ޕޮގްބާ (ކ) އޭނާގެ އޭޖެންޓް ރައިއޯލާއާ އެކު.
26 އޮކްޓޯބަރ 2016 - 11:18
ޓިއުރިން (އޮކްޓޯބަރު 26) - ޔުވެންޓަސް އިން ޕައުލް ޕޮގްބާ މެންޗެސްޓާ ޔުނައިޓެޑަށް ވިއްކާލި ޑީލުގެ ދަށުން ޕޮގްބާގެ އޭޖެންޓް މިނޯ ރައިއޯލާ އަށް 27 މިލިއަން ޔޫރޯ ލިބުނު ކަމަށް ޔުވެންޓަސްގެ ޖެނެރަލް ޑިރެކްޓަރު ބެއްޕޭ މަރޯޓާ ވިދާޅުވެއްޖެ އެވެ.
ޔުވެންޓަސް އިން ޕޮގްބާ ވިއްކާލީ 105 މިލިއަން ޔޫރޯ އަށެވެ. މަރޯޓާ ވިދާޅުވީ އޭގެ ތެރެއިން ޔުވެންޓަސް އަށް ލިބުނީ 72 މިލިއަން ޔޫރޯ ކަމަށާއި ބާކީ ފައިސާ ލިބުނީ އޭޖެންޓަށް ކަމަށެވެ.
ޔުވެންޓަސް އިން އެންމެ ފުރަތަމަ ޕޮގްބާ ގަތީ 2012 ވަނަ އަހަރު ޔުނައިޓެޑުން 1.5 މިލިއަން ޔޫރޯ އަށެވެ. ޔުވެންޓަސްއާ އެކު އޭނާ ހޯދި ކުރިއެރުންތަކާ އެކު އޭނާ ގަތުމަށް ދުނިޔޭގެ ބޮޑެތި ކްލަބްތަކުން ބޭނުންވި އެވެ. ޕޮގްބާގެ ޑިމާންޑް ބޮޑުވެ އެންމެ ފަހުން އޭނާގެ އަގު 100 މިލިއަނަށް ވުރެ މަތިވީ އެވެ.
"އަހަރެމެންނަށް މި ޑީލުން ފައިދާވީ 72 މިލިއަން ޔޫރޯ. އަދި އޭޖެންޓަށް ލިބުނު 27 މިލިއަން ޔޫރޯ. ޕޮގްބާ ވިއްކާލަން ނިންމީ އޭނާ އެކަމަށް ބޭނުންވުމުން. އޭނާ އެ ނިންމުން ނިންމީ ހަމައެކަނި ފައިސާއަކަށް ނޫން،" މަރޯޓާ ވިދާޅުވި އެވެ.
ޕޮގްބާގެ އޭޖެންޓް ރައިއޯލާ އަކީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ އެއް އޭޖެންޓެވެ. ޒަލަޓާން އިބްރަހިމޮވިޗާއި މާރިއޯ ބަލޮޓެލީ ފަދަ ކުޅުންތެރިންގެ އޭޖެންޓުގެ ގޮތުގައި ވެސް ރައިއޯލާ ވަނީ ބޮޑު ފައިދާ ނަގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުގާބޭ
26 October 2016
ގަދަ ކަލޭ.