ބ.ބޮޑުފިނޮޅުގައި ތިބި ބިދޭސީން: އެ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދޭން ހުރަސް އެޅީ ސީލް ކުންފުނިން ކަމަށް ރިޒް އިން ބުނޭ -- ފޮޓޯ: ޕޮލިސް
31 ޖުލައި 2020 - 22:46
ބ. ބޮޑުފިނޮޅުގައި ތިބި ބިދޭސީންގެ ކެއުންބުއިމާއި ކަރަންޓާއި ފެނުގެ ޚިދުމަތަށް ހުރަސް އެޅީ ސީލް މޯލްޑިވްސް އިން ކަމަށް އެ ރަށުގެ މަސައްކަތުގެ ކޮންޓްރެކްޓަރު ރިޒް ކުންފުނިން މިރޭ ބުނެފި އެވެ.
ސީލް އިން ބޮޑުފިނޮޅުގައި ރިސޯޓެއް ހެދުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުންޏާ ހަވާލު ކޮށްގެން ކުރަމުންދިޔަ މަސައްކަތްތަކާ ގުޅިގެން އެ ރަށުގައި ތިބި 179 ބިދޭސީންނަށް މުސާރަ ނުލިބިގެން ހިންގި ހަމަނުޖެހުންތަކަށް ފަހު ފުލުހުން މިއަދު ވަނީ އެ މީހުން އެ ރަށުން ބާލައިފަ އެވެ. އޭގެ ކުރިން ރިޒް ކުންފުނިން ވަނީ އެއީ އެ ކުންފުނީގެ ބިދޭސީން ނޫން ކަމަށް ބުނެ އެ މީހުންނާ ހަވާލުވާން ދެކޮޅު ހަދައިފަ އެވެ.
ބޮޑުފިނޮޅުން ބިދޭސީން ބޭލީ އެ ރަށުން ފެނާއި ކަރަންޓްގެ ޚިދުމަތް ކެނޑުމާއި އެ މީހުންނަށް ކެއުންބުއިމުގެ އިންތިޒާމު ހަމަނުޖެހި ތިބުމުންނެވެ.
އެކަމާ ގުޅިގެން ރިޒް ކުންފުނިން ނެރުނު ބަޔާނެއްގައި ވަނީ ބިދޭސީންނާ ހަވާލުވުމާއި އެ މީހުންގެ މުސާރައިގެ މައްސަލަތައް ޝަރުއީ މަރުހަލާގެ ތެރެއިން ހިނގަމުން ދިޔަޔަސް، އެ މީހުންގެ ކެއުންބުއިމުގެ ކަންކަމަށް ހުރަސް އެޅުނަ ނުދިނުމަށްޓަކައި އެކަންކަން ބަލަހައްޓަމުން ދިޔައީ އެ ކުންފުނިން ކަމަށެވެ. އެކަމަކު ކާބޯތަކެތި އެ ރަށަށް ފޮނުވަން ހުރަސް އެޅީ ސީލް ކުންފުނިން ކަމަށެވެ.
ކާބޯތަކެތި ބަލައި ބ. ތުޅާދު އަށް ދިޔަ ބިދޭސީން ބޮޑުފިނޮޅަށް އަލުން ނޭރޭނެ ކަމަށް ބުނެ އެކި ފަހަރު މަތިން ސީލް އިން ހުރަސް އެޅި ކަމަށް އެ ބަޔާނުގައިވެ އެވެ.
