ވިޔަފާރި / އިމްޕޯޓް މުދާ

ރެވެނިއު ސްޓޭމްޕްގެ ފީ ބޮޑު ކުރުމުން ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން

ފިހާރައަކުން ފިކަޕަކަށް މުދާ އަރުވަނީ--- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/މިހާރު

އިމްޕޯޓް އެކްސްޕޯޓްގެ ގާނޫނަށް ގެނައި ބަދަލާ އެކު ރެވެނިއު ސްޓޭމްޕަށް ދައްކަން ޖެހޭ ފީ 90 ޕަސެންޓް ބޮޑުވުމުން ރާއްޖެ އެތެރެކުރާ މުދަލުގެ އަގު އިތުރަށް އުފުލިގެންދާނެތީ އިމްޕޯޓް އެކްސްޕޯޓް ދާއިރާގެ ވިޔަފާރިވެރިން ކަންބޮޑުވުންފާޅުކޮށްފި އެވެ.

އިމްޕޯޓް ޑިއުޓީ އާއި ދައްކަން ޖެހޭ ފީތަކަށް ބަދަލު ގެނެސް މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަންނަނީ އަމަލުކުރަމުންނެވެ. ކުރިން 100ރ. ގެ މުދަލަށް 10 ލާރީގެ ރެވެނިއު ސްޓޭމްޕެއް ދައްކަން ޖެހޭ އިރު އަލަށް ގެނައި ބަދަލާ އެކު 100ރ. ގެ މުދަލަށް 1ރ. ގެ ރެވެނިއު ސްޓޭމްޕެއް ދައްކަން ޖެހެ އެވެ. އެހެން ކަމުން ކުރިން އެއް މިލިއަން ރުފިޔާގެ މުދާ ގެންނަ ވިޔަފާރިތަކުން 1،000ރ. ގެ ރެވެނިއު ސްޓޭމްޕެއް ދައްކަން ޖެހޭ އިރު މިހާރު އެ ވިޔަފާރިތަކުން 10،000ރ. ގެ ރެވެނިއު ސްޓޭމްޕެއް ދައްކަން ޖެހޭނެ އެވެ.

މި ބަދަލާ މެދު ހިތްހަމަނުޖެހިގެން، ސޯޝަލް މީޑިޔާގައި ވެސް ގިނަ ވިޔަފާރިވެރިން ބުނިގޮތުގައި ސްޓޭމްޕް ފީ ބޮޑުކުރީ ވިޔަފާރިތަކަށް އޭގެ ނެދޭވޭ އަސަރުކުރާ މިންވަރަށެވެ.

އިމްޕޯޓް އެކްސްޕޯޓް ވިޔަފާރި ކުރާ އޭޝިއާ ގްރޫޕް ޓްރޭޑީންގެ ވެރިޔާ، އަހުމަދު ޒިޔާދު "މިހާރު"އަށް ވިދާޅުވީ، ގާނޫނަށް ގެނައި ބަދަލުން ވިޔަފާރިވެރިންނަށް ވަރަށް ބޮޑު އުނދަގުލަކާ ކުރިމަތިވާނެ ކަމަށެވެ.

"ރެވެނިއު ސްޓޭމްޕް އޭ ކިޔަސް މީ ހަމަ އިންޑައިރެކްޓް ޓެކްސްއެއް. ގާތްގަނޑަކަށް 90 ޕަސެންޓަށް ރެވެނިއު ސްޓޭމްޕްގެ ފީ މި ބޮޑުވީ. އެހެންވީމަ މުދަލުގެ އަގުތަކުން މިކަން ވަރަށް ބޮޑަށް ފެންނާނެ،" އޭނާ ވިދާޅުވި އެވެ.

