އަމީން ކޮންސްޓްރަކްޝަނުން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ފްލެޓްތައް:
24 ޖުލައި 2020 - 14:05
މެދުފަންތީގެ މީހުންނަށް އަމާޒުކޮށް، ހުޅުމާލޭގައި އެޕާޓްމަންޓް ބިލްޑިންގްތަކެއް ހަދައި، އެ ތަންތަން ވިއްކާނެ ބަޔަކު ހޯދަން އެޗްޑީސީން އިއްޔެ އިއުލާންކޮށްފި އެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ "މިކްސްޑް ރެޒިޑެންޝަލް ބިލްޑިންގް" ގެ ގޮތުގައި ހަތަރު އެޕާޓްމަންޓް ބިލްޑިންގް އިމާރާތްކޮށް، ވިއްކާނެ ބަޔަކު ހޯދަން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން އަންނަ ސެޕްޓެމްބަރު 24 ގެ ކުރިން ޕްރޮޕޯޒަލް ހުށަހަޅަންޖެހެ އެވެ.
ހުޅުމާލޭގެ ޕްލެޓިނަމް ބިލްޑިންގް ކައިރި އާއި ރެނާޓަސް ފްލެޓުތައް ހުރި ސަރަހައްދުގައި އަލަށް ހަދަނީ 14 ބުރީގެ ތިން އިމާރާތާއި 10 ބުރީގެ އެއް އިމާރާތެކެވެ. މީގެ ތެރެއިން ތިން އިމާރާތް ހަދަނީ ޕްލެޓިނަމް ފްލެޓުތައް ހުރި ސަރަހައްދުގަ އެވެ.
ހަތަރު އިމާރާތުގެ ތެރެއިން 10 ބުރީގެ އިމާރާތުގެ ބޮޑުމިނަކީ ގާތްގަނޑަކަށް 12،000 އަކަފޫޓެވެ. ބާކީ ތިން އިމާރާތުގެ ބޮޑުމިނުގައި އުޅެނީ 24،000 އަކަފޫޓާއި 30،000 އަކަފޫޓު އަދި 26،000 އަކަފޫޓެވެ. މި އިމާރާތްތަކުގައި ހިމެނޭނީ 2-3 ކޮޓަރީގެ އެޕާޓްމަންޓުތަކެކެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު "މިހާރު" އަށް މިއަދު ވިދާޅުވީ، މި އިމާރާތްތައް ހަދަނީ މެދުފަންތީގެ އާއިލާތަކަށް ކަމަށާއި ކޮންމެ އިމާރާތެއްގެ 60 ޕަސެންޓު ޚާއްސަ ކުރަންޖެހެނީ ވެސް އެގޮތަށް ކަމަށެވެ.
"އެކަމަކު ބާކީ ފްލެޓުތައް ޑިވެލޮޕަރު ބޭނުން އަގެއްގައި ދެވިދާނެ. ފްލެޓުތައް ވިއްކާއިރު ވެސް އަކަފޫޓަކަށް ޖެހޭވަރު 2،400ރ. އަށް ވުރެ ބޮޑު ކޮށްގެން ނުވާނެ. އެއީ އަޅުގަނޑުމެންގެ ޝަރުތެއް،" އޭނާ ވިދާޅުވި އެވެ.
އިމާރާތްތައް ހަދަން ޝައުގުވެރިވާ ދިވެހި ޕާޓީއެއް ނަމަ ބިޑް ސެކިއުރިޓީގެ ގޮތުގައި 500،000ރ. ހުށަހަޅަންޖެހެ އެވެ. ބޭރު ޕާޓީއެއް ނަމަ ބިޑް ސެކިއުރިޓީގެ އަގަކީ އެއްލައްކަ ޑޮލަރެވެ.
