12 ސެޕްޓެމްބަރ 2020 - 07:02
މި ވަގުތު ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ދުބާއީގެ ބުރުޖް ޚަލީފާ އެކި ކަންކަމާ ގުޅުވައިގެން ރީތި ކުލަތަކުން ދިއްލުމަކީ ވަރަށް އާންމު ކަމެކެވެ. އަދި މިއީ ވަރަށް ގިނަ ބައެއްގެ ސަމާލުކަން ވެސް ހުއްޓޭ ކަމެކެވެ.
މި ފަހަރު ދިއްލައިލީ ދުބާއީގައި ދިރިއުޅޭ ދެމަފިރިއެއްގެ ދެވަނަ ދަރިފުޅުގެ ޖިންސް އިއުލާނުކުރުމުގެ ގޮތުންނެވެ. އާންމު ދިރިއުޅުގެ ކަންކަން ދެ މީހުންގެ ނަން އެއްކޮށްލައިގެން "އަނަސާލާ ފެމިލީ" ގެ ނަމުގައި ޔޫޓިއުބް ޗެނެލެއްގައި މީގެ ދެ އަހަރު ކުރިން ފެށިގެން ހިއްސާކޮށް ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ އަނަސް އާއި އަސާލާ މަރުވާ އަށް ލިބޭ ދެވަނަ ދަރިފުޅަކީ ފިރިހެން ކުއްޖެއްކަން އިއުލާންކުރީ ބުރުޖް ޚަލީފާ ނޫ ކުލައިން ދިއްލާލައިގެންނެވެ. އަދި "އިޓްސް އަ ބޯއި" ހުދު ކުލައިން އަރުވާފައި އިނެވެ. އަނަސް އާއި އަސާލާގެ މިހާރު ހުންނަނީ ތިން އަހަރުގެ އަންހެން ކުއްޖެކެވެ.
The big news just can’t get bigger than this as the world’s tallest building lights up to reveal the biggest gender reveal ever! Congratulations @AnasMarwah and @AsalaMaleh pic.twitter.com/QPodSAFX9q
— Burj Khalifa (@BurjKhalifa) September 9, 2020
ވަރަށް ތަފާތު ގޮތަކަށް، ދެވަނަ ދަރިފުޅުގެ ޖިންސް އާއިލާގެ މީހުންނަށް ހާމަކުރަން ބުރުޖް ޚަލީފާ ދިއްލައިލުމުގެ ފުރުސަތު ލިބުނު އިރު ދެމަފިރިން ބޭނުންވީ ކުރިން ބަޔަކު ނުކުރާ ކަހަލަ ކަމެއް ކުރާށެވެ. އަދި އިންސްޓަގްރާމްގައި މިކަން ސިފަކޮށްފައި ވަނީ "ބިގެސްޓް ބޭބީ ރިވީލް" ގެ ގޮތުގަ އެވެ. އެ މީހުން ބުރުޖް ޚަލީދާ ދިއްލައިލުމުގެ ފުރިސަތަކީ މަސް ދުވަހުގެ މަސައްކަތް ކަމަށެވެ.
"މިއީ ވަރަށް ގިނަ މަޝްވަރާތަކަކަށް ފަހު ލިބުނު ފުރުސަތެއް. އަދި މިކަން ރޭވި ގޮތަށް ކުރިއަށް ގެންދެވުނީމަ ވަރަށް އުފާވި." ދެމަފިރިން ބުންޏެވެ. "މިކަން ހަގީގަތުގައި ކާމިޔާބުވީ ސަޕޯޓަރުންގެ ހިތްވަރާއި އެހީން. އެހެން ނޫން ނަމަ މިކަން ނުވީސް."
އަރަބް ނިއުސް އަށް ދިން އިންޓަވިއުއެއްގައި އަނަސް ބުނީ ދެމަފިރިންގެ ދަރިފުޅުގެ ޖިންސް އިއުލާންކުރަން ބުރުޖް ޚަލީފާ ދިއްލައިލުމަކީ އާދައިގެ ކަމެއް ނޫން ކަމަށެވެ.
"މިކަން ކުރަން ރޭވި ފަހުން އަބަދު ވެސް އަހަރެން އަސާލާ ކައިރީ އަހާލަން އެހެން ބަޔަކަށް ނުލިބި ހަމަ އަހަރެމެންނަށް ހޭ މި ފުރުސަތު މި ލިބެނީ،" އޭނާ ބުންޏެވެ.
ޔޫއޭއީގެ ނޫހެއް ކަމަށްވާ އަލް ބަޔާނުން ބުނި ގޮތުގައި ތިން ދަރިފުޅުގެ ޖިންސް އިއުލާންކުރަން ތިން މިނިޓަށް ބުރުޖް ޚަލީލާ ދިއްލާލި ދިއްލުމަށް 350،000 ދިރުހަމް (95,291.25 ޑޮލަރު) ހަރަދުވި އެވެ..
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖާހިލު އިމާރާތް
13 September 2020
އަރަބިން، ދުނިޔޭގަ އެންމެ ޖާހިލު މީހުން ޖެންޑަރ ރިވީލިން ޕާޓީޔޯ، މިލިޔަނެއްހާ މީހުން މަރުވި ބޮޑު ޕެންޑަމިކް އެއްތެރޭ
Rhode
13 September 2020
ސިކުންތަކަައް 500 ޑޮލަރު... ?
ގެދާނޯމޮސް
12 September 2020
އަންހެން ދަރިފުޅާއި މެދު އެދެމީހުން ގެ ހިތުގައި އެއްވެސް ޖަޒުބާތެއް ލޯތްބެއް ދެންއޮންނާނެ ކަމަށް މިފެނުނު މަންޒަރުން ގަބޫލުކުރަން ދަތިވެއްޖެއެވެ.
ބީޕީ އމް
12 September 2020
ބަރާ ބަރު>
ފަޤީރުކޮއި
12 September 2020
ދެއްކުންތެރިކަން. ތިއަށްވުރން ރަނގަޅުވީސް ތި ލާރިކޮޅު އަންނަން އުޅޭ ދަރިފުޅު ނަމުގަ ނިކަމެތި އެއްއިރި ކާލާނެ ކޮއްތު ނެތް ފަޤީރުންނަށް ސޮދަގާތް ކުރި ނަމަ ވެސް.
ސިޔާމްބބ
12 September 2020
އިސްލާމް ދީނުގައި އޮންނަނީ ﷲ ހުރިހައި މަޚުލޫގުން ބަލަހައްޓަވާނެވކަމަށް. ޚަރަދު ބަރަދަކީ ލިބޭ މިންވަރަކުން ކުރެވޭ އެއްޗެއް.
ނާލާ
12 September 2020
@ސިޔާމް: ޢެހެންވިްްޔާ ކީއްކުރަން ސަދަގާތް ކުރަން އިސްލާމް ދީނުގަ އަންގަވާފަވަނީ؟ ގަޅި ވިޔަސް ފުކެއް ބޮޑުވަރު!