ނަތަންޔާހޫއާ ދެކޮޅަށް އިޒްރޭލުގައި ރޭ މުޒާހަރާ ކުރަނީ. --ފޮޓޯ:އޭއެފްޕީ
02 އޯގަސްޓް 2020 - 12:58
ތެލް އަވީވް (އޮގަސްޓް 2) - އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ އިސްތިއުފާ އަށް ގޮވާލައި އެތައް ހާސް ބަޔަކު މުޒާހަރާ ކުރަން ފަށައިފި އެވެ.
ނަތަންޔާހޫއާ ދެކޮޅަށް މުޒާހަރާ ކުރަން ފަށާފައި ވަނީ ކޮރޯނާވައިރަހާ ދެކޮޅަށް އިޒްރޭލުގައި އެޅި ފިޔަވަޅުތައް ފެއިލްވުމާއި ނަތަންޔާހޫގެ ކޮރަޕްޝަނުގެ މައްސަލަތަކާ ގުޅިގެންނެވެ. މުޒާހާރާ އަށް ނުކުތް މީހުން ބުނެފައި ވަނީ ނަތަންޔާހޫގެ ކޮރަޕްޝަން މައްސަލަތަކެއްގެ ޝަރީއަތް ކުރިއަށްދާ އިރު އޭނާ އަށް ބޮޑުވަޒީރު ކަމުގެ މަގާމުގައި ނުހުރެވޭނެ ކަމަށެވެ.
ޖެރޫސަލްގެ މެދުތެރޭގައި ހުންނަ ނަތަންޔާހޫގެ ރަސްމީ އޮފީސް ދޮށަށް އެއްވި މީހުންގެ އަދަދު 10،000 އަށް އަރާނެ ކަމަށް އިޒްރޭލުގެ މީޑިއާތަކުން ބުނެފައިވެ އެވެ. މިއީ 2011 ވަނަ އަހަރަށް ފަހު އިޒްރޭލުގައި ބޭއްވި އެންމެ ބޮޑު މުޒާހަރާ ކަމަށް އޮފިޝަލުން ބުނެފައިވެ އެވެ.
ނަތަންޔާހޫ ވިދާޅުވެފައި ވަނީ އޭނާއާ ދެކޮޅަށް މުޒާހަރާ ކުރަނީ ވަކި ބަޔަކު އަޑީގައި ތިބެގެން ކަމަށެވެ. އަދި އިޒްރޭލުގެ ދެ ޓީވީ ސްޓޭޝަނަކުން ވަނީ މުޒާހަރާތައް ހިލޭ ކަވަރުކޮށްދޭން އެއްބަސްވެފައި ކަމަށް ވެސް ވިދާޅުވި އެވެ.
އިޒްރޭލުން ވަނީ 72,283 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 527 މީހުން މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޯމާފާނު
03 August 2020
ނަތަންޔާހޫ އިސްތިއުފާ