މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަވަތުގައި ދިވެހި ދިދަ ނެގުމަށް މިއަދު ހެނދުނު ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މާރިޔާ (މ) އާއި ހޯމް މިނިސްޓަރު އިމްރާން (ކ) އަދި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ޝަމާލް (ވ).---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
26 ޖުލައި 2020 - 12:38
ރާއްޖޭގެ މިނިވަންކަން ދިވެހި ސިފައިން ދަމަހައްޓާނެކަމުގެ ޔަގީންކަން ދެއްވައި ކަމަށް ދިފާއީ ވަޒީރު، މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ މިނިވަން ކަމަށް 56 އަހަރު މިއަދު ފުރުމާ ގުޅިގެން ދެއްވި ވީޑިއޯ މެސެޖްގައި މާރިޔާ ވިދާޅުވީ ރާއްޖެ މިނިވަންކަންމަތީ އަންނަން އޮތް ޖީލްތަކަށް ގެންގޮސް ދިނުމަކީ ބޮޑު، ގައުމީ ވާޖިބެއް ކަމަށެވެ. އެ ވާޖިބު އަދާ ކުރުމުގެ އެންމެ އިސް ދައުރެއް ކުޅޭނެ ބަޔަކީ ދިވެހި ސިފައިން ކަމަށާއި އެކަން ސިފައިން ކުރާނެ ކަމަށް މާރިޔާ ވިދާޅުވި އެވެ.
"ދިވެހި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމަށްޓަކައި ދިވެހި ސިފައިން ވެފައިވާ ގުރުބާނީ އަދި ވަމުންދާ ގުރުބާނީ އަޅުގަނޑު މިއަދު ފާހަގަ ކުރަން. މިގޮތުގައި ސިފައިން ދެމި ތިބޭނެ ކަމުގެ ޔަގީންކަން އަޅުގަނޑު ދިވެހި ރައްޔިތުންނަށް މިއަދު އަރުވަން،" މާރިޔާ ވިދާޅުވި އެވެ.
"Fakhuruveri dhigu thaarykheh oiy Dhivehiraajjeyge minivankamuge sirrakee kaabafainge hikumathu amalee. Mi minivankan migothugai annan oiy jeeluthakah gengosdhinumaky alhugan'dumenge bodu vaajibeh" - Hon. Minister @MariyaDidi wishes a Happy Independence Day to all Maldivians. pic.twitter.com/dHQtdTafV3
— Ministry of Defence (@MoDmv) July 26, 2020
ދިފާއީ ވަޒީރު ދެއްވި މެސެޖް
މިނިސްޓަރު ވިދާޅުވީ ރާއްޖެ މިނިވަންކަން މަތީ އޮތުމުގެ ސިއްރަކީ ކާބަފައިންގެ ރަނގަޅު ނިންމުންތައް ކަމަށެވެ.
"ދިވެހި ރާއްޖެއަކީ ޒަމާނުންސުރެ މިނިވަންކަން މަތީ އޮތް ބައެއް. އަޅުގަނޑުމެންގެ މި މިނިވަންކަމުގެ ސިއްރަކީ އަޅުގަނޑުމެންގެ ކާބަފައިން ގެންގުޅުނު ހިކުމަތު އަމަލީ. އެ މީހުން އަމަލު ކޮށްފައި ވަނީ ވަރަށް ވެސް ވިސްނުންތެރި ކަމާއެކީގައި،" މާރިޔާ ވިދާޅުވި އެވެ.
މިނިވަން ދުވަހާ ގުޅިގެން ދެއްވި ކުރު ވީޑިއޯ މެސެޖެއްގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ މި އަހަރުގެ މިނިވަން ދުވަސް ދިވެހިންނާ ބައްދަލު ކުރީ ކޮވިޑް-19 ގެ ސަބަބުން ގޭ ބަންދާއި ރަށު ބަންދުގެ ސަބަބުން މިނިވަންކަން ގެއްލުމުގެ އިހުސާސް ކުރަން ޖެހިފައި ވަނިކޮށް ކަމަށެވެ. އެހެންކަމުން ކޮވިޑް-19 ގެ ދަތި ހާލަތުން އަރައިގަތުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް އިމްރާން އެދިވަޑައިގެންނެވި އެވެ.
"ގިނަ ޒަމާންތައް ދިވެހިން ހޭދަކޮށްފައި ވަނީ މިނިވަންކަން މަތީ. ދިވެހިންނަކީ އަޅުވެތި ކަމަށް ރުހޭ ބައެއް ނޫން. މިނިވަންކަމުގެ އަގު ފުރިހަމައަށް ވަޒަން ކުރެވޭނީ މިނިވަންކަން ގެއްލިގެން ދިއުމުން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ އޮފް ހޯމްއެފެެއާޒް ޢިމްރާން ޢަބްދުﷲ ދެއްވާ މެސެޖު
— Home Ministry, MV (@HomeMinistrymv) July 26, 2020
“ދިވެހިންނަކީ އަޅުވެތިކަމަށް ރުހޭ ބައެއްނޫން” @ShimranAb pic.twitter.com/Uh8gtTMOwC
ހޯމް މިނިސްޓަރު އިމްރާން ދެއްވި މެސެޖް
މިނިވަން ދުވަސް ފާހަގަކުރަނީ އިނގިރޭސިންގެ އަތުން ރާއްޖެ އަށް ސިޔާސީ ފުރިހަމަ މިނިވަންކަން ލިބުން ފާހަގަކުރުމުގެ ގޮތުންނެވެ. ރާއްޖެ އަށް ސިޔާސީ ފުރިހަމަ މިނިވަންކަން ލިބުނު އެއްބަސްވުމުގައި ސޮއިކުރީ ޖުލައި 26، 1965 ގަ އެވެ. ރާއްޖޭގެ މިނިވަންކަމުގެ ބާނީ، އަކީ ނިޝާން ޣާޒީގެ އިއްޒަތްތެރި ވެރިޔާ، ސުމުއްވުލްއަމީރު އަލްމަރްހޫމް އިބްރާހީމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނަޝީދު.
