މާލެ: ޖުލައި 20، 2017- މަދްރަސަތުލް އަރަބިއްޔާގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރި ކޮށްދެއްވި، އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާނު.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
10 އޯގަސްޓް 2020 - 14:06
ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ރައީސް އަހުމަދު ސުލައިމާން، އެ ކޮމިޝަނުން ވަކިކޮށްފި އެވެ.
ރައީސް އޮފީހުން އެންއައިސީ އަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސަށް ލަފާދެއްވާފައިވާތީ އޭނާ ވަކިކުރަން ނިންމާފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކުރި ރިޕޯޓުގައި ނިންމާފައި ވަނީ ސުލައިމާންގެ އިތުރަށް އެ ކޮމިޝަނުގައި ދެން ތިއްބެވި ތިން މެމްބަރުން ވެސް ވަކިކުރާށެެވެ. ނަމަވެސް މަޖިލީހުން އެގޮތަށް ފާސްކުރުމުގެ ކުރިން އެ ތިން މެމްބަރުން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
ސުލައިމާން ވަކިކުރަން ނިންމައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މަޖިލީހުން ލަފާ އަރުވާފައި ވަނީ ޖުލައި 21ގަ އެވެ.
އެންއައިސީ އާ ބެހޭ ގޮތުުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެކުލަވައިލި ރިޕޯޓުގައިވާ ބުނެފައި ވަނީ މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލުވައިލި މައްސަލަ ތަހުގީގުކުރުމުގައި ފުލުހުންގެ އިހުމާލު އޮތުން އެކަށީގެންވާ ކަަމަށް ގަބޫލުކުރުމާ އެކުގައި ވެސް އެ މައްސަލަ ނުބަލާ އޮތް އޮތުމަކީ އެންއައިސީން މެމްބަރުން ވަކިކުރަން ޖެހޭ އެއް ސަބަބެއް ކަމަށެވެ.
މީގެ އިތުރުން، މާލޭގެ ގެެއެއްގެ ތެރޭގައި ފުލުހުން އާއްމުންގެ މީހަކަށް އަނިޔާކުރި ކަމަށް ތުހުމަތު ކުރެވުނު މައްސަލައެއް ނުބެލި ދިގުލައިގެން ދިއުން ވެސް ހިމަނާފައި ވެއެވެ. އަދި ކޮވިޑް-19 އާ ގުޅިގެން އިއުލާނުކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި، އެންއައިސީގެ ހިދުމަތް މެދު ނުކެނޑި ދެވޭނެ ގޮތުގެ ތަފްސީލު ހޯދަން ކޮމިޓީން އެދުނު ކަމަށާއި އެ މައުލޫމާތު ވެސް ދީފައި ނުވާ ކަމަށް ރިޕޯޓުގައި ވެ އެވެ.
އެންއައިސީގެ މަސްއޫލިއްޔަތުގެ ތެރޭގައި ފުލުހުންނާ ގުޅޭ މައްސަލަތައް ތަހުގީގުކޮށް، ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުން ހިމެނެ އެވެ. ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ނަމުގައި 2008 ގައި އުފެއްދި އެ ކޮމިޝަން، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ނަމަށް ބަދަލު ކޮށްފައިވަނީ 2016 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޫއުފާވި
10 August 2020
އަދި ޔާމިނުގެ ވެރިކަމުގަ ސުލައިމާނު އީސީ އަށް ވައްދާފަ ތިބި ޔާމިނުގެ ޕަޕެޓުންނާ، އެންއައިސީ އަށް ލާފަ ތިބި ސުލައިމާނުގެ ޕަޕެޓުންވެސް ވަކި ކުރަންޖެހޭ. ސަރުކާރުގަ މިހާރުވެސް ގިނައީ ޔާމީނު ވެރިކަމުގަ ތަންތަނަށް ލި މީހުން. ދެން ކިހިނެއް އިބޫ ވެރިކަން ކުރާނީ.
ޙިނި
10 August 2020
ރައީސް ސުލޭމާނު ތި މަގާމައް އައީ ކިހެއްކަން ވެސް ހަންދާން ބަހައްޓަންޖެހޭ
ފާތާނިކެ
10 August 2020
މިއެންއައިސީ މެމްބަރުންނަކީ އެއްވެސް ޒިއްމާއެއް ނުނަގާ ބޮޑު މުސާރަކައިގެން ސޮއިކޮއްފަ ގޭގައި ތިބޭބައިގަޑެއް.
ހިންދުކޮޅު
10 August 2020
ގަޓްނެއްރައީސް އަމިއްލައައް އެއްކަމެއްނުނިންމޭ ކީއްކުރާރައީސެއް ތިޔައްވުރެމާރަގަޅުވާނެ ތިމަގާމުގަ ބުޅަލެއްބޭއްވިއަސް
އުދުހޭ
10 August 2020
އަޅެ މީނާ މަގާމުގަ ހުރެގެން ކުރި އެންމެ ކަމެއް ބުނެބަލަ؟ ގައިމު ކުރިން އުޅުން ގޮތަށް އިސްލާމް ޓީޗަރަކަށް އުޅުންނަމަ ލިބޭ ހެޔޮކަން ބޮޑުވީހެއްނޫންތަ؟ ކަންކަމާ ހަވާލުވެ މަސައްކަތް ނުކޮށް ހުރުން އެއީ އިސްލާމް ދީނުގަ ކޮންކަހަލަ ކަމެއްކަން އިސްލާމް ޓީޗަރަށް އޮޅިފައެއް ނޯއްނާނެ.