Microsoft Forms
ހަތަރު އެޕާޓްމަންޓް ބިލްޑިންގް ހަދަން ޝައުގުވެރިވާ މީހުންގެ ރަޖިސްޓްރޭޝަން ފޯމު
އެޗްޑީސީން ބުނީ، މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކަމުން ހުށަހަޅާ ޕްރޮޕޯޒަލްތަކާ ބެހޭ މައުލޫމާތު ދޭނީ ރަޖިސްޓަރީ ކުރާ ފަރާތްތަކަށް އެކަނި ކަމަށެވެ. ރަޖިސްޓަރީ ކުރުމުގެ އެންމެ ފަހުގެ ތާރީޚަކީ އަންނަ އޮގަސްޓް މަހުގެ 13 އެވެ. ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމުގެ އެންމެ ފަހު ތާރީޚަކީ އެޗްޑީސީން ބުނިގޮތުގައި އޮގަސްޓް 27 އެވެ. މައުލޫމާތު ސާފުކުރަން ހުށަހަޅަން ޖެހެނީ [email protected] އަށެވެ.
ހުޅުމާލޭގައި މިހާރު ވެސް އެޕާޓްމަންޓު ބިލްޑިންގްތަކެއް ހަދައި ވިއްކާފައިވާއިރު، އެކިއެކި ޑިވެލޮޕަރުން ގެންދަނީ އެފަދަ އިމާރާތްތައް ހަދަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯގަޅި
26 July 2020
ތިޔައީ ފްލެޓްއެޅުމުގެނަމުގަ ހުޅުމާލޭގެ ބިންތަކެއް އިންޑިއާއައް ވިއްކާލުމައްޓަކާ ޖަހާފައިވާމަޅިއެއް، ފޮރިން ކޮމްޕެނީތައް ބިޑްސެކުއުރިޓީގެ ގޮތުގަ 100000 ޑޮލަރ ބަހައްޓަންޖެހޭގޮތައް އިއުލާނުގަ އޮތްބަޔާމެދު ވިސްނަނީ ކިތައްމީހުންބާ؟.
ހަހަހަހަ
25 July 2020
ގްރޭޓަރ މާލެ އޭރިއާއަށް މިވަގުތު އޮތް ގެދޮރުގެ ހައްލަކީ 900-1500 އަކަފޫޓުގެ އެޕާޓްމަންޓްތައް އެ ބޭނުން ޖެހިފައިވާ ފަރާތްތަކަށް ހެޔޮ އަގުގައި (ބޮޑު ފައިދާ ނުހޯދާގޮތައް) ދޫކުރުން. ބިން ދޫކުރުމަކީ އޭގެން އަނެއްކާވެސް ބަޔަކު މީހުން އަޅުވެތި ކުރުމުގެ ވިޔަފާރި ފަށަން މަގުފައި ކުރުވާނެ ކަމެއް. އެންޑީޕީން އެންމެންނަށް ގޯތި ދޭނަމޭ ކިޔައިގެން މިކިޔާ ލަވައަކީ ސީދާ ވަކި ބަޔަކަށް މަންފާ ވާގޮތަށް ކުރަން ރާވައިފައިވާ ކަމެއް.
ސިރުފާ
25 July 2020
މިސަރުކާރަކަށް ތިކަމެއްނުވާނެ ހަތަރުފަސްމަސްދުވަސް ވާއިރު ރިންގްރޯޑް އާ ބުރިޖުގެ އަނދާފައިހުންނަ ލައިޓެއްވެސް ބަދަލު ކޮށްނުލެވޭބަޔެއްމީ ކޮންމެމީހަކުވެސް މީޑިއާގައި ފޮނިކަނޑާނެ.
އަބްދުﷲ
25 July 2020
ހުޅުމާލެ ސެންޓްރަލް ޕާރކްގެ ދެކުނުން ފެށިގެންގޮސް ފޭސް1 ނިމެންދެން ފެންނަން އެހުރި އުސް އިމާރާތްތަކަކީ ތިޔަބުނާކަހަލަ އެޕާރޓްމެންޓް ބިލްޑިންގތަކެވެ. ނަމަވެސް އަގު އަހާލީމާ ލިބޭ ޖަވާބުން މެދުފަންތީގެ މީހާ އިސްޖަހައިގެންހުރެ ނުމެގެން އަންނަނީއެވެ. ތިޔަ ތަންތަން ގަނެ ވިޔަފާރި ކުރަނީ މުއްސަދި މީހާއެވެ. ނިކަމެތި މީހާ ނިކަމެތި ކަމުގައި އަބަދަށް ހުންނަންވީއެވެ. މިތަން މެދުފަންތިވެގެން ތަނުގެ އަގު ކިތައް މިލިއަނަށް އަރާނެތޯއެވެ؟.
