ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބަލަހައްޓަވަނީ. ސިވިލް ސާވިސް ކޮމިޝަނަށް ކޮމިޓީންް ނަންތައް ޝޯޓްލިސްޓް ކުރި އިރު މެމްބަރަކާ ގުޅޭ ނަމެއް އެބަ އޮތް ކަަމަށް އޭނާ ވިދާޅުވި.
25 އޯގަސްޓް 2020 - 10:10
ސިވިލް ސާވިސް ކޮމިޝަނަށް މެމްބަރުން ހޮވަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނަންތައް ޝޯޓްލިސްޓްކުރި އިރު އެ ލިސްޓްގައި މަޖިލީހުގެ މެމްބަރެއްގެ މަސްލަހަތު ހިމެނޭ ބޭފުޅަކު އޮތުމުން އެކަން މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ބަލަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެދިވަަޑައިގެންފި އެވެ.
މަޖިލީހުގެ ޖަލްސާ ފެއްޓެވުމަށް ފަހު ރިޔާސަތުން އަންގާ އެންގުމެއްގެ ގޮތުގައި ނަޝީދު ވިދާޅުވީ ސިވިލް ސާވިސް ކޮމިޝަނަށް ކުރިމަތިލެއްވި 41 ބޭފުޅުންގެ ތެރެއިން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ޝޯޓްލިސްޓް ކުރި 13 ބޭފުޅުންގެ ތެރޭގައި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެމްބަރެއްގެ "މަސްލަހަތު ހިމެނޭ ބޭފުޅެއްގެ ނަން އެބަ އޮތް" ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަަލްސާއެއްގައި ސަނީފް ވާހަަކަ ދައްކަވަނީ
"އަޅުގަނޑު އެ ލިސްޓް ބެލިއިރުގައި މި މަޖިލީހުގެ އިއްޒަތްތެރި މެމްބަރެއްގެ، އަދި ހާއްސަކޮށް މިނިވަން މުއައްސަސާ ކޮމިޓީގެ އިއްޒަތްތެރި މެމްބަރެއްގެ މަސްލަހަތު ހިމެނޭ ބޭފުޅެއް ކަމަށް އަޅުގަނޑުގެ ޟަމީރަށް ގަބޫލުކުރެވޭ ބޭފުޅަކު އިންނެވީތީ އަޅުގަނޑު އެދެނީ ސުލޫކާއި އިމްތިޔާޒް ކޮމިޓީން އަދި އެއް ފަހަރު މިކަން ބައްލަވައިލަދެއްވުމަށް،" ނަޝީދު ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މަސްލަހަތު އޮތް ނަމެއް ކަމަށް ނަޝީދު އެ ވިދާޅުވީ ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޢަބްދުﷲ ސަނީފްގެ ކުރީގެ އަނބިކަނބަލުންގެ ވާހަކަ އެވެ. ނަމަވެސް އެ ނަމާ މެދު ގޮތެއް ނިންމަން ކޮމިޓީގައި ނެގި ވޯޓުގައި އަދި އެ އިންޓަވިއުގައި ސަނީފް ބައިވެރިވެވަޑައެެއް ނުގަންނަވަ އެވެ.
ސަނީފްގެ ކުރީގެ އަނބިކަނބަލުން ހިމެނޭ ގޮތަށް، ސީއެއްސީ އަށް ކަނޑައަޅަން މަޖިލީހުން ވޯޓު ދޭނެ ބޭފުޅުންގެ ލިސްޓެއް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން މިހާރު ވަނީ ކަނޑައަޅައިފަ އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ރައްޔިތުން މަޖިލީހަށް ކުރާ އިތުބާރު ބޮޑުވާނީ ވަކި އަތަކަށް ބުރަ ނުވެ، ދެފުށް، ފެންނަ ގޮތަށް އަދި އަމިއްލަ މަސްލަހަތަށް ނުބަލައި މުއައްސަސާތައް ބިނާކުރަން މަސައްކަތް ކުރުމުންނެވެ. މަގާމުތަކަށް ގާބިލު ބޭފުޅުން ހަމަޖެއްސުމަކީ މި ރައްޔިތުންގެ މަޖިލީހުގެ އެންމެ ބޮޑު އެއް ވައުދުކަމަށް ވެސް ވިދާޅުވި އެވެ.
ނަންތައް ޝޯޓްލިސްޓްކުރި ގޮތް އިމްތިޔާޒާއި ސުލޫކު ކޮމިޓީން ވީހާވެސް އަވަހަކަށް ބެލުމަށް ފަހު އެ ރިޕޯޓް އަލުން މަޖިލީހުގެ ތަޅުމަށް ފޮނުވަން ނަޝީދު އެދިވަޑައިގެންނެވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރީ
25 August 2020
ﷲ އަކްބަރު! "އެމަނިކުފާނު ވިދާޅުވި ގޮތުގައި ރައްޔިތުން މަޖިލީހަށް ކުރާ އިތުބާރު ބޮޑުވާނީ ވަކި އަތަކަށް ބުރަ ނުވެ، ދެ ފުށް، ފެންނަ ގޮތަށް އަދި އަމިއްލަ މަސްލަހަތަށް ނުބަލައި މުއައްސަސާތައް ބިނާކުރަން މަސައްކަތް ކުރުމުންނެވެ. މަގާމުތަކަށް ގާބިލު ބޭފުޅުން ހަމަޖެއްސުމަކީ މި ރައްޔިތުންގެ މަޖިލީހުގެ އެންމެ ބޮޑު އެއް ވައުދުކަމަށް ވެސް ވިދާޅުވި އެވެ." މިހެންބާ ހުރިހާ މުޢައްޞަޞާއަކަށް ވެސް މީހުން ޢައްޔަންކުރަނީ އެމަނިކުފާނާއި އެމަނިކުފާނުގެ މަޖިލީހުން.
