ލަންކާ އިން ކަރަންޓް ކެނޑި ޓްރެފިކް ލައިޓްތައް ނިވުމުން ކޮލަމްބޯގެ މަގުތައް ވަނީ މިއަދު ތޮއްޖެހިފައި. --ފޮޓޯ:ކޮލަމްބޯގެޒެޓް
17 އޯގަސްޓް 2020 - 20:56
ކޮލަމްބޯ (އޮގަސްޓް 17) - ސްރީ ލަންކާގެ ހުރިހާ ހިސާބަކުން މިއަދު ގާތްގަނޑަކަށް ހަތް ގަޑިއިރަށް ކަރަންޓް ކެނޑި އެތައް ބަޔަކަށް އުނދަގޫތަކާ ކުރިމަތިވެއްޖެ އެވެ.
މިނިސްޓަ އޮފް ޕަވަ ދުލަސް އަލަހައްޕެރުމާ ވިދާޅުވީ މުޅި ގައުމުން ކަރަންޓް ދިޔައީ ކެރަވަލަޕިޓިޔާ ސަބް-ސްޓޭޝަނަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ. ކަރަންޓް ކެނޑިފައި ވަނީ މެންދުރުގެ ވަގުތާ ދިމާކޮށެވެ.
ކޮލަމްބޯ ސަރަހައްދަށް ހަތްގަޑިއިރު ފަހުން ކަރަންޓް ލިބުނު ނަމަވެސް އެހެން ހިސާބުތަކަށް އަދިވެސް ކަރަންޓެއް ނުލިބެ އެވެ.
މިއީ މާޗް 2016 އަށް ފަހު ލަންކާގެ ކަރަންޓް ނެޓްވޯކަށް ދިމާވި އެންމެ ބޮޑު މައްސަލަ އެވެ. އެ ފަހަރު ވަނީ ސިސްޓަމް ފެއިލްވުމުގެ ސަބަބުން މުޅި ގައުމުން އަށް ގަޑިއިރަށް ކަރަންޓް ކެނޑިފަ އެވެ.
ލަންކާ އިން ކަަރަންޓް ދިޔަ މައްސަލަ ތަހުގީގު ކުރާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފަ އެވެ. އަދި އެކަންވީ ގޮތެއް ސާފު ކުރުމަށް ސިލޯން އިލެކްޓްރިސިޓީ ބޯޑަށް ވަނީ ތިން ދުވަހުގެ މުހުލަތު ދީފަ އެވެ.
ކަަރަންޓް ދިއުމުން ކޮލަމްބޯގެ ޓްރެފިކް ބައްތިތައް ނިވުމުން މަގުތަކުގައި ތޮއްޖެހި އެތައް ބަޔަކަށް ވަނީ އެކަމުގެ އުނދަގޫ ފޯރައިފަ އެވެ. ޓްރެފިކް ހަމައަކަށް އަޅުވަން ޖެހުނީ ފުލުހުން ނެރެގެންނެވެ. ކަރަންޓް ކެނޑުމުން ފެން ނުލިބުމުން ވެސް ގިނަ ބަޔަކު އުޅެން ޖެހުނީ ވަރަށް ހާލުގަ އެވެ.
ލަންކާ އަށް ބޭނުންވާ ކަރަންޓުގެ ދެބައިކުޅަ އެއްބައި އުފައްދަނީ ތާމަލް ޕަވައިންނެވެ. އަނެއް ބައި ޖެނެރޭޓް ކުރަނީ ހައިޑްރޯ އަދި ވިންޑް ޕަވާ އިންނެވެ. މައްސަލަ ޖެހުނު ކެރަވަލަޕިޓިޔާ ސްޓޭޝަނުން އުފައްދަނީ 300 މެގަވޮޓުގެ ކަރަންޓެވެ. އެއީ އެ ލަންކާ އަށް ބޭނުންވާ ކަރަންޓުގެ އެންމެ 12 ޕަސެންޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު
17 August 2020
މުޅި ލަންކާ އަށް ކަރަންޓު ގުޅާފަ ހުންނަނީ އެއްމެނަރަކުންތަ؟؟
ށާޑު
18 August 2020
ރަނގަޅު.
ގުދޯ ގުދޯ
18 August 2020
ލޮލް ހަސަނާ!
ކުރުކުރު
17 August 2020
އެހެން މަދުފަހަރެއްގަ ކަރަންޓުކެނޑުނަސް ކެރަވަލިޕިޓީއާއަކީ ތަރައްގީގެ ގޮތުން ކުރިއަރަމުން އަންނަތަނެއް. އެހެންވީމާ މާލޭމީހުންވެސް މާލެއަކީ ދުނިޔޭގެ ދެވަނަ ކެރަވަލިޕިޓިޔާއަށް ހަދަން ފޫގަޅަންވީ.
ރަދީފު ބިން ރަފައިދާ
17 August 2020
ސީޒަނު "އަނދިރިކަން" ހެދިފަހުން މުޅި މިސަރަހައްދަށް އަނދިރިކަން ވެރިވެއްޖެ.