ވަޢި
25 July 2020
ހުޅުމާލެ ހިއްކީ ކޮން މަގްސަދެެއްގައިތޯ ރައީސް މައުމޫނު ކައިރީގަ އަހާލަބަލަ
އަނެއްކާފަޅުހިއްކާނީ
25 July 2020
މާލެ ސަރަހައްދުން ގޯތި ދޭނެ ކަމަށް ވައުދުވެގެން އެވާހަކަ އެމްޑީޕީގެ މެނިފެސްޓޯގެ 16 ވަނަ ސޮފްހާގައި ސަރީހަ ކޮށްލިޔެފައި އޮތް އިރުވެސް އެޗްޑީސީން ހުޅުމާލޭގައި ފްލެޓްްސް ތައް ބިނާ ކުރަން އުޅުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫނޭ އެބިމުން ވެސް ދޭންވީ ގޯއްޗޭ ހުޅުމާލެ އެކެއްގައި ހުރި ހުސްބިން ތަކުން މިހާރު ވެސް ދެވޭނެ 2 ހާސް އަކަފޫޓްގެ 20 ހާސް ގޯތި އެގޯތި ތައް ވިއްކަންވީއޭ ގޯއްޗެއް 2 ލައްކަ އަށް ފްލެޓްސް ތަކަށް އެދިފައިވާ އެންމެނަށް ވިއްކާލަންވީއޭ ދެން
އަލި
25 July 2020
މިޒަމާނަކީ ބަންޑާރަ ގޯތި ދޫކުރާ ޒަމާނެއް ނޫން.
ގުދުގުދާ
25 July 2020
މަމީ އެމްޑީޕީ މީހެއް! މިފަހަރު ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓް ދިނުމެއްނެތް! މާލޭ ސަރަހައްދުން މާލޭ މީހުންނަށް ގޯތި ނުދީފިނަމަ! އީވާ މެންގެ ލަދު ކޮބާ؟ މާލޭގެ ވޯޓް ހޯދައިގެން ތިބެ މާލޭ މީހުން ނައް މަލާމާތްކުރަން!
ރައްޔެތު.
25 July 2020
2.8 މިލިއަން އެއް އަތަކުނެތް. ލޯނުދޭނެ ބެންކެއްވެސް ނެތް
ރީތި މޫސަ
24 July 2020
ހެނުވާނެ ތިފްލެޓްތަށްނުއަޅާ 2000 އަކަފޫޓްގެ ގޯތިދީފަ ގެއަޅަން ލުއިގޮތަކަށް ލޯނުދީބަލަ އޭރުން ހިއްގައިމު ރީތި ގެތަކެއްގަ ރައްޔިތުން އުފަލުންއުޅޭނެ ގޯތިތެރޭ ކާރުޕާކުކޮށްލާފަ ކުޑަކުދިން ގޯތިތެރޭ އެރޭޕޫލުހަދާލާ ގަސްއިންދާލާނެ ޖާގައޮންނާނެ މިހާރުތިހަދާގޮތުން ޖާގަބޮޑަސް ހަމަވަނީ ތިކިޔާކޮތަރުކޮށްޓަށް
ޑަބިޠާ
25 July 2020
ޗީޑި. ގޮނޑު ސްލަމް އަކަށް ރީތި ހުޅުމާލެ ނުހެދޭނެ. ގޯތި ބޭނުމިއްޔާ ރަށްފުށުން ގޯއްޗަކަށް އެދިބަލަ.
އެމެރިކާ
24 July 2020
އުޅުމާލޭ ސެންޓުރަލް ޕާކުގަ ކުރީގެ ސަރުކާރުން ހެދި ފެންއަރުވާ ވަޑަން ނިމިފަ އޮތެސް މިސަރުކާރަކައް ހޮޅުވަކައް ނުކެރިފަ ރޔާމިން އެޅިތަނަކައް ވާތީ. އެތަން ޓިނުޖަހާ ބަންދު ކޮއްފަ ހުރިތާ 2އަހަރު މިވަނީ.
މަކީޓާ
25 July 2020
ބޮޑު އިސްރާފަކަށް ވާތީ.