27 July 2020
ވަރަށް ބޮޑު އެއްޗެއް މިނިސްޓަރަށް އޮޅިވަޑައިން ތިއުޅުއްވަނީ. އިގެރޭސިންގެ ކައިރިން މިނިވަންވީ ސިފައިންނާ ހަގުރާމަކޮށްގެނެއް ނޫން. ރާއްޖެ އިގެރޭސިންކައިރިން މިނިވަންކަން ހޯދުމުގަ ސިފައިންނާ ފުލުހުންގެ ކުޑަވެސް ދައުރެއް ނޯންނާނެ. ތާރީހު ބަލައިފިމީހަކަށް މިކަންކަން ފެންނާނެ.
ހަސަންފުޅު
27 July 2020
ކަމަނާ ތި ގާނޫ އަސާސީ މަައްޗަށް ފައިން އަރާ ހުރެ ހަޅޭލި މިހެއް... ފުއްޖަހާފަ ހުއްޓަސް
ރީތި މޫސަ
27 July 2020
އެކަމު ކުރިން މާރިޔާބުނީ އެމީހުން 3 ނޮވެމްބަރުގަވެސް ތިބީފިލާކަމަށް ދެން އެވަރުގެ ބަޔަކު ކިހިނެއް ތިކަންކުރާނީ؟
ހަނާން
26 July 2020
ކުއްވެރިންނަށް މިނިވަންކަމެއްނުދެވޭނެ އިދިކޮޅު ބޭނުންވިޔަސް
ވަތަން އިސްކުރަންޖެހޭ
26 July 2020
ރާއްޖޭގަ ހެލިކަޕްޓަރެއް ގަންނާނެ ލަރި ނެތީތަ.؟ ކުރީގެ ސަރުކާރުން ޗައިނާގެ އެހީގަ ރާއްޖެއަ ހެލިކަޕްޓަރުތަކެއް ދޭން ނިމަމިކަން ވަރައް ހަނިގޮތަކައް ދިވެހިންނަ ގެގުނު. ޗައިނާގެ ހަދިޔާ ސަރުކާރު ބަދަލު ވުމާއެކީ މިސަރުކާރުން ޗައިނަގެ ހިލޭ އެހީ ގަބޫލެއް ނުކުރި.
ގުރާ
26 July 2020
ކަމަނާ އެގްރިމަންޓް ހަދާފަ ގެއްލުވާލީމަ ސިފައިން ކުރާނީ ކީއް؟
ޖަމްޝީދް
26 July 2020
ޔާމީނޯ ބޯޓު އެގްރިމަންޓްގައިވެސް ސޮއިކޮށްފަ އޮތީ. ފާފު އަތޮޅު ވިއްކާލަން އުޅުނީވެސް
މަންޑޭލާ
26 July 2020
ކޮން ދިވެސްސަކައްތަ މިނިވަންކަން އިހުސަސްވަނީ މިހާރު.؟ އިންޑިޔާއިން ބަސްބުނާ ޤައުމަކައް ރައްޖެ މިހެދީ. މީތި ކަޑައޭ.
ޝޮކްތެރަޕީ
26 July 2020
މާރިޔާމެން ވަނީ ޤައުމު ވިއްކާލާފަ. އަޑި ނޭގޭ ސިއްރުއެއްބަސް ވުންތަކެ އިންޑިޔައާ އެކީ ހަދާފަ.
ޛިހާމް
26 July 2020
ފާފު އަތޮޅު
އަފްޣާނިސްތާނުގެހާމިދުކަރުޒާއީ
26 July 2020
މިގައުމުގެ ވަރަށް މަތީފަޑީގައި ތިބި އެތަށްބަޔަކު ވަކިކޮށްގެންނޫނީ މިގައުމުގެ މިނިވަންކަމާ މުސްތަޤިއްލުކަން ދެމެހެއްޓޭކަށްނެތް. މީ ހަޤީޤަތަކީ.
ރިޝާ
26 July 2020
ޖަލުގަ އޮންނާނެ ބިން ވިއްކާ ގާނޫނު ފާސްކުރިމީހާ
ޙަސަން
27 July 2020
އެ އެއްބަސްވުމަށް ވޯޓު ދިން އެމްޑީ މެމްބަރުން ވެސް
ނިޒާރު
26 July 2020
ތިޔަހެން ބުންޏަކަސް އެކަމެއް ނުވާނެ. ތިޔަ ހީކުރަނީ ކައިގެން ދަތްކޮށްޓަން ގެންގުޅޭ އިލޮށި ބުރިއަކީ މިސައިލް ޑިފެންސް ސިސްޓަމެކޭތޯ؟ މިނިވަންކަން ދިފާއު ކުރެވޭނީ ފޮރިންޕިލިސީގަ ވަކި ގައުމެއް އިސްނުކޮށް ތިލަފަތް ހަމަ ސިޔާސަތެއް ގެންގުޅެގެން. ވަކި ގައުމެއް ރުޅިއަރުވައިގެން އެކަމެއް ނުކުރެވޭނެ.