ޕީއެސްއެމްގެ ހަބަރު ގަޑި: އެ ނިއުސްރޫމުގެ ވަރަށް ގިނަ މުވައްޒަފުން ވަނީ ކަރަންޓީނުގައި
06 ސެޕްޓެމްބަރ 2020 - 12:26
ޕީއެސްއެމްގެ ދެ މުވައްޒަފަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެ، ޑައިރެކްޓް ކޮންޓެކްޓްވެގެން ގިނަ މުވައްޒަފުންތަކެއް ކަރަންޓީނު ކޮށްފައިވާތީ އެތާނގެ ނިއުސް ރޫމް ގާތްގަނޑަކަށް ހެން ހުއްޓުމަކަށް ހިނގައްޖެ އެވެ.
ދައުލަތުގެ ޓީވީ، ޕީއެސްއެމްގައި މަސައްކަތްކުރާ 13 މުވައްޒަފަކު މިހާރު ތިބީ ކަރަންޓީނުކޮށްފަ އެވެ. އޭގެތެރޭގައި ހަތް ނޫސްވެރިއަކާއި ޓެކްނިކަލް ސްޓާފުން ހިމެނެ އެވެ. މީގެ އިތުރުން ނިއުސް ރޫމްގެ އެހެން ހަތަރު މުވައްޒަފަކު ޗުއްޓީގައި ތިބުމާއި، ހައި ރިސްކު ކެޓަގަރީގައި ހިމެނޭ ދެ މުވައްޒަފަކު ގޭގައި މަސައްކަތް ކުރަން ޖެހިފައިވާތީ، އެތާނގެ މުވައްޒަފަކު ސިފަކުރި ގޮތުގައި "ނިއުސްރޫމް އޮތީ ފަޅަ"ށެވެ. އެހެންވެ، ކުރިން ލައިވްކޮށް ގެންނަ ބައެއް ޕްރޮގްރާމްތައް ވެސް މިހާރު ގެންނަނީ ކުރިން ރެކޯޑްކޮށްގެންނެވެ.
"އަށެއްގެ ހަބަރު ފިޔަވައި ކުރިން ލައިވްކޮށް ގެންނަމުން ދިޔަ ވަރަށް ގިނަ ޕްރޮގްރާމްތައް މިހާރު ޖެހެނީ ރެކޯޑް ކުރަން. ކަރަންޓީނަށް ދިޔަ މީހުންގެ ތެރޭގައި ކެމެރާ ކުރިމައްޗަށް އަރަން ޖެހޭ މީހުން ވެސް ހިމެނޭ،" ޕީއެސްއެމްގެ ނޫސްވެރިޔަކު ބުންޏެވެ.
"އިވެންޓްތަކަށް ވެސް މި ދަނީ ވަރަށް މަދުން ވަރަށް މުހިންމު އިވެންޓްތަކަށް."
ކޮވިޑް ތެރޭގައި މަސައްކަތް ކުރި ޕީއެސްއެމްގެ ނިއުސް ޓީމުގެ ބައެއް މުވައްޒަފުން
ޕީއެސްއެމްގެ ސީއީއޯ އަލީ ހާލިދު މިއަދު ވިދާޅުވީ ޕީއެސްއެމްގެ ނިއުސްރޫމް މިހާރު ހޭދަކުރަމުން އެ ދަނީ ވަރަށް ދަތި ދުވަސްތަކެއް ކަމަށެވެ. އެކަމަކު އޭނާ ވިދާޅުވި ގޮތުގައި، ގިނަ މުވައްޒަފުންތަކެއް ކަރަންޓީނަށް ދިޔަ ނަމަވެސް، ނޫސްވެރިން ގޭގައި ތިބެގެން ބަރާބަރަށް މަސައްކަތް ކުރެ އެވެ.
"މީގައި މައްސަލައަކީ ޓެކްނިކަލް ބައެއް މުވައްޒަފުން ވެސް ކަރަންޓީނަށް ދާން ޖެހުން،" އޭނާ ވިދާޅުވި އެވެ.
ކޮވިޑާ ގުޅިގެން އައި ލޮކްޑައުންގެ ތެރޭގައި ޕީއެސްއެމްގައި ދެ ޝިފްޓަށް މަސައްކަތް ކުރާ ގޮތަށް ހަމަޖެއްސި އެވެ. އަލީ ވިދާޅުވި ގޮތުގައި، އެގޮތަށް ހަމަޖެއްސީ އެއްބަޔަކު އަނެއް ބަޔަކާ ދިމާ ނުވާނެ ގޮތަކަށް ވިސްނައިގެންނެވެ.
"އޭގެ ތެރެއިން އެއް ޝިފްޓްގެ ބޮޑުބައެއް މިދިޔައީ ކަރަންޓީނަށް،" އޭނާ ވިދާޅުވި އެވެ.
ޕީއެސްއެމްގައި އެންމެ ފުރަތަމަ ޕޮޒިޓިވްވީ އޮންއެއާގައި މަސައްކަތް ކުރާ މުވައްޒަފެކެވެ. އޭނާގެ ކޮންޓެކްޓް ޓްރޭސިންް ހެދިއިރު ގިނަ މުވައްޒަފުންތަކެއް ކަރަންޓީނަށް ގޮސްފައި އޮއްވައި މީގެ ތިން ހަތަރު ދުވަހެއް ވަރު ކުރިން ނިއުސް ރޫމްގެ މުވައްޒަފަކު ވެސް ވަނީ ޕޮޒިޓިވް ވެފަ އެވެ. އެ ކޭހާ އެކު އިތުރު ބަޔަކު އަނެއްކާ ވެސް ކަރަންޓީނަށް ވަނީ ގޮސްފަ އެވެ.
