31 އޯގަސްޓް 2020 - 09:14
ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ޖަޕާނުން، އުދުހޭ ކާރެއް ކާމިޔާބުކަމާ އެކު ޓެސްޓްކޮށްފި އެވެ.
މި މަސައްކަތުގެ ފަހަތުގައި އޮތީ ސްކައި ޑްރައިވް އިންކެވެ. އެތަނުން ނެރުނު ބަޔާނެއްގައި ބުނީ ޓޮޔޮޓާ ޓެސްޓް ފީލްޑްގައި، އުދުހޭ ކާރު ޓެސްޓްކުރީ މި މަހުގެ 25 ގައި ކަމަށެވެ. މިއީ އުދުހޭ ކާރެއް މީހަކާ އެކު ޖަޕާނުގައި ޓެސްޓްކުރި ފުރަތަމަ ފަހަރު ވެސް މެ އެވެ.
【世界初披露「有人機 SD-03」飛行動画 Full Version公開!】
— SkyDrive Inc. (@Skydrive_jp) August 29, 2020
8月初旬に行われた有人飛行試験の映像、フルバーションを公開します!
今回、世界初披露となる機体「有人機SD-03」の離陸から着陸まで、じっくりお楽しみ下さい。https://t.co/S7G9L06crP
"މިއީ ވަރަށް ބޮޑު ކާމިޔާބީއެއް. އަދި މިއީ ދެ އަހަރު ދުވަހުގެ މަސައްކަތުގެ ނަތީޖާ،" ސްކައި ޑްރައިވްގެ ސީއީއޯ ޓޮމޮހީރޯ ފުކްޒާވާ ވިދާޅުވި އެވެ. "އަހަރެމެންގެ ވިސްނުން ހުރީ އުދުހޭ ކާރު ވިޔަފާރި އަށް ނެރުން. މިހާތަނަށް ކުރެވުނު މަސައްކަތުން މިކަން ކާމިޔާބުވާނެކަމުގެ އުންމީދު އާވެއްޖެ."
އޭނާ ވިދާޅުވި ގޮތުގައި އުދުހޭ ކާރަކީ އެއްގަމުދަތުރުފަތުރަށް ކުރިއަށް އޮތް ތަނުގައި ބޭނުންކުރެވޭނެ އެންމެ ފަސޭހަ، ރައްކާތެރި އަދި ހަރަދު ވެސް ކުޑަ ގޮތަށް ވާނެ އެވެ.
ސްކައި ޑްރައިވުން ބުނިގޮތުގައި އެ ކުންފުނީގެ ކުޑަ SD-03 އިލެކްޓްރި ކާރަކީ ދަތުރުތަކަށް އެންމެ ރައްކާތެރި ގޮތްތައް ބަލައިގެން ފަރުމާކޮށްފައިވާ އެއްޗެކެވެ. އަދި މިއީ ޕާކްކުރުން ފަދަ ކަންކަމަށް ވެސް ބޮޑު ލުއިކަމެއް ގެނެސްދޭނެ އެއްޗެއް ކަމަށް ބުންޏެވެ. އެކެއްގެ ޖާގަ ހުންނަ ގޮތަށް އެ ފަރުމާކޮށްފައި ވަނީ އިމަޖެންސީ ހާލަތްތަކަށް ވެސް އެންމެ އެކަށޭނެ ގޮތަށެވެ.
"މިއީ ދަތުރުފަތުރަށް އާ އިންގިލާބެއް ގެނެސްދޭނެ އުފެއްދުމެއް،" ސްކައި ޑްރައިވްގެ ޑިޒައިން ޑިރެކްޓަރު ޓަކޫމީ ޔަމަމާޓޯ ވިދާޅުވި އެވެ.
ސްކައި ޑްރައިވުން ބުނިގޮތުގައި ރަސްމީކޮށް އުދުހޭ ކާރު 2023 ގައި ނެރުމުގެ ކުރިން އެ އިތުރަށް ވަރުގަދަކުރުމަށްޓަކައި އިތުރު ޓެކްނޮލޮޖީތައް ބޭނުންކޮށް، ރައްކާތެރިކަން ކަށަވަރުކޮށްދޭން ގިނަ މަސައްކަތްތަކެއް ކުރާނެ އެވެ. އުދުހޭ ކާރު ވިއްކާނެ އަގެއް އަދި ހާމައެއްނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކާރެއ
01 September 2020
އުދުހޭ މޭންޑް ޑްރޯންއެއް ދެއްތޯ.
އައްޔު
31 August 2020
މިއީ ރާއްޖެއަށް ވަރަށް މުހިއްމު އެއްޗެއް، އޭރުން ރިސޯރޓް ވަޒީފާ ނިންމާލާފައި އުދުހޭ ކާރުގައި ރަށަށް ނަށްޓާލާނީ، ނައިޓް އާއިލާއެކު އޭރުން ހޭދަކޮށްލެވޭނެ. ރާއްޖެއަށްވުރެ މި ކާރު ވަކިން ބޭނުން ބޮޑު ޤައުމެއް ނޯންނާނެ.
ފަހުދު
31 August 2020
މިއުޅެނީ އުދުހޭ ކާރެއް ނުދުއްވިގެނެއް ނޫން. މުޅި ދުނިޔެއައް ބަލިމަޑުކަމެއް ލައިގަނެގެން. މި ބައްޔައް ބޭހެއް ހޯދަން އުޅުނިއްޔާ މާ ތާހިތުވާނެ
ބޮލި މުލައެް
31 August 2020
ސިކުނޑީގަ ތެތްކަމެއްހުރި މީހަކު ނުކިޔާނެ ތިޔަށް ކާރެކޭ
ޖޭމާދޮންތީ ގެ ސާރީ ބޯލޯ
31 August 2020
2023 ގަ އޭ؟ ހާދަ ލަހުން ބާޒާރަށް ތިޔަ ނެރެނީ. މިއީ ރާއްޖެއަށްވެސް ވަރަށް މުހިންމު ކާރަކަށް ވާނެ. އެއް ރަށުން އަނެއް ރަށަށް ކަނޑު ހުރަސްކޮށް ދާން