ބީއެމްއެލް ކާޑު ބޭނުން ކޮށްގެން މީހަކު އޭޓީއެމުން ފައިސާ ނަގަނީ-- ފޮޓޯ: މިހާރު
19 އޯގަސްޓް 2020 - 23:06
ބީއެމްއެލް ޑެބިޓް ކާޑު ބޭނުން ކޮށްގެން ބައެއް ކަސްޓަމަރުން ފައިސާ ދެއްކުމުން ދެ ފަހަރަށް ކެނޑޭ މައްސަލަ ފާހަގަ ކުރެވިފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.
ބޭންކުން މިރޭ ބުނީ މިގޮތަށް ދެ ފަހަރަށް ފައިސާ ކެނޑެނީ ބޭންކުގެ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ. އަދި މި މައްސަލަ މިހާރު ދެނެގަނެވި ވީހާވެސް އަވަހަށް މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
ބީއެމްއެލުން ވަނީ މި މައްސަލަ ހައްލުވަންދެން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފަ އެވެ.
އެކައުންޓުން ދެފަހަރަށް ފައިސާ ކެނޑުމުގެ ސަބަބުން ބައެއް ކަސްޓަމަރުން ވަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށްފަ އެވެ. އަދި ވީހާވެސް އަވަހަށް މައްސަލަ ހައްލުކޮށް ފައިސާ އަނބުރާ ޖަމާކޮށްދިނުމަށް ކަސްޓަމަރުން އަންނަނީ ބުނަމުންނެވެ.
A payment that is supossed to be reversed is now deducted twice from my account 😡 @bankofmaldives pic.twitter.com/yZJrrqRhYD
— Ahmed Iyaadh (@NeoFromDarkness) August 19, 2020
ބީއެމްއެލުން ދެ ފަހަރު ފައިސާ ކެނޑުމުން މީހަކު ކުރި ޓްވީޓެއްް--
ކާޑުތަކުން ދެފަހަރަށް ފައިސާ ކެނޑުނު ކަސްޓަމަރުންގެ ތެރޭގައި ބޭރު ގައުމުތަކުގައި ތިބި ބައެއް މީހުން ވެސް ހިމެނެ އެވެ.
ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކޮށްފައިވާ މީހުން ބުނެފައިވާގޮތުގައި ބޭންކުން މިގޮތަށް ކުރިން ވެސް ފައިސާ ކެނޑެ އެވެ. ނަމަވެސް ބީއެމްއެލުން ބުނިގޮތުގައި މި މައްސަލަ ދިމާވެފައިވަނީ މިރޭ އެކަންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަލީމު
20 August 2020
މުސާރަ ޖަމާވީމަ ވަގުތުން ފައިސާކޮޅު ނަގަން. ޭެއެހެން ހަދަން ފެށީމަ ސޭވް ވެސް ވޭ. ކުރިން މަސް ހުސްނުވަނީސް ލާރިކޮޅު ހުސްވޭ. އ
ބޯގސސ
20 August 2020
ތީއަލަށްވާކަމެއްނޫން..އަބަދުވެސް ހާލަތު...ހުރހާ ބޭންކުތަކެއްގަ ތިބޭ ކުދންނަށްވެސް އެބަޖެހޭ އިސްލާމްކޯސް ހިންގަން...އަގީދާވަތިގަދަކުރަން..
ގެއްލުނު 32 މިލިޔަން
20 August 2020
އަބޫދާބީ ކުންފުންޏަށް ވެންޓިލޭޓަރު ގަތުމަށް 32 މިލިޔަން ރުފިޔާ ފޮނުވިފި ކަމަށް ދައްކާފައި ވަނީ ބީއެމްއެލް ތުރޫކޮށް ތޯއެވެ؟
ހަކީމް
20 August 2020
ލާރި ކެނޑުނުކަމަށް މެސެޖް ލިބިފަ ލާރި ނުކެނޑިދާ ފަހަރު އެބަދޭ. ނިއަރ ފީލްޑް ޕޭ ގެ 50% ފަހަރު މެށިނަށް އަރާނީ އެރާ. ކީއްކުރަނީ ދިވެހިންނަށް މިނޫން ގޮތެއް ނެތް.