ޖައިސާމް
26 August 2020
ޖުމްލަކޮށް ކުރީ މަޖިލިސްތަކަށްވުރެ ރަނގަޅަށް ކަންކޮށްފަ އޮތީ. ރަނގަޅުވިބަޔަށްވުރެ ރަނގަޅުކުރަން ހުރިބައި އަދިވެސް ބޮޑު.
ކަރީމް123
25 August 2020
ސީ.އެސް.ސީ އަށް ހޮވާ 4 މީހުންނަކީވެސް މަޖްލިސް މެންބަރެއްގެ މަސްލަހަތު އޮތް މީހެއް ނޫނީ ނުވާނެ. ޝޯޓް ލިސްޓްވާ ހިސާބުން އަދި ކީއް ރައީސް އޮފީހަށް އެޕްލިކޭޝަން ހުށަހަޅާ ހިސާބުން އޮންނަނީ ލޮބީ ކުރަން ފަށައިފައި. މި މުޖުތަމަޢުގައި ތަޢްލީމާއި ޤާބިލްކަން ހުރި އެތައްބަޔަކު އެބަތިބި، އެކަމަކު ތިޔަކަހަލަ ވަޒީފާއެއް އެމީހުންނަށް ނުލިބެނީ އެމީހުން ސިޔާސީ މީހުންގެ ފަހަތުން ނުދުވާތީ. ދެން ތަނެއް މިނިވަންވާނީ މިވަރަށް.
ސުނިލް
25 August 2020
ސިވިލް ކޮމިޝަނަށް މީހުން ނަގަންވާނީ ސިވިލް ސަރވިސް ތަޖުރިބާ ހުރިތޯ ބަލައިގެން. މަދުވެގެން 15 އަހަރުގެ އެގްޒެކެޓިވް ލެވެލްގެ ތަޖުރިބާ ހުރެގެން ސިވިލް ސަރވިސް ހިންގަން އެގޭނީ. އެއީ ހޮވައިގެން ރީދޫ ޕާޓީގެ އެކްޓިވިސްޓުންނަށާ އާއިލާތަކަށް ވަޒީފާ ދޭން ހެދި ކޮމިޝަނެއް ނޫން.
ނަސިރު
25 August 2020
ބަލަ އަންނި އާއި އިވާ - ކޮއްކޮއާއި ބޭބެ- މަޖިލިސް ރައިސް އަދި ނާއިބު ރައިސް. ޢަންނި އާއި ހިސާން، ރިއްފަތު، މަސްތޫރު- ކްލައިންޓް އަދި ޤާނޫނީ ވަކީލުން- ޖޭއެސްސީ. މަސްލަހަތު ފުށުއަރާތޯ.
ތަރުޖަމާނުލް ގައުމު
25 August 2020
ރޮޒޭ ބުނީ ނީންނާނެއޯ. ދެން ހޮވީމަ ފެންނާނެތާ!
އަނ ބިކަމަނާ
25 August 2020
މަ ހޮވާނެ. ދެން ލަލަލާ!
ރިއަލީ ނޮޓް ނައްޓު
25 August 2020
މައުމޫނު ބޭލީ ގާތްމީހުންނަށާ ރަށްޓެހިންނަށް މަގާމް ބަހަނިއްޔޭ ޕާޓީސިސްޓަމް ގެނާއިމަ ރަގަޅުވާނޭ ކިޔާ ހުވާކޮށް. ޕާޓީސިސްޓަމް ގެނެސް މައުމޫނު ކުރި ވަރުގެ 10 ގުނަޔަށް ގޯތި ކުދިންނާ ޕާޓީ ކުދިންނަށް ދައުލަތް ފޮތިފޮތި. ވައި ޗަރުކޭސް އިންޓަރވިއު މީހުން މޮޔަހައްދަން.
ދިއްދޫމީހާ
25 August 2020
ސަނީފް ކުރިން ފަޓްލޫނާ ގަމީސް ގަތް ފިހާރާގެ ސޭޓް ނެތްތަ ތިލިސްޓްގާ؟؟ ކުރީގެ އަނބިކަބަލުން ވީމަ ބަލާ ގޮތަ ކުރީގެ ސޭޓްވެސް އިންތޯ ބަލަންވާނެ، ސަނީފްއަ ހަމަ ހިލޭ ފަޓްލޫނާ ގަމީސް ދީފަ އޮވެ ދާނެ ވިއްޔާ...
ދެރަވ
25 August 2020
މީނާ އާ މަޝްވަރާނުކޮށް ލިސްޓް ތައްޔާރުކުރީކަމަށްވާނީ. މިއީ މާ ނަޒާހަތްތެރި މީހެއްނޫން. އަމިއްލަ އެދުމާއި މަޝްހޫރުވާން އުޅުމުގެ ލާމަސީލު މިސާލެއް.
ޢިބޫ
25 August 2020
މީހުން ތުހުމަތު ކުރާގޮތުގަ ފިނޭންސް މިނިސްޓަރ ކޮންޓްރޯލް ކުރާ ކުންފުނިތަކުގަ ތިބީ މިނިސްޓަރ ގެ ގާތް މީހުންނާ ރަށު މީހުނާ އަތޮޅު މީހުންނޯ. އެއީ ތެދެއްތޯ. ހުރިހާ ތަނެއްގަވެސް ކޮރަޕްޝަން.