ދުނިޔެ / ނަޖީބު ރައްޒާގް

50 މިލިއަން ޑޮލަރުގެ ޖޫރިމަނާއަކާ އެކު ނަޖީބު 12 އަހަރަށް ޖަލަށް

ކޯޓުގެ ހުކުމަށް ފަހު ނަޖީބު މިއަދު ވަޑައިގަންނަވަނީ. --ފޮޓޯ:އޭއެފްޕީ

ކުއާލަ ލަމްޕޫރު (ޖުލައި 28) - 1މެލޭޝިއާ ޑިވެލޮޕްމަންޓް ބަރުހާދު (1އެމްޑީބީ) ގެ މަލްޓި-މިލިއަން ޑޮލަރުގެ ކޮރަޕްޝަނުގެ މައްސަލައިގައި ކުށް ސާބިތުވި މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު 12 އަހަރަށް ޖަލަށްލުމާއި 50 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް މިއަދު ހުކުމްކޮށްފި އެވެ.

އުމުރުން 67 އަހަރުގެ ނަޖީބުގެ މައްޗަށް ޖަލު ހުކުމް އިއްވި ނަމަވެސް އިސްތިއުނާފް މަރުހަލާ ނިމެންދެން ކަފާލާތުގެ ދަށުން އޭނާ ބަންދުން ދޫކޮށްލާނެ އެވެ.

ކުއާލަ ލަމްޕޫރުގެ ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނަޒްލާން މުހައްމަދު ގަޒާލީ ވަނީ 1އެމްޑީބީގެ އެކައުންޓުން ނަޖީބުގެ އަމިއްލަ އެކައުންޓަށް 42 މިލިއަން ރިންގިޓް (10 މިލިއަން ޑޮލަރު) ޖަމާކޮށްފައިވާ ކަމަށް ސާބިތުވާ ކަމަށް ނިންމައިފަ އެވެ.

ކޮރަޕްޝަނުގެ ކުށުގައި ނަޖީބުގެ މައްޗަށް އުފުލި ހަތް ދައުވާ ވެސް މިއަދު ވަނީ ސާބިތުވެފަ އެވެ. ކޮންމެ ކުށަކަށް 10-12 އަހަރުގެ ޖަލު ހުކުމެއް އައި ނަމަވެސް ހުރިހާ ހުކުމެއް ތަންފީޒް ކުރާނީ އެކުއެކީގަ އެވެ. އެހެންވެ މަދުވެގެން 12 އަހަރު ޖަލުގައި އޭނާ ހޭދަކުރައްވަން ޖެހޭނެ އެވެ.

ކޯޓަށް ވަދެވަޑައިގަތުމުގެ ކުރިން ނަޖީބު މިއަދު ވަނީ އޭނާގެ ބޮޑު ވަޒީރުކަމުގެ ނުވަ އަހަރުގެ ރެކޯޑް ދިފާއު ކުރައްވައިފަ އެވެ. އަދި ކުށްވެރި ވެއްޖެ ނަމަ އިސްތިއުނާފް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ނަޖީބު ރައްޒާގު ކޯޓަށް ވަދެވަޑައިގަތުމުގެ ކުރިން މީޑިއާއާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ

ޕްރޮސެކިއުޓަރު ވީ. ސިތަމްބަރަމް ވިދާޅުވީ ނަޖީބު ވަނީ ގައުމަށް ވެސް ޚިޔާނާތްތެރިވެފައި ކަމަށާއި އެހެންވެ ހަރުކަށި އަދަބެއް ދިނުމަށް އޭނާ އެދިވަޑައިގަތެވެ.

މެލޭޝިއާގައި 2009 އިން 2018 އަށް ބޮޑުވަޒީރުގެ މަގާމުގައި ނަޖީބު ހުންނެވި އިރު ކޮރަޕްޝަނުގެ އެތައް ތުހުމަތެއް ކޮށްފައިވެ އެވެ. އެންމެ ފަހުން ބޭއްވި އާއްމު އިންތިޚާބުގައި ނަޖީބަށް ނާކާމިޔާބުވުމުގެ ސިއްރަކީ ވެސް ކޮރަޕްޝަނުގެ ތުހުމަތުތަކެވެ.

ނަޖީބުގެ ވެރިކަމުގައި 2009 ވަނަ އަހަރު 1އެމްޑީބީ އުފެއްދީ މެލޭޝިއާގެ އިގްތިސާދަށް ކުރިއެރުން ގެނައުމަށްޓަކައި އިންވެސްޓްމަންޓް ބޭންކެއްގެ ގޮތުގަ އެވެ. އެ ބޭންކުން ކޮރަޕްޝަން ހިންގާފައިވާކަން ފަޅާ އަރަން ފެށީ 2015 ވަނަ އަހަރު އެވެ. މެލޭޝިއާ އާއި އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި 1އެމްޑީބީ އިން ވަނީ 4.5 ބިލިއަން ޑޮލަރު ވަގަށް ނަގައިފަ އެވެ.

ނަޖީބުގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަނުގެ އެހެން ދައުވާތަކުގެ ތެރޭގައި 2011 އާއި 2014 އާ ދެމެދު 1އެމްޑީބީން 2.28 ބިލިއަން ރިންގިޓް (550 މިލިއަން ޑޮލަރު) ނަންގަވާފައިވުން ހިމެނެ އެވެ. ނަޖީބުގެ މައްޗަށް ވަނީ މަނީ ލޯންޑަރިންގެ 21 ދައުވާ އާއި ބާރުގެ ބޭނުން ނަހަމަގޮތުގައި ކުރުމުގެ ހަތަރު ދައުވާ އުފުލައިފަ އެވެ. ނަޖީބުގެ އަނބިކަނބަލުން ރަސްމާ މަންސޫރުގެ މައްޗަށް ވެސް ވަނީ މަނީ ލޯންޑަރިން އާއި ޓެކްސް އަށް މަކަރު ހެދުމުގެ ދައުވާ އުފުލައިފަ އެވެ.

15 ކޮމެންޓް, 40 ރިއެކްޝަންސް

icon happy icon happy 85%
icon sad icon sad 5%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލިފުތު ބެއްޔާ

29 July 2020

ކޮބާ.އެއޮތޯ ނަޖީބުގެ މައްޗަށް އަސްލު ކުއް ސާބިތުވެފަ ޖަލަށް ލެވިފައި އިނގޭތޯ. އެކަމު މިތާ ޔާމީނަށް ޖެހުނީ ކުށް ސާބިތު ނުވާއިރު އަދި ސާބިތު ނުކުރެވުނުތާ އަމުރު ފަރުމާކޮށް ފެބްރިކޭޓް ކޮށް ހުރިހާ ކަމެއް އޮޅުވާލައިގެން ނަމަވެސް ޔާމީން ޖަލަށް ލާން. ޓީވީން ލައިވް ކުރިކުރުން އެއީ ސަރުކާރަށްވެސް އެޅުނު ޅައެއްޗެއްކަން އެނގުނީ އޭގެންވެސް ސަރުކާރު ސޯޓު ބޭލުނީމާ. ޔާމީނު މިއީ މިރާއްޖޭގެ ތާރީޚުވެސް ދުއް އެންމެ މޮޅު ލީޑަރު.އެވަރު ލީޑަރެއް އަދި ނާދޭ. ވ. ވެދުން.

The name is already taken The name is available. Register?

1އެމްޑީބީ

29 July 2020

ހައް ހައް…. ކޮވިޑް 19 އެއްޗަކަށްނުވާނެ މި ސިޔާސީންގެ ފަހަތުން ދުވާ މީހުންނަށް ދިމާވެފަ މިހިރަ ކަންތަކާ ބަލާފަ…..

The name is already taken The name is available. Register?

Abdulla Nafiz

29 July 2020

އޭނަޔަށްވުރެ ގިނައިން ދަވާލާނެ މީހަކު އައިމަދޯ ތިއެއް އިގޭނީ........

The name is already taken The name is available. Register?