ބޯޓުތަކަށް މުދާ އަރުވަނީ:-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/މިހާރު

މިހާ ބޮޑު ބަދަލެއް އައުމުން ޑިއުޓީ ފްރީ މުދާ އެތެރެ ކުރި ނަމަވެސް، އޭގެ އަސްލު ހަގީގީ ފައިދާއެއް ވިޔަފާރިވެރިންނަށް ނުލިބޭނެ އެވެ. އޭގެ ސަބަބަކީ ރެވެނިއު ސްޓޭމްޕަށް ވެސް އިމްޕޯޓް ޑިއުޓީއަށް ވާ ވަރުގެ އަދަދެއް ދައްކަން ޖެހުމެވެ. މީގެ ތަކްލީފް އެންމެ ބޮޑަށް ކުރާނީ އިމްޕޯޓް ޑިއުޓީ އާއި ރެވެނިއު ސްޓޭމްޕް އެއްކޮށް ދައްކަން ޖެހޭ ވިޔަފާރިވެރިންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު އިކޮނޮމިކް މިނިސްޓްރީން ވަނީ އިމްޕޯޓް އެކްސްޕޯޓާއި ރީއެކްސްޕޯޓް ލައިސަންސް ނަގަން ނުޖެހޭ ގޮތަށް ބަދަލު ގެނެސް، ހަމައެކަނި ރެވެނިއު ސްޓޭމްޕް ފީ ނަގާގޮތަށް ބަދަލު ގެނެސްފަ އެވެ. އޭރު ރެވެނިއު ސްޕޭމްޕްގެ ގޮތުގައި ދައްކަން ޖެހެނީ ވަރަށް ކުޑަ އަދަދެކެވެ. އެހެން ނަމަވެސް އަނެއްކާ ވެސް އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނައި ބަދަލައި އެކު ރެވެނިއު ސްޓޭމްޕްގެ ގޮތުގައި ދައްކަން ޖެހޭ އަދަދު ބޮޑުވީ އެވެ.

ރާއްޖޭގައި ފުޅާދާއިރާއެއްގައި މުދާ އެތެރެކުރާ ކުންފުންޏެއްގެ އިސްވެރިޔަކު ވިދާޅުވީ، އަލަށް ގެނައި ބަދަލާ އެކު ކުރިން ގާތްގަނޑަކަށް 30،000ރ. ރެވެނިއު ސްޓޭމްޕަށް ދަންކަން ޖެހޭ އިރު މިހާރު އެ އަދަދު 300،000ރ. އަށް އިތުރުވާނެ ކަމަށެވެ.

އިމްޕޯޓް ކުރާ މުދަލަށް ދައްކަން ޖެހޭ ރެވެނިއު ސްޓޭމްޕް ބޮޑުވުމުން ކޮށްފައްފައިވާ ޓްވީޓެއް.

"އަޅުގަނޑުމެންނަކީ ބޮޑު ވޮލިއުމްތަކުގައި ތަކެތި އެތެރެ ކުރާ ބައެއްވީމަ ވަކި ވަކި މުދަތުގެ އަގުން މި ބަދަލުތައް ފެންނާނީ އެއް ޕަސެންޓް ވަރު. ރާއްޖޭގެ އިގްތިސާދީ ހާލަތަށް ބަލައި އިރު މިއީ މިކަހަލަ ކަމެއް ކުރަން އެންމެ ގޯސް ވަގުތު،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިއީ ތަކެތީގެ އަދަދުން ބަލާ ނަމަ ވަރަށް ބޮޑު އަދަދެކެވެ. އަގުތައް އުފުލޭނެ ކަމަށާއި ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށް އެހެން ގޮތްގޮތުން ވެސް އުނދަގޫތަކާ ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ކުންފުނިތަކުގެ ކޭޝްފްލޯ އަށް ވެސް މީގެ އަސަރު ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޑޮލަރު ހޯދަން އެހާ އުނދަގޫ ހާލަތުގައި ރެވެނިއު ސްޓޭމްޕް އެހާ ބޮޑުވުމުން އަނެއްކާ ވެސް އޭގެ ތަކްލީފް އުފުލަން ޖެހޭނީ އާންމު ރައްޔިތުންނަށެވެ.

ގިނަ އަދަދެއްގެ ކާބޯތަކެތި އެެތެރެކުރާ ބީއެޗްއެމް ކުންފުނީގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު އިބްރާހިމް ޝަރީފު ވެސް ވިދާޅުވީ ޑޮލަރު ހޯދަން ވިޔަފާރިތަކަށް އެހާ އުނދަގޫ ދަނޑިވަޅެއްގައި މިކަހަލަ ބަދަލެއް އައުމުން ތަކެތީގެ އަގުތަކުން އެކަން ފެންނާނެ އެވެ.