"އެއްބަސްވުމާ ގުޅޭގޮތުން ދެބަސްވުންތަކެއް އުފެދުނު ކަމުގައި ވިޔަސް، އިންސާނީ ކަރާމާތަށް ގެއްލުންވާ ގޮތަށް އަމަލު ކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫންކަން ފާހަގަ ކުރަމެވެ. އެހެން ނަމަވެސް ވަކި ހިސާބަކުން އަޅުގަނޑުމެންގެ މުވައްކިލުގެ ފަރާތުން ބޮޑުފިނޮޅަށް ކާބޯތަކެތި ގެންދިއުމަށް ހުރަސް އެޅުމާއި ކާބޯތަކެތި ބަލާ ތުޅާދޫ އަށް ދާ ބިދޭސީން އަނބުރާ ބޮޑުފިނޮޅަށް އެރިޔަ ނުދީ ލާއިންސާނީ އެތައް އަމަލުތަކެއް ސީލް މޯލްޑިވްސްގެ ފަރާތުން ހިންގާފައިވާ ކަން ފާހަގަކުރަމެވެ." ރިޒްގެ ގާނޫނީ ކަންކަމާ ހަވާލުވެފައިވާ ލޯ ކްރާފްޓުން ނެރުނު ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ވަނީ ބޮޑުފިނޮޅުން ފެނާއި ކަރަންޓްގެ ޚިދުމަތް ކަނޑާލަން ސީލް އިން މަސައްކަތް ކުރިކަން އެ ކުންފުނިން ދުރާލައި މީޑިއާތައް މެދުވެރިކޮށް ބުނެފައިވާ ކަމަށެވެ. އެކަން އެނގުމާ އެކު، ފުލުހުންނާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް ރިޒް ކުންފުނިން އެކަން އަންގާފައިވާނެ ކަމަށާއި އެކަމަކު ފުލުހުން އެކަމަށް ފިޔަވަޅު އަޅާފައި ނުވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
ރިޒް ކުންފުނީގެ ބަޔާނުގައިވާ ގޮތުން ކާބޯތަކެތި ގެންދިއުމަށް އެކި ފަހަރު މަތިން ސީލް އިން ހުރަސް އެޅުމުން ވެސް، ސީލްގެ ހުއްދަ ނެތި އެ ރަށަށް ކާބޯތަކެތި ނޭރުވޭނެ ކަމަށް ރިޒް ކުންފުންޏަށް ފުލުހުން ޖަވާބު ދިނެވެ. އެކަމަށް ހައްލެއް ލިބުނީ ހިއުމަން ރައިޓްސް ކޮމިޝަންގެ ސަމާލު ކަމަށް އެކަން ގެނައުމުން ކަމަށް ބަޔާނުގައިވެ އެވެ.
ބިދޭސީންނާ ހަވާލުވާން ރިޒްގެ މައްޗަށް ތުޅާދޫ ކޯޓުން އަމުރެއް ނެރުނަސް، އެކަމާ ދެކޮޅަށް އެ ކުންފުނިން ވަނީ ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކޮށްފަ އެވެ. އެ ބިދޭސީންނަށް މުސާރަ ހޯދުމުގެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ވެސް އޮތީ ހުށަހަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑު ކަކުނި
01 August 2020
އިންސާނި ކަރާމާތަކި ކާންގެންދާ ތަކެތި ރަށަށް އެރުވޭނޭ ގޮތް ހަމަޖެއްސުމެއްނޫން. އެކަންދަސްކުރަން ތިމާމީހާ ޖަލަށްލިމާ ދަސްވާނެ. އެއީ ވަރަށްތަފާތު އިޙްސާސެއް ވާތަނެއް
ބާބާ
01 August 2020
އިންސާނީ ކަރާ މަތޭ؟ ލަދެއް ހަޔާތެއް އެބަހުރިތަ ކަލޭ މެންގެ. ތިވެރިކަންވެސް އަދި ދާނެ. އަދި ސައިޒްވެސް ވާނެ.
ޙަސަން އަޙްމަދު
01 August 2020
ކެއުންބުއިމެއް ނޫން! ކެއިންބުއިން
ރިޒް މޯލްޑިވްސް
01 August 2020
އެމީހުނ އެރަށުން ބާލަން އެންގީމަ ބާލައިގެން ގެނެސް ރިޒްގެ އަމިއްލަ ތަނަކަށްލައިގެން އަސާސީ ޚިދުމަތް ފުރިހަމަ ކޮށްދިންނަމަ ފެނާއޮ ކަރަންޓާއި ކެއުން ބުއިން ހަމަޖައްސައި ދެވޭނެ ނޫންތޯ !
