ވިޔަފާރި / އެމްޑަބްލިއުއެސްސީީ

މާލޭގައި ފެން ރައްކާކުރާނެ އިތުރު ދެ ތާނގީ ބަހައްޓަނީ

ފެން ރައްކާ ކުރުމަށް އިތުރު ދެ ތާނގީ ބެހެއްޓުމުގެ މަޝްރޫއު އެމްޑަބްލިއުއެސްސީގެ އެމްޑީ ޝާހު ފައްޓަވައިދެއްވަނީ-- ފޮޓޯ: އެމްޑަބްލިއުއެސްސީ

"ވޯޓާ ސެކިއުރިޓީ ޕްލޭން" ގެ ދަށުން ފެން ރައްކާކުރުމަށް މާލޭގައި އިތުރު ދެ ތާނގީ ބެހެއްޓުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީން ފަށައިފި އެވެ.

މި މަސައްކަތް މިއަދު ރަސްމީކޮށް ފައްޓަވައި ދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި ކުންފުނީގެ އިސްވެރިންނެވެ.

މި ދެ ތާނގީ ބަހައްޓަނީ ކުރިން އެސްޓީއޯގެ ރެޑީ މިކްސް ކޮންކްރީޓު މަސައްކަތް ކުރަމުން އައި މާލޭގެ 378 ނަމްބަރު ކޮށީގަ އެވެ. މި މަޝްރޫއުގެ ދަށުން، ދެ ތާނގީގެ އިތުރުން ފެން ފޯރުކޮށްދިނުމަށްޓަކައި ޕަމްޕް ރޫމެއް ވެސް ގާއިމު ކުރާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.

ފެން ރައްކާ ކުރުމަށް އިތުރު ދެ ތާނގީ ބެހެއްޓުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްތާތުގައި އެމްޑަބްލިއުއެސްސީގެ އެމްޑީ (މ) އާއި އެ ކުންފުނީގެ އިސްވެރިން ބައިވެރިވަނީ-- ފޮޓޯ: އެމްޑަބްލިއުއެސްސީ

އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫއުގެ ސަބަބުން ފެން ރައްކާކުރެވޭ މިންވަރު އިތުރުކޮށް، މެދުކެނޑުމެއް ނެތި، ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރި ސާފު ބޯފެން ފޯރުކޮށްދެވޭނެ އެވެ. ކޮންމެ ތާނގީއެއްގައި 13،648 ކިއުބިކް މީޓަރުގެ ފެން ރައްކާ ކުރެވޭއިރު ކުރިން ހުރި ތާނގީތަކާ އެކު، ޖުމުލަ 50،296 ކިއުބިކް މީޓަރުގެ ފެން ރައްކާ ކުރެވޭނެ އެވެ.

އަންނަ އަހަރުގެ ނިޔަލަށް ނިންމުމަށް ތާވަލު ކޮށްފައިވާ މި މަޝްރޫއަށް 82 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެމްޑަބްލިއުއެސްސީން ލަފާކުރެ އެވެ.

މާލޭގެ ސަރަހައްދުގެ ވޯޓާ ސެކިއުރިޓީ ޕްލޭންގެ ދަށުން، އެމްޑަބްލިއުއެސްސީން ފެން އުފެއްދުން ޑީސެންޓްރަލައިޒްކޮށް، މާލޭގެ ދެ ސަރަހައްދެއްގައި ފެން އުފައްދާ މަރުކަޒުތައް ވަނީ ގާއިމްކޮށްފަ އެވެ. ސިނަމާލެ ބުރިޖު މެދުވެރިކޮށް، އެ ކުންފުނިން އަޅާފައިވާ ފެނުގެ ވިއުގަ ގުޅުވައިލުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށް އެބަގެންދެ އެވެ.

15 ކޮމެންޓް, 22 ރިއެކްޝަންސް

icon happy icon happy 95%
icon sad icon sad 0%
icon angry icon angry 5%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުރޭ

08 September 2020

ތިތާގާ ފެންތާގި އެޅުމަށްވުރެ ތިތަން ސަހަރާއަށް އިތުރުކުރުން މާރަނގަޅުވާނެ

The name is already taken The name is available. Register?

މުދިމު ކަތީބު

08 September 2020

އެއްކޮޅުން މާލޭގައި ފެންރައްކާ ކުރާ 2 ތާންގީ އަޅަނީ އަނެއްކޮޅުން އިސްލާމީ މަރުކަޒުގައި ހުރި 180 ޓަނުގެ ފެނުގެ ރިޒާވް ޓޭންކާ 850 ޓަނުގެ 6 މަސްދުވަހުގެ ރިޒާވް ތާންގީ ތަޅާ ބިމާ ހަމަކޮށް 300 ރުފިޔާ ގެ ދަނގަނޑަށް ކިރާ ވިއްކާލައިފި.....ފެނަށް ޖެހިއްޖެނަމަ އިސްލާމީ މަރުކަޒުގައި ވުލޫ ކުރެވޭނެ ގޮތެއްނެތް..... ނޫސްވެރިން މިކަން ބަލަން ޖެހޭ ..

