ޗައިނާގެ ޑިޓެންޝަން ސެންޓަރެއްގައި ބަންދުކޮށްފައިވާ މުސްލިމް މޮޑެލް. --ފޮޓޯ:ބީބީސީ
18 އޯގަސްޓް 2020 - 12:33
ބެއިޖިން (އޮގަސްޓް 18) - ވީގޫރް މުސްލިމް މޮޑެލްއަކު ޝިންޖިއާންގެ ޖަލެއްގައި ހައްޔަރުކޮށްފައި ވަނީ ގާނޫނުތަކާ އެއްގޮތަށް ކަމަށް ޗައިނާ އިން ބުނެފި އެވެ.
މޮޑެލް މާގަން ގާއްޕާ، 31، ވަނީ ޝިންޖިއާންގައި މުސްލިމުން ބަންދުކުރާ ޖަލެއްގެ ވީޑިއޯ ނަގައި އާއިލާ އަށް ފޮނުވައިފަ އެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި އޭނާ ހުރީ އެނދާ އެކު ޗޭނު ޖަހައިފަ އެވެ. މިދިޔަ ފެބްރުއަރީ މަހު ގާއްޕާ ފޮނުވި އެ ވީޑިއޯ އޭނާގެ އާއިލާ އިން ފަހުން ވަނީ ބީބީސީ އަށް ދީފަ އެވެ.
ގާއްޕާ ބުނެފައިވާ ގޮތުގައި ފުލުހުންގެ ޖަލެއްގައި އޭނާ 18 ދުވަސްވަންދެން ގެންގުޅުނެވެ. އެ ޖަލުގައި އެންމެން ވެސް ގެންގުޅުނީ ބޮލުގައި ހުޑް އަޅުވައި ދެއަތުގައި ބިޑި އަޅުވައި ފައިގައި ޗޭނު ޖަހައިގެންނެވެ. ގާއްޕާ ބުނެފައިވާ ގޮތުގައި އެ ޖަލުގެ ތެރޭން ރުއިމާއި ހަޅޭއްކުގެ އަޑު އިވުމަކީ ކޮންމެ ދުވަހެއްގެ ވެސް އާދަ އެވެ.
ވީޑިއޯއާ ގުޅޭ ގޮތުން ޗައިނާގެ ކަމާބެހޭ ފަރާތްތަކަށް ބީބީސީން ފޮނުވި ސުވާލުތަކުގެ ޖަވާބު ވަނީ ޝިންޖިއާން ގަވަރްމަންޓް ޕްރެސް އޮފީހުން ދެ ހަފުތާ ފަހުން ދީފަ އެވެ.
"ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ޖަލުތަކާ ބެހޭ ގާނޫނުގެ 37 ވަނަ މާއްދާގައިވާ ގޮތުން ޖަލުން ދޫކުރާ ގައިދީންގެ ދިރިއުޅުން ހަމަޖެހެންދެން އެހީވާން ޖެހޭ. އެގޮތަށް މާޑަން ގާއްޕާ ޖަލުން ބަދަލު ކުރުމުގެ ތެރޭގައި އޭނާ ވަނީ އަމިއްލަ ނަފްސަށް ގެއްލުންދީ، ފުލުހުންނާ ދެކޮޅަށް ގަދަބާރު ދައްކައިފައި،" ބަޔާނުގައި ބުނެފައިވެ އެވެ. "އެހެންވެ އޭނާ ހުއްޓުވުމުގެ ގޮތުން އަޅަން ޖެހުނު ގާނޫނީ ފިޔަވަޅު ވަނީ އަޅާފައި. އަދި އޭނާގެ މޫޑް ހަމަޖެހުމުން އެ ފިޔަވަޅުތައް ވަނީ ނަގާފައި."
