ޗައިނާގެ ވީގޫރް މުސްލިމް މޮޑެލްއެއް ކަމަށްވާ ގާއްޕާ ޝިންޖިއާންގެ ޖަލެއްގައި އަދި އެނދާ އެކު އޭނާގެ އަތުގައި ބިޑި އަޅުވާފައި. --ފޮޓޯ:ގްލޯބަލްނިއުސް
06 އޯގަސްޓް 2020 - 16:41
ޝިންޖިއާން (އޮގަސްޓް 6) - ޗައިނާގައި މުސްލިމުން ބަންދުކޮށްގެން ގެންގުޅޭ ޖަލެއްގެ ތެރެ ވީގޫރް މުސްލިމް މޮޑެލަކު ވީޑިއޯކޮށް، އޭނާގެ އާއިލާ އަށް ފޮނުވުމުން އެ ވީޑިއޯ އާއްމުކޮށްފި އެވެ.
ޗައިނާގައި ވީގޫރް މުސްލިމުން ދިރިއުޅޭ ޝިންޖިއާންގެ މޮޑެލް މާގަން ގާއްޕާ، 31، އެ ސިޓީ ދޫކޮށް ދެކުނުގެ ފޮޝާން އަށް ބަދަލުވީ 2009 ވަނަ އަހަރު އެވެ. އެ ސިޓީގައި މޮޑެލް ކުރުމުގެ މަސައްކަތުގައި އުޅެނިކޮށް ގާއްޕާ ވަނީ ކެނެބިސް ވިއްކި ކަމަށް ބުނެ 2018 ގައި ހައްޔަރުކޮށް، 16 މަސް ދުވަހަށް ޖަލަށްލައިފަ އެވެ. ފޮޝާންގެ ޖަލުން ގާއްޕާ ދޫކޮށްލީ ނޮވެމްބަރު 2019 ގަ އެވެ. އޭގެ އެއްމަސް ފަހުން އޭނާ އަށް ވަނީ ރެޖިސްޓްރޭޝަން ފުރިހަމަ ކުރަން އަންގައިފަ އެވެ. މި އަހަރުގެ ޖެނުއަރީ މަހު އޭނާ ވަނީ ޝިންޖިއާން އަށް އަނބުރާ ގެންގޮސްފަ އެވެ.
ގާއްޕާ "ގެއްލުނުތާ" މަހެއް ފަހުން އޭނާ ވަނީ ޗައިނާގައި މަޝްހޫރު އެޕެއް ކަމަށްވާ "ވީޗެޓް" މެދުވެރިކޮށް އާއިލާ އަށް ގުޅައިފަ އެވެ. ގާއްޕާ ބުނި ގޮތުގައި އޭނާ ހުރީ ޝިންޖިއާންގެ ކޫޗާގެ ޖަލެއްގަ އެވެ.
ގާއްޕާ އާއި އޭނާގެ އާއިލާއާ ދެމެދު ދުވަސްކޮޅެއް ވަންދެން މުވާސަލަތު ކުރުމަށް ފަހު އަނެއްކާވެސް އޭނާ ގެއްލުނެވެ. އޭގެ ފަހުން ގާއްޕާގެ އާއިލާ އިން ވަނީ ޖަލުގެ ވީޑިއޯ ބީބީސީ އަށް ދީފަ އެވެ.
ގާއްޕާ ބުނެފައިވާ ގޮތުގައި ފުލުހުންގެ ޖަލެއްގައި އޭނާ 18 ދުވަސްވަންދެން ގެންގުޅުނެވެ. އެ ޖަލުގައި އެންމެން ވެސް ގެންގުޅުނީ ބޮލުގައި ހުޑް އަޅުވައި ދެއަތުގައި ބިޑި އަޅުވައި ފައިގައި ޗޭނު ޖަހައިގެންނެވެ. ގާއްޕާ ބުނެފައިވާ ގޮތުގައި އެ ޖަލުގެ ތެރޭން ރުއިމާއި ހަޅޭއްކުގެ އަޑު އިވުމަކީ ކޮންމެ ދުވަހެއްގެ ވެސް އާދަ އެވެ. ގާއްޕާ ބުނެފައި ވަނީ އޭނާ ވެސް ގެންގުޅުނީ އެނދާ އެއްކޮށް ޗޭނު ޖަހައިގެން ކަމަށެވެ.
ޖަލުގެ ގޮޅިއަށް ގާއްޕާ ފޯނެއް ވެއްދި ގޮތެއް ނޭނގެ އެވެ. އާއިލާއާ އޭނާ ކޮމިއުނިކޭޓްކޮށް، ޖަލުގެ މަންޒަރުތައް ފޮނުވީ އެ ފޯނު މެދުވެރިކޮށެވެ. ގާއްޕާގެ ޚަބަރެއް ނުވާތާ ދުވަސްކޮޅެއްވީ ފަހުން އޭނާގެ އާއިލާ އިން ވަނީ ހަތަރު މިނިޓް ބައިގެ އެ ވީޑިއޯ ބީބީސީ އަށް ދީފަ އެވެ. ތަޖްރިބާކާރުން ބުނަނީ އެއީ ސައްހަ ވީޑިއޯއެއް ކަމަށް ބެލެވޭ ކަމަށެވެ.
