އިންޑިއާގެ މިނިވަން ދުވަހު ބޮޑުވަޒީރު މޯދީ ތަގްރީރު ދެއްވަނީ. --ފޮޓޯ:އޭއެފްޕީ
15 އޯގަސްޓް 2020 - 23:14
ނިއު ދިއްލީ (އޮގަސްޓް 15) - ސައެންސްވެރިންގެ ފަރާތުން ފެހި ސިގްނަލް ލިބުމާ އެކު އިންޑިއާގައި ގިނަ އަދަދަކަށް ކޮރޯނާވައިރަހުގެ ވެކްސިން އުފައްދަން ފަށާނެ ކަމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ވިދާޅުވެއްޖެ އެވެ.
"އެކައްޗެއް ދޭއްޗެއް ނޫން، އިންޑިއާގައި ދަނީ ތިނަކަށް ވުރެ ގިނަ ވެކްސިން މިހާރު ޓެސްޓް ކުރަމުން،" އިންޑިއާގެ މިނިވަން ދުވަހުގެ ތަގްރީރުގައި މޯދީ ވިދާޅުވި އެވެ.
މޯދީ ވިދާޅުވީ އިންޑިއާ އިން ކުރާނެ ކަމަކީ ހަމައެކަނި ގިނަ އަދަދަކަށް ވެކްސިން އުފެއްދުން ނޫން ކަމަށާއި އިންޑިއާގެ ކޮންމެ ރައްޔިތަކަށް ވެސް ކުރު މުއްދަތެއްގެ ތެރޭގައި ވެކްސިން ފޯރުކޮށްދޭނެ މަގުޗާޓެއް ވެސް މިހާރު ވަނީ ތައްޔާރުކޮށްފައި ކަމަށެވެ.
ދުނިޔޭގައި ތިން ވަނަ އަށް އެންމެ ގިނަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައި ވަނީ އިންޑިއާ އިންނެވެ. އެ ގައުމުން 2,588,253 މީހުން ޕޮޒިޓިވްވެފައިވާ އިރު 50,084 މީހުން ވަނީ މަރުވެފަ އެވެ. ކޮވިޑް-19 ގައި ހަތަރު ވަނަ އަށް އެންމެ ގިނަ މީހުން މަރުވި ގައުމަކީ ވެސް އިންޑިއާ އެވެ. ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ އިންޑިއާ އިން ވަނީ 63,031 މީހުން ޕޮޒިޓިވްވެ 950 މީހުން މަރުވެފަ އެވެ. ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ އެންމެ ގިނަ މީހުން ޕޮޒިޓިވްވެ އެންމެ ގިނަ މީހުން މަރުވެފައި ވަނީ ވެސް އިންޑިއާ އިންނެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަސް
16 August 2020
އިންޑިއާގެ އަމިއްލަ ވެކްސިނެއް އުފައްދައި މީހުން ބޭނުންކުރާ ހިސާބަށް ދެވުމުގެ ކުރިން އޮކްސްފޯޑު ވެކްސިން އިންޑިއާއިން އުފައްދާނެކަމަށް ލަފާކުރެވޭ. އެއީ މުޅި ދުނިޔޭގައިވެސް ވެކްސިން އެންމެ ގިނައިން އުފެއްދުމުގެ ގާބިލުކަން މިވަގުތު ލިބިފައިވަނީ އިންޑިއާގެ ސެރެނަމް އަށް ކަމަށް ވުމުން. އިންޑިއާގެ އަމިއްލަ ވެކްސިން ލިބޭނެކަމަށް ބެލެވެނީ މާރޗް 2021 ހިސާބު.
ޢާދޭސް
16 August 2020
ވެކްސިން ކޮޅެއް ރާއްޖެއަށްވެސް ދެއްވާތި. ޕްލީސް!
ސާންޓޭ
16 August 2020
އިންޑިޔާގައި ވެކްސިން އުފައްދާނަމަ އެންމެފުރަތަމަ އެލިބޭ ގައުމުތަކުގެ ލިސްޓުގެ ކުރީގައި ރާއްޖެ ހިމެނޭނެކަން ވަރަށް ޔަޤީން.