ޗަފެޝަން މޮޑެލް ގާއްޕާ، 31، އެ ސިޓީ ދޫކޮށް ދެކުނުގެ ފޮޝާން އަށް ބަދަލުވީ 2009 ވަނަ އަހަރު އެވެ. އެ ސިޓީގައި މޮޑެލް ކުރުމުގެ މަސައްކަތުގައި އުޅެނިކޮށް ގާއްޕާ ވަނީ ކެނެބިސް ވިއްކި ކަމަށް ބުނެ 2018 ގައި ހައްޔަރުކޮށް، 16 މަސް ދުވަހަށް ޖަލަށްލައިފަ އެވެ. ފޮޝާންގެ ޖަލުން ގާއްޕާ ދޫކޮށްލީ ނޮވެމްބަރު 2019 ގަ އެވެ. އޭގެ އެއްމަސް ފަހުން އޭނާ އަށް ވަނީ ރެޖިސްޓްރޭޝަން ފުރިހަމަ ކުރަން އަންގައިފަ އެވެ. މި އަހަރުގެ ޖެނުއަރީ މަހު އޭނާ ވަނީ ޝިންޖިއާން އަށް އަނބުރާ ގެންގޮސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުޔުޣޫރު
18 August 2020
ކޮން ވީގޫރެއް؟ އުޔުޣޫރު.
ދުންދަނޑި
18 August 2020
ޑުރަގުވިއްކުން މަނާކޮށްފިއްޔާ އިނގިރޭސިން ނިކަން ފޯރިހުންނާނެ. އިނގިރޭސިން ޗައިނާއަށް އަފިހުން ވިއްކާތީ އެކަން މަނާކުރީމަ މަޝްހޫރު އޮޕިއަމް ހަނގުރާމަކޮށްފަ ޗައިނާމީހުން ގަތުލުކުރީ.
ހަސަބު
18 August 2020
ޗައިނާ އަކީ ދީނެއް އޮންނަ ތަނެއް ނޫން. މުސްލިމުންނަށް ވަރަށް އަނިޔާކުރެއޭ ބުނާއަޑު އިވޭ. އެވާހަކަ ގަބޫލުވެސް ކުރެވޭ. މުސްލިމުން އެއްބައެއްގެ ގޮތުގައި ތިބެގެން ނޫނީ ތިކަން ރަނގަޅުނުވާނެ. މުޅި ދުނިޔޭގައި މިއޮތީ މުސްލިމުން ނިކަމެތިވެފަ. މިއީ ފޮށާ އެޅި މީހުންގެ ސަބަބުން ދިމާވާ ކަންތައް.
ކޮތަނބިރި
18 August 2020
ހެހެ. ޑުރަގު ވިއްކާތީ އޮބިނޯވެގެން ޖަލަށްލީމަވެސް ޖަލަށް ވަގަށް ފޯނުވައްދައިގެން ވީޑިއޯކޯލުގަ އެއޮންނަނީ، އެވަރުމީހަކު މިޕުރޮމޯޓުކުރަނީ ވީގޫރު މުސްލިމެކޭ ކިޔައިގެން. މިހުންނަނީ ހުޅަނގުގެ ޕުރޮޕެގެންޑާ. ތިވެދާނެ ގެއެއްގެތެރޭ ކުޅުވާފަ އިން ވީޑިއޯއަކަށްވެސް. އަދިކޮބާ، އިނގިރޭސި ޖަލުތަކުގަ ކުރާ އަނިޔާގެ ވާހަކަ ރަނގަޅީ ނުދެއްކިއްޔާ.
ޙިނި
18 August 2020
ޑުރަގު ވިއްކާ މީހުން ނައް އަދަބު ދެވެންޖެހޭ، މީގާ މައްސަލައެއް ނެތް.
އަޅުކަލޭގެ
18 August 2020
ސުވާލަކީ އޭނާ ޑްރަގް ވައްކިތޯ؟ ޗައިނާގެ ވީގޫރު މީހުްން ހައްޔަރުކުރަން ވަރަށް ގިނަ އުކުޅު ބޭނުންކުރޭ