"ވިޔަފާރިތަކަށް ޑޮލަރު ހޯދަން ވެސް އެހާ އުނދަގޫ. ކުރިން ބޭންކްތަކުން 30 ޕަސެންޓަށް ޑޮލަރު ލިބުނަސް މިހާރު އެ ވަރުވެސް ނުވޭ. އަދި ތަކެތި ގެންނަން އެހާ އުނދަގޫ މިދަނޑިވަޅުގައި މިގޮތަށް ގާނޫނަށް ބަދަލު ގެނެސް، ރެވެނިއު ސްޓޭމްޕް ބޮޑުވުން އިތުރަށް ވިޔަފާރިތަކަށް އުނދަގޫވާނެ،" ޝަރީފު ވިދާޅުވި އެވެ.

ރާއްޖެއަށް މަޝްހޫރު ގިނަ ބްރޭންޑްތަކެއްގެ މުދާ އެތެރެ ކުރާ އެހެން ވިޔަފާރިވެރިއަކު ވެސް ބުނި ގޮތުގައި މިފަދަ ކޮންމެ ބަދަލަކުން ވެސް ތަކެތީގެ އަގުތަކަށް އަސަރު ކުރާނެ އެވެ. އަދި އޭގެ ތަކްލީފް ވިޔަފާރިވެރިންނަށް ވުރެ ބޮޑަށް އުފުލަން ޖެހޭނީ އާންމު ރައްޔިތުން ކަމަށް އޭނާ ވިދާޅުވި އެވެ. ސަބަބަކީ ވިޔަފާރިތަކަށް އިތުރުވާ ހަރަދުތައް ކަވަރު ކުރަން ތަކެތީގެ އަގުތަކުން އެފައިސާ ނެގުމެވެ.

53 ކޮމެންޓް, 68 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 4%
icon angry icon angry 90%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަބީބު

06 August 2020

މި ވިޔަފާރިވެރިން ވެސް މީ ހާދަ ހެއްވާ ބައެކޭ. ސަރުކާރުން ޓެކުހެއްގެ ނުވަތަ ޑިޔުޓީއެއްގެ އަގުބޮޑުކޮއްފިއްޔާ އެކަނި އެވާހަކަ ދައްކަން އެނގެނީ. ޓެކުހެއްގެ ނުވަތަ ޑިޔުޓީއެއްގެ އަގު ކުޑަކޮއްފިއްޔާ އެވާހަކަ ދައްކާކަށް ނުކެރޭ. ވިޔަފާރިވެރިން މި އުޅެނީ ތަކެތީގެ އަގުބޮޑުކުރާނެ ގޮތެއް ނޭނގިގެންތަ؟

The name is already taken The name is available. Register?

ކައުންސެލަރު

05 August 2020

ކުރިންވެސް މިކަނޑުކޮސްކަން ދިވެހިން އޮތީ ތަޖުރިބާ ކޮށްފަ. އަނެއްކާވެސް ހަމަ ދިވެހިން ވޯޓުދީގެން ދެވަނަފަހަރަށް " މޮޔައިންގެ އަތަށް ކަނޑިދިނީ".... ﷲ އަންގަވާފައި ވަނީ އެބަޔަކު އަމިއްލައަށް އެބަޔަކުގެ ހާލަތު ބަދަލު ކޮށްފުމަށްދާންދެން އެކަލާނގެ އެބަޔަކުގެ ހާލަތު ބަދަލެއް ނުކުރައްވާނެކަމަށް. އެހެންވީމާ މީ ދިވެހިން އަމިއްލައަށް ބުއި ބޮޑިއެއް. ވަރަށް ވެދުން

The name is already taken The name is available. Register?

އާޒިމް ހާދީ

05 August 2020

10 ލާރީގެ 90 ޕަސެންޓަކީ 9 ލާރި. 1 ރުފިޔާއަށް ބޮޑުވީމާ އެ ބޮޑުވީ 90 ލާރި. އެއީ 900 ޕަސެންޓް.

