ގުރައިދޫ ބިން ހިއްކުމުގެ މަސައްކަތަށް ބޭނުންވާ މެޝިނަރީޒްތައް-- ފޮޓޯ: އެމްޓީސީސީ
17 އޯގަސްޓް 2020 - 10:44
ކ. ގުރައިދޫގެ ބިން ހިއްކުމުގެ މަސައްކަތާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ތައްޔާރީތައް އެމްޓީސީސީން ފަށައިފި އެވެ.
އެ ކުންފުނިން ބުނީ މަސައްކަތް ފެށުމުގެ ގޮތުން ސައިޓު މޮބަލައިޒް ކުރުމުގެ މަސައްކަތް އީއައިއޭގެ ހުއްދަ ލިބުމާއެކު މިދިޔަ ހޮނިހިރު ދުވަހު ފަށާފައިވާ ކަމަށެވެ. މި މަސައްކަތުގެ އީއައިއޭ ހުއްދަ ލިބިފައިވަނީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އެވެ.
މި މަޝްރޫއުގެ ދަށުން 644,000 އަކަމީޓަރުގެ ސަރަހައްދުގެ ފަޅު ފުންކޮށް، ބިންހިއްކުމުގެ އިތުރުން 1،200 މީޓަރު ސަރަހައްދެއްގައި ބޮޑުގަލުގެ ރިވެޓްމެންޓް ޖަހާނެ އެވެ.
މުޅި މަޝްރޫއަށް 85.9 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެމްޓީސީސީން ލަފާކުރެ އެވެ.
އެމްޓީސީސީން ރާއްޖޭގެ ގިނަ ރަށްތަކެއްގެ ބަނދަރު ހަދައި ބިން ހިއްކައި މަގު ހެދުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. ކޮވިޑް-19 ގެ ސަބަބުން މަސައްކަތްތައް ކޮންމެވެސް ވަރަކަށް މަޑުޖެހުނު ނަމަވެސް އަނެއްކާ ވެސް އެމްޓީސީސީން އަންނަނީ އަތޮޅު ތެރޭގައި ހިންގާ ގިނަ ޕްރޮޖެކްޓްތަކުގެ މަސައްކަތް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy