24 އޯގަސްޓް 2020 - 07:59
ސުޕަހީރޯ ކެރެކްޓާތަކުގެ ތެރެއިން "ބެޓްމޭން" އަކީ ވެސް ފޭނުން ވަރަށް ގަޔާވާ ކެރެކްޓާއެކެވެ. "ބެޓްމޭން" ގެ ކުރިއަށް އޮތް ފިލްމުގެ ޓައިޓްލް ރޯލު ޒުވާން އެކްޓަރު ރޮބަޓް ޕެޓިންސަނާ އެކު ގެނެސްދޭން ނިންމާފައިވާ އިރު، މީގެ ޓީޒާ ޓްރެއިލާއެއް މިހާރު ވަނީ ދައްކާލައިފި އެވެ.
އެ ބެލި ގިނަ ބަޔަކު ބުނެފައިވާ ގޮތުގައި "ޓްވައިލައިޓް" ސާގާއިން ވިދައިލި އެކްޓަރު ބެޓްމޭންގެ ރޯލަށް ހަމަ ހެޔޮވަރެވެ. އަދި ޓީޒާ އިން އޭނާ އެ ކެރެކްޓާ އަށް ކިހާ ޑެޑިކޭޓްވެފައިވާކަން ވެސް ދައްކުވައިދޭ ކަމަށް ބައެއް މީހުން ބުންޏެވެ.
Robert Pattinson is #TheBatman. Watch the #DCFandome Teaser Trailer now. pic.twitter.com/vhRXE7YlCA
— The Batman (@TheBatman) August 23, 2020
އުފެއްދުމުގެ މަރުހަލާގައި އޮތް "ބެޓްމޭން" އާ ފިލްމުގެ ޑައިރެކްޓަރަކީ މެޓް ރީވްސް އެވެ. މީގެ ކާސްޓުންގެ ތެރޭގައި ކޮލިން ފެރެލް، އެންޑީ ސާކިޒް، ޖޭމީ ލޯސަން، ޖެފްރީ ރައިޓް، ޕޯލް ޑާނޯ އަދި ޒޯ ކްރަވިޒް ހިމެނެ އެވެ.
ޕެޓިންސަން، 34، ދެން އެންމެ އަވަހަށް ފެނިގެންދާނީ ވެސް ވަރަށް ވަރުގަދަ ބޮޑު ފިލްމަކުންނެވެ. އެއީ ކްރިސްޓޯފާ ނޯލަންގެ "ޓެނެޓް" އެވެ. އޭނާގެ ކުރިއަށް ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި "ދަ ޑެވިލް އޯލް ދަ ޓައިމް" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އީލައި
24 August 2020
ބޭލް އަދި އެފްލެކްގެ ބެޓްމޭން އަށް ވުރެވެސް ޕެޓިންސަން މޮޅުވާނެކަމަށް ލަފާކުރެވޭ. ޒޯއީ ކްރެވިޓްޒް ގެ ކެޓްވުމަންވެސް ވަރަށް ފުރިހަމަ. ކުރިއަށް އޮތް ހުރިހާ ޑީސީ ފިލްމުތައް ވަރައް ކާމިޔާބުވާނެހެން ހީވޭ.