އދ. ގެ އެސްކަޕް އިން މިއަދު ކުރިއަށް ގެންދިޔަ ވެބިނާގައި ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ބައިވެރިވަޑައިގަންނަވަނީ -- ފޮޜޯ: ކޮމިއުނިކޭޝަން މިނސިްޓްރީ
20 އޯގަސްޓް 2020 - 17:58
ރާއްޖޭގެ އީ-ގަވަމަންޓްގެ ތަރައްގީކޮށް ކުރިއަރުވަން އެކަމަށް ކުރާ އިންވެސްޓްމެންޓް އިތުރުކުރަން ޖެހޭ ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު މިއަދު ވިދާޅުވެއްޖެ އެެވެ.
އދ.ގެ އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޮ އޭޝިއާ އެންޑް ދަ ޕެސިފިކް (އެސްކަޕް) އިން ބޭއްވި "އީ ގަވަމަންޓް ސާވޭ އޭޝިއާ ޕެސިފިކް ރީޖަނަލް ވެބިނާ "ގައި މިނިސްޓަރު ވިދާޅުވީ އީ-ގަވަމެންޓެއް ތަރައްގީކުރަން ރާއްޖެއިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެހެން އަހަރުތަކުގައި އދ. ގެ އީ-ގަވަމަންޓް ޑިވޮލޮޕްމެންޓް އިންޑެކްސްގައި އެވްރެޖް މިންގަނޑެއް ރާއްޖެ ހިފެހެއްޓުނު ނަމަވެސް ފަހު އަހަރުު ތަކުގައި ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށެވެ. ބައިނަލްއަގްވާމީ އަދި އޭޝިއާ ސަރަހައްދަށް ބަލާ އިރު ވެސް ރާއްޖެ އޮތީ އެ އިންޑެކްސްގެ ވަރަށް ފަހަތުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެ ރަސްމިއްޔާތަށް ހުށަހަޅާފައިވާ ސާވޭއިން ލިބުނު މައުލޫމާތަށް ބަލާފައި މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ކަމުން އަރައިގަނެ އެހެން ގައުމުތަކާ އެއްހަމައެއްގައި ހިފެހެއްޓޭނީ މިހާރަށް ވުރެ އިތުރަށް މި ދާއިރާއަށް އިންވެސްޓްކޮށްގެންނެވެ.
މި ދާއިރާއަށް މި އަހަރު 77.8 މިލިއަން ރުފިޔާ ކަނޑައެޅި އެވެ. އެއީ މިނިސްޓްރީ އަށް ލިބުނު 21.5 މިލިއަނާއި އެންސީއައިޓީ އަށް ލިބުނު 50 މިލިއަނާއި ކޮމިއުނިކޭޝަން އޮތޯރިޓީ އަށް ލިބުނު 6.3 މިލިއަނެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ހަރަދު ކުޑަ ކުރި އިރު އެ ދާއިރާއަށް ދިން ބަޖެޓުން 14 މިލިއަން ރުފިޔާ ވަނީ އުނިކޮށްފަ އެވެ.
ރާއްޖެއަށް އީގަވަމެންޓެއް ގެނައުމުގެ މަސައްކަތް ފެށީ 2000 ވަނަ އަހަރެވެ. އެ މަސައްކަތް އެ އަހަރު ފެށީ ސައިންސް އެންޑް ޓެކްނޮލޮޖީގެ މާސްޓާ ޕްލޭނެއް އެކުލަވާލައިގެން ކަމަށާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ފުރަތަމަ ޕްރޮޖެކްޓު ވެސް ފެށީ އެ އަހަރު ކަމަށް މިނިސްޓަރު ވިދާޅުވި އެެވެ.
އެ މަޝްރޫއަށް 12 މިލިއަން ޑޮލަރު (184,920,000 ރުފިޔާ) ހޭދަކުރި އިރު، އޭޝިއާ ޑިވެލޮޕްމެންޓް ބޭންކުން އެ މަޝްރޫއަށް 9.5 މިލިއަން ޑޮލަރު(146,395,000 ރުފިޔާ) ގެ އެހީއެއް ދިން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މި ދާއިރާއިން ހާސިލްކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ސަރުކާރުގެ އެކި އިދާރާތައް ޑިޖިޓަލައިޒްކޮށް، އޮންލައިންކޮށް ހިދުމަތް ލިބޭނެ ގޮތް ހެދުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ކަޒިކިސްތާނުގެ ޑިޖިޓަލް ޑިވެލޮޕްމެންޓް، އިނޮވޭޝަން އެންޑް އެއޮރޯސްޕޭސް އިންޑަސްޓްރީގެ ނައިބު މިނިސްޓަރު އަބްލޭހާން ޔެސެނޮވިޗް އޮސްޕަނޮވް އާއި ދެކުނު ކޮރެއާގެ އިންޓީރިއާ އެންޑް ސޭފްޓީ މިނިސްޓްރީގެ ޑިޖިޓަލް ގަވަމަންޓް ކޯޕަރޭޝަން ޑިވިޝަންގެ ޑިރެކްޓާ ސުންގްޖޫ ސަން ވެސް ބައިވެރިވި އެވެ.
އދ. ގެ އެސްކެޕް އިން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ވެސް މިނިސްޓަރު މަލީހު ބައިވެރިވަޑައިގަތެވެ. ރާއްޖެއަކީ ކުޑަ ގައުމަކަށް ވުމުން އޮންލައިން ހިދުމަތްތައް ދިނުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް އެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަން ލިމިޓެޑް އިންޓަނެޓް
21 August 2020
ކޮބާތަ ކަލޭ އަގުހެޔޮ ކުރި އިންޓަނެޓް؟؟؟؟
ޢަލީފު
21 August 2020
ތިއުޅެނީ ލާރިގަނޑެއްހޯދޭނެގޮތެއް ނެތިގެން. ސްޕޯޓްސް މިނިސްޓަރަކަށް ހުރިއިރުވެސް ދަނޑުތައްހަދަންދިންގޮތްވެސް ތަހުގީގުކޮށްލަބަލަ.
ޖަރީމާ
21 August 2020
ނެޓް އަގުހެޔޮ ކޮށް ވަޢުދު ފުރިހަމަ ކޮށް ، ދެވަނަ ވައުދު ގެ ތައްޔާރީ ތަށް ވަނީ
އިބުރާހިމު
21 August 2020
މީނާވެސް އެބައުޅުއްވާދެތްތޯ! މީނާގެ މަސްއޫލިއްޔަތަކީ ދޭތެރެޔަކުން މިގޮތައް ހަބަރެއްވެލުން.
އުދުހޭ
21 August 2020
އެންމެ ފައްކާ އީގަވަރުމަންޓް ސޮފްޓްވެއަރ އެއް ދިވެހި ޑިވެލޮޕަރުން ހަދާލާނެ 1 މިލިޔަން ޑޮލަރަށް. މިހާރުވެސް 12 މިލިޔަން ތިޔައޮތީ ޚަރަދުކޮށްފަ.
ދެއެހީތެރިން
21 August 2020
ހައްދެއް އޮންނާނެއެވެ މުޅިސިސްޓަމް ބަދަލް ކުރުމެއް ނޫނެވެ ބޭނުންވަނީ ބޮޑު ޢަދަދެއް ހޯދުމެވެ ހޯދާފަ ދެން ކުރާނީ ކުރާނި ގޮތަކަށް ދޯހޮޅި ކޮށެވެ އުނގު ފުތާލައެވެ
ޙަސަން.
21 August 2020
ކޮޓަރިއަށް އިންވެސްޓް ކުރަންވީ
@ހަސަނ
21 August 2020
ޚިދުމަތެއް ނުކޮށް ސަރުކާރުން ފައިސާ ހޯދާ ކުއްޅީ މުއްސަނދިކަމެއް ހޯދަން އުޅުނީމަ ކަމަކު ނުދޭ
ހަސަންފުޅު
21 August 2020
މޭކަޕް ސާމާނަށްވެސް އެބަޖެހޭ ސަރުކާރުން އިންވެސްޓު ކުރަން ..
ތެދު
20 August 2020
ޢަނެއްކާ އަނެކަކު? ހިންގޭ ވަޒީރުން އިބޫ އެބަ ހޯދަންޖެހޭ.
ައަހުމަދު
20 August 2020
މީނަހުރެގެން އެއްވެސް އެއްޗެއް އިންވެސްޓު ކުރާނެކަމެއް ނެތް ތިދައިރާ ރަނގަޅަށް ހިންގޭމީހެއްލާފްއި ދެން އިންވެސްޓްކުރަން ރަނގަޅު މުޅިން އަނގައިން އެ ހިފަހަށްޓަނީ.