެވިފަހުރި އެއްވެސް ރައްޔިތަކު މިގައުމަކު ނޫޅޭނެ. އަދި ކިންގް ސަލްމާނު ކިޔާ މިސްކިތަކަށް އަރައި ނަމާދުކުރިޔޭ ކިޔާފަ އިތުރަށް ލިބޭނެ އެންމެ ސަވާބެއްވެސް ނޯންނާނެ. ޕީޕީ މީހުން އަބަދުވެސް އުޅެނީ ކޮންމެވެސް ފަސާދައެއް މިގައުމުގައި އުފެއްދޭތޯ.
ވަތުބަތާނަ
19 July 2020
މި މާހުންނަކާ ތިކަހަލަ ކަންކަ މައި ބިރުގަންނާނެ.
ގައިސް1
19 July 2020
ކޮންޓުރެކްޓަރު އަތުން 3 މިލިޔަން ޑޮލަރު ކަޓުނެގި ޕުރޮޛެކްޓެއް ތީ.
އަރުމަޑޭ
19 July 2020
ޔާމީނައް ތާއީދުބޮޑުވާނެތީ ފްލެޓުހަވާލުކުރަން ނުކެރުނު މިސްކިތް ހުޅުވަންނުކެރުނު ދަރުމަވަންތަ ހޮސްޕިޓަލްވެސް ރަސްމީކޮއް ހުޅުވަންނުކެރުން .ނުވީތާކައް ނަލަކޮއް ހަދާފަ ހުރި ރަސްފަންނުވެސް ފުނޑަން ދޫކޮއްލާފަ.
ހަސަންދީ
19 July 2020
އެއީ ސަލްމާން ރަސްގެފާނު ދުނިޔޭގެ އެތައް ޤައުމެއްގައި އަޅަމުން ގެންދަވާ މިސްކިތްތަކުގެ ތެރެއިން މިސްކިތެއް ހުރިހާވެސް ޝުކުރެއް އެރަސްގެފާނަށް ...
ސިމްޕަލް
19 July 2020
ރައްޔިތުންގެ ކަންބޮޑުވުންތައް މިހާރު ހުށަހަޅަންޖެހެނީ އިދިކޮޅު ކޯލިޝަންއަށްތަ؟ ދެން ކޯލިޝަންއިން ސަރުކާރުގެ ކަމާބެހޭ އިދާރާއަށް ސިޓީ ފޮނުވަންޖެހެނީ؟
މަރީން
19 July 2020
ތިގޮތަށް ޖީބަށް އަތްޖަހައިގެންތިބެ ގޮސް ފޮޓޯ ނަގައިގެން ސަރުކާރު ޖަވާބްދާރީ ނުކުރެވޭނެ. މަޖްލިހުގައި އިދިކޮޅު ލީޑަރ ގެ ލީޑަރޝިޕް ފެނިގެން ތިކަން ކުރެވޭނީ.
ހާމިދު ޝާހިދު
20 July 2020
މަޖްލިސް އިންތިހާބުވެސް ވަނީ އޮޅުވާލުމެއްގެ ތެރެއިން ރައިސް ނަޝީދަށް ދީފައި. މިހާ ބޮޑު މެޖޯރިޓީއެއް ރައްޔިތުން ނުކުމެ އެމްޑީޕީ އަށް ދިން އިރު ހިތަކަށް ނާރާ މިދުވަސް އަތުވެދާނެކަމަކަށް. މުޅި ސަރުކާރު، މަޖްލިސް ފެއިލްވެސް ރައްޔިތުން ބިކަކޮށް، ލާދީނީ ކަންކަން އިންތިހާއަށް އިތުރުވެގެން ގޮސްފި. ރޭޕްކުރުމާއި، ޖިންސީ އަމަލުތަކާއި، ވައްކަން ކުރުން ވެސް އެހާމެ އިތުރުވެއްޖެ. ދެން އޮންނަ އިންތިހާބެއްގައި ރައްޔިތުން އެމްޑީޕީއަށް ނޯ އޭ ބުނަންވީ ވަގުތު މިއޮތީ ޖެހިފައި.
ހެޔޮބަސް މަގު
19 July 2020
އެކަކު އަޅާ މިސްކިތަށް ވުރެ ބޮޑު މިސްކިތެއް އަނެކަކު އެޅުމަށް ވާދަ ކޮށް ކިބުރިވެރިވެ ބޮޑާ ވެގަތުމަކީ ހެޔޮ ކަމެއް ނޫނެވެ. އިސްލާމީ މަރުކަޒު( މަސްޖިދު މުހައްމަދު ތަކުރުފާނުލް ޢަޢުޒަމު) އަށް ވުރެ ބޮޑު މިސްކިތެއް މާލޭގައި އަޅާނަމޭ ހިތައި އަޅުއްވާ މިސްކިތަކަށް ތި މިސްކިތް ނުލައްވާށި އެވެ.