ކޮވިޑް 19 އާ ގުޅިގެން އައި ލޮކްޑައުންގެ ތެރޭގައި ޕީއެސްއެމްގައި ގާއިމްކުރި ސެޓަޕާ އެކު، އެ މީޑިއާގެ ވަރަށް ގިނަ މުވައްޒަފުން އިމާރާތުގެ ތެރޭގައި އެތައް ދުވަހެއް ވަންދެން ލޮކްޑައުން ވެގެން ތިބެގެން ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފަ އެވެ. މުޅި މާލެ ހުއްޓުމަކަށް އައިއިރު، ޕީއެސްއެމުން ގެންދިޔައީ އެހެން ހުރިހާ މީޑިއާތަކަށް ވެސް ނޫސް ކޮންފަރެންސްގެ ލައިވް ފީޑްތައް ދެމުންނެވެ. އަލީ ހާލިދު ވިދާޅުވި ގޮތުގައި އެއީ ޕީއެސްއެމްގެ މުވައްޒަފުންގެ ވަރަށް އަގުހުރި ގައުމީ ހިދުމަތެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސީނާ ހުސައިން
07 September 2020
އޮފީސް އޮފީހުގެ ކޮންޓެންޓް ޖަލްސާތައް ހިލޭ ކަވަރުކޮށްދޭނަމޭ ކިޔާފައި ކަވަރުކޮށްފައި އެއޮފީހަކަށް އޭގެ ރިކޯޑިންގ ގަނޑުވެސް ވިއްކާ ބައެއް ތިޔައީ. މިހާރު އޮފީސްތަކުން މިމީހުން ޖައްސާ ސަންޓް އެނގޭތީ އެހާ ގާތްކަމެއް ނުބާވާ ކަމަށް ވަނީ
ސިއްދާތު
06 September 2020
އެމްޑީޕީގެ މީޑިޔާއޭ ކިޔަން މާރަނގަޅުވާނެ. ދައުލަތުން މިލިޔަނުން ފައިސާ ނަގައިގެން އެމްޑީޕީއަށް ސަނާ ކިޔައި އިދިކޮޅު މީހުންނަށް އެއްޗިހި ކިޔުން ތި ތަނުގެ މަސައްކަތަކީ. އެއްވެސް އޮށްޓަރު ހުރި ޕްރޮގްރާމެއް ނުގެނޭ. މަ ތި ޓީވީން ބަލަނީ ހަމައެކަނި ކުޑޫ. އޭނާ ރީތިކަމުން.
ފިސްޓުމެސް
06 September 2020
ތީ ހަމަ އާކަމުން.. އަދި ރަނގަޅުވާނެ
އެންދެރި
06 September 2020
އަހަރަކު އެތައް ސަތޭކަ މިލިއަނެއް ސަރުކާރުން އެތަނައް ހޭދަ ކުރެ އެވެ. މުޖުތަމައު އަށް ފައިދާ ހުރި ޕްރޮގްރާމް އެއް ނުހެދެއެވެ. ޕްރައިވަޓައިޒް ކުރަން ވީ އެވެ.
20000
06 September 2020
ބަލަނީ ވަރަށް މަދުން. ސަންގު ވަރަށް ނިއުސް ބެލެންސް. ވަކި ކޮޅަކަށް ނުހުރޭ، ތުއްތު ކުދިން ލައްވާ ސިޔާސީ ރައިވަރެއް ނުކިޔާ...... އަސްލު ހީކުރިން ކުއްޓި ނަޝީދު މިނިސްޓަރ ކަމުގައި ޓީވީ މޯލްޑިވްސް ބައްޓަން ކޮށްފައި އޮތް ގޮތަށް އޮންނާނެ ކަމަށް. އެކަމު އިދިކޮޅު ޚަބަރު ، ވަރަށް މަދުވެފައި ، ސަރުކާރުން ފޮނުވާ ގޮތައް ނޫން ގޮތަކަށް ނުހުރޭ. މިހާރު ޓީވީ އެމް އަކީ ރާއްޖޭގެ ޓީވީގެ ބްރާންޗެއް.... ދައުލަތުން ޚަރަދު ކުރިޔަކަސް
ގޮތް ބޮޑު ދިވެހިން
06 September 2020
މައުލޫއިން ބޭރުވެފައި ތިއޮތީ. ބަލަ އެބަލިވި ދިވެހި ދަރިންނަށް އަވަސް ޝިފާއަކަށް އެދިލުން އިސްކޮށްބަލަ. ކަލޭމެން އަބަދުވެސް ތިތިބެނީ ހަސަދަޔާ ނަފްރަތާ ކޮންމެސް ނެގެޓިވިޓީއެއް ފެތުރުުމުގައި. ސާބަސް ހަމަ.
ރަބަރު
06 September 2020
އަވަސް ޝިފާއަކަށް އެދެން.