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

08 September 2020

300 ރުފިޔާއަށް ތަ؟ ބައެއް ކަނބަލުންގެ ބޮލުގަ ހުރި ޓިސްދަތިތައް ކިރާލައިގެން ވެސް 100 ރުފިޔާ ހޯދޭނެ.

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

08 September 2020

ކޮންޓްރެކްޓަރަކީ ކޮންބައެއް؟

The name is already taken The name is available. Register?

12134

08 September 2020

އިދިކޮޅު މީހުން ގޮވަނީ ކަމެއްނުވާ ވާހަކަ ؟ ކިހެނެއްމިވަނީ ؟

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

08 September 2020

''ކަމެއް'' މިބަސް މަނިކްފާނު މާނަކުރައްވާގޮތާ އެހެން މީހުން ދެކޭގޮތް އަދި ހަނި ފުޅާ މިން އެއީ ތިޔަކަމުގަ ވިސްނާލަންޖެހޭ މިންގަނޑެއްކަމުގަ ދެކެން.މާލޭގެ ބައެއް މަގުތަކުގަ މައުމޫންގެ ވެރިކަމުގަ އަޅާފަހުރި ބައެއްގާތައް ނަގައި ވެލިގަނޑުއެއްވަރުކޮށް އަލުން އޮނަވިހި ވަރަކަށް ގާ އަތުރާތަންވެސް އަހަރެން ދެކެން.އެވެސް ކަމެއްކަމުގަ މަނިކްފާނު ދެކޭނަމަ އެއީ ކަމެއް.އޮފީސް ހުޅުވާ ލެއްޕުން އެވެސް ކަމެކޭ ބުނެވިދާނެ.ގައިމު ގޮނޑި ހޫނުވާނެ.ވ.ވެދުން

The name is already taken The name is available. Register?

އަޙްމަދު ޝަފީޤު

08 September 2020

މިތަން ހުސްކުރީ ކޯޓް ކޮމްޕްލެކްސް އެއް އަޅަން، ތާނގީތަށް އަޅާ ނިމުމުން އަނެއްކާ މިތަން ކޯޓްތައް ޢިމާރާތްކުރަން ތަން ހުސްނުކުރާނެތަ؟

The name is already taken The name is available. Register?

ޖަރީ

08 September 2020

ވަރަށް ކައިރި ކަމެއް. %99 ޔަގީން

The name is already taken The name is available. Register?

ޖަރީ

08 September 2020

އަދި ފަހުން ކޮންމެވެސް ބަޔަކަށް ބޮޑު ބަދަލެއް ދޭން ވާނެ

The name is already taken The name is available. Register?

ުވައިސޫރި

08 September 2020

ފެނުގެ ރިޒާވް ބޮޑުވާވަރަކައް އަންނަބިލުވެސް ވަނީބޮޑު ވީމާ ލާރިލިބުން ދަތިކަމުން ބިލްދެއްކުމައްވެސް ދަތިތަކެއްއެބަހުރި

The name is already taken The name is available. Register?

ޙަބީބު

07 September 2020

ޔާމިނުގެ ދުރުވި ސްނުމާ ގާބިލުކަމުން ރާއްޖެ ވަނީ ބޮޑު އިންގިލާބީ ތަރައްގީ ދެކެފަ ނަމަވެ ސް މިހާރު މިވަނީ ބާރު ދުވެލި ހުއްޓި ތަރައްގީ އިނދަޖެހި ޑޮލަރެއް 20 ރުފިޔާ އައް އުފުލިފަ

The name is already taken The name is available. Register?

ޢަލީހާން

07 September 2020

ފެން އަގުހެޔޮ ވާނެ؟

The name is already taken The name is available. Register?

ދޮންވެލި

07 September 2020

ސްޓެލްކޯ އާ އެމްޑަބްލިޔު އެސްސީ މާލެ ހިސޯރު ކޮށް ފި އެވެ. އެދަނީ ފަހަރަކު ތަންގަނޑެއް ނަގަމުން ނެވެ. ހުޅުމާލެ އަށް ދޭ ބަލާށެވެ. މިއުޅެނީ ސަރުކާރު އޮފީހެއްހަދަން ތަންކޮޅެއް ނުލިބިގެން މަހަކަު އެއް ލައްކަ ރުފިޔާ އަށް ތަންތަން ހިފަން ޖެހި ގެންނެވެ.

The name is already taken The name is available. Register?

އަހުމަދު3333

07 September 2020

ބޮޑު ބިޔަ މާސިންގާ ޕްރޮޖެކްޓެއް އިންޝާ ﷲ ..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454