ވީގޫރް މުސްލިމުންގެ އެއްމިލިއަން މީހުން އެއްވެސް ކުށެއް ނެތި ޗައިނާ އިން ބަންދުކޮށްގެން ގެންގުޅޭ ކަމަށްވެ އެވެ. ޗައިނާ އިން ބުނެފައި ވަނީ އެ މީހުން ގެންގުޅެނީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކެއްގައި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަދުރީބެ
08 August 2020
އަހަރުންނަށް ކީތް.. ތިކަމާ. އަމިއްލަ ހާލައިގެން އުޅެވޭތޯ ބަލަންވީނު. ބޭކާރު ކަންކަމާ ވިސްނާކަށްނުޖެހޭ
ވިސްނަވާ1
08 August 2020
އިންޑިޔާވެސް ަަ ޗައިނާވެސް މުސްލިމުންނަކަށް ހެވެއްނޭދެ. މލ
ހަތާ
08 August 2020
އަނެއްކާ ތިކަމާ ދެކޮޅަށް އެމްބަސީން ބަޔާނެއް ނުނެރޭނެތަ؟
ޙަމްދަރުދީ
08 August 2020
ތިވީޑިއޯ އިން ފެންނަނީ ކޯއްޗެއްބާ ތިޔަކަމާ މިދިވެހި ގައުމު ދެބައިވެ ފޯރިނަގަންޖެހޭތަ ހީވާކަހަލަ އީންޑިއާ މީ ނަސީދު އުފަން ގައުމޭ ޗައިނާ އަކީ ނަސީދު ރުޅިއަރާ ގައުމޭ..
ދޮން މަނިކް
06 August 2020
ކޮބާތަ؟ ކަސްމީރު ގެ ވާހަކަ ހާދަ އަނިޔާއެކޭ ކުޑަކުދިންނާ ، އަންހެނުން ރޭޕުކޮއް، .........!.!!!!!!
ނަންނގތ
06 August 2020
އިންޑިއާ އިންމުސްލިމުންނަށް ކުރާއަނިޔާތުގެ ހަބަރެއްގެނެސް ދެވޭކައްނެއްތޯ؟
އެލެކްސް
06 August 2020
ބޮޑުވަޒީރު ހިތްޕުޅައިގެންނުވާ ކަމެއްނެތް ކުރެވޭކަށް.
ކޮތަރު
08 August 2020
އިންޑިޔާވެސް ޗައިނާވެސް ކަމަކުނުދޭ.
މުޑަހަންޖާ
06 August 2020
ކުުރީގަ އިނގިރޭސިން ޗައިނާމީހުނަށް އަފިހުން ވިއްކާތީ އެކަން މަނާކުރީމަ މަޝްހޫރު އޮޕިއަމް ހަނގުރާމަކޮށްގެން ޗައިނާގެ އެތައްބަޔަކު ގަތުލުކުރީ. އޭރުއްސުރެ އޮބިއަޅައިގެން އުޅުނީ. މިހާރު އެދުވަސް ހިނގައްޖެ. އިނގިރޭސިންނަށް އަހަރަކު 20 ހާސް އީޖާދު ފައިލްކުރެވޭއިރު ޗައިނާއިން 1.5 މިލިއަން އާ އީޖާދު އެބަ ފައިލްކުރޭ އަހަރަކު. ބޭކާރު ޕުރޮޕެގެންޑާ ނުފެތުރިއްޔާ ރަނގަޅީ.
7ބޯރާހި
06 August 2020
ތަންކޮޅެއް ކުރީގަ ސީރިއާގެ ޑޫމާގަ ސަރުކާރުން ކެމިކަލް ހަމަލާއެއްދީފިއޭ ކިޔައިގެންވެސް ތިކަހަލަ ވީޑިއޯއެއްނިކުތް. ދެން ދަތިކުރުމުގެ ފިޔަވަޅުއަޅާ ނިމުނުފަހުން ފަޅާއެރިއިރު ވައިޓްހެލްމެޓް ކިޔާބަޔަކަށް ލާރިދީގެން ކުޅުވާފަ އޮތް ވީޑިއޯއަކަށްވީ. ތިބަޔަކު މާރަނގަޅުނޫންތޯ އެސްޓެއިން ޖަލުގަ އޮއްވާ މަރާލިގޮތެއް ބެލިއްޔާ.
ނަންވާނީ....
06 August 2020
ނަންވާނީ އިންޑިއާ އެވެ.
މުރީދު
06 August 2020
މޮޑާރން ޓައިމްސް ގެ ޑިޓެންޝަން ސެންޓާރސް ޓު ބްރެއިން ވޮށް