ޒުވާނާ.
01 August 2020
ތިޔައަލީރިޒާގެ ދެކޮޅުނުޖެހޭވާހަކަ މަށަކީ މިސާލަކައް ގޭގެ ވެރި މީހާ އަހަރެން ހަވާލުކުރަނީ ގޭގަޓިނުލާން ނުވަތަ ރާނަން އެކަންދަންނަބަޔަކާ އެބަޔަކު އެކަންކުރަނީ އެ މީހުންގެ މުވައްޒަފުންނާ އެ މީހުންގެ ކެއު މާބުއި މާ ބޭސްފަރުވާޔާ ހުރިހާ ހައްގެއް އެ މީހުންނައް ދީގެން އެއީ ގޭގެވެރިފަތާތުގެ ޒިންމާއެއްނޫން ރިޒާހައްޔަރުކުރޭ އަދި އެ މްޑީޕީ މެންބަރެއްވިޔަސް ހަރުކަށި ފިޔަވަޅުއަޅާ ބޮޑުކެކުރިއެއް ކުޑަކެކުރިއެއްނޯންނާނެ
ޒިންދަގީ
01 August 2020
ކާން ނުދިނަސް މުސާރަނުދިނަސް ތިޔަރިސޯޓު ހުޅުވައިގެން ހަދާލާ އިޝްތިހާރު ވަރަށް ފުރިހަމަވާނެ.. އެންމެ މުއްސަނދި ދޮންމީހުންތައް ރިސޯޓަށްއައިސް ލިބޭލާރިން ރިސޯޓުގެ މުއައްޒަފުންގެ މުސާރަކޮޅާއި ދައުލަތަށް ދައްކަންޖެހޭ ޓެކްސްވެސް ނުދައްކާ ހިފަހައްޓާނެ.. ދުނިޔޭގަ ތިބި ބަޔަކަށް ފެންނާނެ..
ބަރީޔާ ސުޖޫން.
01 August 2020
އިންސާނީ ކަރާމާތްދޯ ބަޔަކުލައްވާ އަހަރުދުވަސްވާންދެން މަސައްކަތްކުރުވާފަ މުސާރަނުދިނުން. ހުދު ގަމީސްލާފަ މަޖިލީހަށްވަދެވުނީމަ ލަދުހަޔާތްވެސް ނުހުރޭ. 30 ގެ ކުރިން ދޭންބުނި މުސާރަދީފަ އިތުރަށް އެއްޗެކޭ ކިޔާތި
އުދުހޭ
01 August 2020
ކޮބާތަ އެއްކަލާ އާރު އައި އެކްސް؟ މީ ހަމަ އަގަބަހުން ސޮއިކުރަން ކަހަލަ ކަމެއްނޫންތަ؟
ދޫނި
01 August 2020
ރިޒާ ކަލޭ މުސާރަ ދީފަ ވާހަކަ ދަށްކާ.
އެންމެފަހުން
01 August 2020
އެންމެފަހުން މިކަން ނިމިގެންދާނީ ދައުލަތުން މި ބިދޭސީންނާ ހަވާލުވެ، ދައުލަތުން އެމީހުންނަށް ކާންދީ ހުރިހާ ހަރަދުތަކެއް ބަލަހައްޓާ، ދައުލަތުގެ ހަރަދުގަ އެމީހުން ރަށަށް ފޮނުވާލަންޖެހޭ ގޮތަށް. ވަރަށް ޝައްކު ފެނާއި ކަރަންޓު ކަޑާލުން އެއީ މިމީހުން އެރަށުން ބާލާ ރިޒްގެ ބޮލުން މިމައްސަލަ އޮއްބާލަން ވެގެން ޖެއްސި ސްޓަންޓަކާވެސް.