ޢެޑްމުންޑޯ
20 August 2020
މީގެ ކުރިންވެސް ތިފަދަ މައްސަލައެއް ފާހަގަވެގެން ބެންކަށް ގުޅާފައި އެވާހަކަ ބުނީމާ ގަބޫލު ނުކުރި ، ހަދާންވާގޮތުގައި ދެތިންފަހަރަކު އެމައްސަލަ ދިމާވީ ، ކޮންމެވެސް ވަރަކަށް ބެންކްމުއައްޒަފުންނާއި ޒުވާބުވެސް ކުރެވުނު އެމައްސަލާގައި ، މިއަދު އެއީ ތެދެއްކަން އެމުއައްޒަފުންނަށްވެސް އެގޭނެކަމަށް ހީކުރަން
ބަޑީ
20 August 2020
ގޯހެއް ހިގައިފިނަމަ އެކަން ޤަބޫލުކޮށް މައާފަށް އެދި އެކަމަށް އަވަސް ހައްލެން ގެންނަން މަސައްކަތް ކުރުމަކީ ވަރަށް ރަގަޅު ކަމެއް ހަމަ އެއާއެކު، މިފަދަ އިންސާނީ އުފެއްދުން ތަކަކީ "އަބަދުވެސް" މައްސަލަ ދިމާވާނެ ކަންކަން. މިކަމާ އެއްބަސް ނުވާ ބޭފުޅުން "ޕާރފެކްޓް" ހައިޓެކް އެއްޗެއް އަޅުގަޑުމެން ބޭނުންކުރަން ހައްދަވާ ދެއްވަންވީނުންތޯ. ބީއެމްއެލް އިން މި ފައިސާ ވީހާވެސް އަވަހަކަށް ޖަމާކޮށްދެއްވާ.
ހައްޔާލު
20 August 2020
ބޭންކް އޮފް މަހަލަދީބުގެ އިތުބާރު ސީދާ ތޯ
ތަޖައްލާ
20 August 2020
ކޮންމެ ސިސްޓަމެއްގައިވެސް މައްސަލަ ޖެހިދާނެކަން ޤަބޫލުކުރަން. ޤަބޫލު ނުކުރެވިގެން މިއުޅެނީ މިގޮތަށްދިމާވިކަމަށް އެއްބަސްވެފަ އަހަރެމެންގެ އަތުން ޑަބަލް ޗާޖު ތިކުރި ފައިސާ އަނބުރާ ލިބޭނެގޮތެއްވެސް އަދި ދެން އަހަރެމެން މި ފައިސާ ހޯދަން ހަދަންވީގޮތެއްވެސް ބުނެލާފަނެތީމަ. .
އެންދެރި
20 August 2020
ބޭންކް ގެ ބައެއް މުވައްޒަ ފުންނަށް ބޭންކުން ފާރަލާން އެބަޖެހެ އެވެ. . ބައެއް ކަސްޓަމަރުންގެ މައުލޫމާތު ލީކްވާ ވާހަކަ އަކީވެސް އިވޭ އަޑެކެވެ. އެފަދަ ބަޔަކު ވާ ނަމަ ވަގުތުން ވަޒީފާ އިން ވަކި ކުރަން ވީ އެވެ.
ޖަމަލު
20 August 2020
ރާއްޖޭގެ ޓެލެކޮމް ކޮމްޕެނީއަކުން އިޝޫ ކުރާ ނަންބަރަކުން ގުޅާ ފްރައުޑް ކޯލް ކުރާ އިރު ބެލެނީއެއް ނޫން. ދެން އޮތް ކަމަކުން ޒިންމާ އަދާ ކުރެވެނީއެއް ނޫން.. ދެން ކޮބާ މުއައްސަސާ ތަކުގެ ބޭނުމެއް މިގައުމުގަ
ައަފުރާސިޔާބު
20 August 2020
ތާއީދު. ސީދާ ފާޅުކަން ބޮޑުގޮތެއްގައި ހިނގާ ކަންކަން އެއީ. މީގެ ދެރަކަމަކީ އާންމު މީހާ ހަފުސްވުން. ޕޮލިހުންނަކަށް މިފަދަ މައްސަލަ ތަކުގެ އަޑި ހޯދޭ ކަމަކަށްވެސް ނުވޭ. ނަމަވެސް ހިފަން ބޭނުންވާ މީހަކު ނަމަ އެމީހާ ފޯން ކުރި ތާރީޚާއި ސިކުންތާއި ހުރިތަނާއި ފައިސާ ލިބުނު ވަރަކާއި ހިތުގައި އޮތް އެއްޗެހިވެސް ދެނެގަންނަ ކަމުގައިވޭ. މީ އަރަތެއްނޫންތަ؟
ބޭން،............ ކު
21 August 2020
ބޭންކުން ޕާސްވޯޑު ހޯދާކަށް ނުގުޅާނެ. މިހެން ބުނެ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ އެޑްވަޓައިޒް ކުރުމުގެ ބަދަލުގައި، އެބުނާހެން، އެގޮތަށްގުޅާ ފޯނުތަކުގެ ނަމްބަރ ތެލެކާމިނޭށަން މަރުކަޒުން ހޯދައި ފިޔަވަޅު އަޅަން ޖެހޭ.