The name is already taken The name is available. Register?

ހިތްނުފުރޭވިޔަފާރި

05 August 2020

ވިޔަފާރީގަ ބަރަކާތް ލާ ގޮތަށް ވިޔަފާރި ކުރާނަމަ! އެކަމު ވިޔަފާރިވެރިން އުޅެނީ ރައްޔިތުން ފެލަން ފެށުނީއްސުރެން.

The name is already taken The name is available. Register?

ގިރި

05 August 2020

ތި އީ ބޮޑުވަރު

The name is already taken The name is available. Register?

އެކަނި ވެރިޔާ

05 August 2020

އިމްޕޯޓު ޑިއުޓީ 0 ރޭޓަށް ކުޑަކުރަނީ ވިޔަފާރިތައް ގިނަކުރުމުގެ ބޭނުމުގައި ކުރާކަމެއް، ވިޔަފާރިތައް ގިނަކުރީމާ މިވާގޮތަކީ ގައުމުގެ އިގުތިސާދު ރަގަޅުވާނި އެންމެ ވިކޭމުދަލުން ކަސްޓަމްސް ޑިއުޓީ 0% ހެދީމާ Tax މީރާއަށް ދެއްކޭލެއް އިތުރުވާނެ

The name is already taken The name is available. Register?

ahmed

04 August 2020

މާސްކުން ޑިއުޓީ ފުރީ .އަގު ކުޑަތަ

The name is already taken The name is available. Register?

Ahmed Shujau

04 August 2020

ބަލަ ސެނަޓައިޒާ އިން ޑިއުޓީ ފުރީ އަގަށް ބަދަލެއް އައިތަ

The name is already taken The name is available. Register?

HASSAN RASHEED

05 August 2020

ޑިއުޓީ ކެނޑުމުގެކުރިން މަ ސެނެޓައިޒާ ގަންނަނީ 5ލީޓަރ 1272ރ.އަށް މިހާރު 903ރ އަށް އަޅެ ހެވެއްނުވޭތަ؟

The name is already taken The name is available. Register?

ވާއު

04 August 2020

މި ސަރުކާރުން ޕެޑުން ނަގަނީ ޒީރޯ ޓެކްސް ކަމަށް އަޑުއިވެނީ. އެކަމަކު އަޅުގަނޑު ކުރީގަވެސް ޕެޑް ގަންނަނީ 18,19 ނޫނީ 20 އަށް. މިހާރު އާއްމުކޮށް ލިބެނީ އެއަށްވުރެ ބޮޑުކޮށް. އަޅުގަނޑު ގަންނަނީ އައިސް ސޮފްޓް ޕިންކް. ހެޔޮއަގެެއްގައި ހުރި ފިހާރައެއް ނިކަން ބުނެދީބަލަ ކޮމެންޓް ކުރާ ކުދިންނަށްވެސް އެނގެންޏާ.

The name is already taken The name is available. Register?

ައަހުމަދު

04 August 2020

ސަރުކާރުތަކުންވެސް އުޅެނީ އޮޅުވައިގެން ރައްޔިތުން އަތުން ލާރިހޯދަން ކަމެއްކޮށްދީފައި އޭގެބަދަލް ކޮންމެވެސް އެހެންގޮތަކަށް ރަޔިތުންނަށް ޖައްސާނެ، ދެންއޮތީ ތިވިޔަފާރިވެރިން ކުރިން ޑިއުޓީ ކަނޑާލީމަވެސް ކަނޑާލިމުދަލަކުން އަގުހެޔޮނުވޭ ، ދެންމިހާރު ތިއޮތީ އެއްޗެކޭކިޔާފައި އެއްޗެހިއަގުބޮދުކުރަން ހިފާފައި ، ނެތް ރަގަޅު އެއްގޮތެއްވެސް މިއޮތީވާ ޤައުމެއް ނިކަމެތިން ހައްތާވެސް ނިކަމެތިވަނީ ، މުއްސަނދިން މުއްސަނދިވަނީ މިކަން ހައްލުކުރެވޭނެ ބައެއްހަމަ ނެތީބަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454