ދިބާންލް

29 July 2020

ރާއްޖޭގެ ވައްކަން ކުރި މީހަ އެންމެ 5 އަހަރަށް 5 މިލިއަން ދައްކަން ޖެހެނީ. ކޮބާހޭ 3 ބިލިއަން؟ ރައްޔިތުންގެފަިސާ ދައްކާށޭ!

The name is already taken The name is available. Register?

އަލީގ

29 July 2020

550 މިލިއަން ޑޮލަރުގެ ހިޔާނާތް 50 މިލިއަން ޑޮލަރު ޖޫރިމަނާ 12 އަހަރު ޖަލުހުކުން އެކަމަކު ފައިސާ އެވަރައް އޮތިއްޔާ އެހާދުވަހު ޖަލުގަ ހުންނަންޖެހުން ދުރު ލިބުނު ފައިދާ ގޯހެއްނޫންތާ. ދެންމިކަމުގަ ޝާމިލުވީ އެހެންމީހުން ހަމަ އަރާމާ ލައްޒަތުގަ ހަމަ މިގައުމުގެވެސް މިހާލަތުގަ.

The name is already taken The name is available. Register?

ބަންޑޭރި

29 July 2020

އާރާއި، ބާރާއި ލައްޒަތަށްޓަކައި ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވާ ވެރިންގެ ހަޔާތުގެ ފަހު ދުވަސްތައް ވޭތުކުރަން މިޖެހެނީ ޖަލުގެ ތޭރިތަކުގެ ފުރަގަހު ހިތްދަތި ހާލުގަ ނިމުން ހިތި ވާނެ.

The name is already taken The name is available. Register?

އައްޑޫބެއްޔާ

29 July 2020

މަމމެންގެ ނަޖީބު ކޮބާ؟

The name is already taken The name is available. Register?

ރިމްލާ

29 July 2020

ޖަލުގަ. ޖޫރިމަނާވެސް ކުޑަ، މުއްދަތުވެސް ކުޑަ

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

28 July 2020

ފެނޭތަ؟ “ނަޖީބުގެ މައްޗަށް ޖަލު ހުކުމް އިއްވި ނަމަވެސް އިސްތިއުނާފް މަރުހަލާ ނިމެންދެން ކަފާލާތުގެ ދަށުން އޭނާ ބަންދުން ދޫކޮށްލާނެ އެވެ

The name is already taken The name is available. Register?

ޜިޝާ

29 July 2020

ދައުލަތް ދަވާލިމީހުން ނުޖެހޭ ދޫކުރާކަށް އެންމެ ހިނދުކޮޅަކަށްވެ

The name is already taken The name is available. Register?

1އެމްޑީބީ1އެމްޑީބީ

29 July 2020

ފެންނާކަށް ނުޖެހޭ މޮޔަ ރަދީފު….. އެއޮތީ ލާފަ

The name is already taken The name is available. Register?

ހަކީމް

28 July 2020

ޕޕމ ގެ ޓީމެއް ޖަމީލު ގޮވައިގެން ވަގުތުން މަލޭޝިޔާއަށް އެބަ ފުރުވާލަން ޖެހޭ. މިހުކުމަކީ އެއްވެސް އަސާސްއެއް ނެތް ހުކުމެއް.

The name is already taken The name is available. Register?

ބަޑީ

28 July 2020

ތީ ކޯޓްތަކަށް އަތްބާނައިގެން ހިންގާފާވާ ހުތުރު ހުކުމެއް!!! ތި ހުކުމްތައް ތި ކުރަނީ މި ރާއްޖޭގަވެސް ކުރާހެން، އެއްވެސް ހެއްކެއްނެތި. ތީނަ ކުށެއް ނުކުރާކަން އަދި ފައިސާގަ ނުޖެހޭކަން އެންމެނަށްވެސް އެގޭދޯ؟

The name is already taken The name is available. Register?

ހަޑިގިއްލާ

28 July 2020

ދިވެެހި ނަޖީބުގެ ސަޕޯޓަރުން މިހެންވެދޯ މަގުމަތީ ދެކޮޅަށް ދުވަނީ...

The name is already taken The name is available. Register?

1235

28 July 2020

މުޅިން ޔާމީނު ހަމަ.. ހަދިޔާ އޯ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454