ދީބާނާޒް މަގާމަށް އައްޔަންކޮށް ލިއުން ހަވާލުކުރަނީ: އޭނާ އަކީ އެ ކޯޓަށް އައްޔަންކުރި ފުރަތަމަ އަންހެން ފަނޑިޔާރު.-- ފޮޓޯ/މިހާރު
02 ސެޕްޓެމްބަރ 2020 - 17:13
ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް އައްޔަންކުރި ފުރަތަމަ އަންހެން ފަނޑިޔާރަކަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ދީބާނާޒް ފަހުމީ މިއަދު އައްޔަން ކުރައްވައިފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނެރުނު ބަޔާނެއްގައިވަނީ ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ދީބާނާޒް އާއި ސ. ހުޅުދޫ ހެޕީޑްރީމް މުހައްމަދު މިސްބާހު އައްޔަން ކުރެއްވީ އެ ކޮމިޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ. އެ ދެ ބޭފުޅުންނަށް ހުވާ ލައި ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދެވެ. މިއީ ކްރިމިނަލް ކޯޓުގެ ގާޒީކަން އަންހެން ބޭފުޅަކު ކުރައްވާ ފުރަތަމަ ފަހަރެވެ.
ޖޭއެސްސީގެ ބަޔާނުގައިވާ ގޮތުން ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލާން ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ދީބާނާޒަކީ ހައިލީ ރެކޮމެންޑެޑް ކަމަށް ކޮމެޓީން ފާހަގަ ކޮށްފައިވާ ބޭފުޅެކެވެ.
ދީބާނަޒަކީ 2008 ވަނަ އަހަރު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް އުފެދުނީއްސުރެން ފެށިގެން އެ އޮފީހުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އޮކްޓޫބަރު، 2012 ގައި ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް އައްޔަން ކުރެއްވި ދީބާނާޒް އެ މަގާމުން އިސްތިއުފާ ދެއްވީ ނޮވެމްބަރު، 2013 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެއްޔަގެ ބެއްޔާ
03 September 2020
އައްޑޫ. އަލްހާންއާ ތިމާގެ. ކީއްކުރާނީ!
ހަވަރު
03 September 2020
މަރްހަބާ ދީބާ. ވަރަށް ގާބިލް ބޭފުޅެއް
މަރިހަބާ
03 September 2020
ދީބާ ނާޒް ފަހުމީ އަކީ ބަރުގަދަ ފަނޑިޔާރެއް ކަމަށް ވާނެ ކަމަށް އުއްމީދު ކުރަމެވެ. ކަމަނާގެ އާއިލާގެ ތެރެއިން އުފެދުނު ބޮޑެތި ފަނޑިޔާރުންގެ ހުކުމް ތަކުން ޖުޑީޝަރީ ފޮތް ތަށް ވަނީ ފުރިފައެވެ.ކާފަ އަބުދުއްﷲ ޖަލާލުއްދީނު( އުއްތަމަ ފަނޑިޔާރު މަނިކިފާނު) ގެ ޒަމާނުން ފެށިގެން ނެވެ .މަރުހަބާ އެވެ
ހުމަދާ
03 September 2020
ފޮޓޯގަ ދެމީހުން ހާދަ ވައްތަރޭ. ތިތަނުން ހިސާނަކީ ކޮބާ؟ ޓުވިންސްތަ މީ؟
ނަޝީދު.
03 September 2020
އުތުރު މީހަކާ ދެކުނު މީހެއް އެއީ. އަނެއްހެން ދެ ދިވެހިން.
އެދުރުކަލޭފާނު
03 September 2020
ބަންގާޅަށް ނިމިއްޖެ...ބަންގާޅުގައިވެސް އުޅެނީ ހުސް އަންހެނވެރިން މުޅިގައުމަކީ ހަލާކުވެ ސުންނާފަތިވެފައިވާ ތަނެއް،
ކުރުނބާއިހާ
03 September 2020
ގާޒީ މިސްބާހް ވ މަރުހަބާ. ވ ރަނގަޅުވާނެ ގާޒީއެއް އިރާދަކުރެއްވިއްޔާ.
gAzI ބޮކި
03 September 2020
Marhaba
އިސްލާޙް
02 September 2020
އުތަމަ ޖަމިއްޔާގެ މެންބަރެއްގެ ގޮތުގައި މަސައްކަތްކުރީމަ ލިބޭ އިނާމް. މާކުރިން މިސްބާހުއާއި ދީބާނާޒް ނަގާގޮތަށް ވަނީ ނިމިފަ. މީ ރޭވިގެން ކުރިއަށް ދާ ކަންތައްތައް.
ކުރުކުރު
02 September 2020
"ދީބާނާޒް އާއި ސ. ހުޅުދޫ ހެޕީޑްރީމް މުހައްމަދު މިސްބާހު"، އޭނަގެ އެޑްރެހަކީ ސިއްރެއްތަ.
ރަސްގެ
02 September 2020
ދީބާނާޒް ފަހުމީ އަކީ ގާބިލު އަދި އަދުލު އިންސާފަށް ލޯބި ކުރައްވާ ތައުލީމީ ބޭފުޅެއް. އަދި ފުންނާބުއުސް ޤާނޫނީ ބޭފުޅުންގެ އާއިލާ އަކަށް ނިސްބަތްވާ ބޭފުޅެއް. މަރުހަބާ ދީބާނާޒް!